ގއ. ވިލިނގިލީގެ ކޯޓުގެ ބޭރުގައި ފުލުހުން ހަރަކާތްތެރި ވަނީ: އަންހެނެއްގެ އިނގިލި ބުރިކޮށްލައިގެން ހައްޔަރުކުރި މީހާ އެ ކޯޓުގެ ހުރުމަށް ކަނޑައިގެން ޖަލަށް ލާން ހުމްކޮށްފައިވޭ -- ފޮޓޯ: މިހާރު
03 މެއި 2022 - 18:50
ގއ. ވިލިނގިލީގައި އަންހެނެއްގެ އަތުގައި ފިރިހެނަކު ދަތް އަޅައި، އޭނާގެ އިނގިލި ބުރިކޮށްލައިފި އެވެ. އަދި އެ މައްސަލައިގައި ތުހުމަތުވާ ފިރިހެން މީހާ ތަހުގީގަށް ބަންދުކުރުމުގެ ހުއްދަ ހޯދަން ކޯޓަށް ގެންދިއުމުން، ކޯޓުގެ ހުރުމަތް ކެނޑުމުން ޖަލަށް ލާން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
ފުލުހުން ބުނީ ވިލިނގިލީގެ ގެއަކަށް ފިރިހެނަކު ގޮސް، އެ ގޭގެ މީހުންނާ ޒުވާބުކޮށް، ތަޅައި، މާރާމާރި ހިންގާފައިވާ މައްސަލައެއްގެ ރިޕޯޓް އިއްޔެ ހަވީރު ލިބުނު ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ. އެ މާރާމާރީގައި ހަތަރު މީހަކަށް އަނިޔާވި އެވެ. އެއީ އިނގިލި ބުރިވި 39 އަހަރުގެ އަންހެން މީހާ އާއި 74 އަހަރުގެ ފިރިހެނަކާއި އުމުރުން 60 އަދި 31 އަހަރުގެ އަންހެނަކަށެވެ.
ތުހުމަތުވާ ފިރިހެން މީހާ ބަންދުކުރަން ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އަމުރުކުރި އެވެ.
ބަންދުގެ މުއްދަތު ގެންދިއުމުން އޭނާ ކޯޓުގެ ހުރުމަތްކަނޑާފައި ވާތީ 150 ދުވަހަށް ޖަލަށް ލުމަށް ވެސް ހުކުމް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ވިލިނގިލިން "މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ފިރިހެން މީހާ ދަތް އަޅައި، އިނގިލި ބުރިކޮށްލީ އޭނާގެ ކުރީގެ އަންހެނުންގެ ދައްތަގެ ކަމަށެވެ. އަނިޔާވި މީހުންގެ ތެރޭގައި އޭނާގެ ކުރީގެ އަންހެނުން ވެސް ހިމެނޭ ކަމަށާއި އެ ފިރިހެން މީހާ އުޅެނީ އެ ކައިވެންޏަށް ލިބިފައި ތިބި ކުދިން އަތުލަން ވެގެން ކަމަށް އޭނާ ބުންޏެވެ.
އެ ކުދިންގެ ތިބެނީ އަންހެން މީހާގެ ބެލެނިވެރިކަމުގެ ދަށުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިކިލީކުސް
04 May 2022
ތީގެން އެނގެނީ ބައްޕައެއްގެ މަގާމަށް އޭނަ ކުފޫ ހަމަނުވާކަން. ބަލަ އަހަރެމެންގެވެސް ﷲ އިރާދަފުޅުން މިހާރު 4 ކުދިން ލިބިއްޖެއޭ. ފުރަތަމަދަރި ލިބުނުފަހުން ވަރިވެސް ކުރިން. ޒުވާބުކުރި އަޑެެއް ދަރިޔަކަށްވެސް ނީވޭނެ. 2 ވަނަ ކާފަދަރި މިލިބެނީ. ދުވަހަކުވެސް އަނބިމީހާއަށް އަނިޔާ ނުކުރަން. ރުޅިއައިސްގެން އަތް އިސްކުރާނީ އަންހެނުން. އެމީހުން ޖެހިޔަސް އަހަރެމެން ޖަހައިގެން ނުވާނެ! އެމީހުން ޖަހާނެ. އެއީ ޟައީފު ބައެއް. 24 އަހަރު މިވީ އިނދެގެން އުޅޭތާ
