ބ. ކުޑަރިކިލު ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނެތި ހަފުތާއެއްވުމުން ރައްޔިތުން މަރުކަޒު ބަންދުކޮށް، މުޒާހަރާކުރަނީ.-- ފޮޓޯ: ސިފާން މުހައްމަދު
18 ޖެނުއަރީ 2022 - 13:33
ބ. ކުޑަރިކިލުގައި ޑޮކްޓަރަކު ނެތި ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައި ވާތީ ރައްޔިތުން ނިކުމެ އިއްޔެ ސިއްހީ މަރުކަޒުގައި ތަޅު އަޅުވައި، ނުރުހުން ފާޅުކޮށްފައި ވާތީ، މިއަދު އެ ރަށަށް ވަގުތީ ޑޮކްޓަރެއް ފޮނުވަން ނިންމައިފި އެވެ.
ކުޑަރިކިލު ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ނަޝީދު "މިހާރު" އަށް ވިދާޅުވީ، މިއަދުގެ ވަގުތެއްގައި އެ ރަށަށް ވަގުތީ ޑޮކްޓަރެއް ފޮނުވާނެ ކަމަށް ހެލްތު މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެ ޑޮކްޓަރު އަންނަންދެން އަދިވެސް އެ ރަށުގެ ރައްޔިތުން މުޒާހަރާ ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
"އެކަމަކު މިއަދު ސިއްހީ މަރުކަޒު އަލުން ހުޅުވައި ބަލި މީހުންނަށް ފަރުވާ އެބަދޭ،" އޭނާ ވިދާޅުވި އެވެ.
މި ދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ކުޑަރިކިލުގައި ވެސް ހަލުއިކަމާ އެކު ދަނީ ފެތުރެމުންނެވެ. އޭގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ކޭހެއް ވެސް އެ ރަށުން ވަނީ ފެނިފަ އެވެ.
ބ. ކުޑަރިކިލު ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނެތި ހަފުތާއެއްވުމުން ރައްޔިތުން މަރުކަޒު ބަންދުކޮށް، މުޒާހަރާކުރަނީ.-- ފޮޓޯ: ސިފާން މުހައްމަދު
ހޮޑާއި ބޭރަށް ހިންގުމުގެ ބައްޔަށް އެ ރަށުގައި 20 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.
ކުޑަރިކިލު ރައްޔިތުން އިއްޔެ މުޒާހަރާ ކުރީ އެ ރަށަށް ވަގުތީ ޑޮކްޓަރެއް އިއްޔެ ފޮނުވާނެ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފައި ވިޔަސް، އެކަން ހަމަޖައްސާދީފައި ނުވާތީ އެވެ. އެހެންވެ، ރައްޔިތުން ނިކުމެ ސިއްހީ މަރުކަޒު ބަންދުކޮށް، ދޮރުމަތީގައި މުޒާހަރާ ކުރި އެވެ.
މި މުޒާހަރާގެ ބައިވެރިން ހިފައިގެން ތިބި ބޯޑުތަކުގައި "ޑޮކްޓަރަކު މި ރަށަށް އައުމުން ނޫން ގޮތަކަށް ގެއަކަށް ނުދާނަން،" ވެސް ލިޔެފައި ހުއްޓެވެ.
އެ ރަށުގައި ކުރިން ހުރި މިސްރުގެ ޑޮކްޓަރު މި މަހު 10 ގައި ވަނީ ޗުއްޓީ އަށް ގޮސްފަ އެވެ. އެހެންވެ، މިހާރު އެ ރަށު މީހުން ޑޮކްޓަރަށް ދައްކަނީ އޮންލައިންކޮށް އައިޖީއެމްއެޗަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
18 January 2022
ކުޑަ ރަށްރަށާއި ކުދި އާބާދީތައް އެއްފަސް ކުރުމުގެ ވިސްނުން އަލުން ގެނެސް ބޭކާރު ޚަރަދުތައް ކުރުން ހުއްޓާލަންވީ. މިދެން ކިހާ ދެރަކަމެއް
އޮނަރަބްލް އަފީފު ދީދީ.
