މުނިފޫހިފިލުވުން / ގައުމީ ފިލްމް އެވޯޑްސް

ފިލްމު އެވޯޑްސްގެ އެންމެ ސަޅި އަދި އެންމެ ކަޑަ

ރޭ ދަރުބާރުގޭގައި ބޭއްވި ގައުމީ ފިލްމް އެވޯޑްސް ހަފްލާގައި އެންމެ މޮޅު ސަޕޯޓިން އެކްޓަރު (އަންހެން)ގެ އެވޯޑް ހޯދި އަޒޫ (ވ) ސެލްފީއެއް ނަގަނީ --. ފޮޓޯ:ނިޝާން އަލީ/މިހާރު

ގައުމީ ފިލްމު އެވޯޑްސް ރޭ ދަރުބާރުގޭގައި ބޭއްވި އިރު ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ފަންނާނުންގެ އިތުރުން ސިޔާސީ ދާއިރާގެ އެތައް ބަޔަކު ވެސް ބައިވެރިވި އެވެ. ޔޫތު މިނިސްޓްރީގެ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމްކުރި އިވެންޓުން ޖުމްލަ ގޮތެއްގައި ފެނުނީ އާދައިގެ ގޮތަކަށް ބޭއްވި "ރަސްމީ-ނުރަސްމީ" ހަފްލާއެކެވެ.

އެންމެ މޮޅު ފިލްމުގެ އެވޯޑް ގެންދިޔަ "ލޫދިފާ"އާ އެކު ފިލްމީ ދާއިރާގެ ގިނަ އުފެއްދުންތަކަކާއި ފަންނާނުންގެ އަގު ސަރުކާރުން ވަނީ ވަޒަންކޮށްފަ އެވެ.

1. ކުރު ހަފްލާއެއް

ރާއްޖޭގައި ބާއްވާ މި ކަހަލަ ހަފްލާތައް މާ ބޮޑަށް ދިގުދަންމައިގެން ކަމަކު ނުދާނެ އެވެ. ބޭރުގެ ބޮޑެތި އެވޯޑް ޝޯތައް ދިގު ނަމަ، އާދަޔާޚިލާފު މޮޅެތި ޕާފޯމެންސްތަކުން މެހްމާނުންނާއި ޓީވީ ބަލާ މީހުން ފޫހިފިލުވައިދެ އެވެ. ރާއްޖޭގެ އެވޯޑް ހަފްލާތައް އަދި އެ ފެންވަރަކަށް ނުގެންދެވެ އެވެ. އެހެންވީމާ، ކަޑަ ޕާފޯމެންސްތަކެއް ދައްކަން ޝޯ ދިގުކުރުމުގެ ބަދަލުގައި ގައުމީ ފިލްމް އެވޯޑްސް ގާތްގަނޑަކަށް ދޮޅުގަޑިއެއްހާ އިރަށް ފައްތާލުމަކީ ކުރި ވަރަށް ބުއްދިވެރި ކަމެކެވެ.

އެވޯޑް ހަފްލާގައި ޝަލަބީ އިބްރާހިމް (މ) ލަވަކިޔަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު

އެކަމަކު ފިލްމު އެވޯޑްސް ހަފްލާއެއްގައި މުނިފޫހިފިލުވުމުގެ ބައި ރޭ އެ ފެނުނު ވަރަށް ވުރެ ބޮޑުވާން ޖެހޭނެ ކަމަށް ގަބޫލުކުރެވެ އެވެ. ރަސްމީ ބައި ނުވަތަ ސިޔާސީ ހާސަރު ކުރުކޮށްލާފައި ހިތްގައިމު އިތުރު ދެ ހުށަހެޅުމެއް ވަރު ހިމަނާލި ނަމަ ހަފްލާގެ ޗަސްޕު ބޮޑުވީހެވެ.

