ކާމިޔާބަށް ފަހު ފައްޔާޒް މިރޭ އުފާ ފާޅުކުރައްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 މެއި 2022 - 00:39
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު މަސައްކަތް ކުރެއްވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
ފަހުގެ ތާރީޚެއްގައި ބޭއްވި އެމްޑީޕީގެ އެތެރޭގެ އެންމެ ވާދަވެރި އިންތިޚާބުގައި ޗެއާޕާސަންގެ މަގާމު ބޮޑު އަޣުލަބިއްޔަތަކުން ފައްޔާޒް ކާމިޔާބު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާ ވާދަ ކުރައްވައިގެންނެވެ.
އިންތިޚާބު ކާމިޔާބީ ފާހަގަކުރަން މިރޭ ހަފުލާގައި، ފައްޔާޒްގެ ބޭނުމަކީ ނަޝީދުގެ ބާރު ޕާޓީން ކަނޑުވާލުން ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކާ ގުޅިގެން ނޫސްވެރިއަކު ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ބަހުގެ ހަމަލާތައް ބަދަލު ކުރިޔަސް، ނަތީޖާއަށް ފަހު އެފަދަ ހިތްބުރަ ކަމެއް ޕާޓީގެ ތެރޭގައި ނޯންނާނެ ކަމަށެވެ. އަދި ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން ނަޝީދާ އެކު، މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ކާމިޔާބަށް ފަހު ފައްޔާޒް މިރޭ އުފާ ފާޅުކުރައްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ރައީސް ނަޝީދަކީ އަޅުގަނޑަށް ވަރަށް ފަސޭހަކަމާ އެކު މަސައްކަތް ކުރެއްވޭ ބޭފުޅެއް. އަޅުގަނޑަކީ ސިޔާސީ މީހެއް. އަޅުގަނޑުގެ ޕާސަނަލް ކަމެއް ނޯންނާނެ. އަޅުގަނޑު ދެކެނީ ރައީސް ނަޝީދަކީ ވެސް އެފަދަ ބޭފުޅެއް ކަމަށް." ފައްޔާޒް ވިދާޅުވި އެވެ.
އިންތިޚާބަށްފަހު ޕާޓީ ދެ ބައިވެފައިވޭތޯ އާއި އަލުން އެކުގައި މަސައްކަތް ކުރެއްވޭނެތޯ ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވީ އެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި ކުރިން ވެސް އެފަދަ ވާދަވެރި އިންތިޚާބުތައް އެމްޑީޕީގެ އެތެރޭގައި ހިނގާފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް އިންތި އާ އެއްކޮށް ވެސް އިންތިގެ ޓީމާ އެއްކޮށް ވެސް މަސައްކަތް ކުރެވޭނެ. އަޅުގަނޑު އަތްވަނީ ހުޅުވިފައި އެ ބޭފުޅުންނާ އެކު މި ޕާޓީ ހިންގާލުމުގެ މަސައްކަތުގައި." ފައްޔާޒް ވިދާޅުވި އެވެ.
ކާމިޔާބަށް ފަހު ފައްޔާޒް މިރޭ އުފާ ފާޅުކުރައްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ކެމްޕެއިންގައި ދެއްކެވި އެއްވެސް ވާހަކައާ މެދު އަޅުގަނޑުގެ ހިތް ބުރަކަމެއް ނެތް. އަޅުގަނޑާ އެކު މަސައްކަތް ކުރުމުގައި އެއްވެސް ދަތިކަމެއް ނޯންނާނެ. އަޅުގަނޑު ދެކެނީ އެ ބޭފުޅުން ވެސް ދެކެވަޑައިގަންނަވާނެ ގޮތަކީ އެއީ ކަމަށް" އޭނާ ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި ވޯޓުގެ ނަތީޖާއިން އެނގުނީ އެމްޑީޕީގެ މެމްބަރުން މި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މެދު ހިތްހަމަޖެހޭ މިންވަރެވެ.
"އަޅުގަނޑު އެއްވެސް ގޮތަކަށް ނުދެކެން މިއީ އެމްޑީޕީގެ މެމްބަރުން އަޅުގަނޑަށް ދިން ވޯޓެއް ކަމަކަށް. އަޅުގަނޑު ދެކެނީ މިއީ 2023 ހޯދުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ސަރުކާރާ އެކު މަސައްކަތް ކުރުން ކަމަށް ޕާޓީގެ ހުރިހާ ލީޑަރުންނަށް އާންމު މެމްބަރުން ދިން މެސެޖެއްގެ ގޮތުގައި." އޭނާ ވިދާޅުވި އެވެ.
ކާމިޔާބަށް ފަހު ފައްޔާޒް މިރޭ އުފާ ފާޅުކުރައްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން އޭނާ ތަކުރާރު ކުރެއްވި އެވެ. އެކަމަކު ގޮތެއް ނިންމާނީ ޕާޓީގެ އެތެރޭގެ ގުނަވަންތަކުން ކަމަށް ވިދާޅުވި އެވެ.
"ޗެއާޕަސަން ކަމާ ހަވާލުވުމުގެ މަގުމަތީގައި މި އުޅެނީ. އެހެންވުމުން އަޅުގަނޑުގެ ޕޮޒިޝަންސް ހުންނާނީ ނިއުޓްރަލްކޮށް." ރިޔާސީ ޕްރައިމަރީއަކަށް ދާން ތާއީދު ކުރައްވާނެތޯ ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވި އެވެ.
