ބ. ކުޑަރިކިލު ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނެތި ހަފުތާއެއްވުމުން ރައްޔިތުން މަރުކަޒު ބަންދުކޮށް، މުޒާހަރާކުރަނީ.-- ފޮޓޯ: ސިފާން މުހައްމަދު
17 ޖެނުއަރީ 2022 - 10:33
ބ. ކުޑަރިކިލުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާގެ އިތުރުން ކޮވިޑް ފެތުރެން ފަށާފައިވާއިރު، އެ ރަށުގައި ޑޮކްޓަރަކު ނެތި ހަފުތާއެއްވެފައި ވާތީ ރައްޔިތުން ނިކުމެ މިއަދު ސިއްހީ މަރުކަޒުގައި ތަޅު އަޅުވައި، ނުރުހުން ފާޅުކޮށްފި އެވެ.
މި ދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ކުޑަރިކިލުގައި ވެސް ހަލުއި ކަމާ އެކު ދަނީ ފެތުރެމުންނެވެ. އޭގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ކޭހެއް ވެސް ވަނީ ފެނިފަ އެވެ.
ބ. ކުޑަރިކިލު ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނެތި ހަފުތާއެއްވުމުން ރައްޔިތުން މަރުކަޒު ބަންދުކޮށް، މުޒާހަރާކުރަނީ.-- ފޮޓޯ: ސިފާން މުހައްމަދު
ހޮޑާއި ބޭރަށް ހިންގުމުގެ ބައްޔަށް އެ ރަށުގައި 20 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.
ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހަންނާން އައްބާސް "މިހާރު" އަށް ވިދާޅުވީ، މިއަދު އެ ރަށަށް ވަގުތީ ޑޮކްޓަރެއް ފޮނުވާނެ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފައި ވިޔަސް، އަދިވެސް އެކަން ޔަގީންނުކޮށްދޭ ކަމަށެވެ. އެހެންވެ، ރައްޔިތުން ނިކުމެ ސިއްހީ މަރުކަޒު ބަންދުކޮށް، ދޮރުމަތީގައި މުޒާހަރާ ކުރަމުންދާ ކަމަށެވެ.
ބ. ކުޑަރިކިލު ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނެތި ހަފުތާއެއްވުމުން ރައްޔިތުން މަރުކަޒު ބަންދުކޮށް، މުޒާހަރާކުރަނީ.-- ފޮޓޯ: ސިފާން މުހައްމަދު
މި މުޒާހަރާގެ ބައިވެރިން ހިފައިގެން ތިބި ބޯޑުތަކުގައި "ޑޮކްޓަރަކު މި ރަށަށް އައުމުން ނޫން ގޮތަކަށް ގެއަކަށް ނުދާނަން،" ވެސް ލިޔެފައިވެ އެވެ.
އެ ރަށުގައި ކުރިން ހުރި މިސްރުގެ ޑޮކްޓަރު މި މަހު 10 ގައި ވަނީ ޗުއްޓީ އަށް ގޮސްފަ އެވެ. އެހެންވެ، މިހާރު އެ ރަށު މީހުން ޑޮކްޓަރަށް ދައްކަނީ އޮންލައިންކޮށް އައިޖީއެމްއެޗަށެވެ.
މިދިޔަ ޑިސެމްބަރު މަހުގެ މެދުތެރެއިން ފެށިގެން މިދިޔަ ހަފުތާގެ ނިޔަލަށް ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ ޖެހިގެން 3،000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުގައިވެ އެވެ. އަދި ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ވެސް މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޫކް
18 January 2022
ލާމަރުކަޒީ، ޖަޒީރާ ވަންތަ ވެރިކަމުގަ ޑޮކްޓަރެއް ނެތުމަކީ ހިތާމަ ހުރި ކަމެއް، އަވަހަށް ޑޮކްޓަރެއް ފޮނުވާ.... ޖަޒީރާ ވެރިކަމުގަ، ލާމަރުކަޒީ އުސޫލް ހިންގަން ޖެހޭނެ، ކަމެއް ވާއިރަށް މާލެޔަށް ޑޮކްޓަރަށް ދައްކަން ދާނީ ކިހިނެތްތޯ!