2. ހެދުންތައް އެބަ ރަނގަޅުވޭ

އެވޯޑް ހަފްލާގެ ރެޑް ކާޕެޓްގައި އެކްޓްރެސް ރިޝްފާ ފޮޓޯ އަށް ހުއްޓިގެން. ފޮޓޯ: ނިޝާން އަލީ/މިހާރު

މީގެ އަހަރުތަކެއް ކުރިން ދިވެހި ގިނަ ފަންނާނުން މި ކަހަލަ ހަފްލާތަކުން ފެންނަނީ ވަރަށް އާދަޔާޚިލާފު ހެދުންތަކުގަ އެވެ. އާދަޔާޚިލާފޭ މި ބުނަނީ، ވަރަށް ގޮތް ބޮޑުކޮށް، ބަލައިލަން ހުތުރު އަދި މުނާސަބަތާ ނުގުޅޭ ގޮތްގޮތަށް ހެދުން ތައްޔާރުކޮށްފައި ހުންނާތީ އެވެ. މިހާރު އެކަން ބަދަލުވަމުންދާ ތަން އެބަ ފެނެ އެވެ. ކަންތައް ފަލަކަމުން ލޯ ތަރަތަރަޖަހައިގެން ދާ ކަހަލަ ހެދުންތައް ދޫކޮށްލައި ސާދާ ރީތި ސްޓައިލްތަކަށް ދިވެހި ޑިޒައިނަރުންނާއި ފަންނާނުން ލޯބިކުރަން ފަށައިފިކަން ރޭގެ ހަފްލާ އިން ވެސް ފާހަގަކުރެވުނެވެ.

3. މިޒޫގެ ކޮންފިޑެންސް

މިޒޫ (ކ) އާއި ވައްޑެ ހަފްލާ ހުށަހަޅައިދެނީ. ފޮޓޯ:ނިޝާން އަލީ/މިހާރު

ރާއްޖޭގައި މޮޅު ހޯސްޓުން ނުވަތަ ޕްރެޒެންޓަރުން މަދެވެ. އެ ލިސްޓުގެ ކުރީގައި މިޒްނާ އަހުމަދު ނުވަތަ މިޒޫ ހިމެނޭނެ އެވެ. ރޭޑިއޯ އާއި ޓީވީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ މި ޒުވާނާގެ އެންމެ ސަޅި ތަންކޮޅަކީ، ދިވެހި އެހެން ބައެއް ޕްރެޒެންޓަރުންނާ ޚިލާފަށް، ހާސްކަމެއް، ޖެހިލުންވުމެއް ނެތުމެވެ. ސްކްރިޕްޓަކާ ނުލައި ވެސް ލައިވް އިވެންޓްތައް ހުށަހަޅައިދޭލެއް ހިތްގައިމެވެ. ވާހަކަދައްކަން ފަރިތަވެފައި ކަންފަތަށާއި ބޮލަށް ވެސް ފަސޭހަ އެވެ. އަހުމަދު ވަހީދު (ވައްޑެ)އާ އެކު ގައުމީ ފިލްމް އެވޯޑްސް ރޭ ހުށަހަޅައިދިން އިރު ލީޑްކުރީ ވެސް މިޒޫކަން ބެލި އެންމެނަށް ފާހަގަކުރެވޭނެ އެވެ.

މީގެ މާނައަކީ މިޒޫ ރޭ ހުރިހާ ކަމެއް ކުރީ ރަނގަޅަށެކޭ ނޫނެވެ.

4. ސިޔާސީ، ސިޔާސީ، ސިޔާސީ

އެވޯޑް ހަފްލާގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު (ކ2) އާއި ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު ބައިވެރިވެޑައިގަންނަވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު

