22 ފެބުރުއަރީ 2022 - 15:14
ހުޅުމާލެ ހޮސްޕިޓަލަށް އިތުރު އެމްބިއުލާންސެއް ގެނެސްފި އެވެ.
ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ހިދުމަތް ހޯދާ ހޮސްޕިޓަލްގައި ބޭނުންކުރަން މިހާތަނަށް އޮތީ ދެ އެމްބިއުލާންސް އެވެ. ނަމަވެސް އޭގެ ތެރެއިން އެއް އެމްބިއުލާންސް ހަލާކުވިތާ ހައެއްކަ މަސްވުމުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވެފައިވެ އެވެ.
އެކަންކަމަށް ހައްލު ހޯދައިދިނުމަށް ގެނައި އެމްބިއުލާންސް ހެލްތު މިނިސްޓްރީން ވަނީ އިއްޔެ އެ ހޮސްޕިޓަލާ ހަވާލުކޮށްފަ އެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު މިދިޔަ ޑިސެމްބަރު މަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އިތުރު އެމްބިއުލާންސް ހޯދުމަށް މި އަހަރަށް ބަޖެޓު ކޮށްފައިވާ ކަމަށެވެ.
ސަރުކާރުން ފަށާފައިވާ އިމަޖެންސީ މެޑިކަލް ސާވިސަސް (އީއެމްއެސް) ގެ އެމްބިއުލާންސްގެ ނިޒާމުގެ ތެރެއިން ވެސް ހުޅުމާލެ ހޮސްޕިޓަލުން އެހީތެރިކަން ހޯދި އެވެ.
އޭނާ އޭރު ވިދާޅުވީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބަލި މީހަކު ގޮވައިގެން އައިޖީއެމްއެޗަށް ގޮސް އައުމަށް އެއްގަޑިއިރު ހޭދަވާ ކަމަށެވެ. މާނައަކީ، އައިޖީއެމްއެޗަށް ދަތުރެއް ކުރާނަމަ އެއް ގަޑިއިރަށް އެމްބިއުލާންސް ހިދުމަތް ޑައުންވާ ކަމެވެ.
އޯޕީޑީގައި ކޮންމެ ދުވަހަކު ވެސް 300 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާ ހުޅުމާލެ ހޮސްޕިޓަލްގެ އެމްބިއުލާންސް ހިދުމަތަށް ބާރު ބޮޑެވެ. އެއް ދުވަހު 12 އެކްސިޑެންޓު ހިނގައިގެން ވެސް އެ ތަނުން ފަރުވާދީފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
22 February 2022
މިވެރިކަމުގަ ހަބަރުތަކަށް އަރަނީ އައްޑޫގަ ސެންސަރު ހަރުކޮށްފި، ލޯންޗެއް ލިބިއްޖެ، އެމްބިއުލާންސެއް ލިބިއްޖެ! މިވެރިންގެ ހިންގުންތެރިކަން ހުރިވަރު
އަނގަބޮޑޭ
23 February 2022
ކަލޯ އެއީ ވަކިލާރި އެއްކޮށްގެން ހޯދާ އެއްޗެއް ނޫން
އިދުރީސް.
22 February 2022
ވެހިކަލްގެ ތިއަށްވުރެން ތިރީގައި އެމްބިއުލާނސް ޖަހައިލިނަމަ ރަނގަޅުވީސް.
ރަދީފްއޮފިޝިއަލް
22 February 2022
ހުޅުމާލޭ ހޮސްޕިޓަލަށް މިދިޔަ ހަފްތާގަ 05 މޮޕް ލިބުނު.ހެހެހެހެހެހެ
މެންޓަލް
23 February 2022
މޮޕާ އެމްބިއުލާންސްގެ އަގާ ހަމަ ދާދި އެއްވަރެއް.
ރަދީފްއޮފިޝިއަލް
23 February 2022
@މެންޓަލް އަށް.ކަލެއަށް އަސްލު ޕޮއިންޓް ދޭހަނުވުން އެއީ ކަލޭ ''މެންޓަލް'' ވެފަ ހުރިކަން ސާބިތުވާކަމެއް.
ހަމަމެންޓަލް
23 February 2022
އަސްލު ޕޮއިންޓަކީ ސަރުކާރާ ޖެހިގަތުން. އުޑެއް ބުޑެއް ނޭނގޭ އޮފިޝަލެއް. ދެން ކޮމިޝަންބަލާ ޕާޓީ އޮފީހަށް ދޭ
އުދުހި
22 February 2022
ކޮންމެ ހޮސްޕިޓަލެއްގެ އެންބިއުލާންސެއްގައިވެސް އެހެން ހޮސްޕިޓަލުތަކަށް ދެވޭ. ދެން އެހެންވީމާ ތިޔަ އެތި ގެންދަންވީނު، އެކިޔާ ހިޔާ ފުލެޓުތަކުގެ ބޭފުޅުން މާލެޔަށް އުފުލައްވަން