ޚަބަރު / ހައްޖު

މިއަހަރު އެއް މިލިއަން މީހުންނަށް ހައްޖުވެވޭނެ، 65 އަހަރުން މަތީގެ މީހުންނަށް މަނާ

މިދިޔަ އަހަރު ބަޔަކު ހައްޖުގެ އަޅުކަމުގައި: މި އަހަރު އެއް މިލިއަން މީހުންނަށް ފުރުސަތު ދެނީ 65 އަހަރުން މަތީގެ މީހުންނަށް ނުހިމެނޭ ގޮތަށް --ފޮޓޯ:އޭއެފްޕީ

މި އަހަރު ހައްޖުގެ އަޅުކަމުގައި 65 އަހަރުން ދަށުގެ އެއް މިލިއަން މީހުން ބައިވެރިވެވޭ ގޮތަށް ސައުދީ ސަރުކާރުން ހަމަޖައްސައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ވޭތުވެދިޔަ ދެ އަހަރު ވެސް ހައްޖުގެ އަޅުކަމުގައި ބައިވެރިވާން ސައުދީ ސަރުކާރުން ހުއްދަ ދިނީ މަދު އަދަދަކަށެވެ. މިދިޔަ އަހަރު ވެސް ހުއްދަ ދިނީ 60،000 މީހުންނަށެވެ.

ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މި އަހަރު އެއް މިލިއަން މީހުންނަށް ހައްޖުވުމުގެ ފުރުސަތު ދޭން ނިންމާފައި ވަނީ ސައުދީ އާއި އެހެން ގައުމުތަކުގެ ރައްޔިތުން ވެސް ހިމެނޭ ގޮތަށް ކަމަށެވެ. އަދި ގައުމުތަކަށް ހައްޖުގެ ކޯޓާ ކަނޑައަޅާނީ ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހު ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން މި އަހަރު ހައްޖުވުމުގެ ފުރުސަތު ލިބޭނީ 65 އަހަރުން ދަށުގެ މީހުންނަށެވެ. އަދި ސައުދީ ސަރުކާރުން ގަބޫލުކުރާ ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ފުރިހަމަ ކުރުމަކީ މަޖުބޫރު ކަމެކެވެ.

މީގެ އިތުރުން އެހެން ގައުމުތަކުން އަންނަ ހައްޖުވެރިން ސައުދީ އަށް ދިއުމުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރް ނެގަޓިވް ޓެސްޓެއް ވެސް އެ ގައުމަށް އެތެރެވުމުގައި ހުށަހަޅަން މަޖުބޫރެވެ.

7 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 45%
icon angry icon angry 45%
icon wow icon wow 0%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ5

10 April 2022

ގޯހެއް ނޫނެވެ. ސައުދީ އެއަރލައިންއާއި ހޮޓާތަކަށާ ފިހާރަތަކަށް ދިނުމަށްވުރެ ދަރުމަހުރި ސަވާބު ހުރި ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ.

The name is already taken The name is available. Register?

އިކޮނޮމިސްޓު

10 April 2022

ކީއްވެެގންބާ ސައުދީ އިކޮނޮމީ ޕަމްޕުކޮށްދޭން މިޖެހެނީ.

The name is already taken The name is available. Register?

ޢަރަފާ1

10 April 2022

'އަލްޙައްޖު ޢަރަފާ' އޭ އޮންނަ ޙަދީޘްގެ މައުނައަކީ، ހައްޖުމަހުގެ 9 ވަނަ ދުވަހު އެންމެން 'ޢަރަފާތު ބިން' ކިޔާ ބިމަކަށް ޖަމާވުންކަމަށް މިހާރު އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ.

The name is already taken The name is available. Register?

6811

10 April 2022

ތިވީގޮތުން ކްލީން ޕާސް ލިބޭނެ ޕޮޓެންޝަލް އަދަދު މިހާރު ސައުދީ ރަސްގެފާނު ތިއޮތީ ލިމިޓްކުރައްވާފައި.

The name is already taken The name is available. Register?

ޓޫރިޒަމް

09 April 2022

65އ މަތީ މީހުންނައް ކުރެވިދާނެ ކަމަކީ އެވެރިންނައް ފައިސާ ކޮޅު ފޮނުވުން. ދެން ހިތައް އަރުވާލާމް ވީ ނިމުނީ ކަމައް!

The name is already taken The name is available. Register?

ދެރަވަރު ކަންކަން

09 April 2022

ތިއީ ވަރަށް ދެރަކަމެއް. އެތައް ދުވަހެއް ވަންދެން އެއްކުރި ލާރިކޮޅުން ހައްޖަށް ދާން ފައިސާ ދައްކާފަ އަދި އެކަމުގެ އިންތިޒާރުގަ ހުންނަތާ އެތައްދުވަހެއް ފަހުން ތިގޮތަށް ކަންތައް ވުމަކީ ހިތާމައިގެ ކޮޅެއްވެސް ނެތްކަމެއް. 65 އަހަރުން މަތިވުމަކީ ހައްޖަށް ދާން ބޭނުންވެފަހުރި މީހާގެ މައްސަލައެއް ނޫން. ކޮވިޑާ ހެދި ފާއިތުވި 2 އަހަރު ގިނަ ބަޔަކަށް ހައްޖަށް ނުދެވިފަ ތިބިކަމާއި އެމީހުންގެ އުމުރު މަތިވެގެން ދާނެކަން ސައުދީ ސަރުކާރަށް އެނގެންޖެހޭ.

The name is already taken The name is available. Register?

ބޫމަރޒް

09 April 2022

65 އަހަރުން ދަށް؟ ތީތި ކަޑައޭ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454