ހުޅުމާލޭ ހޮސްޕިޓަލްގައި ބޭނުންކުރާ އެމްބިއުލާންސް: އަންނަ އަހަރު އިތުރު އެމްބިއުލާންސް ހޯދަން ބަޖެޓުކޮށްފައިވާ ކަމަށް ބުނި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
10 ޑިސެމްބަރ 2021 - 12:47
އާބާދީ އިތުރުވަމުން އަންނަ ހުޅުމާލޭގައި ސަރުކާރުން ހިންގާ ހަމައެކަނި ހޮސްޕިޓަލުގައި ބޭނުންކުރަން މި ވަގުތު އޮތީ އެންމެ އެމްބިއުލާންސެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާއެކު، އެ ތަނުގެ އާބާދީ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެއާއެކު، އެންމެ ބޮޑު ޑިމާންޑެއް އައިސްފައިވާ އެއް ތަނަކީ ހުޅުމާލޭ ހޮސްޕިޓަލެވެ.
އެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު މިދިޔަ ބުދަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ދެ އެމްބިއުލާންސްގެ ތެރެއިން އެއް އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ ހަތަރު މަސް ވެއްޖެ ކަމަށެވެ. އެ ވެހިކަލް މަރާމާތުކުރަން ގެންގޮސްފައިވާ ކަމަށާއި އެކަމަކު އިތުރު އެމްބިއުލާންސް ހޯދުމަށް އަންނަ އަހަރަށް ބަޖެޓު ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ހޮސްޕިޓަލުން މިހާރު އެހީތެރިކަން ހޯދަނީ ސަރުކާރުން ފަށާފައިވާ އިމަޖެންސީ މެޑިކަލް ސާވިސަސް (އީއެމްއެސް) ގެ އެމްބިއުލާންސްގެ ނިޒާމުގެ ތެރެއިންނެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"މި ވަގުތު މި އޮތީ އެންމެ އެއްޗެއް. އެކަމަކު އީއެމްއެސްގައި އެބަ ގެންގުޅޭ [ތިން އެމްބިއުލާންސް]. އެ ތަން ފަންކްޝަން ކުރަން ފަށާފައި ހުރީ ކޮވިޑާއެކު. އޭގެ އެސިސްޓެންސް އަޅުގަނޑުމެން މި ހޯދަނީ،" މާރިޔާ ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީން މިހާރު އަންނަނީ ރަށްރަށަށް ބޭނުންވާ ގިނަ އަދަދެއްގެ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލަށް އެމްބިއުލާންސެއް ހަމަޖައްސައި ދިނުމަށް މިނިސްޓްރީގައި އެދުމުން އެކަން ކޮށްދޭނެ ކަމަށް އަންގާފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލްގައި ބޭނުންކުރާ އެމްބިއުލާންސް ހޯދުމުގެ ކަންކަން މަޑުޖެހުނީ އެމްބިއުލާންސްގެ ގައުމީ ހިދުމަތް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ އެވެ. އެއީ ސަރުކާރުގެ ވަސީލަތްތައް ޑުޕްލިކޭޓް ވާނެ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ބަޔަކު މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެކަމަކު، ހޮސްޕިޓަލުގައި ފަށަން ނިންމާފައިވާ އާ ހިދުމަތްތަކާއެކު އަންނަ އަހަރު އެމްބިއުލާންސް ހޯދުމުގެ ކަންކަން އަންނަނީ ކުރަމުންނެވެ.
އޯޕީޑީގައި ކޮންމެ ދުވަހަކު ވެސް 300 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާ ހުޅުމާލެ ހޮސްޕިޓަލްގެ އެމްބިއުލާންސް ހިދުމަތަށް ބާރު ބޮޑެވެ. އެއް ދުވަހު 12 އެކްސިޑެންޓު ހިނގައިގެން ވެސް އެ ތަނުން ފަރުވާދީފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުޅުމާލޭ ރައްޔިތެއް
11 December 2021
އެންމެ އެމްބިއުލާންސް އަކާއެކީ ތިޔަ ދެއްވާ ޙިދްމަތަށް ޝުކުރް އަދާކުރަން، ނަމަވެސް ދަންނަވާލަން އޮތީ ދިޔަ ބޭފުންގެ ހޮސްޕިޓަލުގެ އެމްބިއުލާސް ބިޒީވެގެން ދަތުރުގައި އުޅޭވަޤުތުގައި އަޅުގަނޑުމެން ޖެހޭނީ ހަމަ ތިބެން ތިޔަ ވިދާޅުވާ ނޭޝަލް އެމްބިއުލާން އެއް ނާދޭ ކިތަންމެ ގިނައިރެއްވިޔަސް. ނޭޝަނަލް އެމްބިއުލާންގެ އަކީ ހަމައެކަނި ކޯވިޑްޖެހި ހާލު އެންމެ ނުރައްކާވެފައި ތިބޭ މީހުންނަށް ޙިދްމަތްދޭ ބައެށް. މީ އަޅުގަނޑުމެންނަށް ވަރައް ރަނގަޅައް އިނގޭ ހަގީގަތެއް
ޑޮކްޓާރ. ބަނާނާ
11 December 2021
ހުޅުމާލެއަށް މީހުން ޖަމާކުރަމުން ދާއިރު ތިޔަހޮސްޕިޓަލްގައި ކިތަށް އެމަޖެންސީގައި ކިތަށް ސާޖަރީ ހައްދައިފިތޯ ؟؟؟ކޮބާތޯ ތިޔަ ހޮސްލިޓަލްގެ އަސީޔޫ؟؟؟؟؟ ކަލޭމެން ސިޔާސީ މީހުން ދުއްވަން ދުނިޔޭގެ އެންމެ އަގުބޮޑު ބްރޭންޑް ގެ ކިތަށް ވެހިކަލްތޯ ތިޔަ ހޮސްޕިޓަލް ގެ ނަމުގައި ގެންގުޅެނީ؟؟؟. މީހަކު އެމެޖެންސީ ގައި ފަރުވާދޭން ޖެހިއްޖެނަމަ ކާލެމެން އެމީހާ ފޮނުވާލަނީ ބޫމް ބޫމް ލާފަ އެމްބިއުލާންސްގައި އައިޖީއެމް އެޗް އަށް . ވަރަށް ސަލާމް!
