ގއ. ދާންދޫ ކައުންސިލުގެ ރައީސް މުހައްމަދު އާސިފް.--
25 ޖެނުއަރީ 2022 - 12:47
ގއ. ދާންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު، އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ލީކްކުރި ކަމަށް ތުހުމަތުކުރި މައްސަލައިގައި ހެކި ނެތިގެން އޭނާގެ މައްސަލަ ފައިލްކުރަން ފުލުހުން ނިންމައިފި އެވެ.
ސަރުކާރުގެ ސިއްރު ބޭޒާރުކުރި ކަމަށް އާސިފަށް ތުހުމަތުކުރި މައްސަލައިގައި މިދިޔަ މަހުގެ 22 ގައި ފުލުހުން އޭނާ އަށް ފޮނުވި، މައްސަލަ ނިމުނު ގޮތުގެ ލިޔުމުގައި ވަނީ ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.
އާސިފްގެ ވަކީލު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހްތާޒް މުހުސިން "މިހާރު" އަށް މިއަދު ވިދާޅުވީ، ފުލުހުންގެ އޮޕަރޭޝަނެއްގެ މައުލޫމާތު އާސިފް ލީކްކުރި ކަމުގެ އެއްވެސް ހެއްކެއް ފުލުހުންނަށް ހޯދިފައި ނުވާއިރު، ޒިންމާދާރު މަގާމެއްގައި ހުންނަވާ ބޭފުޅަކަށް މިފަދަ ދޮގު ތުހުމަތެއް ކުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
"ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކަށް މިފަދަ ދޮގު ތުހުމަތުތަކެއް ކުރުމުން، އެ ބޭފުޅާ އަށް މީހުން ކުރާ އިތުބާރު ގެއްލި، އަބުރަށް ވެސް ހުތުރުވޭ. އެހެންވެ، މިއީ ކޮށްގެން ވާނެ ކަންކަމެއް ނޫން،" މުހުތާޒު ވިދާޅުވި އެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ގައި އާސިފް ހިމެނޭ ގޮތަށް ހަތަރު މީހެއްގެ ފޯނު ވެސް ފުލުހުން ހިފެހެއްޓި އެވެ. އެ ފޯނުތައް ހިފެހެއްޓިތާ 33 ދުވަސް ފަހުން ވަނީ އަނބުރާ ދީފަ އެވެ.
އާސިފް ވަނީ ފުލުހުން އޭނާގެ މައްޗަށް ކުރި ތުހުމަތު، މި މައްސަލަ ފެންމަތިވި އިރު ވެސް ދޮގުކުރައްވައިފަ އެވެ.
"އަޅުގަނޑާ ގުޅިގެން އެ ދެއްކީ ހަމަ ހުސް ދޮގު ވާހަކަ. އަޅުގަނޑުގެ އަބުރު ކަތިލުމަށް ދެއްކި ވާހަކަތަކެއް އެއީ،" އާސިފް ވިދާޅުވެފައިވެ އެވެ.
ދާންދޫގައި ޑްރަގް އޮޕަރޭޝަނެއް ހިންގަން ފުލުހުން އެ ރަށަށް ދާ ކަމުގެ މައުލޫމާތު ކުރިއާލައި ލިބިފައި ނުވާ ކަމަށް އާސިފް ވިދާޅުވި އެވެ. އެކަމަކު އެ މައުލޫމާތު އޭނާ ލީކްކުރީ އާއިލާގެ މީހަކު ސަލާމަތްކުރަން ކަމަށް ބައެއް މީހުން ތުހުމަތުކުރި އެވެ. ނަމަވެސް އާސިފް ވިދާޅުވެފައި ވަނީ އޭނާގެ އާއިލާ މީހަކަށް ބެލުމެއް ނެތި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޔާން
26 January 2022
ހެކި ފެންނާނީ ހޯދީމަ! ހެކި ފެނުނަސް ހެކި ނައްތާލާފަ ހެއްކެއް ނެތޯ!
އަބްޑޫޅް
25 January 2022
ދާންދޫ ރައީސުލްޖުމްހޫރިއްޔާ ފައިލަށް އެރީ.
ރަޔާން
25 January 2022
ޖާބިރު ބުނާހެން " ހަމަ މިހާރުން މިހާރަށް " ފުލުހުން ގެއަށް ދޭ /
މުހައްމަދ
25 January 2022
ހެކި ބޭނުންވާނީ މިދުނިޔޭގަ އަދި މިނޫން ދުވަހެއްވެސް އަންނާނެ ކަން އެގި ތިބެގެން ކުރާކަމެއް ކުރީމަ ހުންނާނީ ރަގަޅަށް މަސްތުވާ ތަކެތީގެ މައްސަލަ ސާބިތު ކުރުމަށް ބޭނުންވާނީ ވަރަށް އެހެންކަހަލަ ހެއްކެއް ކަމަށް ގަބޫލު ކުރެވެނީ
ރައްޔިތުނ
25 January 2022
ތި ޕޮލިސް މުއައްސަސާ އުވާލަން ވެއްޖެ އެއްނު
ޖާބެ
25 January 2022
ރައްޔިތުންގެ ފައިސާ އިސްރާފްކުރާބައެއް.. ސެެލެކްޓިވްކަންކަން ފެންނާނީވެސް.. މަގުމަތިންް ޓްރެފިކު ހިފަހައްޓާނީވެސް ދުވަހު ވަޒީފާގަ އުޅެފަ ބޯހަމަޖައްސާލަން ނިކުންނަމީހާ އަދި ޓެެކްސީ ޑްރައިވަރު ގޭންގުުތައް ފްރީ ޓިކެޓްގަ ވިސާނެެތި ފްރީކޮށް.. މިއީ ފުލުހުންގެ ހާލަތު މުސާނަގައިގެން ހެވިފަ
ޑަރޯގާ
25 January 2022
އާސިފް ޕޕ ވަކީލު ޕޕ ދެން މިވާ އެތި ރައްޔަތުންނަށް ވަރަށް ސާފު
ރިޔާން
26 January 2022
ޕޕ އެއް ނޫން! ޕޕ ވިނަމަ އޮންނާނީ ޖަލުގަ.
ޖުހާބެ
25 January 2022
ފަންސޫރު ގެއްލުނީ
ކެނެޑީ
25 January 2022
މަހީކުރީ މޮޅުފިލްމެއްގެ ވިލަންކަމަށް
ސެންޓްރަލްމެން
25 January 2022
މީހަމައަޖައިބުން ފުރިގެންވާކަމެއް ޑްރަގް މައްސަލަތަކުގެ ހެއްކެއް ނުހުރޭ ހެކިހުރިއްޔާ ހެކިހޯދިގޮތް ކަމަކުނުދޭ އަމިއްލަ ފޮށިން ކޮޓަރިން ޑްރަގް ފެނުނީމަވެސް ސާބިތެއް ނުވޭ ދެން ކީކޭ ބުނާނީ ކާކު މިކަންކަމާ ވިސްނަނީ
ދެރަވަރު
25 January 2022
ތީ މިގައުމުގަ ގާނޫނު ތަންފީޒުކުރަންތިބި މީހުންގެ ހާލު. ދެން އެހެންމީހުން އަދި ކިހާވަރެއްވާނެ. ގައުމު ހައްތާ ދަނީ ދަށަށް. އަޅާލާނެ ވާލެއް އިޔާރެއްނެތް