ޓިއުޝަން ފީ އާއި ބުކް އެލަވަންސްގެ އިތުރުން ކިޔެވުން ނިމެންދެން އެ ހުރިހާ ދަރިވަރުންނަށް ކޮންމެ މަހަކު ސްޓައިޕެންޑުގެ ގޮތުގައި 5،000ރ. ދޭން އޮތީ ނިންމާފައި
ޓީޗަރުންގެ ދުވަސް ފާހަގަކުރަން މިދިޔަ އަހަރު ކަލާފާނު ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސްކޫލުގެ ޓީޗަރުންތަކެއް ބައިވެރިވަނީ.- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
18 އެޕްރީލް 2022 - 19:31
ގައުމު ބިނާކުރުމަށް ފެންވަރު ރަނގަޅު ޓީޗަރުން އުފައްދަން މިދިޔަ އަހަރު ހުޅުވާލި ސްކޮލަޝިޕްތަކަށް ތަރުހީބު ނުލިބުނު ކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މިއަދު ބުނެފި އެވެ.
އެ ޔުނިވާސިޓީގެ ޑީން އޮފް ސްޓޫޑެންޓް ލީލާ އަހުމަދު "މިހާރު" އަށް ވިދާޅުވީ ދެ ބުރެއްގެ މަތިން އެޑިއުކޭޝަން ޑިގްރީގެ ސްކޮލަޝިޕަށް އިއުލާނުކުރުމުން ވެސް ކުރިމަތިލީ ހަ ދަރިވަރުން ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން 30 ސްކޮލަޝިޕަށް އިއުލާނުކުރީ ޖެނުއަރީ 12، 2021 ގަ އެވެ. އެ ސްކޮލަޝިޕްގެ 15 ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން އަދި ބާކީ ޖާގަތަކަށް ހޮވޭ ދަރިވަރުންގެ ކިޔެވުމާ ގުޅޭ ހުރިހާ ހަރަދެއް ދޭނީ ޔުނިވާސިޓީންނެވެ.
ނަމަވެސް ޑިގްރީ ބެޗެއް ފެށޭ ވަރަށް ވެސް ދަރިވަރުން ނުލިބުމުން އެ ސްކޮލަޝިޕްތަކެއް ހަވާލުކުރެވޭ ގޮތެއް ނުވެ އެވެ.
އެމްއެންޔޫ އިން އޭރު ބުނީ ޓިއުޝަން ފީ އާއި ބުކް އެލަވަންސްގެ އިތުރުން ކިޔެވުން ނިމެންދެން އެ ހުރިހާ ދަރިވަރުންނަށް ކޮންމެ މަހަކު ސްޓައިޕެންޑުގެ ގޮތުގައި 5،000ރ. ދޭނެ ކަމަށެވެ.
ލީލާ ވިދާޅުވި ގޮތުގައި ސްކޮލަޝިޕަށް ތަރުހީބު ކުޑަވީ ބެޗްލާސް އޮފް އެޑިއުކޭޝަން ނިންމަން ހަތަރު އަހަރު ހޭދަވުމާއި އެމްއެންޔޫގައި ކިޔެވުމަށް ދަރިވަރުން ކުރަންޖެހޭ މަސައްކަތް އެހެން ތަންތަނަށް ވުރެ ބޮޑުވުމުން ކަމަށެވެ.
"ދުނިޔޭގެ އެއްވެސް ގައުމެއްގައި ބެޗެލާސް އޮފް އެޑިއުކޭޝަން (ބީއެޑް) ނުހެދޭނެ ހަތަރު އަހަރުން ނޫން ގޮތަކަށް. ނޯމަލީ މި އިންނަނީ ތިން އަހަރު. ބީއެޑްގައި މި ކުރާ ކަމަކީ ފުރަތަމަ ތިން އަހަރު އެޑިއުކޭޝަން ކޮންޓެންޓް އިންނާނީ. އެންމެ ފަހު އަހަރު ކިޔެވުމުގެ ބައިތައް މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ މައި މަރުކަޒު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ލީލާ ވިދާޅުވި ގޮތުގައި ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުން ލައިސެންސް ދޭން ފެށުމުން އެ ކޯހަށް ޑިމާންޑު ބޮޑުވާނެ އެވެ.
