ގައުމު ބިނާކުރުމަށް އެމްއެންޔޫން ދޭ ސްކޮލަޝިޕް ސްކީމް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ފައްޓަވައިދެއްވަނީ.-- ފޮޓޯ: އެމްއެންޔޫ
12 ޖެނުއަރީ 2021 - 20:20
ގައުމު ބިނާކުރުމަށް ގައުމީ ޔުނިވާސިޓީން ދޭ ހާއްސަ ސްކޮލަޝިޕްތަކެއް މިއަދު އިފްތިތާހުކޮށްފި އެވެ.
އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި، 48 ސްކޮލަޝިޕް ފުރުސަތު ފައްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
އެމްއެންޔޫ އިން ބުނީ އެއީ ޓީއުޝަން ފީގެ އިތުރުން އަހަރަކު 75،000ރ. ދޭ ފުލީ ފަންޑެޑް ސްކޮލަޝިޕްތަކެއް ކަމަށެވެ. އޭގެ ތެރެއިން ޕްރައިމަރީ ޓީޗަރުން ތަމްރީނުކުރަން ހާއްސަކޮށްފައިވާ 30 ސްކޮލަޝިޕް ދޭނީ، ޕްރައިިމަރީ ޓީޗަރުންގެ ދަތިކަން އޮތް ހާއްސަ 60 ރަށަކުން ހޮވާލެވޭ ފަރާތްތަކަށް ކަމަށެވެ.
ޓީޗިންގެ އިތުރުން ވެލްޑިންނަށް ހަ ޖާގަ، އެއާކޮންޑިޝަނިން ކިޔެވުމަށް ހަ ޖާގަ އަދި ނޯޓިކަލް ސްޓަޑީޒަށް ހަ ޖާގަ ކަނޑައަޅާފައި ވެ އެވެ.
ގައުމު ބިނާކުރުމަށް އެމްއެންޔޫން ދޭ ސްކޮލަޝިޕް ސްކީމް ލޯންޗުކުރުމަށް އެ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިސް ބޭފުޅުން.-- ފޮޓޯ: އެމްއެންޔޫ
ޕްރައިިމަރީ ޓީޗަރުންނަށް ހާއްސަކޮށްފައިވާ 30 ސްކޮލަޝިޕްގެ ތެރެއިން 15 ޖާގަ ދޭން ހަމަޖައްސާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ވިދާޅުވީ ގައުމެއް ރަނގަޅު ގޮތުގައި ބިނާކުރުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ފަށާ ތައުލީމުގެ ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ. ބިންގާ ރަނގަޅުނުކޮށްފި ނަމަ ފަހުން ލިބޭ ފުރުސަތުތަކުން ކުދިންނަށް އެދެވޭ މަންފާއެއް ނުލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މަތީ ތައުލީމަކީ، މަތީ ނަފާ ނެރެވޭ ވިޔަފާރިއަކަށް ވުމުން، ދަރިވަރުން ކަސްޓަމަރުންނަށް ވުމުން، ކަސްޓަމަރުންގެ ހިތްހަމަޖައްސައިދިނުމަށް ފެންވަރާއި ކޮލިޓީ ގުރުބާން ކުރެވޭކަން. މި ކަމުގެ ނޭދެވޭ ނަތީޖާ އެންމެ ބޮޑަށް ބަރުދާސްތު ކުރަންޖެހޭ ފަރާތަކަީ މަދަރުސާތައް. މަދަރުސާތަކަށް މުދައްރިސުންގެ ގޮތުގައި ދޭސީ މުދައްރިސުން ވަނުމުން ދަރިވަރުންނަށް ކުރާ އަސަރު، އެ ކުދީންގެ މުޅި ހަޔާތަށް ކުރޭ. ސްކޫލުތަކުން ނުކުންނަ ކުދިންގެ ފެންވަރު ދަށްވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮއްޅަބެ
13 January 2021
ކަނބުލޯ. އަދިވެސް ދޭސީ ޓީޗަރުން މާ ފެންވަރު ރަނގަޅު.
އެޑި-ޔު-ކކާ ޝަންް
13 January 2021
އެޑިއުކޭޝަން އަކީ ސެޓިފިކެޓެއް ނޫން. ކަލޭމެން ކޮން ޕީއެޗުޑީއެއްނަގާކަށް ކޮރަޕްޓު މީހުންނަށް އަޅުވތި ވެގެން ޕޮލިޓިކަލް މަޤާމުތަކުގައި ތިބެން ކޮންމެ ކަމެއް ކުރަން ފަސް ނުޖެހެންޏާ. ވެލިއުސް ނެތިއްޔާ އެޔައް އެހެން އެޗެއް ކިޔާ ޤައުމު މަކަރާ ޖަހައިގެން ކާނެ ޕީއެޗްޑީއާއި ޑގްރީ އޭ ތިޔައް ކިޔާ. މުޅި އެޑިއުކޭޝަން ނަމށް ވެސް ހުތުރު ދޮވހިން މިއުޅޭ ގޮތުން
ސީނާ
12 January 2021
އެމް އެން ޔޫ މިހާރު ވަރަށް ތަފާތު. ޤައުމުގެ މުސްތަގްބަލް ބަލާނެ ލޯގަނޑެއް ފެނިއްޖެ. ޤައުމަށް ދިމާވާ ކަންކަމުގައި ލީޑަރޝިޕް ދައްކަވާތީ ޝުކުރު!
ސަމީރަ
12 January 2021
ޔުނިވަރސިޓީ މިހާރު ހާދަ ގަދަ ކޮށްފިޔޭ.