ހެލްތު މިނިސްޓަރު ނަސީމާއި (ކ) ފޮރިން މިނިސްޓަރު ޝާހިދު އަދި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު، އައްޑޫ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު އިއްޔެ ހުޅުވައިދެނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
28 މާޗް 2022 - 11:16
މާލެ އަތޮޅުން ބޭރުގައި ގާއިމުކުރި ފުރަތަމަ ރެސިޑެންޝަލް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ހުޅުމީދޫގައި އިއްޔެ ހުޅުވައިފި އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ހެދި "ވިލުނު" ހުޅުއްވައި ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަދި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރެވެ.
އެ ސެންޓަރުން އެއްފަހަރާ 60 މީހުންނަށް ފަރުވާ ދެވޭނެ އެވެ.
ރާއްޖޭގައި މިހާތަނަށް ރިހެބިލިޓޭޝަން ފަރުވާ ދެމުން ދިޔައީ ކ. ހިންމަފުށީގައި ހުންނަ ސެންޓަރުން އެކަންޏެވެ. ނަމަވެސް، އެ ތަން އެންމެ އެކަށީގެންވާ ގޮތުގައި ނުހިންގެ އެވެ.
— Ministry of Health (@MoHmv) March 27, 2022
މަސްތުން ސަލާމަތްވުމުގެ ފަރުވާގެ ނިޒާމު އޮންނަ ގޮތުން ފަރުވާ ހޯދުމުގައި ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ވެސް އެކަން ތަޖުރިބާކުރި ބައެއް މީހުން ބުންޏެވެ. އެހެންވެ، ފަރުވާގެ ނިޒާމަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ވިލުނު ސެންޓަރުގެ ޕްރޮގްރާމްތައް ބިނާވެފައިވަނީ ސައިކޯތެރަޕީގެ ދަށުން ނަފްސާނީ، ޖިސްމާނީ، އިޖުތިމާއީ އަދި ރޫހާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ވަށައިޖެހޭ ފަރުވާގެ ނިޒާމެއްގެ ތެރެއިންނެވެ.
ރެސިޑެންޝަލް ފަރުވާގެ އިތުރުން ޑިޓޮކްސިފިކޭޝަން، ޓްރީޓްމަންޓް، ކޮމިއުނިޓީ ރިހެބިލިޓޭޝަން އަދި ރީއިންޓަގްރޭޝަން ފަރުވާ ދޭނެ އެވެ.
އައްޑޫ ހިތަދޫގައި ރޭ ބޭއްވި މާހެފުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ ސިޓީގައި މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ރަނގަޅު ބަދަލެއް ގެނެސްފައި ނޫނީ ހުއްޓާނުލައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މާލެ ސަރަހައްދުން އެކަނި ޑްރަގް ރިހެބިލިޓޭޝަން ފަރުވާ ލިބިގެން ހައްލެއް ނުލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބޭބެ
28 March 2022
މީގެ ކުރިންވެސް އައްޑޫގައި ތިޔަކަހަލަ ސެންޓަރެއް ހިންގި ހަނދާން އެބަވޭ
ޜާއްޖެ
28 March 2022
ތިއީ ހަމަ ނަމެއްގަ ހުޅުވާ ތަންތަން. މާލޭގަ ހުރި އެންޑީއޭ އަކީ ވެސް އެކަހަލަ ތަނެއް. ތީގެން ސެންޓަރަކުން %1 ވެސް ރިކަވަރ ނުވޭ.
އޮނަރަބްލް އަފީފު ދީދީ
28 March 2022
އައްޑޫސިޓީގައި ހަދާ މިފަދަ ތަންތަނަށް އިޤިރޭސި ނަންތައް ކިއުމުގެ ބަދަލުގައި ވިލުނު، ކުލުނު، ވެށިފަހި، ނޫސަންދަ ފަދަ ކ.އަތޮޅު މާލޭގެ ތަންތަނަށް ކިޔާ ނަން ކޮންމެހެން ކިޔާކަށް ނުޖެހޭ. # ތިތަނުގެ ނަމަކަށް "Drug's Alcohol Rehab Treatment Center." ފަދަ ނަމުންވެސް އެއީ ކީއްކުރާ ތަނެއްކަން އިގޭފަދަ ނަމެއް ކިއުން ރަނގަޅު. އަދި އޭގެ ފައިދާ ވެސް ލިބޭނެ. # ބަސް ދިރުވުމުގެ ގޮތުން "ދިވެހި ނަމެއް" ކިޔާނަމަ ތިތަނަށް ކިޔަންވާނީ އައްޑޫ ބަހުން ކިޔާ ނަމެއް.
މުޙައްމަދު ވަޙީދު.
28 March 2022
ދީދީގެ ވާހަކަ ގޯހެއްނޫން. އައްޑޫ އިކްއިޓޯރިއަލް ކޮންވެންޝަން ސެންޓަރ. އައްޑޫ ސްޓޭޓް ހައުސް. އައްޑޫ ސިޓީ ސްކޮއަރ. އައްޑޫ ހައި ސްކޫލް. އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލް އައްޑޫ ނޭޝަރ ޕާރކް. އައްޑޫ ލިންކް ރޯޑް . ފަދަ ނަން ނަމަކީ ވަރަށް ރީތި ހިތްގައިމު ނަންތަކެއް.
އައިމީ
28 March 2022
ރަނގަޅު ނިންމުމެއް. އަވަހަށް ހުރިހާ އަތޮޅެއްގައި ގާއިމްކޮށް މާލޭ މަގުތަކުގައި ބިއްޖެހިފަ ތިބޭ އެންމެން އެބައެއްގެ އަތޮޅުގެ ސެންޓަރުތަކަށް ގެންދޭ.
ބަރާކް ހުސޭން އޮބާމާ
28 March 2022
ދެން އަފީފު އަނގަމަޑުލައިގެންހުންށެވެ.