ސާލިމް ބުނީ އޭނާ ބަލަހައްޓަންޖެހޭ އާއިލާއެއް އެބަ އޮތް ކަމަށާއި އޭނާ އަށް ކުށް ކުރެވުނީ ޝައިތާނާގެ ވަސްވާހަށް ކަމަށް
ޝާ އަލޮމް މިއާ (ސާލިމް): މަރުގެ އަދަބު ނޫން އަދަބެއް އޭނާއަށް ނެތްކަން އެނގުމުން ކޯޓުގައި އޭނާ ވަނީ މައާފަށް އެދި އާދޭސްކޮށްފައި --- ފޮޓޯ/މިހާރު
17 ފެބުރުއަރީ 2022 - 17:33
އދ. ދަނގެތީ ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރުގެ ގާތިލް ޝާހް އާލަމް މިއާ (ސާލިމް) ގެ މައްޗަށް މަރު ނޫން އަދަބެއް ނެތްކަން އެނގުމުން ކޯޓުގައި އޭނާ ރޯން ފަށައި، މާފުކޮށްދިނުމަށް އެދި އާދޭސްކޮށްފި އެވެ.
މިދިޔަ އޮކްޓޫބަރު މަހު މަހްމޫދު އަނިޔާވެރި ގޮތަކަށް މަރާލުމަށް ފަހު ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކަށް ވައްޓާލި މައްސަލާގައި ސާލިމްގެ މައްޗަށް ކުރާ ދެ ދައުވާއަށް އޭނާ ކޯޓުގައި ކުރިން އެއްބަސްވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން އޮތީ ނިންމައިފަ އެވެ.
މިއަދު ކުރިއަށް ދިޔަ ވާރިސުންގެ ބަސް ނެގުމުގެ މަރުހަލާގައި މަހްމޫދުގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފުން ނޫން ގޮތެއް ބޭނުންނުވާ ކަމަށް ބުންޏެވެ. އޭނާގެ މަންމަ އާއި ހުވަފަތް އަނބިމީހާގެ އިތުރުން ފަސް ދަރިން ވެސް ބުނީ މަރަށް މަރު ނޫން އެއްވެސް ގޮތެއް ބޭނުންނުވާ ކަމަށެވެ. ފަހަރަކު ވާރިސެއްގެ ބަސް ނަގަމުން ދިޔައިރު، ސާލިމް ކޮންމެވެސް ވަރަކަށް އިސް ޖަހާލައިގެން އިނދެ، ކޯޓުގައި ރުޔެވެ. އޭނާގެ ރުއިންގަނޑު ފަޅައިގެން ގޮސް، އާދޭސް ކުރަން ފެށީ ފަހު ބަސް ބުނަން ފުރުސަތު ދިނުމުންނެވެެ.
އަދަބާ ބެހޭގޮތުން ވާހަކަ ދައްކަމުން ދައުލަތުން ބުނީ މަހްމޫދުގެ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައިވާތީ ސާލިމަށް ދޭންޖެހޭނީ މަރުގެ އަދަބު ކަމަށެވެ. އަދި ސާލިމަށް ދައުލަތުގެ ޚަރަދުގައި ހަމަޖައްސައިދީފައިވާ ވަކީލް މަޖީދު އަލީ ވެސް ވިދާޅުވީ ވާރިސުން އެގޮތަށް ބުނާތީ ސާލިމްގެ އަދަބަށް ދެވޭނެ ލުޔެއް ގާނޫނީ ގޮތުން ނެތް ކަމަށެވެ. އެކަމަކު ސާލިމް އެދުމަކީ އަދިވެސް ލުޔެއް އޮތިއްޔާ ލުޔެއް ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސާލިމް ބުނާނެ އެއްޗެއް އެބައޮތްތޯ ތަރުޖަމާނު މެދުވެރިކޮށް، އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ސުވާލު ކުރެއްވުމުން އަޑުން އަޑުނަގައި ރޮމުން އަދި އަތުން އެކި ގޮތްގޮތަށް އިޝާރާތް ކުރަމުން ސާލިމް ބުނީ އޭނާއަށް އެކަން ކުރެވުނީ ޝައިތޯނާ ވަސްވާސް ދިނުމުން ކަމަށެވެ. އަދި އޭނާ ބަލަންޖެހޭ އާއިލާއެއް އެބައޮތް ކަމަށް ބުނެ، ދެ އަތްތިލަ ޖޯޑުކުރުމަށް ފަހު ގާޒީގެ ކިބައިން ސާލިމް އެދުނީ އޭނާއަށް މާފުކޮށްދިނުމަށެވެ. އެ ހިސާބުން ގާޒީ އޭނާއަށް އެންގެވީ އިށީނުމަށެވެ.
