ކ. ހުރާ ސްކޫލްގެ 35 ވަނަ އަހަރީ ދުވަހާ ދިމާކޮށް، ޓައިމް ކެޕްސުލްއެއް ވަޅުލުމަށް ބޭއްވި ހަފުލާ.-- ފޮޓޯ: ހުރާ ސްކޫލް
23 ފެބުރުއަރީ 2022 - 11:57
މީގެ 15 އަހަރު ފަހުން ނަގާ ގޮތަށް، ކ. ހުރާ ސްކޫލްގައި އިއްޔެ ޓައިމް ކެޕްސުލްއެއް ވަޅުލައިފި އެވެ.
ހުރާ ސްކޫލްގެ 35 ވަނަ އަހަރީ ދުވަހާ ދިމާކޮށް، އިއްޔެ އެ ކެޕްސުލް ވަޅުލީ އެ ސްކޫލްގައި މިހާރު ހަދަމުން އަންނަ އާ އިމާރާތާ ކައިރީގަ އެވެ. އެ ކެޕްސުލް ވަޅުލީ ސްކޫލް އިސްވެރިންނާއި މުވައްޒަފުންނާއި ޓީޗަރުންނާއި ދަރިވަރުންގެ އިތުރުން އަދި ބެލެނިވެރިން ބައިވެރިވެގެންނެވެ.
އެ ސްކޫލް ތާރީހުގައި ޓައިމް ކެޕްސުލްއެއް ވަޅުލި ފުރަތަމަ ފަހަރެވެ. އެ ކެޕްސުލް ނަގަން ނިންމާފައި ވަނީ އެ ސްކޫލްގެ 50 ވަނަ އަހަރީ ދުވަހާ ދިމާކޮށް، 2037 ވަނަ އަހަރު އެވެ.
ކ. ހުރާ ސްކޫލްގެ 35 ވަނަ އަހަރީ ދުވަހާ ދިމާކޮށް، ޓައިމް ކެޕްސުލްއެއް ވަޅުލުމަށް ބޭއްވި ހަފުލާ.-- ފޮޓޯ: ހުރާ ސްކޫލް
ހުރާ ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު އަރީޝާ މިއަދު "މިހާރު" އަށް ވިދާޅުވީ، ޓައިމް ކެޕްސުލްއެއް ވަޅުލުމަށް އެ ސްކޫލުން މީގެ 10 އަހަރު ކުރިން ވެސް މަސައްކަތް ކުރި ކަމަށާއި އެކަމަކު އެކި ސަބަބުތަކާ އެކު އެކަން ހުއްޓިފައި އޮތީ ކަމަށެވެ.
"އަޅުގަނޑުމެންގެ ސްކޫލާއި ރަށުގެ ކޮމިއުނިޓީން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރަން ބޭނުންވެފައި އޮތް ކަމެއް މި ކުރެވުނީ،" އޭނާ ވިދާޅުވި އެވެ.
އެ ޓައިމް ކެޕްސުލްގައި ތިން ފޫޓް ހުރެ އެވެ. އެ ކެޕްސުލް ވަޅުލިތަން ފާހަގަކުރެވޭ ނިޝާނެއް ވެސް ބަހައްޓާފައިވެ އެވެ.
- ސެކަންޑްރީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުން ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވާ ކަންކަމާއި މުސްތަގުބަލުގައި އަދާކުރަން ބޭނުންވާ ވަޒީފާ އާއި އެ ކުދިން ޝުއޫރުތައް ހިމެނޭ ސިޓީތަކާއި ނޯޓްތައް.
- ސްކޫލްގެ ކޮންމެ ގްރޭޑެއްގެ ދަރިވަރުންނާއި ޓީޗަރުންނާއި މުވައްޒަފުންނާއި ބެލެނިވެރިންނާއި އަދި އިމާރާތުގެ ފޮޓޯތައް.
- ސްކޫލްގެ ތާރީހާ ގުޅޭ ބައެއް ލިޔުންތަކުގެ ކޮޕީ.
- ދަރިވަރުންނާއި ގުޅޭ ބައެއް ތަކެތީގެ ތެރެއިން ސޭޝް އާއި ތައްގަނޑާއި އަދިވެސް އެ ކަހަލަ ބައެއް އެެއްޗެހި.
މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ވަބާގެ ބައެއް ހަނދާންތައް ވެސް އޭގައި ހިމެނުމުގެ ގޮތުން، ހޭންޑް ސެނިޓައިޒާ އާއި އަންގި އާއި މާސްކާއި އަދި ސާމްޕަލް ކިޓެއް ވެސް އެއަށް ލައިފައިވެ އެވެ.
