ސެންޓްރަލް ޕާކު ކައިރީ ހަދަމުން އަންނަ ކޭ ޕާކު އެޕާޓްމަންޓްތައް: މިތަންތަން ނިންމުމުގެ މުއްދަތު ދެވަނަ ކުއާޓަރު ނިމެންދެން ވަނީ އިތުރުކޮށްދީފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
03 ފެބުރުއަރީ 2022 - 11:54
ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަހައްދުގައި އިމާރާތް ކުރަމުން އަންނަ ކޭ ޕާކް ރެޒިޑެންސް ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުގެންދެވިގެން އުޅެނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ކަމަށް އެ ކުންފުނިން ބުނާތީ، އެ މުއްދަތު އަނެއްކާ ވެސް އެޗްޑީސީން އިތުރުކޮށްދީފި އެވެ. ކޮރެއާގެ ޑިޒައިންތަކަށް ތަރައްގީކުރާ 14 ބުރީގެ މިކްސް-ޔޫސް ރެސިޑެންޝަލް 110 އެޕާޓްމަންޓް ހިމެނޭ މި އިމާރާތުގެ އަމަލީ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ. އޭރު ލަފާކުރީ އިމާރާތުގެ ހުރިހާ މަސައްކަތެއް ނިމި 2020 ވަނަ އަހަރު އެޕާޓުމަންޓްތަކުގައި މީހުންނަށް ދިރިއުޅެން ފެށޭނެ ކަމަށެވެ. އެކަަމަކު، އެ އިމާރާތް ނިމިފައިނުވާތީ މި އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް މުއްދަތު އިތުރު ކޮށްދީފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި، އެޕާޓްމަންޓްތައް ނިންމުމުގެ މުއްދަތު އިތުރުކޮށްދިނީ ޓާމިނޭޓްކޮށްފި ނަމަ އެޗްޑީސީ އާއި ފްލެޓް ގަަތް މީހުންނަށް ވެސް ގެއްލުން ވެދާނެތީ އެވެ.
ކޭ ޕާކާ ހަވާލާދީ، އެޗްޑީސީން ބުނީ، އެޕާޓްމަންޓްތަކުގެ މަސައްކަތްތައް ނުނިމި ލަސްވެފައި ވަނީ އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވުމާއި ކޮންޓެކްޓްވުމުން ކަރަންޓީން ވާން ޖެހޭތީ ކަަމަށެވެ. ސައިޓްތަކުގައި މަސައްކަތްކުރާ ދެ ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވިޔަސް އެއް ފަހަރާ ގިނަ ބަޔަކު ކަރަންޓީން ކުރަން ޖެހުމުން މަސައްކަތްތައް އެކީ ހުއްޓެނީ ކަމަށް އެޗްޑީސީން ބުނެ އެވެ.
ކޭ ޕާކާއެކު މަސައްކަތްކުރާ ހަމްބޯ ކުންފުނިން ބުނެފައި ވަނީ މިދިޔަ އަހަރު ނިމުމުގެ ކުރިން އެޕާޓްމަންޓުތަކުގެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި މި އަހަރު އެ ތަންތަނުގައި މީހުން ދިރިއުޅެން ފަށާނެ ކަމުގެ އުއްމީދު ވެސް ކުންފުނިން ދެ އެވެ.
އެ އިމާރާތުގެ ކޮންސްޓްރަކްޝަންގެ ބޮޑު ބައެއް ނިމިފައިވާއިރު، މިދިޔަ އަހަރުގެ މެދަކާ ހިސާބުން ފެށިގެން ކުރަމުން އަންނަނީ އެތެރޭގެ މަސައްކަތްތަކެވެ. އެކަމަކު ފްލެޓްތަކުގެ މަސައްކަތް ނިންމައި، އެ ތަންތަން ގަތް މީހުންނަށް ހަވާލުކުރުން ލަސްވާތީ އެ މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަަައަހުމަދު
23 February 2022
މަ ލިޔަނަކު ފައިސާދައްކާފަ ހުރީ މިތާ އެޕާޓްމަންޓަކައް. ކޮންމެ ދުވަހަކު 100 ބުރު އެތަން ވަޝާ އެސޮރު ޖަހާ ހަމަހިލާ ކުރާ އެއްވެސް މަސައްކަތެއް މީހެއްގެ ހިލަމެއވެސް މިތާކުން ނުފެނޭ. ހައްތާ ނިންމާ ވާހަކަ ނޫސްތަކުން މިފެންނަނީ. ވަރެއްގެ ކުޅިގަނޑެއް ކުޅޭތަނެއް ތިޔާ...
ފުލެޓުން ލަނޑު
06 February 2022
ރާއްޖޭގައި ފުލެޓް އިމާރާތް ކުރާ މީހުން ތަފާތު އެކްސްޕޯ ތަކުގައި ރައްޔިތުންނަށް ދަޅަ ދައްކައިގެން މޮޅެތި ކުރެހުންތަކާއި ޑިޒައިންތަކުގެ ރީތި މަންޒަރުތައް ދައްކައި ބޮޑެތި އަދަދުން ފައިސާ އެޑުވާންސްކޮށް ނަގައި ، ރައްޔިތުން ބިކަ ކުރަމުންދަނީ.. ދިވެހިން ހޭލުންތެރިވެ ފުލެޓް އިމާރާތުގެ 100% ނިމި އެދައްކާ ބްރޯޗާރސް ތަކުގައިވާ ގޮތަށް އަސްލަށްވެސް ފެނުނީމައި ނޫނީ ފައިސާ ނުދައްކަންވީ..
