ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމަށް ރޭވިފައި ހުރި މައުލޫމާތުތައް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުސްތަފާ މީޑިއާއާ މިއަދު ހިއްސާ ކުރައްވަނީ: އިސްލާމްވި ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ.--- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
21 ޑިސެމްބަރ 2016 - 16:58
މާލޭގައި ހުންނަ މެދު މެދުޒިޔާރަތް ދައްކާލުމާއެކު، ރާއްޖެ އިސްލާމްވި ދުވަސް މި އަހަރު ކުލަގަދަ ގޮތަކަށް ފާހަގަކުރުމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ނިންމައިފި އެވެ.
މެދުޒިޔާރަތަކީ ދިވެހިން އިސްލާމްދީނަށް އެނބުރުމަށް މެދުވެރިވި، އަބްލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ ތަނެވެ.
ރާއްޖެ އިސްލާމްވި ދުވަސް މި އަހަރު ފާހަގަ ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި އެމްއެންޑީއެފް އާއި ދިވެހި ބަހުގެ އެކަޑަމީ އަދި މީޑިއާތައް ގުޅިގެން ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ނިންމައިފަ އެވެ. އެ ގޮތުން ޓީވީ ޗެނަލްތަކުން ކައުންޓްޑައުން ޝޯ ތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ ވިދާޅުވި ގޮތުގައި، ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމުގެ ގޮތުން، މި މަހުގެ 30 ވަނަ ދުވަހުގެ މަޣްރިބް ނަމާދަށް ފަހު، ހާއްސަ ޕްރޮގްރާމްތައް ފެށިގެން ދާނެ ކަމަށެވެ.
ދުވަހާ ގުޅޭ ދުއާ ކުރުމާއި ދިދަ ނެގުމުގެ ރަސްމިއްޔާތަށް ފަހު، ހާއްސަ ޖަލްސާ އޮންނާނީ އެ ދުވަހުގެ ރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ. ޖަލްސާ ކުރިއަށް ގެންދާނީ މާލޭގެ އިތުރުން އައްޑު އާއި ފުވައްމުލަކާއި ހދ.ކުޅުއްފުށީގައި އެއް ވަގުތެއްގަ އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުސްތަފާ (ކ-2) ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
- މާދަމާއިން ފެށިގެން ހަފްތާއެއް ވަންދެން މެދުޒިޔާރަތް ދައްކާލާނެ
- ދިދަ ނެގުމުގެ ރަސްމިއްޔާތާއި ދުއާ ކުރުން ކޮންމެ ރަށެއްގައި އޮންނާނެ
- ހާއްސަ ޖަލްސާ ނިމުމާއެކު ބަޑި ބޭހުގެ ކުޅިވަރުތައް އޮންނާނެ
- މިސްކިތްތައް ސާފު ކުރުން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާނެ
- ކުޑަކުދިންގެ ހަވީރެއް ބާއްވާނެ
"އަޅުގަނޑުމެން ދައްކައިދޭން ބޭނުންވަނީ އެއް ދީނެއްގައި، އެއް ބައެއް ގޮތުގައި، އެއްބައިވަންތަކަމާ އެކީގައި ތިބި ބައެއް ކަން،" މުސްތަފާ ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގައި ހުރި 665 މިސްކިތް ސާފު ކުރުމުގެ މަސައްކަތް މި މަހުގެ 31 ވަނަ ދުވަހު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިކަމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.
