އިންތި: އޭނާ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ ޕާޓީ އިތުރަށް ހަރުދަނާކުރުމުގެ ވިސްނުންތަކާ އެކުގައި ކަމަށް. -- ފޮޓޯ: ނިޝާން އަލީ /މިހާރު
13 ފެބުރުއަރީ 2022 - 12:15
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަން ނިންމެވީ އެހެން އެއްވެސް ޕާޓީއަކަށް ބަލިކޮށްނުލެވޭނެ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީގެ ލަޝްކަރު އިތުރަށް ވަރުގަދައަށް ރުކުރުވާލުމުގެ އަޒުމާއި، އެކަން ކާމިޔާބުކުރެއްވޭނެ ކަމުގެ ވަރަށް ޔަގީން ހިސާބުތަކާ އެކުގައި ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.
އެޕްރީލް، 16 ގައި ބާއްވާ އިންތިހާބުގައި އިންތި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއާ އެވެ. މި ދެ ބޭފުޅުން މި ނުކުންނެވީ އެމްޑީޕީގެ ތެރޭގެ ހިޔާލުތަފާތުވުންތަކުން އުފެދިފައި އޮތް ދެ ފެކްޝަނުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަޅިން އެ މަނިކުފާނު އެންމެ އިތުބާރު ކުރައްވާ އެއް ވަޒީރު ކަމަށްވާ ފައްޔާޒް ނުކުންނެވި އިރު އިންތި ސިފަކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުތަކަށް ތާއީދު ކުރެއްވުމުގައި ދެމިހުންނެވި މެމްބަރެއްގެ ގޮތުގަ އެވެ.
ސޯލްޓުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި އިންތި ވޯޓު ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ /މިހާރު
އެމްޑީޕީގެ 16 އަހަރުގެ ހަޔާތުގައި އަންނަ އެންމެ ވާދަވެރި އެއް އިންތިހާބަށް ނުކުންނެވި ސަބަބާ ގުޅޭ ގޮތުން އިންތި "މިހާރު" އަށް ވިދާޅުވީ ޕާޓީގައި އޭނާއަށް ކުރެއްވުނު ތަޖުރިބާތަކާ އެކު އިސްމަގާމެއްގައި ހުންނަވައި އެމްޑީޕީގެ ކުރިއެރުމަށް މަސައްކަތް ކޮށްދިނުމަށް މިއީ އެންމެ އެކަށީގެންވާ ވަގުތު ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އޭނާގެ ވިސްނެވުމަކީ ޕާޓީ މިހާރަށް ވުރެން ވަރުދަކޮށް ހަރުދަނާ ޕާޓީއެއްގެ ގޮތުގައި ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ.
"އެއް ކަމަކަށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޕާޓީ މިހާރަށް ވުރެން ވަރުގަދައަށް ރުކުރުވާލެވޭނެ ގޮތްތަކެއް ހޯދައި އިދާރީ ގޮތުން އެ މަަސައްކަތް ކުރުން،" އެމްޑީޕީއަށް ފުރަތަމަ ސޮއިކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިންތި ވިދާޅުވި އެެވެ.
ޕާޓީގެ މެމްބަރުންނަށް ޔަގީންކަން އޮންނާނެ އަޅުގަނޑާ މެދުގައި އަޅުގަނޑު ހަވާލުވާ އެ ކަހަލަ މަގާމްތަކުގައި ޕާޓީއަށް ގެއްލުމަށް ވުރެން ބޮޑަށް ވާނީ ފައިދާކަން، ކުރިއެރުން ލިބޭނެކަން: އިންތި
އެއްކޮޅުން ސަރުކާރާއި ޕާޓީގައި ވެސް ނުފޫޒު ގަދަ ފައްޔާޒާ ވާދަކުރެއްވުމަކީ ކިހާވަރެއްގެ ޗެލެންޖަކަށް ވާނެތޯ އެހުމުން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަކީ އަބަދުވެސް ވަރަށް ވާދަވެރި، ޑިމޮކްރަސީގެ އުސޫލްތަކުގެ މަތިން ހިންގާ އިންތިހާބުތަކެއް ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ހަމައަކީ ވެސް އިންތިހާބުތައް ވާދަވެރިވުން ކަމަށް އިންތި ވިދާޅުވި އެވެ.
"އެމްޑީޕީ މި އޮންނަނީ ވާދަކޮށްގެން، ފައިޓްކޮށްގެން ހޮވޭ ގޮތަށް. ވާދަވެރި، އެކަމަކު ރީތި، އިންތިހާބެއްގެ ގޮތުގައި، ކެމްޕޭންތަކަށް ފަހު މޮޅުވާނެ ކަމަށް ވަރަށް ޔަގީން،" އޭނާ ވިދާޅުވި އެވެ.