"އޭނާގެ މަންމަ އާއި ބައްޕަ އާއި ދަރިން ވެސް އެބަތިބި ކަމަށް. ތިމަންނައަށް މާފުކޮށްދޭސޭ އޭނާ ބުނީ،" ބަންގްލަދޭޝް ބަހުން އޭނާ އެންމެ ފަހުން ބުނި ވާހަކަ ތަރުޖަމާކޮށް ދެމުން ތަރުޖަމާނު ބުންޏެވެ.
ސާލިމް ހައްޔަރުކޮށްގެން ގެންދަނީ --- ފޮޓޯ/މިހާރު
"އޭނާ ކައިރިން އައްސަވާ އަދަބާ ބެހޭގޮތުން ކީކޭތޯ ބުނަނީ،" އިސްގާޒީ ޝަކީލް ވިދާޅުވި އެވެ.
އެއާ އެކު، އަނެއްކާވެެސް ސާލިމް ތެދުވެ އަޑުންއަޑު ނަގައި ރޯން ފެށީ އެވެ. އަދި ކުރިން ވެސް ހެދި ގޮތަށް އަތުން އެކި ގޮތްގޮތަށް އިޝާރާތްކޮށް އަދި ގިސްލާ ރޮމުން ވާހަކަ ދައްކަމުން ދިޔަ އެވެ. އޭނާގެ ވައަތުގައި ބޭސް އަޅާފައި ހުރި ތަނެއް ބައެއް ފަހަރު އޭނާގެ އިޝާރާތުން ދައްކަ އެވެ. އަދި އަނެއް ބައެއް ފަހަރު ކަރު ބުރިކޮށްލީކަން ދޭހަވާ ގޮތަށް ވެސް އޭނާގެ ވާހަކައިގެ ތެރެއިން އަތުގެ އިޝާރާތުން ދައްކަ އެވެ. ބަންގްލަދޭޝް ބަހުން އެ ވާހަކަތައް ދައްކަމުން ދިޔައިރު ވެސް، އޭނާގެ ރުއިމުގެ އަޑެއް ނުކެނޑެ އެވެ.
"އޭނާ ކުރިން ވެސް ދެއްކި ވާހަކަތައް އެ ދައްކަނީ. ޝައިތޯނާ ވަސްވާސް ދިނީމަ އެކަން ކުރެވުނީ ކަމަށް މިހާރު ވެސް އެ ބުނަނީ،" ދެވަނަ ފަހަރު ވެސް ތަރުޖަމާނު ބުންޏެވެ.
ގަސްދުގައި މީހަކު މެރުމުގެ ކުށަށް މަރުގެ އަދަބު ދިނަސް، އޭނާގެ މައްޗަށް ކުރާ މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާގައި އަންނާނީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ދައުލަތުން ބުންޏެވެ. އަދި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނި ކުރުމުން އިތުރު މުއްދަތެއް އެ ހުކުމުން ތަންފީޒު ކުރާކަށް ވެސް ނުޖެހޭނެ އެވެ.
އިސް ގާޒީ ޝަކީލް ވިދާޅުވީ އެ މައްސަލާގެ ހުކުމް އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު އިއްވަވާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުކުމް
21 February 2022
މިފަހަރު ތިއަދަބު ދީފާނެ ބިދޭސީއެއްވީމަ، މީގެ ކުރީގެ ޙުކުމްތައްވެސް ތަމްފީޒް ކުރަން އެބަޖެހޭ ދޯ
ނުދޭނެ
02 August 2022
100% ޔަގީން ނުދޭނެ
ޖާނޭ
19 February 2022
ސާލިމް ކައިރި ބުނޭ މަރަށް މަރު އެއީ ރާއްޖޭގައި އޮންނަ ކަމެއް ނޫނޭ. އަދި އަމްދުން އެމްޑީޕީ ސަރުކާރެއް އޮއްވާ އެއީ ވާނެ ކަމެއް ނޫނޭ
އަހްމަދުބޭ
19 February 2022
ގާޒީންނާ ގައުމުގެ ކަމާ ބެހޭ އިސްވެރިން ނިކަން ރަނގަޅަށް ހަނދާން ކުރާތި. ވާރިސުން މަރަށް މަރު ހިފަން ބޭނުމޭ ބުނީމަ ދެން އިތުރު އެއްވެސް މީހަކަށް އެހުކުމް ބަދަލެއް ނުކުރެވޭނެ. ރައީސުލް ޖުމްހޫރިއްޔާ އަކަށްވެސް މިކަން ބަދަލުކުރުނުގެ އެއްވެސް ބާރެއް ނޯންނާނެ. ތިޔަ ހުކުމް ތަންފީޒު ނުކޮށްފިއްޔާ ކަލޭމެން އެންމެން الله އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅަށް ކަނޑައެޅިގެން އިންކާރުކޮށް ގޮންޖެހުން ނޫން ކަމުގައި ވާނެ އެއްވެސް ގޮތެއް ނޯންނާނެ. ހުކުމް ތަންފީޒު!
