ހިޔާ ފްލެޓްތައް ކައިރިން މަގެއް: އެ ސަރަހައްދުގެ ހުރިހާ މަގެއްގެ މަސައްކަތް ނިންމައި، ވަނީ ހުޅުވާލާފައި --- ފޮޓޯ/މިހާރު
04 މާޗް 2022 - 13:52
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާގެ ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތަކުގެ މަސައްކަތް ނިންމައި، މިއަދުން ފެށިގެން ހުޅުވާލައިފި އެވެ.
ހިޔާ ފްލެޓްތައް މިދިޔަ އަހަރު ދޫކުރަން ފެށިއިރު ދެވަނަ ފިޔަވަހީގެ ގިނަ މަގުތައް ހަދައި ނިމިފައެއް ނުވެ އެވެ. އެޗްޑީސީން ބުނީ ހިޔާ ފްލެޓް ސަރަހައްދުގެ ހުރިހާ މަގުތައް ހަދައި، ނިމިފައިވާތީ މިއަދުން ފެށިގެން އާންމުންނަށް އެ މަގުތައް ބޭނުން ކުރެވޭނެ ކަމަށެވެ.
ހިޔާ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި އާންމުންނަށް މާދަމާއިން ފެށިގެން މި މަގުތައް ބޭނުންކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ. pic.twitter.com/ldVcfScJPb
— HDC (@hdcmaldives) March 3, 2022
އެޗްޑީސީން ބުނީ މަގުތައް ހުޅުވާލުމުގެ އިތުރުން މި މަސް ނިމުމުގެ ކުރިން ޒަރޫރީ ބޭނުންތައް އެ ސަރަހައްދުން ލިބޭނެ އިންތިޒާމް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހިޔާ ފްލެޓް ސަރަހައްދުގެ މަގުތައް މިދިޔަ އަހަރު ނިންމާނެ ކަމަށް އެޗްޑީސީން ކުރިން ބުނެފައި އޮތަސް، އެ މަސައްކަތް ލަސްވީ ކޮވިޑް-19 އާ ގުޅިގެން ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ. އެ މަގުތަކުގެ މަސައްކަތް ކުރަނީ އިންޑިއާގެ ކުންފުންޏަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުޅު1111
05 March 2022
ސާލިޙް ބުނި ކޮތަރުކޮށި އެމްޑީޕީއަށް ރަނަށްވެއްޖެ. މާލޭގައި އަނދަވަޅެއްގަ ތިބިމީހުންނަށް ޔާމިނުއެޅިފްލެޓްވަރެއްނެއް. މިސަރުކާރެއް ލަދެއް ނުގަންނާނެ މަގުހެދީއޭ ފާފަޅޮލޭކިޔާކަށް.
ޢަހާނު
05 March 2022
ޢަހަރުމެން މަގު ކިޔަނީ ދުވާރުވެސް، މަގު ބައްތިވެސް، ޓުރެފިކް ސައިން ވެސް ހިމަނާގެން. ތާރުކޮޅެއް ފަތުރާލާފައި އެޗްޑީސީން މިބުނަނީ މަގުތައް ހަދާ ނިމިއްޖެއޭ!!. ޢަދި އެޗް 1 ގެ މަގު ތާރުވެސް ނާޅާ އޮތީ. ފުކެއް ބޮޑުވަރު ކަމެއް ކުރަން ނޭނގުނަސް.
ދައި
05 March 2022
ނޫންނޫން އެއީ އަމިއްލަ ކާރުތަކާއި ޓެކްސީތަކަށްހެދި ފާކިންސްލޮޓް ތަކަކާވައްތަރީ
ޙަބީބު
05 March 2022
އަޅުގަނޑައް އިއްޔެގަ ހދ އޮންލައިނުން ފެނުނީ އެސިޓީގެ ކައުންސިލަރު ބުނިއެއްޗެއް ނިމިދިޔަ އަހަ ހަރަކީ ވަރައް ކާމިޔާބު އަހަ ހަރެކޯ ނަމަވެސް ކުޅުދުއްފުށި ސިޓީގަ މީ ހުންދިރިއުޅޭތާ ލައްކަ ޒަމާންވެފަ ހުރިކަން ފަޅުގޯތި ތަކުންނާ ގަބުރުސްތާނު ތަކުން ފެނުނު ހުޅުމާލެ ދެވަނަ ފޭސްގަ މީ ހުން ދިރިއުޅޭތާ އަދިވީ 6 މަސް ނަމަވެސް ފޭސްދޭއްގަ ތާރުއަޅާނިމިއްޖެޔޯ މީރައްޖެ ތެރެޔާ މާލެޔައް ކުރާ ތަފާތު މީކޮރަފްޝަނެއް ނޫން އަޑިންކުޅޭ އެއްޗެއްވެސްނޫން
ބޮޑުމީހާ
05 March 2022
4 އަހަރުން ތާރުކޮޅެއް އަޅާ ނިންމާލެވުނީ.