"ޓީޗަރުންގެ މުހިއްމުކަން ނުވިސްނެނީ ގައުމު ބިނާކުރުމުގައި،" އޭނާ ވިދާޅުވި އެވެ.
ފެންވަރު ރަނގަޅު ޓީޗަރުން ނުލިބުމުގެ މައްސަލަ ހައްލުކުރަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ ހާލަތާ ގުޅޭ ދިރާސާއެއް ހެދުމެވެ. އޭގެ އިތުރުން އަންނަ މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑުކުރަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒްކާރޓް
21 April 2022
އެމް.އެން.ޔޫ ފަދަ ކިޔަވަން ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ތަނަކަށް ނުވަދެވޭނެ ނޫންތޯ. ހިލޭ ޑިގްރީ އޮތީމަ މިހާރު ވަދެވޭނީ ނުކިޔަވާ ފާސްވެވޭނެ ތަނަކަށް
ާއުނިމާ
19 April 2022
މީހަކު ނޫޅޭ ޓީޗަރަކަށްވެ އެމީހާގެ ލައިފް ސްޓްރެސްއަށް ގޮސް މީހާއަށް ބުރަ ބޮޑުވެ ހަލާކުވާކަށް....
އެލަލޯ
20 April 2022
އަސްލުތެދެއް އެންމެ ސްޓްރެސްބޮޑު ވަޒީފާއަކީ ޓީޗިން.
މުންޖިޗޭ
19 April 2022
ތިޔަ އުޅެނީ ޤައުމީ ޔުނިވަރސިޓީއަށް ފައިސާކޮޅެއް ހޯދައިދޭން، ތިޔަ ކިޔާ ޑިގްރީއެއް ހޯދަން ކުރާ މަސައްކަތަށްވުރެ ސިޔާސީ މީހެއްގެ ފަހަތުން މުގޯލި އަޅާ މީހުންނަށްވެސް މާބޮޑެތި މުސާރަ ލިބޭ، ހިލޭ ސާބަހަށް ލިއްލާހިއަށް ކިޔަވައިދޭން އެނދުރުގެ ހުރި ޒަމާނެއްނޫން މީ، ޓީޗަރުންކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއްނުދެވިގެން އެއުޅެނީ، ތިމާގެ ދަރި ކިޔަވައިގެން މޮޅުވީމަ އެއީ ތިމާގެ މޮޅުކަން، ދަށް ނަތީޖާއެއް ލިބިއްޖެނަމަ، ޓީޗަރު ދަށީ، ހެޔޮ ނުކިޔެވިޔަސް.
ލުލު
19 April 2022
ތިހާބުރަ މަސެއްކަތެއް ނުކޮއް ސިޔާާސީ ޓުވީޓު ކުރާ މީހަކައް ވެބަލަ އޭރުން 250000ރ އިތުރުގަޑި 5000ރ އަވަގޮރާނު ގޮވީމަ 8000 ލިބޭނެ
މަބުނީ
19 April 2022
މ ނ ޔ ތީ ވަރައް ދަރިވަރުންނަށް އުނދަގޫ ގޮތަަކަށް ސިސްޓަމު ރޭވިފައިވާ ތަނެއް ކުދިންނާ ޑީލު ކުރަންތިބޭ މީހުން ވެސް ވަރަށް ރުންކުރުވާނެ
ވަމުންދާ ގޮތް
19 April 2022
އެލަވަންސްތައް އޭގެ މުއްދަތަުގައި ބަރާބަރަށް ޖަމާވަމުން ނުގެންދިޔުމުގެ ސަބަބުން ދަރިވަރުންގެ ޝައުގު ގެއްލޭ
ބޯދާ ދަރިވަރު
19 April 2022
ތިޔަ ހައެއްކަ ދަރިވަރުންނަށް ސާބަހެވެ. މި އެނގެނީ އަނގަނުތަޅާ ތައުލީމީ ދާއިރާ އަށް ބޮޑު އިންގިލާބެއް ގެންނަން ވެއްޖެކަމެވެ.
