އައިޖީއެމްއެޗް: ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލި އެންމެ ގިނައީ މާލޭ ސަރަހައްދުގައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
09 ޖުލައި 2025 - 20:52
ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލި މިދުވަސްވަރު އެންމެ ގިނައި މާލޭ ސަރަހައްދުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެ އިދާރާ އިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ބޭރަށް ހިންގުމާއި ހޮޑުލުން އަދި އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކުރާ އަދަދު މިހާރު ވަނީ އިތުރުވެފަ އެވެ. އެ މައުލޫމާތުގައިވާ ގޮތުން އެ ބަލިތައް ޖެހިގެން އެންމެ ގިނައިން ރިޕޯޓުކުރަނީ މާލެ ސަރަހައްދުންނެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި، ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން މިދިޔަ ޖޫން މަހުގެ 15 އިން މި ޖުލައި މަހުގެ 5 އަކާ ހަމައަށް މުޅި ރާއްޖެއިން ރިޕޯޓުކުރީ 3،763 ކޭހެކެވެ. އޭގެ ތެރެއިން 2،370 ކޭސް އެއީ މާލޭ ސަރަަހައްދުން ބަލި ޖެހިގެން ރިޕޯޓުކުރި އަދަދު ކަމަށް އެ އެޖެންސީން ބުންޏެެވެ.
އެ މުއްދަތުގައި އިންފުލުއެންޒާ ޖެހިގެން ރާއްޖެ އިން 239 ކޭސް ރިޕޯޓުކުރި އެވެ. އޭގެ ތެރެއިން 228 ކޭސް އެއީ މާލެއިން ބަލި ޖެހުނު އަދަދެވެ.
އެހެންވެ، ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
11 July 2025
މީހުން މާބޮޑަށް 1 ތަނަކަަށް ތޮއްޖެހުނީމަ އެދިމާލެއްގަ އެހެން ކަންކަންވެސް ގިނަވާނެއެވެ!
އަންތަރީސ
10 July 2025
އަޖައިބެއް! ރަށްރަށުގަ ފަރުވާދެވޭވަރު މަރުކަޒުގަނޑެއް ނެތީގެން ޑޮކްޓަރަށް ދައްކަން މާލެ އައީމާ ދެން މާލެ ސަރަހައްދުން ދޯ ރިޕޯޓު ކުރާނީ!
ތާކިހާ
10 July 2025
މުޑުދާރުތަންތަނުގަ ބަލިގިނަވާނީ.
ލަތީފާ
09 July 2025
އަދިވެސް މާލެ އާއި މާލެ ކައިރިއަށް މީހުން ޖަމާކޮށް ތޮއްޖައްސާ ތިބޭފުޅުންގެ ގެ 15 ބުރިއަށް ހިއްލާ، ވެރިކަމާގެން އުޅޭ! އަރާމުގަ ގޭގަ ތިޔަ ނިދަނީ ކިހިނެއްބާ؟
ހާލިދު ކޮއެ
09 July 2025
ހުރިހާކަމެއްވެސް އޮތީ މާލެސަރަހައްދުގަ