ސަރުކާރުން ދޭ އެވޯޑެއް ވީމާ ވީ ގޮތެއް ކަމަށް ވެދާނެ އެވެ. އެކަމަކު އެހާ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންނާއި ވަޒީރުންނާއި ބޭރު ގައުމުތަކުގެ ސަފީރުން ގޮސް ތިބީމާ ހީވީ މިއީ ރަސްމީ ނުވަތަ ސިޔާސީ ޖަލްސާއެއް ހެންނެވެ. އެވޯޑްތައް ވެސް ދިނީ އެ މީހުންނެވެ. ފަހަރުގައި، ފިލްމީ ދާއިރާ އަށް ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަކޮށްދިނުމުގެ ގޮތުންނެވެ. އެކަމަކު ޕޯޑިއަމެއް ބަހައްޓަވައިގެން މިނިސްޓަރު އިރުތިޝާމް އާދަމް ޚިތޯބެއް ކަހަލަ ސްޕީޗެއް ދެއްވުމާއި ރީކޯ މޫސާ މަނިކު ކުއްލިއަކަށް ސްޓޭޖު އަތުލައްވައިގެން ވާހަކަ ދެއްކެވުމާއި އެ ނޫން ވެސް "ސިޔާސީ" ކަންކަން މި ހަފްލާއަކާ ނުގުޅެ އެވެ.

5. ޝަރަފްވެރި މެހްމާނަކަށް އިރުތިޝާމް

ރޭގެ ހަފްލާގައި މިނިސްޓަރު އިރުތިޝާމް ވާހަކަދައްކަވަނީ --. ފޮޓޯ: ނިޝާން އަލީ/މިހާރު

މިއީ އަޖައިބުވާ ކަހަލަ ކަމެކެވެ. ޔޫތު މިނިސްޓްރީން ބޭއްވި އިވެންޓެއްގެ ޝަރަފްވެރި މެހްމާނަކަށް ހަމަޖައްސަންވީ ޔޫތު މިނިސްޓަރު ހެއްޔެވެ؟ މިއީ މިނިސްޓަރު އަމިއްލަ އަށް މިނިސްޓަރަށް ދައުވަތު ފޮނުވުން ކަހަލަ ކަމެކެވެ. އައިބެވެ. އެކަމަކު އިރުތިޝާމް ރޭގައި ދިގުހެދުމެއް ތުރުކުރައްވައިގެން ހުންނެވީމާ ހިތްގައިމެވެ.

އަނެއް މައްސަލައަކީ އެންސީއޭގެ ނަން މިނިސްޓަރަށް ރަނގަޅަށް އެނގިވަޑައިނުގަތުމެވެ. ނެޝަނަލް ސެންޓަ ފޯ ދި އާޓްސް ވިދާޅުވާން ޖެހޭ ތަންތަނުގައި ވިދާޅުވަމުން ގެންދެވީ "ނެޝަނަލް ސެންޓަ ފޯ ޕަފޯމިން އާޓްސް" އެވެ.

6. ޕްރެޒެންޓަރުން ހެދި ގޯސްތައް

މިޒޫ އާއި ވައްޑެގެ ހުށަހަޅައިދިނުން ޖުމްލަކޮށް ރަނގަޅަސް، ވަރަށް ކަޑަ ދަނޑިވަޅުތަކެއް ވެސް ދިޔަ އެވެ. އެ ދެ މީހުން ބައެއް ފަހަރު އުޅުނު ގޮތުން ހީވީ އެވޯޑް ލިބޭ ފަންނާނުން ލައްވައި ގަދަކަމުން ވާހަކަދައްކުވާ ގޮތަށް އިވެންޓް އިންތިޒާމްކޮށްފައި އޮތް ހެނެވެ.

އެންމެ އަޅައިގަތް އެއް ކަމަކީ ރަވީ ފާރޫގް އެވޯޑަކާ ހަވާލުވެފައި ހަމައެކަނި "ތެންކިޔޫ"” ބުނެލާފައި ދަނިކޮށް ވައްޑެ ހެދި ގޮތެވެ. ރަވީގެ ގައިގައި ހިފަހައްޓައި އިތުރަށް ވާހަކަދައްކަން މަޖުބޫރުކުރާ ގޮތަށް އެ އުޅުނީ ކީއްކުރަންތޯ ހިތަށް އަރަ އެވެ. ވަރަށް ހަޑި އެވެ.