ޗެއާޕާސަންގެ މަގާމު ލިބިވަޑައިގަތުމާ އެކު، އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ އެމްޑީޕީގެ އިސްލާމީ އެންމެ މަތީ މަޖިލިސް އަލުން އެކުލަވާލުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އަދި ޕާޓީގެ ކޮމެޓީތައް އިތުރަށް ވަރުގަދަކޮށް، ސަރުކާރާ ގުޅިގެން ސިޔާސަތުތައް ކަނޑައެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާފު
16 May 2022
ނަސީދު ދެން ސިޔާސީ ދާއިރާއިން އެއްކައިރިވެލާ
ވިދުން
16 May 2022
ބުރަކަން ދިޔައީ ހޮވުނީމަ އެހެންނޫންނަމަ ނުވެސް އުފުއްލޭން ބުރަކަމުން
ރޯޒަސް
15 May 2022
އަޅޭ ޕުއަރ ނަޝީދު.. އޭނަގެ ދެން އެއްވެސް ބާރެއް ނެތީތަ މިހާރު؟
ނައިފަރު ރީނދުލެއް
15 May 2022
ރައީސް ނަޝީދުގެ ބަހާއި ޢަމަލު ދިމާނުވާތީ ބަލައިގަންނަން އުނދަގޫވަނީ. ކާމިޔާބީ ހިތްތިރި ކުރަން ވިދާޅުވެފައި، ނައިފަރުދާއިރާގެ މެމްބަރު ގައިގައި މަޖުލިސް މެމްބަރުން ލައްވައި ތެޅުއްވި. އެއީ މިބުނާ ވާހަކައަކީ. އެގޮތް ބަދަލު ކުރަން އައި މީހުން މިއީ.
ހިހޫތަނުންކާމީހާ
15 May 2022
އަންނިގެ ނުފޫޒާހެދި އިންތިއަކަށް ވޯޓެއްނުދެން. ފައްޔާޒަކީ ސަރުކާރު އުފެދުމުން އުފެދުނު ބުރޯއެއް. ސަރުކާރު ނިމޭއިރަށް ނިމޭނެ، އެހެންވެ ވޯޓެއްނުދެން. ދެން އޮތީ ރިޔާސި އިންތިހާބު، ގަޅި ހަދާފިއްޔާ އެވެސް ގެއްލޭނީ. ކޮރަޕްޓް ޔާމީނަކަށް މައުމޫނަކަށް ގާސިމަކަށް ބާގީއަކަށް ވޯޓެއް ނުދޭނަން. އަހަރުމެންގެ ބައިވެރިވުމާނުލާ ކޮންމެވެސް ސަރުކާރެއް އަންނާނެ.
ހޫނު
15 May 2022
ދެން ތިކޮމެންޓުވެސް ނުކޮށް މަޑުކޮށްލިނަމަ... ކޮންމެވެސް ބަޔަކު ކޮމެންޓު ކޮށްލީމައި އެކިޔާލާއިގެން ހުރީމައި ފުދޭނެ
ާއުނިމާ
15 May 2022
ސަރުކާރުގެ ނުފޫޒާބާރާ ޕޮރޮޖެކްޓްތައް ވަޒީފާތަށް ކުންފުނިތައް ބޭނުންކޮށް ހުތުރު ކޭންޕޭނެއް ކުރުމަށްފަހު ދެން ކޮންވާހަކައެއްތޯ
ލޮލީޖޮލީ
15 May 2022
އެންމެ ރަނގަޅު ގޮތަކީ އަންނި ދެން ސިޔާސީ ކަންކަމުން ދުރަށް ދިޔުން އެމްޑީޕީ އަށް ވެސް މޮޅުވާނީ އެގޮތް
އިހްސާސް
15 May 2022
ބިދޭސީންގެ މައްސަލަ ހައްލެއް ނުވިނު. އިސްތިއުފާދީ ފައްޔާޒު. ބިދޭސީން ރެގިއުލޭޓުކުރަންޝޭކިޔާފަ ތިތާމީހުން ބޮޑުއަދަދުން ފައިސާ ދޭބަޔަކަށް އެކަނި އަވަސްކޮށްދެނީ. މަބިދޭސީއަކު ރެގުލޭޓުކުރަން ލައިގެން އުޅޭތާ އަހަރެއްވެގެން ދިޔައީ މިނިސްޓްރީއަށް ގުޅާއަދި އީމެއިލްކުރާ ކޮންމެފަހަރަކު އެއީ ބެންޗްމާކެއް އޮންނަ ކަމެއްނޫނޭކިޔާލަ ކިޔާލަ ތިބެނީ. ފައްޔާޒަކީ ނާގާބިލުމީހެއް. ދެންއަދި އެމްޑީޕީ ފުނޑޭނީ.
ރޯޒަސް
15 May 2022
ނަޝީދު ހުރެގެން ނުފުނޑުން އެމްޑީޕީއެއް ވަކި ފައްޔާޒު އައިސްގެން ނުފުނޑޭނެ.
ވސނ
15 May 2022
ތިކަން ތިގޮތަށްވެއްޖެނަމަ، ތިލިބުނީ ކާމިޔާބީއެއް. ޢާއިލީމީހުނާއި ގާތްއެކުވެރިން އިސްކޮށް ނުފޫޒު ފޯރުވައި ރައްޔިތުންގެ ޚިޔާލުނުހޯދައި ވަކިބަޔަކު ބޭނުންވާހައި ގޮތްގޮތަށް ކަންތައްކުރަންދިމާކޮށްފިނަމަ، އެވެއްޓެނީ ތަވައީން އަލިފާނަށް.
ޙަސަން އަޙްމަދު
15 May 2022
މިހާރަކަށް އައިސް ބަލިވި ޓީމުން ކާމިޔާބުކުރި ޓީމަށް ތަހުނިޔާ ކިޔާތަނެއް ނުފެނޭ. އެއަށް ވުރެ ކެންޕޭނު ހަޑީ. ވާދަވެރިކަމާ އަދާވާތްތެރިކަމާ މީވެސް ދެކަމެއް.