ފިރިހެނުން
04 May 2022
އަންހެނުން “އަތް އިސްކުރުން” އޯކޭ ވަނީ ކިހިނެއް؟ ތީ ހާދަ މަޖާ ވާހައެކޭ
އަބްޑޫޅް
05 May 2022
ނިސާ ސޫރަތުގެ 34 ވަނަ އާޔަތް ކިޔާލާ. އަދި ވަކިން، އެ އާޔަތުގެ އަންނަނިވި އިބާރާތުގެ މާނައިގެ މައްޗަށް ވިސުނާލާ. وَٱضۡرِبُوهُنَّ
ސިވާ
04 May 2022
ތިވަރުގެ މީހަކު ދަރިންނޭ ކިޔަައިފައި އަނގަ ހުޅުވަނީ ކީއްކުރަން؟؟
ދިއެޓޯލްޑޮޓްކޮމް
04 May 2022
ކައިވެނިރޫޅުމަށްފަހު ވަރަށްގިނަފަހަރު ދުވަސްތަކެއްވަންދެން އެކިކަހަލަ ހަމަނުޖެހުންތައްހިނގާ ހިތްހަމަނުޖެހުންތައްހުރޭ!! އެއްވެސްމީހަކަށް އަނިޔާވެރިވެގެންނުވާނެ، އުމުރުންދުވަސްވީ ބަޔަކަށްވެސް ތިޔަވަނީ އަނިޔާވެފަ، މީހަކު ރުޅިއައިސް ނުވަތަ އިމޯޝަނަލީ ހާޓުވެފައިވަނިކޮށް ކޯޓުގެ ހުރުމަތޭކިޔާފަ ކޮންސަކަރާތެއް؟ މީހާ ހަމަޖެހިލަން ކޮންމެވެސް ވަރަކަށް ވަގުތުދޭންޖެހޭ، އަހަރެމެން އެންމެންގެ ގާތައްވެސް ރުޅިއާދޭ އަދި ރުޅިމަތީގައި ކުރަންބޭނުންނުވާ ކަންކަންކުރެވޭ
ހުސެން
04 May 2022
ތިޔަހެންއުޅުނީމާ ހަގީގަތުގައި ހުރިހާގެއްލުމެއް ލިބޭނީ ދަރިންނަށް، ދަރިން މަންގެ ބެލެނިވެރިކަމުގައި ބައިތިއްބަން ބޭނުންނުވާ އެކަށީގެންވާ ސަބަބެއްއޮތްނަމަ ކޯޓާއި ޖެންޑާ މެދުވެރިކޮށް ދަރިން ހޯދޭނެ، އެހެންނޫނީ ދަރިންނަށް އެންމެ ރަނގަޅުވާނީ މަންމަގެ ގާތުގައި ތިބުން އަދި ބައްޕައަށް ފައިނެންޝިއަލީ ދަރިން ބަލާބޮޑުކުރުމަށް އެހީތެރިވެވިދާނެ، ވަރިވުމުގެ ހިތާމައިގާ ނުވަތަ ހޫނުގަނޑުގައި ތިޔަހެން އުޅުމަކީ އެއްގޮތަކަށްވެސް ނަތީޖާ ރަނގަޅުވާނެކަމެއްނޫން
ހިއުމަން
03 May 2022
ސިކް ބާސޓޑް
ސާލިހް
03 May 2022
ވަރަށް ދީނީ މީހެއް މީ. ﷲ އެންގެވިގޮތޭކިޔާފަ ކޮންމެ ފަދަ ނުބައިކަމެއްވެސް ކުރެވިދާނެ. ރަނގަޅަށް ދީން ދަސްކޮށްދޭންވީ ޖަލަކަށްނޫންލާން ވީ ދެން ތިތަނުން ނުކުންނަ އިރު އެއް ދަރަޖަ ކުރިއަރާފަ ހުންނާނީ.
ވިލިއިގިލި
03 May 2022
މިހާރު ތިވީގޮތުން ކިޔަންޖެހެނީ ވިލިއިގިނލި
ޤަދްޤާމް
03 May 2022
ތިޔައީ ސުއަރޭޒްއާއި ތިމާގެ ކުއްޖެއްތަ؟ ތިއައީ ސަލަފް ޖަމިއްޔާ ސޮރެއްނަމަ ނަމަ ބާސާއަށް ތިސޮރު ވިއްކާލާ.
ބިލް ކުލިންޓަން
03 May 2022
ހާދަ ނުލަފާމީހެކޭ.
އެންދެމޭބޭބެ
03 May 2022
އޭނައަށް އެނގިފައި އޮންނަނީ ލޭޑީޒްފިންގަރ އަކީ ކާއެއްޗެއް ކަން. އެއީއޭ ވީގޮތަކީ.