18 January 2022
ދައުލަތުގެ މުޅި ހަޒާނާއާއި ވަސީލަތް ތަކުގެ އިތުރަށް ހުރިހާ ރިސޯޓަކާއި ހުރިހާ ސުކޫލަކާއި ހުރިހާ ސީޕޯޓާއި ހުރިހާ އެއަރޕޯޓާއި ހުރިހާ ވަޒީފާ އަކާއި ހުރިހާ ހޮސްޕިޓަލަކާއި ހުރިހާ މިނިސްޓްރީ އަކާއި ހުރިހާ ބެންކާއި ހުރިހާ ކުޅިވަރު އެސޯސިއޭޝަނަކާއި މިހެންގޮސް ކިޔާނެ ކަމެއްނެތް މުޅިދައުލަތް މުޤައްދަސް ރަށްކޮޅު ކ.އަތޮޅު މާލެއަށް ޖަމާކޮށްގެން ތިބި ތިބުން ނިމުމަކަށް ގެނައުމަށް ތުރާކުނުން އައްޑުއަށް ހިމެނޭ ހުރިހާ ރަށެއްގެ ރައްޔިތުން ފާޅުގައި ތެދުވާންޖެހޭ.
ހީހީހަލާކުވެދާނެ
18 January 2022
ހާދަ ގިނަމީހުން ނިކުމެގެނޭދޯ ތިޔަސެންޓަރު ބަންދުކޮށްލައިގެން ތިއުޅެނީ. ކުޑަކުދިންނާއި މުސްކުޅިންވެސް ބިރުން ހަލާކުވެދާނެ.
ރަދީފްއޮފިޝިއަލް
18 January 2022
1989 ވަނަ އަހަރު ޗައިނާގެ ޓިއަނަމަން މައިދާނުގަ ހިނގި އެއްވުންތަކުގަ މިލިޓަރީ ޓޭންކަރުތަކުގެ ކުރިމައްޗަށް ނިކުތީ (ޓޭންކް މޭން) އެންމެ މީހެއް.އެންމެ މީހެއްގެ ހިތްވަރު އަދި ކެރުން ވެސް އެއީ ރިވޮލިއުޝަނެއް ގެނެވިދާނެ އެއްޗެއްކަން ނޭނގީ ތިހެން ހޭން އިނީމަ ދޭހަވަނީ މީހާގެ ހުރީ ހުސް ބޮލެއްކަން.ވ.ވެދުން
ހަމަހޭނަން
18 January 2022
ނޭނގުނަސް މޮޅެތި ވާހަކަ ދައްކާތި. އެއީ އެތައްހާސް ދަރިވަރުންނެއް ނިކުމެ ކުރިކަމެއް. އެކަން ކާމިޔާބެއް ނުވި. ހޮއިހުރިީ ކާކުގެ ބޮލެއްގައިތަ
ރަދީފްއޮފިޝިއަލް
18 January 2022
@ހަމަހޭނަން އަށް.ކަލެއަށް އަހަރެން ބުނި އެއްޗެއް ފަހުމްނުވި ދޯ.އެ މުޅި އިންސިޑެންޓްގެ ވާހަކައެއް ނޫން މި ފާހަގަކުރީ.ލައިނަކަށް ހުރި ޓޭންކަރުތަކުގެ ކުރިމައްޗަށް އަރައިގެން އެއެއްޗެހި ހުއްޓުވި މީހާގެ ވާހަކަ މި ދައްކަނީ.ވާނުވާ ނޭނގުނަސް އަނގަ ކޮއްޕަން ވާނެ ކަލޭ އަދިވެސް.ދެން ހިނގާ ދޯ ހޮއި ހުރީ ކާކުގެ ތޯ ބަލަން.ވ.ވެދުން 1989 ވަނަ އަހަރު ކަލޭ އަދި އުފަންވެސް ނުވޭ.
ހިބިރިންބެއްޔާގެ ކުޑަސޮރު
18 January 2022
ރަތްޔިތުންގެ ހިތްވަރު ━ ވެރިން ކުޑަކަކޫމައްޗަށް ތިރިވުމުގެ މިންވަރު.