އަނެއް ކަމަކީ އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ހިފައިގެން ފެންކަޅިވެފައި ހުރި ފާތުމަތު އާޒިފާ (އަޒޫ) "ތެންކިޔޫ" ބުނެލާފައި ސްޓޭޖުން ފައިބަން ފެށީމާ އެކަން "ފަހުން ރިގްރެޓްކުރާނެ"އޭ މިޒޫ ބުނުމެވެ. ފަހަރެއްގައި މަޖާކޮށްލަން ބުނި އެއްޗެކެވެ. އެކަމަކު ރޫޑެވެ.

މިޒޫގެ އަނެއް މިސްޓޭކަކީ ރީކޯ މޫސަ ވާހަކަދައްކަވަނިކޮށް ބާރަށް ހުނުމެވެ. ފަހަރެއްގައި ޓެކްނިކަލް މީހުންގެ މައްސަލައެކެވެ. އެ ވަގުތުކޮޅު މިޒޫގެ މައިކް ހުންނަން ޖެހޭނީ ކަނޑަލާފައި ކަމެއް ނޫން ކަމަށް ނޭނގެ އެވެ. ކޮންމެއަކަސް މޫސަގެ ސަމާސާ ވާހަކަތަކަށް މިޒޫ ހޭ އަޑުއިވުނީމާ އައިބެވެ.

7. ރީކޯ މޫސަގެ ގަދަބާރު

މިއީ ރޭގެ ހަފްލާ އިން ފެނުނު އެންމެ ނުކިއްސަރު އެއް ކަމެވެ. އެވޯޑެއް ހަވާލުކުރަން ސްޓޭޖަށް ދައުވަތު ދިނީމާ މޫސަ ފެއްޓެވީ ބޮޑު ސްޕީޗެކެވެ. ފަހަރުގައި، ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި މޮޅު އެކްޓަރަކަށް ވީމާ މޫސަ އަށް އެ ފުރުސަތު ހައްގެވެ. ކޮންމެއަކަސް، ވާހަކަދައްކަވަން ބޭނުންވެފައި ހުންނެވިލެއް ބޮޑުކަމުން، ސަލާމްކުރަން އަތް ދިއްކޮށްކޮށް ހުރި މިޒޫއެއް ވެސް މޫސައަކަށް ފެނިވަޑައެއް ނުގަތެވެ. ތައާރަފްގައި މޫސަ އަށް އެ ވަރަށް ތައުރީފްގެ ބަސްތައް އޮއްސާލި އިރު އެފަދަ ބޮޑު މާޔޫސްކަމެއް އިހުސާސްކުރަން ޖެހޭނެއެކޭ މިޒޫ ހިއެއް ނުކުރާނެ އެވެ.

ރޭގެ ހަފުލާގައި ރީކޯ މޫސަ ވާހަކަ ދައްކަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ސަރުކާރަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ސްޓޭޖަށް އަރާވަޑައިގެން މުޅި ހަފްލާގެ ކޮންޓްރޯލް ދެ ޕްރެޒެންޓަރުން އަތުން ނެންގެވީ އެވެ. އޭނާގެ ޖޯކުތަކަށް މެހްމާނުން ހުނެވެ. ވާހަކައިގެ ވަކި ހިސާބަކުން މޫސަ އަމިއްލަ އަށް ވިދާޅުވެގެން ވެސް ތަރުހީބު ހޯއްދެވި އެވެ.

މޫސަ ސްޓޭޖުން ފޭބީ އޭނާގެ ޒިންމާ ވެސް ރަނގަޅަށް އަދާ ނުކުރައްވަ އެވެ. އެވޯޑް ހަވާލުކޮށްދެއްވި އެވެ. އެކަމަކު އެވޯޑް އިއުލާންކުރަން ދިން ކަރުދާސްގަނޑު އަނބުރާ ވައްޑެ އަތަށް ދެއްވާފައި ސްޕީޗައިގެން ކުރިއަށް ވަޑައިގެންނެވީ އެވެ. އެވޯޑް އިއުލާންކުރީ ވައްޑެ އެވެ.