މިސްކިތްތައް ސާފު ކުރުމަށާއި އެހެނިހެން ކަންކަން ކުރުމަށް މިނިސްޓްރީން ކައުންސިލްތަކަށް ކޮންމެވެސް ވަރެއްގެ ބަޖެޓެއް ދީފައިވާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ. އަދި މި މަހުގެ 31 ވަނަ ދުވަހު ކުޑަކުދިންގެ ހަވީރެއް އިސްލާމީ މަރުކަޒުގެ މައިދާނުގައި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި، ކޮންމެ ދުވަހަކު ވަކި ގަޑިތަކެއްގައި މެދުޒިޔާރަތުގެ އެތެރެ ދައްކައިލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާ ނިމުމާއެކު، ބަޑި ބޭހުގެ ކުޅިވަރުތައް މާލޭގައި ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮގްރާމްތައް ނިމުމުން، ރައްޔިތުންގެ މެދުގައި ދީނީ އަގީދާ ވަރުގަދަވެ، ދީނީ މައުލޫމާތުތައް ލިބި، ރާއްޖެ އިސްލާމްވުމާ ގުޅިގެން ހޯދާފައި ހުރި އިގްތިސާދީ، އިޖުތިމާއީ އަދި އެހެނިހެން ކުރިއެރުންތައް ޓީވީ ޗެނަލްތައް މެދުވެރިކޮށް ލިބިގެންދާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސް
22 December 2016
ޚުރާފާތުގެ ބިދުޢަވެރިކަންކަން ނުކުރުމަށް ގޮވާލަން. ތިބުނާ މެދުޒިޔާރަތަކީ ކޮންގޮތަކަށް މާތްކަން ލިބުނުތަނެއްބާ؟
ްއަލީ
22 December 2016
ވަރިހަމައޭ... ކޮން ހަރުފަތަކެއްގެ ވާހަކަތަ؟ ބޭނުމެއްނޫން
ފަސީހު
22 December 2016
ކުރަންވެއްޖިއްޔާ ހަމަ ކޮންމެ ކަމެއްވެސް ރަނގަޅުކުރެވެއެވެ. ރާއްޖެ އިސްލާމްވީ ދުވަހު ދިވެހި ޤައުމުގައި އޭރު ތިބި މަދު މުސްލިމުންކޮޅު ކުރި ދުއާތަކާ ގޮވި ނަދުރުތަކާ ކިއުއްވި މައުލޫތުމަތިން ހަނދާންކުރަމީހުން، މިފަދަކަންކަން ތާރީޚުގެތެރެއިން ނުކުރާތީ ދެރަވެ ހިތާމަކުރެއެވެ. މިހާރުގެ ބައެއް ޢިލްމުވެރިންނޭ ކިޔާ ބޭކަލުންމިކަން ޙަރާމް ކުރެއެވެ. މާތްރަސޫލާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ މައްކާ ފަތަޙަކުރުންކަމުގައި އެކަލޭގެފާނު ސިފަކުރައވާއިރު އެދުވަހު އެކަލެގެފާނު ދެއްކެވީ ތަވާޟަޢުވެރިކަމާ މަޑުމައިތިރކަމެވެ. އޯގަތެރިކަމުގެ ލާމަސީލު މިސާލެވެ. އަޅުގަނޑުހިތުން މިދުވަހު އުފާ ފާޅުކުރާއިރު، އެދުވަހު ދުނިޔޭގައިތިބެ އެމުސްލިމުން ކުރި ދުއާތަކާ ޟަލަވާތައި އަދި ބުނެފައިވާ ނަދުރު އޭރުގެ ބަހުރުވައިންނަމަ "ގަނޑުމައުލޫދު" ވެސްހަމަ ކިޔަވަންޖެހޭނެއެވެ. އެދުވަސް ފަހަގަކުރުމަކީ އެޢީއެވެ. އެދުވަހުގެ ތާރީޚަކީ އެޢިއެވެ.
އަންދަލުސް އާދަންބެ
22 December 2016
މެދު ޒިޔާރަތަކީ ރާއްޖޭގެ ގިނަ ބަޔަކު ބިދުއަވެރި އަމަލުތައް ހިންގި އެއްބިނާ. ބިދުއަވެރި އެތައް އެތައް އަމަލުތަކެއް ހިންގިތަނެއް. ތިކަން ތި ގޮތުގައި ނުކުރުމަށް ގޮވާލަން. ފިޤުހު ކޮމީޓީއަށް ގޮވާލަން މިކަން ހުއްޓުވައި ދިނުމަށް.
ހަދީ
21 December 2016
މިސްކިތަށް އަރާ މީހުން ގިނަކުރެވޭތޯ އުޅުން މާރަނގަޅު ވާނެ
ނާ
21 December 2016
ނަމާދު ނުކޮށްތިބޭ މީހުންނަށް ނަމާދު ކުރަން ބާރުއަޅަންވީއެއްނު
ބޮންޑު
21 December 2016
މެދު ޒިޔާރަތް އެއީ މާ މާތް ތަނެއްތަ؟
ވަޓްސް
21 December 2016
ރާއްޖެ އިސްލާމް ވި ދުވަސް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ތަފާތު ގޮތަށް ފާހަގަ ކުރާތީވެ އެެއީ މަމެން އުފާ ކުރާނެ ކަމެކެވެ. ދެން އަޅެ ގުރުއާނާއި ސައެންސް އިލްމު ގެ އަލީ ގައި ބުނެދެވިދާނެތަ ރާއްޖޭގެ ހުރިހާ ރަށް ތަކުގެ ސްޓްރަކްޗަރ އުފެދިފައިވާ ގޮތާއި އަދި ރާއްޖެ ވަަށައިގެން ވާ ކަނޑުތަކުގެ ޕްރޮޕަރޓީސް އިން ޖެނެރަލް. ކީއްވެގެންތޭ ބަރަވެލި ކަނޑު އެހެން ހުރިހާ ކަނޑު ތައް މަޑު އިރު ވެސް ގަދައީ. ވަޓްސް ދަ ޕްރެޝަރ ދެއާރ.. ދެން ހުވަދޫ ކަނޑުގެ ބާނީ ތައް 25 ބުރީގެ އިމާރާތަކަށް ވުރެން އުސް ވަނީ އެއީ ކީއްވެގެން ތޯއެވެ. ކީއްވެގެންތޯ ރާއްޖޭގެ ރަށް ތައް ކަނޑުގައި އެތިރިފައިވާ އިރު ކަރުގައި އަޅާ ރީތި ހާރެއް ގޮތަށް އެތުރިފައި އެހުންނަނީ. ހައުކަމް ދަ ވޯލްޑް އިޒް ސޯ ރައުންޑް. ވަޓްސް ދަ ކޯސް. ކީއްވެ ސްކެއަރ ނުވާންވީ. ވަޓްސް ދަ ޑިސްއެޑްވާންޓޭޖް.
