އިންޑިއާގެ ނަން އިނގިރޭސިން ލިޔާ ގޮތް ބަދަލުކޮށްގެން މާލޭގެ ގެއެއްގައި ރޭ ދަމާފައިވާ ބެނާއެއް.
22 އެޕްރީލް 2022 - 15:15
އިންޑިއާ އައުޓުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހަރަކާތެއް ކަމަށް ނިންމާފައި ވަނިކޮށް، ސްޕެލިން ބަދަލުކޮށްގެން ގެއެއްގައި ދެމި ބެނާ ވެސް ފުލުހުން ނަގައިފި އެވެ.
އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވުމާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން މިހާރު އެ ސްލޯގަން އިނގިރޭސި ބަހުން ބޭނުންކުރަނީ އިންޑިއާގެ ސްޕެލިން ބަދަލު ކޮށްގެންނެވެ. މާލޭގެ ގެއެއްގައި ރޭ ދަމާފައިވާ ބެނާގައި ލިޔެފައި ވަނީ "INDEAR OUT" އެވެ.
ނަމަވެސް ފުލުހުން މިހާރު ވަނީ އެ ބެނާ ވެސް ނަގައިފަ އެވެ.
ފުލުހުން ވަނީ އިންޑިއާ އައުޓް ކެމްޕެއިންގެ އިސް މޭސްތިރިޔާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި މިދިޔަ ބުދަ ދުވަހު ދެމި ބެނާ ވެސް ކޯޓު އަމުރެއްގެ ދަށުން ނަގައިފަ އެވެ.
ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވީ އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ގަރާރުގައި ރައީސް ވިދާޅުވި އެވެ.
ނަމަވެސް މިއީ ގާނޫނުއަސާސީން ދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ހިލާފު ގަރާރެއް ކަމަށް ބައެއް ގާނޫނީ ވަކީލުން ގެންދަނީ ބުނަމުންނެވެ. ރައީސްގެ ގަރާރަކުން ވެސް ގާނޫނުއަސާސީގައި ބުނާ ކަންކަން މަނާ ނުކުރެވޭނެ ކަމަށް އެ ވަކީލުން ބުނެ އެވެ. އެކަމަކު، އެ ގަރާރުގެ ދިފާއުގައި ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އިދިކޮޅު ޕީޕީއެމްގެ ބައިވެރިޔާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނޫސްވެރިން ގާތު އިއްޔެ ވިދާޅުވީ، "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް ސޯލިހު ނެރުއްވި ގަރާރަށް އަމަލު ނުކުރާނެ ކަމަށާއި އެ ގަރާރު ބާތިލްކުރަން ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
82929ސޖ
24 April 2022
"ވީ އެކުސް" ބާގައިގެ ޝޯރޓުކަޓޭމެންގެ އެހީތެރިކަން ހޯދާލާ... އޭރުން އެންމެ ވޮވެލް އެއް ނުލާ ތި އެއްޗެހި ލިޔެލާނެ...ދެން ފަހަރެއްގަ ކިޔާ މީހާ ކޮންފިއުސް ނުވެދާނެއެކޭ ނޫން..
ޢަޙުމަދު.
23 April 2022
ބީރު ބޮލުވަޒީގެ ބުއްދިއަށް އިންޑިއާ އައުޓް ޖެހިމަވެސް ކާމަޔާބެއްނުވިދޯ.؟ ކާމިޔާބު ވޭތޯ އެ އަކުރު ތަކުން މޮޅު ހިސާބެއް ހަދާބަލަ. ؟
ރައްޒާގު
23 April 2022
ތި ގޮތަށް ރަސިޔާ އައުޓް ގޮވި ބައިގަޑެއް ޔޫކްރޭނުގަ ވެސް އުޅުނު. ނަތީޖާ ފެނިއްޖެ.
ރަގަޅުގޮތް
23 April 2022
INDEAR OUT ނުބައި. ބެނަރ ގަ އޮތީ IN DEAR OUT
އަންނައުނު
23 April 2022
ޕީ.ޕީ.އެމް އިންގުލިޝު
ބަރާބަރު
22 April 2022
ޓްވިޓަރ ފޭސްބުކް ވެސް އެހެން ޖަހާ އެކަުންޓްތަށް ބޮލޮކް ކުރަންވީ...
އައްލާ
22 April 2022
މިފަހަރުގެ ބެނާ ލިޔުނީ އަދުރޭ ލައްވާ.
ލ.އަތޮޅު
22 April 2022
ދެންޖަހާ " ބާރަތު އައުޓް " ނޫނީ ޖަހާ " ބާރަތު ބަހާރު ގުސަޅްދޭ "
ރެޓޭ
22 April 2022
ކުރިއަށް އޮތްތަނުގަ ފުލުހުން ކުރަންޖެހޭ މަސައްކަތުގެ 99 ޕަސަންޓަކަށް ވާނީ ބެނާ ނެގުން!
ޖހދގފފދ
22 April 2022
ޔާމީނު ސްޕެލިންބީއަކަށް ފޮނުވާ ސްޕެލިން ދަސްކޮށްދޭންވީ.