31 ޖެނުއަރީ 2022 - 18:48
މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ގެންގުޅުނު މީހަކު މިއަދު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
ޑޮމެސްޓިކް ޓާމިނަލުން ފުރަން ދިޔަ އެ މީހާ ހައްޔަރުކުރާ މަންޒަރު ފެންނަ މަންޒަރު ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. އެއިން ފެންނަ ގޮތުގައި އެ މީހާ ހައްޔަރުކުރި އިރު އޭނާ ގެންގުޅުނު ޕެކެޓްތަކުންް ފޭބި މަސްތުވާތަކެތީގެ ހިކި ބާވަތެއް ބިން މައްޗަށް ވެއްޓި ސަރަހައްދަށް ފެތުރިފައިވެ އެވެ.
އެ މީހާ ހައްޔަރުކޮށް، ބިޑި އަޅުވައިގެން ގެންދިޔައީ އެއާޕޯޓްގައި ހުންނަ "ދޮވެމި" ފިހާރަ ސަރަހައްދުންނެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެމީހާ ފިލަން މަސައްކަތްކުރި ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެއާޕޯޓްގެ ފާހާނާތަކަކުން ވެސް ހޮނިހިރު ދުވަހާއި އިއްޔެ ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލްގެ ފާހާނާގެ ފްލަޝް ޓޭންކުގައި ހުރި މަސްތުވާތަކެތި ފެނިފައި ވަނީ އެއާޕޯޓުގެ ފާހާނާ ސާފުކުރާ މަސައްކަތު މީހަކަށް ކަމަށްވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދުން
01 February 2022
ދިޔާ އެއްޗެތި ގޭގޭ ގެ ސިޓިންގރޫމުތަކުން ލިބެންއެބަހުރި ހިކި އެއްޗެތި ބަލާލިކޮންމެދިމާލަކުން ލިބޭ.ތި ގޮތަށް ހައްޔަރު ކުރަންޔާ މަގުމަތިން ދުވާލަކު ހާހުން ހައްޔަރު ކުރެވޭނެ.
ސަލާމާ
01 February 2022
މި ގޭންގު ބައިގަނޑާ ހެދި ދިވެހިންނަށް އަދި ދަތުރުކުރަން އުނދަގޫ ވާނެ. ޕާސްޕޯޓުގެ ނަން އަނެއްކާވެސް ހަޑިކުރަނީ އެ. ދިވެހިން ދެން ފާހަގަ ވާނީ ޑްރަގު ސަމަގްލް ކުރާ މީހުނާ ޓެރަރިސްޓުން ހަނގުރާމައަށް ފޮނުވާ ބައެއް ގޮތުގަ.
އުކުޅަހު ކަޅު ސޮރު
01 February 2022
ތީ ވ. ބޮޑަށް ރޭވިގެން ހިންގާ ބޮޑު ވިޔަފާރި އެއް. ތިތާ ތިހުންނަ އެއްވެސް ސީސީޓީވީ އަކަށް ތި މީހާ އަށް ނާރާނެ. ތި ކަންތައް ނިމޭނީ ފުލުހުން ގެ ތަޙުޤީޤު ފުރިހަމަ ނުވާ ކަމަށް. ތީ ރޮކެޓް. މިއޮތްހާ ދުވަހު ކަނޑުމަގުން ގެންނަ އެއްޗެއްސޭ ކިޔާ ގޮވިއިރު މި އަދު މިފެންނަނީ ކުއްތާ އާއި އެކުގާޑު ކުރާ މައިވައިގެ ބަނދަރުން. ދެން ކޯއްޗެއް އޮޅުވާލެވޭނީ. ތި އަނބުަރާ މިލިއަން ޑޮަލަރަކީ މަނީ ލޯންޑަރިންގ. ދުވަސް އެބަ ކައިރިވޭ. މިވެސް މި ސަރުކާރުގެ ރެކޯރޑެއް.
ރަދީފްއޮފިޝިއަލް
01 February 2022
ވީވަރަކުން ބަލާކަހަލަ މައްސަލައެއް ދެއްތޯ!!!؟؟ ލަދު ކޮބާ؟
އަޝްރަފް
01 February 2022
މާދަން ދޫކޮށްލާނެ. މީ މިހާރު އާންމު ކަމެންނު.
ޗޮސްބެ
31 January 2022
މިހާރުގެ ހާލަތަށްބަލާއިރު އަދި މާޒީވެދިޔަ މިބާވަތުގެ ކަންކަންދިޔަގޮތަށް ވިސްނާއިރު މިމައްސަލަ ބެލޭނެ ގޮތެއްނެތް. ގާބިލުކަމެއްނެތް. މިހާރުވެސް މިކިޔަނީ މަސްތުވާއެއްޗެއްކަމަށް "ސައްކުކުރެވޭ" ދެންމިކަން ނިމިދާނެގޮތް ފެންނަކަހަލަ. ޔަގީނާއި ގާތަށް މިވާނި ކުޓިކުރާފުށްދަޅެއް ބަންޑުންވެގެނ އުޅުނީކަމަށް. ހައްޔަރުކުރެވުނުމީހާ އެއީ އެތާނުވެސް ނެތްމީހެއް.
ރަޔާން
31 January 2022
ތިޔަ އަޑު އިވި އިވި ފޫހި ވެއްޖެ. ދެން އިވޭނީ އެކަށީގެންވާ ވަރަށް ހެކި ނެތިގެން ދޫކޮށްލި ޚަބަރު.
ނާރާޔަން
31 January 2022
ތިބުނީ ހެޔޮކޮށް ކަންވާގޮތް.
ކާފީ
31 January 2022
ކޮބާ އެސޮރު ދުލެއް ނުކުރޭތަ.
އަލީ އަސްފާގު
31 January 2022
ކޯޓުތަކުން ބުނާނެ އޭނާއަށް ސާބިތުވާ ވަރުގެ ހެއްކެއްނެތޭ. މުޅިގައުމުގަ ޑުރަގުގެ ވަބާ ޖެހިފަ ވާއިރު ގާނޫނީ ވަކީލުންނާއި ގާޒީންނާއި އެމީހުނާއި ރަގަޅު ގުޅުމެއް އޮވޭ. ހިތާމައިގެ ކޮޅެއް ނެތް. މި މީހުންތިބީ މިހިން
ކޮމެންޓޭ1
31 January 2022
ޑުރަގު މުޅިގައިގަ އޮއްވާ ހައްޔަރު ކުރިއަސް ޔަގީން ކަމެއް ނެތް ޕީޖީ ބުނެފާނެ ފަންސުރެއް ނެތޭ ކޯޓަށް ދިއައިމަ ބުނެފާނެ ފުލުހުން ހައްޔަރު ކުރީ ޤާނޫނާ ޚީލާފަށޭ