ދޮން ހަސަނު
05 March 2022
ހިޔާ ފްލެޓް ސަރަހައްދުގައި ޕާރކް ކުރަން ކަނޑައެޅިފައިވާ އެއްވެސް ސަރަހައްދަކަށް ތި މަގުތަކުން ވަދެވޭނެ އެއްވެސް ގޮތެއްނެތް. މަގުގެ ދެ ފަރާތް މިހާރު ފުރި ބާރުވެފަ ސައިކަލާ ކާރުން.
ށަވިޔަނި
05 March 2022
އިމާރާތްތަކާއި މަގުތައް ހެދުމަށް ބޭރުން ބަޔަކު ގެންނަންޏާ ޗައިނާ ސައުތް ކޮރެއާ ޖަޕާން ސިންގަޕޫރު ފަދަ ގައުމުތައް ގެނައީމަ އަވަސްވެފަ ރީތިވެފަ ފުރިހަމަވާނެ. އިންޑިއާ މީހުންގެ މަސައްކަތް ލަސްވެފަ ފިނިޝިން ރީޗެއްނުވާނެ.
ނޫނު.
05 March 2022
ތިޔަބުނާ މީހުނަށް މަސައްކަތް ޙަވާލު ކުރަން ކަލޭ ލާރިދޭންވީނު. ދިރިއުޅެން ދައުލަތުން ދިން ފުލެޓަށް ލާރި ނުދައްކާ ބަޔަކު ކޮން އަނގައެއް ތަޅާކަށް.
ތާރެތާރޭ
04 March 2022
ހަމަހުންތާރުއެޅުނީ، އަދި ދުވާރު ނުހެދޭ. އެކަމަށް އަަދި އަހެރެއްވަރުނަގާނެ މިދާސްޕީޑުން. އެކަމް ބަޖެޓް ބިލިއަން
ޙަބީބު
04 March 2022
އަމާބުނިތީ ފަރައްދާ އުސޫލުން ކަންކޮއްފަ ތިއޮތީ މަގެއްވެސްނޫން ތިޔަހެދުނީ 3 އަހަރު މިވީ ނަމާދު ކުރާނެ ހިރަފުހުން ތާހިރު މިސްކިތެއްހާ ހިސާބު ނޭޅުނު އޭޓީ އެމްގަނ ޑެއްނެތް ގައިމު އެތަކެއް ރިސޯޓު މުވައްޒަފުންވެސް އަންނަތަނެއް ޑޮލަރު ގަނ ޑެއް ނަގަންވެސް މާލެޔައް މިހާނާގާބިލު ވެރިކަމެއް ދިވެހިތާރީހު ނުދެކޭ ކޮތަރުކޮއްޓޭ ކިޔައިގެން ޖޯކުޖަހަފަ ނުކެރުނު ކޮތަރު ކޮށިކަން ކަނ ޑުވަން ދެފުލެޓު އެއްފުލެޓައް ހަދާ ތޮއްޖެހުން ކު ޑަކުރަންވެސް
ޅޮހީ
04 March 2022
ތިޔަ ހަދާފަ އިން ވީޑީއޯއިން ވެސް އެބަ ފެނޭ ދޯ އޮރެންޖު ޓަވަރު ކާރި އޮތްމަގު ތާރު ނާޅާ އޮތްްތަން. ދެންވެސް ހަމަ ދޮގުހަދާފައި ހުރިހާ މަގެއް ނިމިއްޖެއޭތަ އެބުނަނީ؟؟!. ނޫސްވެރިންވެސް މިއަށްވުރެ ޒިންމާދާރު ވާންޖެހޭ. ޙަމަ ތަނަކުން ޓުވީޓެއް ކޮއްލާއިރަށް ޗީޕް ހަބަރެއް ހަދާލާފަ މިއޮތީ.