ޓޫރިސްޓަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނިކުމެގެން ދަނީ-- ފައިލް ފޮޓޯ: މިހާރު
13 މާޗް 2022 - 18:54
ރާއްޖޭގެ އުތުރުގެ ޓޫރިޒަމް ކުރިއަރުވަން އިންވެސްޓަރުން ހޯދުމުގެ ބޭނުމުގައި އިންޑިއާގައި ފޯރަމެއް ބާއްވަން ނިންމައިފި އެވެ.
އަންނަ އަންގާރަ ދުވަހު މުމްބާއީގައި ބާއްވާ އެ ފޯރަމަކީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އާއި އެމްޓީޑީސީ ގުޅިގެން ބާއްވާ ފޯރަމެކެވެ. އެ ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު ވަނީ އިންޑިއާއަށް ވަޑައިގެންފަ އެވެ.
އިންޑިއާގެ ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނަށް ހާއްސަ އެ ފޯރަމުގައި އިންވެސްޓަރުން ހޯދުމުގެ އިތުރުން ދަތުރުފަތުރު ފަހިކުރުމަށާއި ޓޫރިޒަމް ތަރައްގީ ކުރަން މަޝްވަރާތައް ކުރާނެ އެވެ.
އެ ފޯރަމުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކުންފުނިތަކާއި ޖަމިއްޔާތަކުގެ އިތުރުން އެއާލައިންތައް ބައިވެރިވާނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީވެ ނިމޭއިރު އެ ސަރަހައްދުގެ ޓޫރިސްޓް އެނދުގެ އަދަދު އިތުރުކޮށް ދަތުރުފަތުރު ފަހިކުރުން މުހިންމު ކަމަށެވެ.
ފޯރަމް ބާއްވަނީ މާދަމާއިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް އިންޑިއާގައި ކުރިއަށްދާ އައުޓްބައުންޑް ޓްރެވަލް މާކެޓްގެ ތެރެއިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑު ޅިޔަންބޭބެ
14 March 2022
މީ މަވަރަށް ހިތްހަމަ ނުޖެހޭ ކަމެއް. އިންޑިޔާވަންތަ ކާރުބާރެއް އުތުރުގައި އުފެދި، އުތުރު މީހުންގެ ހުރި ނިޔަނެތި މަޑުމައިތިރި އުތުރުވަންތަކަން ގެއްލި ޗާލާ ބާޒާރަށް ތިތަން ނަހަދާ. ދުނިޔޭގެ ތަހުޒީބު މީހުނާ މުއާމަލާތްކުރެވެންޏާ ތަހުޒީބު ސުލޫކެއް އަށަގަންނާނީވެސް..
އިސްމާލި
13 March 2022
ހަނިމާދޫ އަކީ އިންޑިއާ ގެ އެއަރޕޯޓެއް. ދެން އުތުރުގައި އިންޑިއާގެ މިލިޓަރީ އެބަ ތިބި. އަދި ކައިރި ރައްރަށުން އިންޑިއާ މީހުނަށް ދިރިއުޅެވޭނެ ނިޒާމު ދަނީ ހަމަޖެހެމުން. ދިގު މުއްދަތަށް ވިސާ ލިބޭނޭގޮތް އޮތީ މަގުފަހިކޮށްފައި. ކުދިކުދި ކަންކަން ކުރަމުން ގޮަސް ބޮޑު ނަތީޖާ ނެރުމަށް ދަނީ މަސައްކަތް ތައް ބާރަށް ކުރަމުން. އަހަރުތަކެއް ފަހުން އުތުރަކީ/ބޮޑު ތިލަދުންމައްޗަކީ ސޯޝިއޯ އިކޮނޮމިކަލީ، އިންޑިއާގެ ބައެއްގެ ގޮތުގައި އޮޕަރޭޓު ކުރެވިގެން ދާނީ.
ކޮރަލް
13 March 2022
އިންޑިޔާ ދެކުނަކަށް ނުދާނެ އެވެ. އެމީހުން ބޭނުން ވަނީ އުތުރެވެ. ހަނގުރާމަ އެއް ފެށުނަސް އެމީހުން ނަށް އަޅުވެތި ކުރަން ފަސޭހަ ވާނެތީ އެވެ. އިންޑިޔާ އާ ކައިރި ވީމަ އެވެ.
ށަވިޔަނި
13 March 2022
ގޯހެއްނޫން. ކޮބާ ޗައިނާ އެއީ ރާއްޖެއަށް ވަރަށް މުހިންމު ގައުމެއް.
އިސްމާލި
13 March 2022
ތިޔަ ހީކުރަނީ ދެކުނުގައި އިންޑިއާ ގެ ފައުޖުތައް ނެތީއޭތަ؟ ތިޔައީ ކުށް ހީއެއް. މުޅި ރާއްޖެ ތުރާކުނުން ފެށިގެން އެންމެ ދެކުނަށް މިހާރު އޮތީ ޑިފެކްޓޯ މިލިޓަރީ އޮކިއުޕޭޝަން އެެއްގެ ދަށުގައި.