ޑެންގީ ޖެހިގެން ފަރުވާދެމުން އައި އުމުރުން 17 އަހަރުގެ އަންހެންކުއްޖަކު މ. މުލީގައި ރޭ ނިޔާވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ހުން އަންނާތީ، އެ ކުއްޖާ މުލީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
މ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11 ގައި ކިޔަވަމުން އައި ކުއްޖާގެ ހާލު ކުއްލިއަކަށް ގޯސްވީ ރޭގައި ކަމަށް ވެސް އެނގިފައި ވެ އެވެ.
މި މަހުގެ 13 ވަނަ ދުވަހު ވެސް ށ. މިލަންދޫގައި އުމުރުން 22 އަހަރުގެ ޒުވާނަކު ވަނީ ޑެންގީ ޖެހިގެން ނިޔާވެފައި އެވެ.
އޭނާ ނިޔާވީ ޑެންގީގައި ހާލު ސީރިއަސްވެ، މާލެ ގެނެސް ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.