ކުރޮޅި
18 January 2022
ހިތުން މިމީހުންގެ ޕްރެޝަރާހެދި ކުރާކަމެއް. ދެން ޕާޓީ އޮފީހަށް ގޮސް ސައިބޮއިލާ
ރަދީފްއޮފިޝިއަލް
18 January 2022
2023ގަ ކަރުދާހުން (''7 × ''6 ގެ ކަރުދާސްކޮޅެއް) ބިމަށް ތިރިކުރާނަން. އިންޝާﷲ.
ޓިނުގެ
18 January 2022
މިހާރު ހިތުން ހުވާކުރަން ތައްޔާރަށް މިތިބީ. މިދިޔަ އިންތިހާބުގައިވެސް ތިގޮތަށް މަންޒަރާއި ބަސްމަގުހުރީ. އެކަމަކު ދިޔައީ ޗޮކުން.
ރަދީފްއޮފިޝިއަލް
18 January 2022
ސާބަހޭ ރައްޔަތުންނޭ.ވާންކޮށްފަ ބަހައްޓާތި.މިއަދު ވެރިކަމުގަ ތިބީ މުޒާހިރާކުރަން ރާއްޖޭގެ ރައްޔަތުންނަށް ދަސްކޮށްދިން މީހުން.އެހެންވީމަ ދަގަނޑު ކެނޑޭނީ ދަގަނޑުން.ތިޔަ ރައްޔަތުންނަށް ޑރ އެއް ލިބުމުން އެ އުފަލުގަ ބައިވެރިވަން.ވ.ވެދުން #ލޫކަސްއައުޓް
ކުރެދި
18 January 2022
ކަލޭ ކުރިކަމަކުންތަ ޑޮކްޓަރު ފޮނުވަނީ. ފޮނުވަން އުޅޭކަން އެނގިތިބެ ޕީޕީ ކުދިން ފޮނުއެރުވީ. އާއިލީ ޑޮކްޓަރު ހަމަޖައްސާ ދުވަހެއް ބެލިއްޔާ މާރީއްޗެއްނު
ރަދީފްއޮފިޝިއަލް
18 January 2022
އާއިލީ ޑރ ހަމަ ނުޖެއްސުނީމަ އެއަށްވުރެ ރަނގަޅަށް ކަންކަންކުރުވަން ދޯ ރައްޔަތުން ރީނދޫ ގަބީލާއަށް ވޯޓް ދިނީ.އޭރު ޑރ ހުރޭ މަރުކަޒުގަ ، މިއަދު އެމިންވަރުވެސް ނެތް.އެހެންވީމަ ތިމާމެން ފެއިލްވެ ބޭޒާރުވީމަ އެހެންމީހުންނާ ދިމާލަށް ގާ އުކުމުގެ ބޭނުމެއް ނެތް.ހަނޑޫ ހޮވަން ނުވަތަ ދަރުހޮވަން ދޭބަލަ.ދަރު ހޮވާ ދޯ.ވ.ވެދުން
ފެއިލޫ
18 January 2022
ކިޔާނެ އިތުރު އެއްޗެއް ނެތީމަ އެނބުރޭ. އަނެއްކާ ކުރީގެ ވާހަކަ އަހަރެމެންނަށް ކިޔައިނުދީ. މެމްބަރުން، މަޖިލިސް ފާރުމަތިން އުކާލިގޮތާއި ޓިނުނަގައިގެން ފަނޑިޔާރުން ހައްޔަރުކުރިގޮތާއި މަގުމަތިން ރައްޔިތުން ތަޅައި ތިރިކޮށްލިގޮތާއި ހުރިހާތަނެއް ވިއްކާލައި ޖީބަށް ބައެއް އެޅިގޮތާއި ފައުންޑޭޝަނުން ހުރިހާ ކުންފުނިތަކެއް ދޮވެލި ހަނދާންވެސް އެބަހުރި. މަހަށް ނުދަނީ ބޭނިޔަސް ނުބޭނިޔަސް އެއްޗެއް ލިބޭތީކަމަށް ވެދާނެ