އައިޖީއެމްއެޗް؛ ރޯގާތައް ވަރަށް ބޮޑަށް އިތުރުވާތީ ސަމާލުވާން އެޗްޕީއޭން ވަނީ އިލްތިމާސް ކޮށްފައި--
27 މެއި 2025 - 17:17
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓް ކުރާ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ގިނައީ ކޮވިޑް-19 އަދި އިންފުލުއެންޒާ އަށް ޕޮޒިޓިވްވާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެ އިދާރާ އިން މިއަދު ވަނީ މިދިޔަ ހަ މަސް ދުވަހުގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.
އެޗްޕީއޭ އިން ބުނީ ރޯގާ ޖެހޭ މީހުންގެ އަދަދު އިތުރުވި ނަމަވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ އޭޕްރީލް ހަޔަކުން މޭ 17 ގެ ނިޔަލަށް ރިޕޯޓު ކޮށްފައި ވަނީ 675 ކޭސް އެވެ. މި އަހަރުގެ އެ މުއްދަތުގައި ރިޕޯޓްކުރީ 86 ކޭސް އެވެ.
ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައި ވަނީ ރ. ކ. އަދި އއ. އަތޮޅުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
- އަރިދަފުސް ރޯގާ - 43،882 ކޭސް
- އިންފުލުއެންޒާ - 254 ކޭސް
- ކޮވިޑް-19 - 37 ކޭސް
މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވަމުންދާއިރު، ކޮވިޑާއި އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުން ކަމަށެވެ.
އެހެންވެ، މިފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިގަންނަގުރާ
28 May 2025
ދެން މިހެން ބުނީމަ ނިމުނީތަ؟ މިކަމަށް އެޅޭނެ ފިޔަވަޅެއްވެސް ނެތީ؟ ފިޔަވަޅު އަޅަން ހުރީ އެޗްޕީއޭ. ފްލޫ ވެކްސިނެއްވެސް ނުޖަހާނެ؟ އެ ޖަހަން ފަސޭހަވެސް ކޮށްނުދޭނެ؟
މަހަލ
28 May 2025
މިވަރުގެ ރޯގާ ގިނަ ގައުމެއް ނުދެކެން. ރޯގާ ނެތް ދުވަސްވަރެއް މިހާރު ނުދޭ. އަބަދު އެންމެން ކެއްސާ ކިނބިހި އެޅުމުގަ
ހައްޖަ.
28 May 2025
އެކަން އެގުނީމަ ދޯ ސަރުކާރުން މީހުން ތަން ތަނަށް ތި އެއް ކުރަނީ.ހައިރާން ހީވެ.އަތް ނުލާ އައްދޮ ކިޔުއްވަނީ ދޯ.
އެހެން
27 May 2025
ތިކަން ތިހެން ހިނގަ ހިނގާ އޮއްވައެއްނު މީހުންއެއްކޮއްގެން ފެއަރް ތައް ބާއްވަމުން ދަނީވެސް
ޖަސްޓް ވޮންޑަރިންގ
27 May 2025
އެކްސްޕޯ ނިމޭ ފަހުން ކޮވިޑް ގެ ރާޅެއް އަރާފާނެބާ؟
އިލްހާމް1
27 May 2025
ރޯގާ ޖެހުނީމާ ވެސް ގިނަ މީހުން އުޅެނީ ބޭރު ތެރޭ. މަސްކްް އަޅަން ޖެހޭނެ.