ޚަބަރު / އަންހެނުންގެ ހައްގުތައް

އަންހެން ކައުންސިލަރުންނާއި ކޮމިޓީ ހޮވީ ކައްކައި، މާފަތި އަޅުވާކަށް ނޫން!

އަންހެނުންނަށް ކައުންސިލްތަކުގައި ބާރު ދިނީ ރަށްރަށާއި ސިޓީ ކައުންސިލްތައް ހިނގަނީ އަންހެނުންގެ ދައުރު ރައްކާތެރި ކުރެވި އަންހެންގެ ބައިވެރިވުމާއި އެކުގައި ކަން ކަށަވަރު ކުރުމަށްޓަކައި.

އއ. ތޮއްޑޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވަނީ: އަންހެން ކައުންސިލަރުން އިންތިހާބުކުރީ ސިޔާސަތުތައް ކަނޑައެޅުމާއި ރަށު ތަރައްގީގައި އަމަލީ ގޮތުން ބައިވެރިވެ ހިދުމަތް ފޯރުކޮށްދޭން. -- ފޮޓޯ: ރައީސް އޮފީސް

ލޯކަލް ކައުންސިލްތަކުން 33 ޕަސެންޓް ޖާގަ އަންހެނުންނަށް ހާއްސަކޮށް، އަންހެނުންގެ ކޮމިޓީތައް ވެސް ބާރުވެރިކުރީ ރަނގަޅު ބަދަލަކަށެވެ؛ ރަށްރަށުގައި، ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންގެ ދައުރު ބޮޑުކުރުމަށެވެ. އަންހެނުންގެ ހިއްސާއާ އެކު ތަރައްގީގެ ކަންކަމާއި ހިދުމަތްތައް ކުރިއަށް ގެންދިއުމަށެވެ. މިއީ ރާއްޖޭގައި އިންތިޚާބީ މަގާމުތަކެއް އަންހެނުންނަށް ޚާއްސަ ކުރި ފުރަތަމަ ފަހަރެވެ.

އަހަރެއް ވި އިރު ނަތީޖާ ކިހިނެއް ހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވިގޮތުގައި، އަދިވެސް ހުރީ ކަންބޮޑުވާން ޖެހޭ ޝަކުވާތަކެކެވެ. ނިންމުންތައް ނިންމުމުގައި އަންހެނުން ހަގީގީ މާނައިގައި ބައިވެރިކުރުން ކުޑަ އެވެ. ގާނޫނަށް ބަދަލު ގެނެސް އަންހެން ކައުންސިލަރުންނާއި ކޮމިޓީތައް އިންތިހާބުކުރި އަމާޒަަށް ދާން އަދިވެސް ހުރަސްތައް އެބަހުއްޓެވެ.

މި ބަދަލު ގާނޫނަށް ގެނައީ ރަށާއި އަތޮޅުތަކުގައި ވެސް އަންހެނުންގެ ބޮޑު ޕަސެންޓެއް ތިބިއިރު އެ މީހުންނަކީ ރަށު ތެރެ ސާފުކުރުމަށާއި ކެއްކުމަށާއި ރަށަށް އަރާ މެހްމާނުންގެ ކަރުގައި މާފަތި އަޅުވަން ތިބޭ ބައެއް ކަމުގެ ލޭބަލް ޒަމާނުއްސުރެ އަޅުވާފައި ވަނިކޮށެވެ. ގާނޫނުގައި އޮތީ، މިކަން ބަދަލުކޮށް އެއްވެސް ތަފާތެއް ނެތި ބާރުވެރިކަމާ އެކު އަންހެނުން ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ.

އެ ގާނޫނުގައި އޮތް ގޮތަށް ކަންކަން ނުހިނގާތީ އީވާ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯއްދެވުމަށެވެ. އެ ގަރާރުގައި ހުރި ކަންބޮޑުވުންތައް ލާމަރުކަޒީ ކޮމިޓީން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މުގައްރިރު އަލީ ނިޔާޒް ވަނީ ދެއްވައިފަ އެވެ.

އަންހެން ކައުންސިލަރުންގެ 33 ޕަސެންޓާއި ކޮމިޓީތަކުގެ މައްޗަށް އަދިވެސް ގަދަވެގަންނަނީ ސަގާފީ ވިސްނުމެވެ. މި ފަހަރު ކޯޓާ ކަނޑައަޅައި ގާނޫނީ ބާރުވެރިކަން ދިނުމުން ވެސް އަދި ނަތީޖާއާ ހަމައަށް ނުދެ އެވެ.