ކޯލިޝަން
11 December 2021
ކުރީގެ ސަރުކާރުން މިލިއަނުން އެންބިއުލައިންސް ގެނާ ބާ? މިހާރު ވާވަރުވެސް ނުވޭ.....ޕީޕީއެމް ކުދިންނަށް ހަޖަމުނުވަނީހަމަ.....ދެން ލަލަލާ ބެސްޓު ރައީސް ސޯލިހު....
ބޯލިސަން
11 December 2021
މިވެރިކަމުގަ އެމްބިއުލަންސް ހަމަވި ވާހަކަ އަމީނު އިރުއްސުރެ ހެޑްލައިން އަޅަނީ. އަދި ހަމަ އެކަމު ފޮނުވަމުން ދާ ވާހަކަވެސް ކޮންމެ ހަފްތާއަކު އެބަ އޮވޭ ނޫހުގަ. އަދި ބަރޯގަ ކޮންމެވެސް ބަލި މީހަކު ގެންދާ ވާހަކަވެސް އެބަ އޮވޭ ދޭތެރެއަކުން. ހިސާބު ޖަހާލާނަމަ އެމްބިއުލަންސް ހަމަވި ދުވަހެއް ނޭނގޭނެ އެންމެ މޮޅު މީހާއަށްވެސް ހިސާބު ހަދާފަ ބުނާކަށް.
ސަސް
10 December 2021
ބޮޑު މުސާރަ ނަގައިގެން ގޭގައި ހުންނަވަންވީ ނޫންތޯ؟
މާރަގަޅުގޮތް
10 December 2021
ބަލަ ހެލްތު މިނިސްޓްރީއިން ނެޝަނަލް އިމަޖެންސީ ސާރވިސް ކިޔާފަ އެމްބިއުލަންސް ޚޮދުމަތްފަށަން އުލުނު. ނަސީމްގެ ބަރަވެލި ދުވެލީގެ ސަބަބުން އެކަންވެސް މިއޮތީ މަޑުކެހިފަ. ދެންމިތަނުގެ ސއޓެޓް މިނިސްޓަރަކު މެލޭޝިޔާ ކޮންސަލްޓަތންޓަކު އަތުން ކަޓުނަގަން އުޅެގެން އެކަންވެސް ހުއްޓިފަ. ހުޅުމާލޭ ހޮސްޕިޓަލުންވެސް ކްންކަން ބޮޑިކުރަން އުޅެނީ. އެމްބިއަންސް ޚިދުމަތަކީ ވަކިޚިދުމަރަކަށް ހެދީމަ މާރަގަޅުވާނެ. އަފި އަލިޝިތާމްގެ ދަށުން ގެންދިޔައީމަ މާރަގަޅުވާނެ
އަބްޑޫޅް
10 December 2021
ކަލޭމެން އަލުން ކިޔަވަން ވީ. މިހާރު ހަދާފަ ތިޔަހުރި ޖޭއެސްސީ ތަކާއި، ދެ ނަންބަރު ކާތިބު ސަނަދާއި، ޖީސީއެސްއީ ތަކާއި ޕީއެޗުޑީ ތަކުގެ ގެރެންޓީ ހަމަވީ. ވަކިވަކި ހޮސްޕިޓަލުގަ އެންބީލައިންޗު ބެހެއްޓުމުގެ ބަދަލުގަ، މުޅި އެއްހިކިފަސް ރަށަށް އެއް އެންބީލައިންޗު ހިދުމަތް ދިނުން މާ ރަނގަޅު ވާނެ.
ޕްރޫޑެންޓް
10 December 2021
އެކަތި އޮތަސް ބޭނުން ޖެހުނީމައި އެހެން ވެހިކަލް ލިބެންޏާ މައްސަލައެއް ނެތް.
އެމްސް
10 December 2021
އީއެންޓީ، ދަތުގެ، ނިއުރޯ ސާރޖަން ފަދަ ދާއިރާތަކުގެ ތިބީ ކިތައް ޑޮކްޓަރުން ތޯ ބައްލަވާލައްވާ! އެޕޮއިންޓްމެންޓއެއް ލިބެނީ އަހަރެއްވާ ފަހުން!
ތަރުޖަމާ
10 December 2021
ބޭކާރު ވާހަކަ ނުދައްކާ. ވަރުވަރުން ޖޫކް އާއި ކާރާއި އެހެން ވެހިކަލް ތައް ގެނެވޭ. އެންބިއުލާންސް ނެހެދެނީ!
ބޮޑުމީހާ
10 December 2021
ސިޔާސީ މަގާމްތައް 1000. ބަޖެޓް 400 މިލިއަން