ހުޅުމާލޭގައި ކުއްޖާ މަރާލާފައިވާ އޮއްވާ ފެނުނު ސަރަހައްދު: އެ މައްސަލާގެ ދައުވާލިބޭ ކުއްޖާ ގެއަށް ބަދަލުކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
16 މާޗް 2022 - 16:36
ހުޅުމާލޭގައި މިދިޔަ އަހަރު 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި ދައުވާލިބޭ 17 އަހަރުގެ ކުއްޖާ ގޭ ބަންދަށް ބަދަލުކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު 13 އަހަރުގެ ކުއްޖަކު މަރާލުމަށްފަހު ފޮށްޓަކަށް ލާފައި އެއްލާލާފައި އޮއްވާ ފެނުނު މައްސަލާގައި ދައުވާލިބޭ ކުއްޖާ ގޭ ބަންދަށް ބަދަލުކުރަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖުވެނައިލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ވެސް ތާއީދުކުރި އެވެ.
އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ކުއްޖާގެ ހާލަތަށް ރިއާޔަތް ކުރުމަށްފަހު ގޭ ބަންދު ކުރަން އެންގުމުގެ ބާރު ފަނޑިޔާރަށް އޮތަސް، އެއީ އެއްވެސް ގައިދެއް ނެތި އޮންނަ ބާރެއް ނޫން ކަމަށެވެ. އަދި ކުއްޖާ ބަންދު ކުރާނެ ތަނެއް ނިންމަން ޖެހޭނީ ވަށައިގެންވާ ހުރިހާ ކަމަކަށް ބެލުމަށްފަހު ކަމަށް އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެ ކުއްޖާ ގޭ ބަންދު ކުރުން ރަނގަޅު ކަމަށް ނިންމި އެއް ސަބަބަކީ އެ ކުއްޖާއަކީ ކޯހެއްގައި ބައިވެރިވެގެން ކިޔަވާ ކުއްޖަކަށް ވާތީ އާއި ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓްގެ މަސައްކަތްތަކަށް އެއްބާރުން ދޭތީ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އެކަންކަމަށް އެކަނި ބެލުމުން ނުފުދޭ ކަމަށެވެ. އެއީ އެ ކުއްޖާ ގޭ ބަންދުގައި ހުރުމުން ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓުން ކަންބޮޑުވުން ފާޅު ކުރުމާއި އެ ކުއްޖާއަށް އެ ކުށުގެ އިހްސާސް ނުވާ ކަމަށް އެ ޑިޕާޓްމެންޓުން ބުނެފައިވާތީ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އެ ކުއްޖާ ގެއަށް ބަދަލުކުރި ކުރުން ރަނގަޅު ކަމަށް ހައި ކޯޓުން ނިންމީ އެފަދަ މައްސަލަތަކުގައި ބަލަންޖެހޭ ކަންކަމަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތް ކުރުމަށްފަހު ނޫން ކަމަށްވާތީ އެ ނިންމުން ބާތިލްކުރާ ކަމަށެވެ. އެކަަމަކު އެ ކުއްޖާ ގޭ ބަންދަށް ބަދަލު ކުރަން ޖުވެނައިލް ކޯޓުން ނެރުނު އަމުރުގެ މުއްދަތު މިހާރު ހަމަވެފަ އަދި އެ ކުއްޖާ ގޭ ބަންދު ކުރުމުގެ އިިތުރު އަމުރުތަކެއް މިހާރު ނެރެފައިވާތީ ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ޖުވެނައިލް ކޯޓުގެ އަމުރު މިހާރު ބާތިލް ކުރެވެން ނެތް ކަމަށެވެ.
ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަލީ ރަޝީދެވެ.