މަޖިލީހުގައި އީވާ ވާހަކަ ދައްކަވަނީ: އޭނާ ގަރާރު ހުށަހެޅުއްވީ އަންހެން ކައުންސިލަރުންނާއި ކޮމިޓީތަކަށް ދިމާވާ ގޮންޖެހުންތަކުގައި ހައްލު ހޯދައިދެއްވުމަށް އެދިވަޑައިގެން. .---ފޮޓޯ: މަޖިލިސް

މީގެ ކުރިން އަންހެނުންނަށް ކޯޓާ ކަނޑައަޅަން ކުރި މަސައްކަތްތައް ފެއިލްވެފައި ވަނީ އަންހެނުންނަށް ހުރަސްތަކެއް ހުރި ކަން ގަބޫލުނުކުރާ ވިސްނުމާ ހެދި އެވެ. ކައުންސިލްތަކާއި މަޖިލީހުން ވެސް ކޯޓާ ކަނޑައެޅުމާ ދެކޮޅަށް ބަހާ ދައްކަމުން އައީ ވެސް އެ ސަބަބާ ހެދި އެވެ.

އަންހެން ކައުންސިލަރުންނަށް ދައުރެއް ނޯވޭ!

އަންހެނުން ކުރިއަރުވައި ބާރުވެރިކުރަން ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި އިސްލާހާ އެކު ރަނގަޅަށް ހިނގާ ކައުންސިލްތައް އެބަހުއްޓެވެ. ނިންމުންތައް ނިންމުމުގައި އަންހެން ކައުންސިލަރުން މާ ހީވާގިވެފައި ދައުރު ބޮޑު މަންޒަރު ވެސް ބައެއް ކައުންސިލްތަކުން ފެނެ އެވެ.

އީވާ ވިދާޅުވީ ކައުންސިލްތަކުގައި އަންހެނުންނަށް ބާރުތަކެއް ދިނީ ރަށު ފެންވަރުގައި ބަސް ބުނުމާއި ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރަން ކަަމަށެވެ. އެއީ އެ ރަށަކާއި އަތޮޅެއްގެ އިތުރުން މުޅި ގައުމަށް ވެސް ފައިދާކުރާނެ ކަމަކަށް ވާތީ ކަން ވެސް ފާހަގަކުރެއްވި އެވެ.

"ބައެއް އަންހެން ކައުންސިލަރުން އަދި ޑަބްލިއުޑީސީއާ ވާހަކަ ދައްކާއިރު މައްސަލަތަކެއް އެބަ ފާހަގަކުރައްވާ. ބައެއް އަންހެން ކައުންސިލަރުންނަށް އަދި ޑަބްލިއުޑީސީއަށް މަސައްކަތުގައި އެއްވެސް ދައުރެއް ނޯންނަ ކަމަށް އެބަ ބުނޭ. މިސާލަކަށް މަޝްވަރާގައި ބައިވެރިނުކުރުން،" އީވާ ވިދާޅުވި އެވެ.

"ހަމައެކަނި ކައްކާލަން ތިބޭ ބަޔަކަށް ހެދުން. މެހްމާނުން ދާ ގަޑީގައި ހަމައެކަނި ސަފުގައި ތިބޭ ބަޔަކަށް ހެދުން. ނުވަތަ ބައެއް ފަހަރަށް ސަފުން ވެސް ޖާގަ ނުދޭ ހިސާބަށް ވެސް އެބަދޭ. ބަޖެޓުގެ ވެސް މައްސަލަތަކެއް އެބަކުރިމަތިވޭ."