ހުވާ މިބުނީ
18 February 2022
ޝައިތާނާ އެބައިން މިހާރު ހޭން
މިބުނީ ރަގަޅައް
19 February 2022
ހުވާތަ؟ މަށައްވެސް އެހެން ހީވިޔޭ!
ނަމަނަމަ
18 February 2022
ޝައިތޯނާގެ ބޮލަށް ހުރިހާ ކަމެއް. މީ ދިވެހި މުޖުތަމަޢު އިން ވެސް ވަރަށް ފެންނަ ކަމެއް. ކުޑަކުއްޖަކު ވެސް ކަމެއް ކުރާ އިރަށް ބޮޑެތި މީހުން ބުނާ އަޑު އިވޭ ޝައިތޯނާ ބޮލުގަ އިނީ އޭ، ޝައިތޯނާ ކުރި ކަމެކޭ. ދެން ބޮޑުވަމުން އަންނަ ކުދިން ވެސް އަމިއްލައަށް ޒިންމާ ނަގަން ޖެހޭ ކަމެއް ނެތް، ހުރިހާ ކަމެއް ވެސް މި ކުރަނީ ބޮލުގައި އިންނަ ޝައިތޯނާ. ބޮޑުވެގެން ކިތަންމެ ނުބައިކަމެއް ކޮށްފަ ވެސް ޝައިތޯނާގެ ބޮލަށް ކަނޑާލީމާ ނިމުނީނު.
މެސީ2
18 February 2022
ދެން ޝައިތޯނާ އުމުރައް ޖަލައްލާން ހުކުމްކޮށް ބަލަދޯ
ކީސްފިލާ
19 February 2022
އިންސާނުންނަށް އިޚްތިޔާރު ދެއްވީ ހެވާއި ނުބައި ވަކިކުރުމަށް, ޝައިތާނާޔަކީ ކަނޑައެޅި ބަޔާންވެގެންވާ އަދާވަތްތެރިއެއްކަމަށް އަންގަވާފަވަނީ ފުރަތަމަ ދުވަހުންފެށިގެން އޭނާ އިންސާނާއަށް ހެވެއްނޭދޭނެތީ, ހަމަކަށަވަރުން އޭނާ މީސްތަކުންނަށް ވަސްވާސްދީ ހައްލާލަނީ މީސްތަކުން ޖަހަންނަމަޔަށް ގެންދިޔުމަށް. ދުނިޔޭގެ ވަގުތީ ދަޅަތަކުން މިންޖުވެގެންމެނުވީ އުޚްރަވީ ހަޔާތުގެ ކާމިޔާބެއްނެތް
ޙިނި
18 February 2022
ބޮޑެތި ފާފަ ތައްކޮއްފަ ރޮއެ އާދޭސް ކޮއްގެން އަދަބުން ސަލާމަތްވާ އުޅުމައްވުރެ ބުއްދިވެރި ގޮތަކީ ތައުބާވެ މީހާ އިސްލާހުވުން. ޢަދި ނަމާދުކޮއްފަ ދުޢާގަ އިސްކަން ދޭންވީ ފާފަފުއްސަވާތޯ.
މޯޑޭ ގެ 10 ފުލޯ
18 February 2022
ސައިތޯން ވަދެއްޖެއްޔާ ވަރަށް ގޯސްވާނެ...
މަޒް
18 February 2022
މަރަށް މަރު ހިފާ.. އެއަށް ވުރެން މާތް އަދަބެއް ނެތް.. އެއަށް ވުރެން ލުއި އަދަބެއް ނެތް..
ކަޗޯރު
17 February 2022
ސާލިމަށް ނޭންގޭތަ މަޙްމޫދުބެ މަރާލީ އިރު މަޙްމޫދުބެގެ މަންމަ އާ އަންބަކާ ދަރިންނާ ތިބެދާނެކަން؟ އެމީހުންގެ ހިތުގަ ވޭން އަޅާނެކަން؟ ދެން އެމީހުން ވެސް ކީއްކުރަންތަ މިއަދި އެކަމާ ވިސްނަންވީ؟ ސާލިމް އަށް މަރުގެ އަދަބު ތަންފީޒު ކުރަން ޖެހޭ! ނޫނީ އިންސާނުންގެ ނަފްސުގެ އަގު ފަހުން އަންނަ ޖީލުތަކަށް ވަޒަން ނުކުރެވޭނެ!
އަލީރާޖާ
17 February 2022
ތިހެންވިއްޔާ އަނެއްކާވެސް ކަލޭގެ ގަޔަށް ޝައިތޯނާ ވަދެ އެހެން މީހަކުވެސް މަރާފާނެއެއްނު؟