ސާލިމް: އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
17 ފެބުރުއަރީ 2022 - 16:01
އދ. ދަނގެތީގައި މަރާލި އެރަށު ވިޔަފާރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރުގެ ގާތިލު ޝާހް އާލަމް މިއާ (ސާލިމް) ގެ ކިބައިން މަރަށް މަރު ހިފަން މަހްމޫދުގެ ހުރިހާ ވާރިސުން އެދިއްޖެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މަހްމޫދު މަރާލުމަށްފަހު ފަޅު ގޯއްޗެއްގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު މައްސަލާގައި އޭނާގެ ގާތިލް ސާލިމް ވަނީ ކޯޓުގައި ކުރިން ކުށަށް އިއުތިރާފްވެ، އެކަމަށް މާފަށް އެދިފަ އެވެ. ތަހުގީގާއި ޝަރީއަތުގައި ވެސް ސާލިމް ވަނީ މި އިއުތިރާފް ދަމަހައްޓައިފަ އެވެ.
ވާރިސުންގެ ބަސް ހޯދުމަށް ފަހު މިހާރު ދަނީ އަދަބު ކަނޑައެޅުމުގެ އަޑުއެހުމެވެ. އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން ނަމަ، ވާރިސުން މަރަށް މަރު ހިފަން އެދިއްޖެ ނަމަ އިއްވަން ޖެހޭނީ އެ ހުކުމެވެ.
ސާލިމްގެ ދިފާއީ ވަކީލް މަޖީދު އަލީ މީގެ ކުރިން ޝަރީއަތުގައި ވިދާޅުވި ގޮތުގައި ސާލިމް ވަނީ މިއީ ޝައިތޯނާ ބޮލަށް އެރިގެން ކުރެވުނު އަމަލެއް ކަމަށް ބުނެފަ އެވެ.
Mahmood ah 2 valhin hamalaa dhin, Hashigandu ufulee Salim ge kondugai
The most trusted news source in the Maldives
Mihaaru
މަހްމޫދުގެ މަރާ ގުޅޭ ގޮތުން "މިހާރު" ގައި ޝާއިއުކުރި ރިޕޯޓް
ސާލިމަށް ކުރި ދައުވާގައި ބުނެފައި ވަނީ އޭނާ މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދެ ދަގަނޑުބުރިން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށެވެ. އަދި އޭގެ ފަހުން މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށެވެ.
ފުލުހުން ބުނެފައިވަނީ، ދަނގެތީގައި އުމުރުން ދުވަސްވީ މީހަކު ބަލަން ގެނެސް ހުރި ސާލިމް، މަހްމޫދަށް ހަމަލާދީ މަރާލީ އޭނާ އަތުން ފައިސާ ހޯދަން އުޅުމުގެ ތެރޭގައި ކަމަށެވެ. މަރާލުމަށް ފަހު ހަށިގަނޑު އެއްލާލާފައި އޮތީ ފަޅު ގެއެއްގައި ހުންނަ ވަޅެއްގެ ތެރޭގަ އެވެ. މަހްމޫދު މަރާލީ ސާލިމް އުޅޭ ގެޔަށް ރޭނގަނޑުގެ ވަގުތެއްގައި ގެންގޮސް، ވަޅިން ހަމަލާ ދީގެންނެވެ. އޭނާގެ ހަށިގަނޑު ވަޅަށް ވައްޓާލާފައި އޮތީ ގޯންޏަކަށް ލުމަށް ފަހުގަ އެވެ. މި ހުރިހާ ކަމެއް ވެސް ސާލިމް ކުރީ އެކަނި ކަމަށާއި މި ކަމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތްކަން އެނގެން ނެތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫހަންމަދު
18 February 2022
މާފަށް އެދުމުން އެމީހަކަށް ތައުބަަ ވުމަށް ފުރުސަތު ދިނުމަކީ ބަދަލު ހިފުމަށްވުރެ ހެޔޮވެގެންވާކަމެއް.
ބަކަމޫނު
17 February 2022
ދެން ރާއްޖެއަށް ބަންގްލަދޭސް ގެ މަތީވެރިއެއް ޒިޔާރަތް ކުރާދުވަހަކުން އޭނާ އަބުރާ ގައުމަށް ދެވޭނެ ބޭނުން ނަމަ އާނަމެއް ކިޔާއިގެން ރާއްޖެ އާދެވޭނެ. މީ މިގައުމުގެ ހާލު
ސަވާލަ
17 February 2022
މިކަންވާނީ ވަރަށްބޮޑު އިމްތިހާނަކަށް. އުފެދޭސުވާލަކީ ތިނިންމުމުގެ ނަތީޖާ ލިބޭނީ ކިހާދުވަހަކުންބާވައޭއެވެ؟ ޝަރުޢީ ސިސްޓަމްހިނގަނީ ވަރަށްވެސް އެހެންކަހަލަ ގޮތަކަށްކަމަކީ އެކަކާއި އެކެއް އެއްކުރުމުން ދޭއް ނުކުންނާނެކަން ދަންނަބަޔަކަށް ރަނގަޅަށް ވިސްނޭނެއެވެ. ކިހިނެތްވާނެބާވައެވެ؟
ކުޗީ
17 February 2022
ކޮންމެ މީހަކުވެސް ވެރިކަމަށް އަރާހިތުން މަރުވަނީ. އެކަމަކު ނޭނގޭ މީކިހާވަރެއްގެ ކިހާބޮޑު މަސްއޫލިޔަތެއް ނަގަން ޖެހޭ ކަމެއް ކަން. ހުކުން ތަންފީޒް ނުކޮށް ﷲ ހަޒްރަތުގައި ޖަވާބުދޭން ޖެހޭދުވަހު ވަލިޔުލްއަމުރަކަށް އަރާހުރި މީހާ ކޮންޖަވާބެއް ދޭނީ. ބުނެވޭނެތަ ހުޅަނގުގެ ގައުމުތަކުން ފިއްތާތީވެ ކެޕިޓަލް ޕަނިޝްމަންޓް އަހަރުމެންނަށް އޭރަކު ދެވޭކަށް ނޯވެޔޭ.
މީހެއް.
17 February 2022
އަދިވެސް ސާފެއް ނުވޭ ސާލިމް ހޯދަން އުޅުނީ ކޮންފައިސާއެއް ކަމެއް. މިކަހަލަ ކުށެއް ކުރަން ޖެހުނީ ކިހާ ފައިސާއެއް ކީއްވެގެން މަހުމޫދު އަތުން ހޯދަން ޖެހިގެން؟
މަންނަ
17 February 2022
ކިހާވަރަކުން ދާނެބާ؟
ރަދީފްއޮފިޝިއަލް
17 February 2022
ސާބަހޭ މަހްމޫދުގެ ހުރިހާ ވާރިސުން.މިފަހަރު އެންމެ މަތީ ކޯޓްގަ ވެސް ތިޔާ ސްޓޭންޑްގަ ތިބުމަށް ގޮވާލަން.03 މަރުހަލާ ނިމުމުން އަހަރުމެން މިތިބީ ވަލިއުލްއަމުރު ކަންކުރަނީ ކޮންގޮތަކަށްތޯ ބަލަން. ވ.ވެދުން