ރަދީފްއޮފިޝިއަލް
17 January 2022
ގާނޫނު އަސާސީ ތަސްދީގުކުރެވުނު ދުވަހު : މިއީ މުޒާހިރާ ގާނޫނު އަސާސީ . (ދިއްދޫ އޮފީހަށް މަސްކިރި ގްރޫޕަށް މިއަދު 10 ވަރަކަށް ރައްޔަތުން އެއްވީމަ ކަމަކުނުދިޔަ.) ޑިމިކްރަސީގެ ބަފާގެ ބޭބެގެ ކާފަގެ މުންނާގެ މާމަގެ ދައްތަގެ ބޭބެ ޔޯ.ހެހެހެހެހެހެހެ
ރަދީފްއޮފިޝިއަލް
17 January 2022
*ޑިމޮކްރަސީ
ާއުނިމާ
17 January 2022
ތިޔަައީ ގަދަ ބައެއްްަަާ
އިބްރ
17 January 2022
ވައުދުތަށް ފުއްދައިނިމޭއިރު މިފެނިގެންދަނީ ރައްޔިތުން ރަތަށްއަރާ މަންޒަރު. މިއީތޯ ރަށްވެހި ފަތިހުން ލިބުނު ކާމިޔާބަކީ؟
ޗޮކުންބެ
17 January 2022
ކުޅަނދުގެ ތަފާތު އެ ފެންނަނީ…ސްކޫލް ގަ ތަޅު އެޅުވުމާއި،މަސް ތަށް އޮފީހަށް އަޅާލުމާއި،ފުޓްސަލް ދަނޑުގަ ކަރާ ހެއްދުން ފަދަ އެތަށް ކަމެއް…ހަމަ ކުޅަނދު މަދީ
ާައަހުމަދު
17 January 2022
ރަނގަޅުވާނެ
ލޫކް
18 January 2022
އުނިމާ އެބުނީ ތެދެއް... ކޮމަންޑޫ!!!!
ދޮންބެއަލީ
17 January 2022
ކިތަށް ރަށުގައިތޯ ޑޮކްޓަރުންނެތީ ކިތަށް ސުކޫލުގައި ތޯ ޕްރިންސިޕަލް ނެތީ ޓީޗަރުން ހަމަ ނުވަނީ ..ވޯޓަށް މަރުދަންޖެހެނީ ވެރިކަން ލިބުނީމަ ޗޮކުން ދަނީ ..
ާއުނިމާ
17 January 2022
ދެން ނިކުމެ މުޒާހަރާ ކުރީމަ ނުވަތަ ތިޔަ ދާއިރާގެ މެންބަރު ލައްވާ އިސްތިއުފާ ދިނީމަ ތިޔަކަންވާނީ
ާއުނިމާ
17 January 2022
ދެން ނިކުމެ މުޒާހަރާ ކުރީމަ ނުވަތަ ތިޔަ ދާއިރާގެ މެންބަރު ލައްވާ އިސްތިއުފާ ދިނީމަ ތިޔަކަންވާނީ
ޖަބުރޯލް މޯޑޭ ގެ 10 ވަނަ ފަންގިފިލާ
17 January 2022
ކޮބާ ޔާން ދެއްވި އާއިލީ ޑަކުތަރު
ޔާން ޔާނއ
17 January 2022
ޔާން އަށް ޑޮކްޓަރުން ނުދެވުނީމަ އެއަށްވުރެ ރަނގަޅު މީހެއްމިހާރު ވެރިކަމުގަ ހުރީ ކޮބައިތަ ޑޮކްޓަރ
ޖޯން ސ
17 January 2022
ތިރަށުގަ ސެޓެލައިޓް ހެލްތު ސެންޓަރު އެޅެންދެން ލަހެއް ނުވާނެ. ކެތްތެރިވޭ. އިބޫ އަކީ މޭން އެއް. 2 މީހުން އުޅުނަސް ފަޅު ހަދާ ހޮސްޕިޓާ ހިންގާނެ އިބޫ
65898
17 January 2022
އިންޑިޔާ އެންބަސީއަށް ލިޔެބަލަ ޑޮކްޓަރަކު ފޮނުވައިދޭން. އެމީހުންގެ ޖަވާބެއްގެ އިންތިޒާރުގައި ނަސީމްބެވެސް އެހުރީ...