"ވަރަށް ގިނަ ގޮތްގޮތުން ބަލައި އެކިއެކި ހިސާބުތައް ޖަހައި ފޯމިއުލާތަކުން ދައްކާ. އެހެންވީމާ ވާދަވެރިކޮށް ދިޔައެއް ކަމަކު އިރާދަކުރެއްވިއްޔާ ގަދަވާނެ، ރަނގަޅުވާނެ."
އިންތި ވިދާޅުވި ގޮތުގައި އޭނާއަށް އޮތް ހިތްހަމަޖެހުމަކީ އެމްޑީޕީއަށް މުހިއްމު އެ ބާވަތުގެ މަގާމެއް ފުރުމަށް އާއްމު މެމްބަރުން އިންތިޒާރުކޮށް، އެދެމުން ދިޔަ ކަމަކަށް ކުރިމަތިލެއްވުމެވެ. އެ ވިސްނުން ގެންގުޅުއްވިޔަސް މަޑުކުރައްވައިގެން ހުންނެވީ ރަނގަޅު ވަގުތު އަންނަން ދެން ކަމަށް ވިދާޅުވި އެވެ.
"މި ވޭތުވެދިޔަ ތަނުގައި ކުރި ކެމްޕޭންތަކުން ޕާޓީގެ މެމްބަރުންގެ ލޯތްބާއި އިހްތިރާމް އަޅުގަނޑަށް ކުރޭ އެ މެމްބަރުންނަށް އަޅުގަނޑު ކުރާ ފަދައިން. އެހެންވީމާ ޕާޓީގެ މެމްބަރުންނަށް ޔަގީންކަން އޮންނާނެ އަޅުގަނޑާ މެދުގައި އަޅުގަނޑު ހަވާލުވާ އެ ކަހަލަ މަގާމްތަކުގައި ޕާޓީއަށް ގެއްލުމަށް ވުރެން ބޮޑަށް ވާނީ ފައިދާކަން، ކުރިއެރުން ލިބޭނެކަން،" އިންތި ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި އިންތި ބައިވެރިވެވަޑައިގަންނަވަނީ. --.ފޮޓޯ:ނިޝާން އަލީ/މިހާރު
ޗެއާޕާސަން ކަމުގެ މަގާމަކީ އިދާރީ ގޮތުން ޕާޓީ ހިންގުމުގެ އެންމެ އިސް ޒިންމާ އަދާކުރަން ޖެހޭ ފަރާތްކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ އެންމެ ބޮޑު، ވަރުގަދަ، ކާމިޔާބު ޕާޓީގެ ގޮތުގައި ބޭއްވުމަކީ އޭނާގެ މިސްރާބު ކަމަށެވެ.
"މި މަގަށް ކުރަން ޖެހޭ ކޮންމެ ކަމެއްގައި އަޅުގަނޑު ދެމިހުންނާނެ، ރާއްޖޭގައި އެމްޑީޕީ ބީޓްކޮށްލެވޭނެ އިތުރު ޕާޓީއެއް ނެތް މިންވަރަށް އަޅުގަނޑުގެ މަސައްކަތް ކުރިއަށް ގެންދާނަން،" އިންތި ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ތިން ވަނަ ދައުރު ފުރުއްވަމުން ގެންދަވާ އިންތި ވަނީ ޕާޓީގެ އިސް މަގާމްތައް އަދާކުރައްވައިފަ އެވެ. އޭގެތެރޭގައި ޕާޓީގެ އެންމެ އިސް ތަރުޖަމާންގެ މަގާމް ހިމެނެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގެ ފަސް އަހަރުގެ ދައުރު އެންމެ ފަހުން ފުރުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އޭނާގެ ދައުރު ހަމަވީ އިއްޔެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާރިހަތު ޖަލީލު
17 February 2022
ފާރިދެކޭގޮތުގައި އިންތިއަކީ ކޮރަޕްޓް ބޭފުޅެއް ނޫން. ގިނަ މައްސަލަތަކުގައި މިނިވަން ޚިޔާލު އަދި ޕާޓީއަށް ފައިދާވާގޮތަށް އަބަދުވެސް މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅޭއް. އެކަމަކު އަންނި ނުވަތަ އީވާގެ ފޮލޮވަރއެއް ގޮތަށް ވަރަށް ގިނަ ފަރާތްތަކުން ދެކޭތީ ވޯޓު ނުލިބުމުގެ ފުރުޞަތު ބޮޑު. ހަމަގައިމުވެސް ފަޔާޒް އިސްމާއިލްއަކީ އެއްވެސް މީހެއްގެ ބޯއިއެއްކަމަކަށް ވާހަކައެއް ނުދެކެވޭ
ހަމަތެދެއް
16 February 2022
ތިޔައީ ތިމަޤާމަށް އެކަށީގެންވީނަމަވެސް ހޮވާވަރުގެމީހެއްނޫން. ދާއިރާމީހުނަށް މެސެޖުފޮނުވައި އާދޭސްކުރިދުވަސް ހަނދާންނުބަހައްޓައި ދާއިރާގެމީހަކު ލަފަޔަކަށްއަހައިލީމަ އެއަށް ޖަވާބެއްނުދެވޭމީހެއް ތިއީ.