ބަތޭލި
19 April 2022
ލައިސަންސް ދޭން ފެށީމާ ޑިމާންޑް ބޮޑުވާ ގޮތަކީ ކޮބައިތަ؟ ޑިގްރީނެތް މީހަކަށް ލައިސަންސް ނުލިބޭގޮތް ހަދަނީތަ؟ އެހެން ކޮން ގޮތަކަށްތަ ދެން ތިކިޔާ ޑިމާންޑެއް ބޮޑުވަނީ.
ޓީޗަރެއް
19 April 2022
ޓީޗަރުންގެ ލައިސެންސޭ ކިޔާ ތިޔަ ބިރުދައްކަނީ މިހާރު ދާއިރާގައި މަސައްކަތްކުރާ ރަނގަޅު ޓީޗަރުންތައްވެސް ދާއިރާ ދޫކޮށް ދޭތޯ ބަލަންކަންނޭނގެ. އުސޫލުތައް ހަދަނީ މިހާރު މަސައްކަތްކުރާ މީހުންނަށް ބަލައިގެނެއް ނޫން. ކުރިމަގުގައި އަންނާނެ މީހުންނަށް ބަލައިގެން އުސޫލު ހެދީމަ، މިހާރު މަސައްކަތްކުރާ މީހުން ދާއިރާ މަތިން ފޫހިވާގޮތް ވަނީ. ހަމަ އެކަނި މާލޭގެ ސްކޫލުތަކަށް އެކަނި ވިސްނައިގެން ދާއިރާ ކުރިއެއް ނޭރުވޭނެ.
ފީކަޅާ
19 April 2022
ނޫން މިހާރު ތިބި ފީކަޅާ މީހުންތައް ބޭރުކުރަން ޖެހޭ. ކުދިންކޮޅު މުޅިން ހަލާކުކޮށްފި.
ޑިގްރީ
19 April 2022
ތައުލީީމީ ދާއިރާގެ ކޯސްތައް ހިންގާތަންތަނުން ހިންގާ ކޯސްތަކުގެވެސް ފެންވަރު ތަފާތު. އިސްލާމިކް ޔުނިވަރސިޓީއިން ހިންގާ މާރސްޓަރސް އޮފް ޓީޗިން ކޯހުގައި މާރސްޓަރސް ފެންވަރުގެ އެހެން ކޯސްތަކުގައި ހަދާ ޑިސަރޓޭޝަން ހެދުމެއް ނޯވޭ. އޮންލައިންކޮށް ކިޔަވައިގެންވެސް 1 އަހަރުން ނިންމާލާފަ ސެޓްފިކެޓް ލިބޭ. ވިލާ މަންދުވެސް ފެންވަރު ތަފާތު. ޤައުމީ ޔުނިވަރސިޓީ ވަރެއް ނެތް.
ހާހާ
19 April 2022
ގައުމީ ޔުނިވާސިޓީ ވަރެއްނެތޭ؟ މީމިރޯދަމަހު ކިޔާލަން ލިބުނު ރަނގަޅު ޖޯކެއް.
@ޑިގްރީ
19 April 2022
ޑިގުރީއެއް ނެގީމާވެސް އެންމެ ދަށް މުސާރަ ލިބެނީ އިސްލާމިކް މިނިސްޓަރީގެ ދާއިރާއިން ޑިގުރީ އެކަމަކު މުސާރަ ޑިޕްލޮމާ ގަނޑަކާ ވެސް އެއްވަރު ނުވޭ
މިމެން
19 April 2022
ގައުމީ ޔުނިވާރސިޓީ ކިޔަސް ތިޔައީ ހަމަ 0