"ކުދިންނާއި ސްކޫލްގެ އިތުރުން ބެލެނިވެރިންނާއި ރަށުގެ ކޮމިއުނިޓީ ވެސް ވަރަށް ގުޅިގެން، އެންމެން ކުރި ކަމެއް މިއީ،" ޕްރިންސިޕަލް ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖޭގެ އެހެން ބައެއް ސްކޫލުތަކުގައި ޓައިމް ކެޕްސުލް ވަޅުލާފައިވެ އެވެ. އަދި ވަރަށް ފަހުން ބައެއް ސްކޫލްގެ ކެޕްސުލް ނަގަން ވެސް ނެގި އެވެ. މާލޭގައި ހުންނަ މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް 1992 ވަނަ އަހަރު ވަޅުލި ކެޕްސުލްއެއް، 2019 ވަނަ އަހަރު ނަގަން ހޯދިއިރު އެ ވަނީ ގެއްލިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރުސި
26 February 2022
ބޯގޯސްކަންތައްތައް ނުކުރާ
ޖަމީލުބެ
23 February 2022
މީގެ 29 އަހަރުކުރިން، މަޖީދިއްޔާ ސްކޫލް ގޯތިތެރޭގައި، ތިޔަށްވުރެ މާބޮޑު ކެޕްސޫލެއް ވަޅުލި! މަޖީދިއްޔާ ސްކޫލް ދެބައިކުރުމުން އެސަރަހައްދު އޮތީ ދަރުމަވަންތަ ސްކޫލްގެ ގޯތިތެރޭގަ. އެއަށް ވީގޮތް ފެނުމުން ވަރަށް ހިތާމަކުރިން.
ޓައިމުމެޝިނު
23 February 2022
މަޖީދިޔާގައި ވަޅުލިއެތި އަދި އަދަށްދާންދެންވެސް ނޭނގެ ވީތަނެއް
އަމީނިއްޔާ ސްކޫލް
23 February 2022
"މާލޭގައި ހުންނަ މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް 1992 ވަނަ އަހަރު ވަޅުލި ކެޕްސުލްއެއް، 2019 ވަނަ އަހަރު ނަގަން ހޯދިއިރު އެ ވަނީ ގެއްލިފަ އެވެ." ލޮލް.
ސިމްޕަލް
23 February 2022
މަޖީދިއްޔާ ސްކޫލްގެ ދަރިވަރުން ވަަަޅުލި ކެޕްސުލް އަށް ވީގޮތް ހުރާ ސްކޫލް ކެޕްސުލް އަށް ނުވޭތޯ ބަލާތި. އެ ކެޕްސުލް ހަލާކުވުމުން މަގޭ ސްކޫލް ދައުރުގެ ސްވީޓްހާޓަށް ލިޔުނު ތިން ލަފްޒުގެ ނޯޓު ވެސް، ގެއްލި ދިޔައީ. ސްކޫލް ދައުރުގެ އެ ޝުއޫރުތައް އެފަރާތަށް ކިޔައިދޭހާ ހިތްވަރެއް މިހާރު ނެތް. އެ ނޯޓް ރައްދުވިނަމަ.......
ބުރުގާ
23 February 2022
ކޮންމެއަކަސް ވަރައް ކަނޑުކޮސް ކަމެއް ތިކުރީ. އެއްވެސް ބޭނުމެއް، ހިކުމަތެއް ނެތް. ތިއައްވުރޭ މާރަގަޅުވާ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރާ ނަތީޖާ މޮޅުކުރިއްޔާ. މަޖީދިއްޔާ ސްކޫލުންވެސް ތި ކަނޑުކޮސް ކަންތައްކޮއްގެން ލިބުނު އެއްވެސް ފައިދާއެއް މަންފާއެއް ނެތް. ހިތާމަޔަކީ މައިންބަފައިންނާ ޓީޗަރުންނައް މިވަރު ނޭގޭތީ.
ބިލް ކުލިންޓަން
23 February 2022
ޔޫރަޕުމީހުން ކުރާހާކަމެއް ކުރާންޖެހޭބާ؟ އެންމެންގެ ޝުއޫރުތައް ފޮތެއްގާލިޔެ ކޮންމެސްއެކަކުގެ ބޮޑުފޮށީގާ ރައްކާކުރީމާ ހުންނަނީ ރަނގަޅަށް. ބިމުގާ ވަޅުލާއެއްޗަކަށްވުރެ ގިނަދުވަހު ޔަގީންކަމާއެކު އޮންނަންވެސް އޮންނާނެ.