ސަތަރޭ
14 February 2022
ބިގް ބްރޯ ވިލް ވިން ، ނޮޓް ޔޫ އެފައިސާ މިފައިސާ
ޙިނި
14 February 2022
ހޮރު ހޮރުން ހިނިތައް ދެން ނިކުންނާނެ.
ބަދަވިން
13 February 2022
ޕާޓީގެ މެމްބަރުންގެ ކަރަށް ފަޢިން އަރައި، އެތައް ހައްޤަކަށް އަރައިގަނެފައި ތިބި ބަޔަކަށް ދޭނެ ވޯޓެއް ނެތް..... ހެކި އެބަހުރި...
ބޮޑުމީހާ
13 February 2022
މިހުރިހާ ދުވަހު މަޖްލިސް މެމްބަރަކަށްހުރެ ރަގަޅު ނުކުރެވުނުކަމެއް ތި މަގާމަކުން ނުވާނެ
ޖާބެ
13 February 2022
ނުހޮވޭނެ ފައިސާ ގިނަމީހާ ހޮވޭނީ އިންތި ކީއްވެބާ މިހާރު ނުގޮވަނީ އެފައިސާ މިފައިސާ
މިއަދު
13 February 2022
އިންތި އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި ވާދަކުރިއޭކިޔާފައި ނޫނީ އިވާގެ ލޮލަށް ހިމަކޮޅުންބެލީމަ އަހަރެންނާކޮންކަމެއް މަގޭވޯޓެއް އިންތިއަކަށް ނުހޯދޭނެ އެމްޑީވެގެނެއް
ގުދުގުދާބެއްޔާ
13 February 2022
އަނެއްކާވެސް މާލޭ ރައްޔިތުންނަށް ގޯތި ދޭން ސުޕޭހުން މިފަހަރު ވައުދުވާނެ! ބުނާނެ މިއުޅެނީ ޖައްވުގައި ފުލޯޓިން ކަނދު ތަކެއް ބަހައްޓައިގެން މާލޭ ރައްޔިތުންނަށް ޖައްވުން ގޯތި ދޭންވެގެނޭ! މަހީހީ ހަލާކު! މިޕާޓީ އަކީ މަވެސް އުޅޭ ޕާޓީ! އެކަމަކު މިހާރު މިޕާޓީ މައުމޫނުގެ ވެރިކަމަށް ވުރެންވެސް ޚުދުމުޚުތާރު! ނޯވޯޓް ނޯ ގޯތި.
ސަންޑޭ
13 February 2022
އަހަންނަކީ އިންތި ތަމްސީލު ކުރާ މާފަންނު އުތުރު ދާއިރާގެ އެމް.ޑީ.ޕީ ގެ މެމްބަރެއް . ވޯޓަށް ކައިރިވީމާ މި އިންތި ފެންނާނެ ، ދެން ނުފެންނާނެ. ދާއިރާގެ މީހުންނާ އެއްވެސް ގުޅުމެއް ނޯންނާނެ. ވަރަށް ބޭކާރު މީހެއް. މިކަމަަށް މާފަންނު އުތުރު ދާއިރާގެ މީހުން ހެކި ވާނެ.
ގުދުގުދާބެއްޔާ
13 February 2022
ތީ މިމާލޭގެ ހުރިހާމެންބަރުންގެ ހާލަކީ! އިންތިމެން ހީކުރަނީ އަގައޮތީމަ ދައްކާ ހުރިހާ ވާހަކައެއް ރައްޔިތުން ގަބޫލުކުރާނެ ކަމަށްދޯ؟ ނުކުރާނެ! މިހާރު ޕާޓީ ސިސްޓަމްތަކަކަށް ރައްޔިތުން އިތުބާރެއްނެތް! ރޯމާ ދުވާލު މެންބަރުން މަސްލަހަތު އޮންނަ ކޮންމެވެސް ކޮންޕެނީ އަކަށް ރައްޔިތުންގެ ފައިސާއިން ބަދަލުދީ މުއްސަނދި ކުރާތަން އަހަރުމެން މިތިބީ ބަލާށޭ! ކަލޯމެން 2023 ގައި ޖެހޭނީ ޓާޓާކިޔަން! ނުހޮވޭނެ!
ޖުހާނާ
14 February 2022
އެކަމަކު އަދިވެސް ކަލޭމެންވވޯޓު ދޭނީ އެކަލޭގެއަށް.