GAN Island
21 December 2016
''ރާއްޖެ އިސްލާމްވީ'' ކޮންއަހަރެއްގެ ކޮންދުވަހަކުތޯ ؟؟ އަބުލް ބަރަކާތު ޔޫސުުފުލް ބަރުބަރީ (މޮރޮކޯގެ މީހެއް ކަމަށް ބުނެވޭ) ރާއްޖެ އައިސް ރައްޖެތޭރޭގެ މާލޭގައި އޮތް ވެރިކަމަކަށް ސިހުންލިބޭ ފަދަ ކަމެއް ކުރުމުގެ ސަބަބުން (ރަންނަމާރި ވާހަކަ) ރަސްގެނާފާއި ކުދިބޭކަލުން އިސްލާމް ވި ކަމަށް ބުނާ ދުވަހަކީ އެއީ ރާއްޖެ އިސްލާމް ވިދުވަސްތޯ ؟؟ . . . އެހެން ކަމަށް ވާނަމަ އޭރު ހަމަ ހަޤީގަތުގައިވެސް ސްވަދީބް (ހުވަދޫ މުލައް އައްޑޫ ) އަކީ ދިވެހިރާއްޖޭގެ ސިޔާސީ ސަރަހައްދު ކަމުގައި ހަމަޖެހިފައިވާ ސަރަހައްދު ތަކަކަށް ނުވެ އެއީ ހަމަ މިސަރަހައްދުގައި އޮތް މަހަލްސީބް ، ލަކްޝަދީވް އަދި ސްވަދީބް ގެ ގޮތުގައި އޮތް ސަރަހައްދެއްތޯ ؟؟ . . . އޭރު ''އައްޑޫ އަދީ ދިވެހިރާއްޖޭގެ ތަނެއްކަމުގައިވާނަމަ'' އައްޑޫ ގައި ހުރި މުސްލިމުން ވަޅުލާފައިވާ މަހާނަ ތަކުގައި ވަޅުލާފައިވަނީ ދިވެހިންތޯ ؟؟
ބާދަލާ
22 December 2016
އިސްލާމީ ނުވަތަ ޔަހޫދީ ޤައުމެކޭ ކިޔަނީ އެތަނެއްގެ ވެރިކަމުގެބާރުހިނގާ ދީނެއްޤަބޫލުކުރާ މެޖޯރިޓީއެއް އެޤައުމަކަށް ލިބުނުންނެވެ. އެއީ އެތަނެއްގައި ތިބި އެދީނަކަށް ނިސްބަތްވާ މަދު ބަޔަކު ތިބުމުން މުޅި ޤައުމަށް ނިސްބަތްކޮށް ބުނާބަހެއްނޫން. މިސާލަކަށް ބުނާނަމަ ކުރީގެ ސްޕޭނަށް ބަލާލައްވާށެވެ. ކުރިން އިސްލާމީ ޤައުމެކެވެ. މިހާރު އެޢި އިސްލާމީ ޤައުމެކޭ ނުކިޔައެވެ.
ބޮކިފަތި 3 އަހަރު
21 December 2016
މެދުޒިޔާރަތް އެހެން ރަށަކަށް ނުގެންދޭތަ އުފުރާލައިގެން
ޒުވާރި
21 December 2016
ރާއްޖެ އިސްލާމްވީ ވަކިދުވަހެއްގެ ވަކި ގަޑިއެއްގަތަ؟