ރާއްޖޭގެ ރަށެއް. ރިސޯޓު ތަރައްގީ ކުރަން އައިއެފްސީން ދިރާސާއެއް ކުރަނީ--
19 މެއި 2022 - 15:31
ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ހަދަން ދޫކުރި ރަސްތަކުގެ ތެރެއިން މިހާތަނަށް ނުހެދި ހުރި ރަށްތަކާ ގުޅޭ ދިރާސާއެއްކޮށް އެކަމަށް ހައްލެއް ހޯދައިދިނުމަށް ވޯލްޑް ބޭންކްގެ ދަށުން ހިންގާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން މަސައްކަތް ފަށައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ ދިރާސާގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި މިކަން ކުރުމަށް ވަކި ވަކި ރަށްތަކާ ގުޅޭ ގޮތުން ހާއްސަ ދިރާސާއެއް ކުރާނެ އެވެ. އަދި ތަރައްގީކުރުން ހުއްޓިފައިވާ ސަބަބުތައް ދެނެގަނެ، ހައްލުތައް ހޯދަން ސަރުކާރާ އެކު މަޝްވަރާތައް ކުރާނެ ކަމަށް ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ހެދުމަށް ދޫކުރި ރަށްތަކުގެ ތެރެއިން އެގްރީމެންޓާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާ 80 އަށް ވުރެ ގިނަ ރަށްތައް އެބަ ހުއްޓެވެ. އޭގެ ތެރެއިން 21 ރަށެއްގެ މުއްދަތު އިތުރު ކުރުމަށް ޓޫރިޒަމް މިނިސްޓްރީއަށް އެދިފައިވެ އެވެ. މި ރަށްތަކުގެ ތެރެއިން ގިނަ ރަށްތަކަކީ ރިސޯޓު ހެދުމަށް ހަވާލުކުރިތާ 15 ވަރަކަށް އަހަރު ވެފައިވާ ތަންތަނެވެ.
ޓޫރިޒަމް މިނިސްޓްރީން ރިސޯޓެއް ތަރައްގީ ކުރަން އާންމު ގޮތެއްގައި ދެނީ ތިން އަހަރުގެ މުއްދަތެކެވެ. އެހެން ނަމަވެސް ފަޅެއް ހިއްކާ ނަމަ ފަސް އަހަރުގެ މުއްދަތު ދެ އެވެ. އަދި މުއްދަތު އިތުރުކުރަން ހުށަހެޅުމުން ހާލަތަށް ބަލައި އެގޮތަށް ހަމަޖައްސާދެ އެވެ. އެމިނިސްޓްރީން ބުނީ ގިނަ ރިސޯޓުތައް ނުނިމި ހުރީ ތަރައްގީ ކުރަން ބޭނުންވާ ފަންޑު ނެތިގެން ކަމަށެވެ. އައިއެފްސީގެ ދިރާސާއަށް ފަހު ރިސޯޓުތަކަށް ފަންޑު ހޯދޭނެ ހައްލުތައް ހަމަޖައްސައިދޭނެ އެވެ.
ރާއްޖޭގައި ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރަމުންދާ 140 ރަށް އޮތް އިރު ގާތްގަނޑަކަށް 150 ރިސޯޓެއް އަންނަނީ ހިންގަމުންނެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕިސްޕިސް
28 May 2022
ލާރިނެތީ ކޮށްދިރާސާއެއް ހަދާކަށް.. ތިޔަދިރާސާ އަށް ވެސް މިލިޔަނުން ޚަރދުކުރަދު ކުރަން ތިޔަ އުޅެނީ
ފައިސާނެތުން
20 May 2022
ފައިސާ ނެތިގެން ރިސޯޓު ނުހެދިގެން އުޅޭނަމަ އެކަމުގަ އާންމު ރައްޔިތުން ބައިވެރިކުރުން މަޖުބޫރުކުރޭ. ރިސޯޓު ހަދަން އުޅޭމީހުން އެގޮތްބޭނުންނުވަނީ އެހެން ހަދައިފިނަމަ ހުރިހާކަމެއް ދެފުއް ފެންނަގޮތައް ކުރަން ޖެހޭނެތީ. ލިބޭފައިސާއާ އެހަރަދުކުރާގޮތުގެ ތަފްސީލުތައް ހާމަކުރަން މަޖުބޫރުވާނެތީ.
ކޮރަލް
19 May 2022
ދިރާސާ އެއް ހަދަން ޖެހޭ ކަމެއް ނޫނެވެ. ރަށްތައް ދޫކޮށްފަ ވަނީ އެގްރީމެންޓް އެއްގެ ދަށުންނެވެ. ދެން އެގްރިމެންޓް އާ ހިލާފް ވީމަ ރަށްތައް ސަރުކާރަށް ނެގޭނެ އެވެ. އޭރުން އެރަށް ތައް އެހެން ބަޔަކަށް ދިނުމުން ހަދާ ފާނެ އެވެ. ވަގުތު ވެސް ސަލާމަތް ވީ އެވެ. ދެން އެތައްލައްކަ ޑޮލަރެއްގެ ކޮރަޕްޝަން ފައިސާ ނަގާފަ ރަށްތައް ދިނީމަ ދިރާސާ ތައް ވަރަށް ދިގު ވާނެ އެވެ.