އަންހެން ކައުންސިލަރުންގެ ބައިވެރިވުމާ އެކު ވަރަށް ފުރިހަމައަށް އެކުގައި މަސައްކަތްކުރާ ކައުންސިލްތަކެއް ހުރިކަން ފާހަގަކުރައްވަމުން ވެސް އީވާ އެދިވަޑައިގަތީ ބޮޑު ބަޔަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ ކައުންސިލްތަކުން އަންހެން ކައުންސިލަރަށް ނުވަތަ ޑަބްލިއުޑީސީއަށް ޖެއްސުންކުރަނީއެކޭ ނޫން. އަޅުގަނޑު މި ދަންނަވަނީ ވަރަށް ގިނަ ފަހަރަށް ޖެއްސުމުގެ ގޮތުގައި އެ ފެންނަނީ ހަމަ ނޭނގިގެން ވެސް މެ. އިންކުލޫސިވް ޑިސިޝަން މޭކިން އާއި މިކަހަލަ ކަންކަން ކުރިއަށް ގެންދަންވީ ގޮތް ބައެއް ފަހަރަށް ހަމަ ނޭނގިގެން ވެސް މި ކަހަލަ ނަތީޖާ އެބަ ނުކުމޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ މަޖިލީހާއި އެލްޖީއޭ އާއި ޖަމިއްޔާތައް ގުޅިގެން ދިރާސާއެއް ވެސް ކުރަން ޖެހޭ ކަމެކެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވިދާޅުވީ އަންހެން ކައުންސިލަރުންނާއި ކޮމިޓީތައް މުހިއްމު މަގްސަދެއްގައި އިންތިހާބުކޮށްފައި ވިޔަސް އެ މީހުންގެ ދައުރު ބައެއް ފަހަރަށް ރައްޔިތުންނަށް އޮޅޭ ހިސާބަށް ކަންކަން ދާ ކަމަށެވެ.

"އަޅުގަނޑުމެން 33 ޕަސެންޓް ދިނީމާ އެއީ ކީއްވެގެން އަޅުގަނޑުމެން ކޮށްގެން އުޅޭ ކަމެއް ކަން ނުވިސްނޭ ކަަމަށް ހަމަ އަޅުގަނޑަށް އެބަ ފާހަގަކުރެވޭ ބައެއް ބޭފުޅުންނަށް. އެއީ އެއްގޮތަކަށް ވެސް އަންހެނަކަށް ވެގެން އަންހެނަކު އެތާ ބައިންދާކަށް ނޫން. އަންހެނުންނަކީ މުޖުތަމައުގެ 50 ޕަސެންޓަށް ވާ އިރު އަންހެނުންނަށް ދިމާވާ ހާއްސަ ހާލަތްތަކާއި އަންހެނުންގެ ވިސްނުނާއި ސިޔާސަތު ކަނޑައަޅާ މޭރު ދޮށަށް ގެނައުމަށްޓަކައި،" ރޮޒައިނާ ވިދާޅުވި އެވެ.

އެ ގަރާރާ ގުޅިގެން އަލީ ނިޔާޒް ވިދާޅުވީ އެ ކަންބޮޑުވުންތައް ބެލުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ކޮމިޓީ ސްޓޭޖާ ހިސާބަށް ދިއުމުން އެކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.

"އަންހެނުންގެ ކުރިއެރުމަށް ސީދާ ފޯކަސްކޮށްގެން މިކަންކަން ބެލުމާއި އަދި ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތަށް ކައުންސިލްތަކުގައި ތިބި އަންހެން މެމްބަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނާ ދޭތެރޭގައި ކަންތައް ވެގެންދާ ގޮތާއި އަދި އެ ގާނޫނު ވުޖޫދުކުރި ގޮތަށް، ދުށް ގޮތަށް އެކަން ކުރިއަށް ދޭތޯ ބަލައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަންތައް ކޮށްދޭނަން،" ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރުމުން ތިން ކަންބޮޑުވުމެއް ހުށަހަޅާފައި އެބަ އޮތެވެ. އެއީ މަސައްކަތް ކުރަން ޖާގަ ނެތުމާއި އުޖޫރަ ކުޑަވުމާއި ކައުންސިލަރުންގެ އެއްބާރުލުން ނުލިބުމެވެ.

މި ހުރިހާ ކަންބޮޑުވުންތަކާ އެކު އަންހެން ކައުންސިލަރުންނާއި ކޮމިޓީތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ރިޕޯޓެއް ކޮމިޓީން ތައްޔާރުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

36 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 0%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުލްކާ

15 April 2022

ދެން އިތުރު ކޮންކަމަކު.އެބަޔަކަށްވެސް ކުރެވޭ ވަރުގެ ކަމެއްތާ ކުރެވޭނީ.އެހެންނަމަ ކައުންސިލަށް ޑަބްލިޔުޑީސީ އަށް ކުރިމަތިލެވޭ މީހުންގެ ޝަރުތެއްވެސް ތައުލީމީ ފެންވަރެއްވެސް އިންނަން ޖެހޭނެތާ.ގިނަރަށް ރަށަށް ހޮވިފަތިބީ ތައުލީމީ ގާބިލް ކަމެއް ނެތް މީހުން.އެހެންވީމަ މިހާރު އެއްޗެކޭ މީއްޗެކޭ ކިޔާނެކަމެއް ނެތް.ރަނގަޅު މަގުސަދެއްގަ ކުރިކަމެއްނަމަ އެހެނެއްނުވާނެ.