ޞޯމީ
04 February 2022
ޖައުސާގެ އެޕާޓްމަންޓް ގައިވެސް ޕްރޮގްރެސް ރިޕޯޓުގައިވެސް ދޮގުހަދާފައި ހުންނަނީ. ޖައުސާ ބޮއިކޮޓް ކުރަންވީ އެންމެން.
ބަޑިތަކުރު
04 February 2022
ހުވާގަންދީ ބުނަން؟ އަދިފަސް އަހަރުންވެސް ކޭޕާރކް ނުނިމޭނެ. ކުލައިންޓު އަތުން ފައިސާ ކޮޅެއްހޯދާގެން އަނބީން ރުއްސަން ދުނިޔޭގެ އެކިއެކި ގައުމަތަކަށް ބުރުޖަހާ އަދި އެފައިސާއިން އަގޮބޮޑު ބޭގް ގަނެގެން އަލާއިރު އެއްމެ ފަހަރަކުވެސް ވިސްނާލިންތޯ އެހެންމީހުންގެ ހައްގުތަކަށް. ޔަގީންކަމާއި އެކް ބުނަން. ކޭޕާރކްއިން ނިމިފައިވަނީ ފަސްޓްފޮލޯރ އެކަނި. މިފްލޯ ކުލައިންޓުންނަށްވެސް ދައްކަނީ. އެހެންފްލޯރ އެއްނުދައްކާނެ. އެޗްޑީސީ އިން ބަލާފައި މުއްދަތު ޖަހާބަލަ.
ސަމްސިއްޔާ
04 February 2022
މިއީ މިގައުމުގެ ހާލަތު. ކޮން ކޮވިޑެކޭ ކިޔާކަށް. ތިޔަ ބުނާ ކޮވިޑެއް އައީ 2020 ގައި. ދެން އޭގެ ކުރީ 2 އަހަރު ކުރީ ކޮންކަމެއް؟؟ ތިޔަތަނުގެ ކޮންޓްރެކްޓަރ ބޯޑް "ޖައުޒާ" އަށް ބަދަލުކުރިތާ ވެސް ކޮންދުވަހެއް. %95 ނިމިފައޯ. ކޮވިޑު އައުމުގެ ކުރިންވެސް ހުންނަންވާނީ %95 ނިމިފައި. ތިޔަ އެޗްޑީސީ އަކީ އެއްކަމެއްވެސް ވާބައެއްނޫން. ފުލެޓަށް ލާރިދެއްކިމީހުން މިހާރު އުޅޭތަނަށް ކުލި ދައްކާލަ ދައްކާލަ ތިބެންވީ.
ހަންބޯަަލޭބޯ
04 February 2022
އޯކޭ އެންނުދެން ހަނބޯ ބޮަޑޭމެން އެއުލެނީ އެފްޑބލއު ތަނުގަ ހުރި އެންމެ އަގު ބޮޑު ޕެނޓްހައުސް ގަނެލާގެން 10މ އައް އެއްފަހަރާ.، ދެތިން ބެންޒް އޮވޭ ބޭސްމަންޓްގަ.. ދެން ކިހިނެއް އެޑްވާނސް ލާރި ހޯދާނީ ގަތް މީހުން
ކޮރަލް
03 February 2022
ބައެއް ސިޔާސީ ވެރީންނަށް މިލިއަން ކޮޅެއް ދޭއިރަށް މުއްދަތު އިތުރު ކޮށްދޭނެ އެވެ. އިންވެސްޓަރުން ލިބުނީމަ ފްލެޓްހަދަން ބިން ހޯދާފަ ހަދަނީ ރިސޯޓް އެވެ. ދެން އެރިސޯޓް ނިމުނީމަ ފްލެޓް ގެ ނުނިމި އޮތް ބައި ހަދަނީ އެވެ.
ގުރުނުދޮން
03 February 2022
ލާރިއޮންނަބަޔަކު ބޭނުންހުރިހާގޮތެއް އެޗްޑީސީން ހަދައިދޭނެ ފައިސާދައްކާ ތިތަންތަން ގަތްމީހުންނަށް ވާގެއްލުމަކަށް ވާދައްޗަކަށް އެޗްޑީސީން އެއްވެސް ވަރަކަށް ނުބަލާ
ނީކް
03 February 2022
ކޮވިޑާ ހެދިއެއްނޫން ތިޔަ މަންޑޭ ހީލަތް ހަދައިގެން ކޮރެއާ މީހުން މިހާރު ލާރިއެއް ނުދޭ.. އަތަށް ގޮވައިގެން އުޅެނީ.. ކޮވިޑޭ ކިޔާފަ މިހާރު ކޮންކަމެއް މަނަލީ؟؟ ތިޔަތާނެ ވެބްސައިޓެއް ނެތް، ފޭސްބުކް ޕޭޖު އެންމެ ފަހުން އަޕްޓޭޑުކޮށްފަ އޮތީ 2018ގެ މޭ މަހު.. އެޕާޓްމަންޓް ގަތް މީހުން ތެޅި ފޮޅެނީ ވާނުވާގަ.. އެއްބަޔަކު ދޫކޮށްލަންވެސް އެދިފަ ހަބަރެއް ނުވާކަމަށް ވަނީ..
ގައުމޭގައުމޭ
03 February 2022
ތަންކޮޅެއް ހޭލުންތެރިވެބަލަ. 80 ނޫނީ 90 ޕަރސެންޓަށް ނިންމީމަ ތިތަންތަން ގަންނަން އުޅެބަލަ. ސީލައިފު، ޖައުޒާ، އެންސިސް، ކޭޕާރކް، މީ މުޅިންވެސް ނުފޯރާ ފޮތިން ފޫގަޅަން އުޅޭ މުއްސަނދިން. މެކުނު ފުމުނަކަސް ގާހަކި އަކަށް ނުފުމެވޭނެ.