އެ ކުއްޖާގެ މަރާ ގުޅިގެން އިތުރު މީހަކަށް ވެސް ކްރިމިނަލް ކޯޓުގައި ދައުލަތުން ދައުވާކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙޭލަމޭލި
18 March 2022
ނުބައިކޮށް ހުކުންކުރާ ގާޒީންނަށް އަދަބެއްދީބަލަ
63335
17 March 2022
އެހެންވީމަ މީހުން މަރާފަގޮސް ކޮންމެވެސް ކޯހެއްގަ ބައިވެރިވީމަ ހުރިހާ ކަމެއް ހަމަ ޖެހުނީނުން. ކުރި ކުށުގެ އެއްވެސް އަދަބެއް އިހުސާސެއް ނުވާނެ އެއްނުން. މީ އަދި މީހަކު މަރާފަ ހުރި ބޮޑު މުޖުރިމަކަށް ދިން ހިމާޔަތް. ދެން އެއްކޯޓުން އަނެއްކޯޓު ގޯސްކޮށްކޮށް ތިބީމަ ނިމުނީ. ވ ސަޅި
ސަސާ
17 March 2022
ކަލޭއަށް ވާނުވާ އިގޭތަ ތި އަގަޓަޅަނީ
ޑިސްގަސްޓިން
16 March 2022
13 އަހަރުގެ ކުއްޖަކު ރޭޕުކޮށް އަނިޔާކޮށް މަރާލި މައްސަލަ މައްސަލަ އަކީ މިހާ އަނިޔާވެރި ރަހުމް ކުޑަ އިންސާނަކު ނުވާނެ ދޫކޮއްލާކަށް މީނަ ދޫކޮއްލާފިއްޔާ ހައްޔަރު ކުރަން ޖެހޭވަރު މީހަކު ނުހުންނާނެ އެއްތާކުވެސް ދޫކޮއްލާފިއްޔާ ޑޫކުރި މީހުންގެ މައްސަލަވެސް ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ.
މަހަލްދީބް
16 March 2022
އެހެންވީމަ ކިތަންމެ ބޮޑު ކުށެއްކުރިއަސް ކޯހެއްގެ ބައިވެރިވެފަ އޮތީމަ ގޭގަ ބަހައްޓާނެތާ. މީގެ ކުރިން އަޑުއެހީމު ކުޑަކުދިން ބަހައްޓާ ފެންވަރުގެ ތަނެއް ނެތީމައޭ ގެއަށް ބަދަލުކުރަށްޖެހުނީ ކީ އަޑުވެސް. ކިޔަވަން ބޭނުން ވެގެން ކިޔަވާ ކުއްޖަކު ތިވަރުގެ ކަމެއްގަ ބައިވެރި ވާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ. ކިޔެވިޔަސް ނުކިޔެވިޔަސް މާފު ދޭ ވަރުގެ ކަންކަމާ ނުދެވޭ ވަރުގެ ކަންކަން ހުންނާނެ. ފައިސާ އަށް ނުވިކޭ އެއްވެސް އިދާރާއެއް ރާއްޖެއަކު ނެތް. ވެދުން ވާ
އިބުރާ
17 March 2022
ކިޔަވަން ދޫކުރުމުން ކިޔަވަންދާ ތަނުގައި ތިބޭ އެހެން ކުދީންނާއި ދޭތެރޭ މީނަ ކަންތައް ކުރީ ކިހިނަކުންބާ! މިވަރުގެ މީހަކު ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ. ބައްދެއްގައި ބަހައްޓައިގެންވެސް ކިޔަވަން ދެވޭނެ ގޮތް ހެދިދާނެ. އޮންލައިކޮށް ކިޔެވޭނެ އިންތިޒާމްވެސް ހަމަޖެއްސިދާނެ. އެނޫނަށް ތިބުނާ މުއްދަތަކީ ހުރިހާ ތަނަކުންވެސް އޮންލައިންކޮށް ކިޔަވައިދިން ދުވަސްކޮޅު. ދެން އެވަރަކުން އޭނާ ދޫކުރަންޖެހޭތަ
ބަބަހަހަހ
16 March 2022
ހޭބަލި ވެފަ ތިބޭ ބައެއްތަ މިތިބެނީ؟ މިހާ ނުރައްކާތެރި މީހުން ދޫކޮށްފަ އަނބު ބިންނަ މީހާ އާއި ރިހާކުރު ވަގު އެތެރެ ވާން ޖެހޭ! ހަމަ ސަދޫމް
އަސްތާ
16 March 2022
މިވާ ފިސާރި ދަށު ކޮޓުތަކެއް... ކޮންމެ ކަމެއް މިތާށިވަނީ ދަށުކޯޓުތަކުގެ ދޯހަޅި ނިންމުންތަކާ، އަދި އެނިންމުންތައް ދޯހަޅިވެ އިންސާފު ގެއްލި ގައުމު އޮޔާދާ އިރުވެސް އެ ފަދަ ނިންމުންތައް ނިންމާ ފަނޑިޔާރުންނަށޤ އެޅޭ ފިޔަވަޅޭއް ނޯވޭތަ؟ މިވަ ގައުމެއް.