The name is already taken The name is available. Register?

ޢަހު

13 April 2022

މުޅި ދުނިޔެ ހަލާކުވެގެން މިދަނީ އަންހެނުންނާއި ފިރިހެނުން ހަމަ ހަމަ ކުރަން ޑިމޮކްރަސީ ކިޔާއެއްޗެއް އެންމެން ކޮޑައް ލުމުން އަންހެނުންގެ ޙައްގު ގެ ވާހަކަ ކީރިތި ގްރއާނުގަވެސް އޮވޭ އަދި އަންހެނުން ގެ އައުރަޔާމެދު އެކަނބަލުންނަށް ދެވިފަވާ ގަދަރު ލިޔެވި ބަޔާންވެގެންވޭ

The name is already taken The name is available. Register?

ބޮޑޭ އަހައްމަދު

13 April 2022

އީވާ! އަންހެން ކައުންސިލަރުންނޭ ކިޔާ އަގަހުޅުވާއިރު އޭގެ 2/3 ބަޔަކީ ކަނޑާލީމަ ލޭވެސް ނާންނަ ބަޔެއް!

The name is already taken The name is available. Register?

ހުސައިން

13 April 2022

ފޮނި ބޮޑު ވާހަކައެއް

The name is already taken The name is available. Register?

ޕޮއް

13 April 2022

ގަދަކަމުން ތަންތަނަށް ވެއްދީމަ ވާނީ ތިހެން. ފެންވަރެއް ހުރެގެނެއްނޫން ޤާނޫނު ލާޒިމުކޮށްގެން ތިންބައިކުޅަ އެއްބައި ދޭންޖެހޭގޮތަށް ހަދައިގެން ދިނީމަ ވާގޮތްތީ. އެނގޭކަމެއް ކުރެވޭނީ.

The name is already taken The name is available. Register?

ހ ހ

13 April 2022

ވަރަށް ރަގަޅު ވާހަކައެއް

The name is already taken The name is available. Register?

ހަސީ

13 April 2022

އެމީހުންނަށް ކުރަން އެނގޭކަމެއް ދޯ އެމީހުން ކުރާނީ...

The name is already taken The name is available. Register?

ޙިނި

13 April 2022

މަޖުލީހުގަވެސް %33 ގޮނަޑި ހާއްސަކުރަންވީ އަންހެނުންނައް. މިކަން ކުރަން ޖެހޭ، މަސައްކަތުގެ މާހައުލު އަންހެނުނައް ރައްކާތެރިތަނަކައް ވާނީ ގާނޫނު ހެދުމުގައިވެސް ހަންހެހުންގެ ބައިވެރިވުންވެސް އިތުރު ކުރެވިގެން. މަޖުލީހުގައި ނޯވޭތޯ އަންހެނުންގެ ކޮމެޓީއެއް؟

The name is already taken The name is available. Register?

ތިމާވެށި

13 April 2022

ތިޔަ ބުނާ ހަމަހަމަ ކަން ގެއްލުވާލާ ފިރިހެނުންގެ ހައްގު ތަކަށް ވަނީ އަރައިގެން ފައެވެ. ފިރިހެނުންނަށް ވީ 33 ޕަސެންޓް ކޮބާ ހެއްޔެވެ. ތިޔައީ ތަފާތު ކުރުމެވެ.

The name is already taken The name is available. Register?

ވަޓް.

13 April 2022

ރޮޒޭނާ އާދަމް ފައްޔާޒު އާ ދެމީހުން ރަށްރަށަށް ތިކުރާ ދަތުރުގައި މާފަތި އަޅުވަން ނާންނަ އަންހެނުންނަށް ތަފާތު ކުރާ ވާހަކަ ދެއްކިޔާ ރަނގަޅު ދޯ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454