8. "އިނގިލި" އަކަށް އެވޯޑެއް ނެތް

ބަލާނެ މީހަކު ނުވިޔަސް "އިނގިލި"އަކީ ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ މޮޅު އެއް ފިލްމެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ފިލްމުތަކާ ވާދަކޮށް ވެސް ޝަރަފްވެރި ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އެކަމަކު ގައުމީ ފިލްމު އެވޯޑްސްގައި، ނޮމިނޭޓްވި އެއްވެސް އެވޯޑެއް "އިނގިލި" އަކަށް ނުލިބުނެވެ. ހަފްލާ އިން ފާހަގަކުރެވުނު އެންމެ ބޮޑު ފަޅުކަމަކީ މި އެވެ.

18 ކޮމެންޓް, 141 ރިއެކްޝަންސް

icon happy icon happy 72%
icon sad icon sad 9%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަހުރަ

24 December 2016

މިސަރަޙައްދުގައި މިހާރު އެންމެ ރަނގަޅަށް އެވޯޑް ޝޯތައް ހުށަހަޅައިދެނީ އިންޑިއާގައި އޮތް ބޮލީވުޑުން!! ރާއްޖޭގައިވެސް އެވޯޑް ޝޯ ނޫނަސް އެހެނިހެން ޓީވީ ޝޯތައް އެންމެ ރަނގަޅަށް ހުށަހަޅައިދިނީ މަހުރަބު އިއްބެ!! މިކަމާ ރާއްޖޭގެ މީހަކު ދެބަސްވާނެ ހެނެއް ހިއެއްނުވޭ!! އިއްބެ ނަގާފައި ދެން އެންމެ ރަނގަޅަށް ޝޯއެއް ހުށަހަޅއިދެވޭނީ ސިފައިންގެ ޝޯތައް ހުށަހަޅާދޭ ތަޖޫމެންކަހަލަ ދެތިން މީހުން!!! މަށަށް ހީވަނީ އަލަށް ޓީވީއަށް ވަންނަ ކުދިންނަށް ހޯސްޓު ކުރުމުގެ ޓްރެއިނިންއެއް ދޭން ފަށަންވީހެން!! ބޮލީވުޑުގައި މިހާރު ކަޕިލް ޝަރްމާ ވަރެއް ނެތް!!!

The name is already taken The name is available. Register?

ބުލްބުލް

23 December 2016

އަސްލުވެސް މިހާރު ފިލްމީ ދައިރާގެ ފެންވަރު ކުރިއާ ބަލާފައި ދަށް. މާބޮޑަށް ޒަމާނީ ކުރަންއުޅޭތީ ހެން ބޮޑަށް ހީވަނީ. ނަމަވެސް ކުރީގެ ސާދާ ގޮތައް ފިލްމުތައް ނެރުނީމަ މާކަމުދޭ. އުންމީދު ކުރަނީ މިދާއިރާ ވީހާވެސް ކުރިއެރުމަށް. އެއީ އަހަރުމެން އުފަންކުރާ ޖީލުތަކަށް ސަގާފަތާއި ގުޅޭ ދވެހި ވަންތަ ފިލްމުތަކެއް ފެނުމަށް އެދެވޭ.

The name is already taken The name is available. Register?

އަބޫ

23 December 2016

އެވޯޑް ހަފްލާ ތަކުގައި ސަރުކާރަށް ތައުރީފުކުރަން ކޮންމެމީހަކުގެ ސްޕީޗްގައި އައީމަ މީކީ ފިލްމްފެއަރ އަކަށްނުވޭ. ބޭރުގެ ބޮޑެތި އެވޯޑް ތަކުގަވެސް ކިތައްމީހުންބާ ސަރުކާރަށް ސަނާކިޔާފަހުރީ. އެވޯޑަކީ އެމީހުން ކުރާ މަސައްކަތުން ލިބޭއެއްޗެއް.

The name is already taken The name is available. Register?

ކީކޭ ދެން ބުނާނީ!!!

22 December 2016

ރީތި ފިލްމެއް ކުޅެން އިނގޭ ބައެއްތަ؟؟ އެވޯރޑާ އެއްޗެހި މި މީސް މީހުނަށް ދޭކަށް؟؟ ހުސް ކޮޕީ.. މާ ރަނގަޅުވަަނެ ފިލްމުގެ އަސްލު ހެދި ބަޔަކަށް އެވޯރޑު ދިނިއްޔާ.....ހަހަހަހ

The name is already taken The name is available. Register?

އޯޑިއަންސް

22 December 2016

އެންމެ ރީތީ ޔޫތް މިނިސްޓަރ

The name is already taken The name is available. Register?

މިވެސްމީހެއް

22 December 2016

ވަކި އަދަދަކަށް ބޯގިނަކުރަން ބައެއްމީހުންނަށް ފޯނުކޮށްފައި އާދެވޭނެހޭ އަހާފާވެސް ދައުވަތު ކާޑު ނުފޮނުވީ ބޭނުންވަރަށް ސިޔާސީ ބޯހަމަވުމުން؟؟؟؟؟؟ ފީކަޅާ

The name is already taken The name is available. Register?

ޒަންޖަބީލު

22 December 2016

ޖިންނި ޖިނާ އެ އެރީ ސްޓޭޖަށް

The name is already taken The name is available. Register?

ސްޓްރޯބެރީ

22 December 2016

އެންމެ ރީތީ ޝީލާގެ ހެދުން

The name is already taken The name is available. Register?

ޕެޝަންފުރުޓް

26 December 2016

ޝީލާގެ އެކްޓިން ސުކިލްއަައް ލިބެންވާ ކުރެޑިޓް ނުދެވޭ..

The name is already taken The name is available. Register?

ލަޠީފް

22 December 2016

އަދިވެސް ދިވެހި ފިލްމީ ތަރިންނަށް މީހާއާއި ގުޅޭގޮތަށް ހެދުން އަޅާކަށް ނޭނގެއެވެ. ހީވަނީ ކާޓޫނު ތަކެއްހެނެވެ. ހޮލީވުޑު ނުވަތަ ބޮލީވުޑުގެ ތަރިން ލާ ހެދުން ކޮޕީކުރަން އުޅޭއިރު އެމީހުންގެ ގައިކުލައާއި މޭކަޕާ މިއެއްޗިއްސާ ދިވެހިންގެ ކުލައާއި މޭކަޕްތަކަށް ވިސްނާނެ ނަމައެވެ. ވަރަށް ހުތުރެވެ. ޙަފްލާތައް ހޯސްޓުކުރަންވެސް ދަސްކުރަންވެއްޖެ ދޯއެވެ. ލަދުން ބޯހަލާކު..

The name is already taken The name is available. Register?

މޭކްއިޓް

22 December 2016

ފިލްމް އެވޯރޑްސް ހަފްލާ އޭ. ކޯއްޗެކޭ. ތިޔާ ކިއެއްކުރާ ބަޔެއް ތޭ. މަމެން ދޭތެރެއިން ޓީވީ އެމް އަށް އެހެން އުޅެމުން ޓިއުން ކޮށްލާ އިރު ފެންނާނެ ޓެލެ ޑްރާމާ އެކޯ ކިޔާ ދިވެހިން ކުޅޭ ޝޯރޓް ޑްރާމާ ތައް. އޭގެ ސްކްރިޕްޓް ގައި މިހުންނަނީ އެކަކު ރަށްޓެހިވެގެން އުޅޭ އަންހެން ކުއްޖަކު ނުވަތަ ފިރިހެން ކުއްޖަކާއި އަނެކަކު ސިއްރުން ރަށްޓެހިވެގެން ދެން ދޭތެރެ ޖެއްސުން މައިގަނޑު ކަމަކަށް އޮންނަނީ. ވަރަށް ބޮލަށް އުނދަގޫވޭ ދޯ މިވައްތަރުގެ ޔާރާ ދިލް ދާރާ އެއްޗެހިން. މޭކް އިޓް ކޮންސްޓްރަކްޓިވް. މޭކް އިޓް އަ ބެޓަރ ވަން.

The name is already taken The name is available. Register?

ޖޮބްލެސް ކޯޑިނޭޓަރު

22 December 2016

ޓޯޓަލީ އެގްރީ ވިތް ޔޫ ކޯޑިނޭޓަރ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454