ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސް ރައީސް ނަޝީދު: ލަންކާއަށް އެހީ ހޯދަން ނަޝީދު ހަމަޖެއްސެވުމުން ރައީސް ވަނީ މަރުހަބާ ވިދާޅުވެފައި -- ފޮޓޯ/މަޖިލިސް
19 މެއި 2022 - 22:02
ސްރީ ލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދާ އެ ގައުމުން ހަވާލު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކަމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެ ގައުމަށް ބޭރު އެހީ ހޯދުމުގެ ޒިންމާ ނަޝީދާ ހަވާލު ކުރެއްވީ އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ. އެއީ ނަޝީދާ އެކު ރަނިލް ބޭއްވި ބައްދަލުވުމެއްގައި އެކަމަށް ނަޝީދު އެދިވަޑައިގަތުމުންނެވެ.
އެކަމަށް މަރުހަބާ ވިދާޅުވެ، ރައީސް މިރޭ ކުރެއްވި ޓުވީޓެއްގައިވަނީ ލަންކާއަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމުގައި އެހީވެވެން އޮތް ކޮންމެ ގޮތަކަށް ރާއްޖެއިން އެހީވާނެ ކަމަށެވެ.
We welcome Pres. @MohamedNasheed ’s appointment by PM @RW_UNP to coordinate international relief efforts for Sri Lanka.
— Ibrahim Mohamed Solih (@ibusolih) May 19, 2022
Maldives will always stand with Sri Lankans and will support Sri Lanka in every possible way to overcome these difficult times.
ރައީސްގެ ޓްވީޓް
ލަންކާގެ އިގްތިސާދީ ހާލު ދަށްވެ، ބޭރު ފައިސާ ލިބުން ހުއްޓުމުން ގައުމު ބަނގުރޫޓްވުމާ ގާތަށް މިހާރު ވަނީ ގޮސްފަ އެވެ. މުވައްޒަފުންނަށް މުސާރަ ދޭނެ ގޮތެއް ނެތިގެން ފައިސާ ޗާޕް ކުރަން ޖެހިފައިވާއިރު، ތެލާއި އެހެނިހެން ޒަރޫރީ ތަކެތި ވެސް ވަނީ ހުސްވެފަ އެވެ.
އެކަމާ ހިތްހަމަނުޖެހިގެން ރައްޔިތުން ނިކުމެ ކުރި މުޒާހަރާތަކާއި ހިންގި ހަމަނުޖެހުންތަކަށްފަހު ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވީ މިދިޔަ ހަފުތާގަ އެވެ. އެކިފަހަރު މަތިން ބޮޑުވަޒީރުކަން ކުރެއްވި ރަނިލް އަލުން މަގާމަށް ވަޑައިގަތީ އެ ހިސާބުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަބުނީ
22 May 2022
އަހަރެމެންގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެހެރަ މާތް މީހާ މި ފެންނަނީ ލަންކާ މީހުންގެ ހައްމާރަކަށް ވެގެން ކުރޮޅީގެ ޑްރައިވަރަުކަން ކުރަން އިންދާ އެވެ.
ބިރެއްނު
21 May 2022
އެމްޑީޕީގެ ކުރީގެ ޗެއަރޕާރސަން ރީކޯ މޫސާ ބުނެފަ އޮތް މި ނޫހުގެ ލިއުމެއްގަ، ޕާޓީއަށް ލިބޭ ފައިސާގަ އަތްލުމުގެ ބާރު ކަނޑުވާލައި އެކަން ކުރެވެމުން ދިއައީ ނަޝީދު ބޭނުންވާ ގޮތަށް ކަމަށާ މިދިޔަ 17 އަހަރު ތެރޭގައި އެތައް މިލިއަން ފައިސާއެއް ޕާޓީއަށް ލިބިފައި ހުރިއިރު އެ ފައިސާއަށް ވެފައިހުރި ގޮތެއް ނޭނގޭ ކަމަށް. އެވަރުގެ މީހަކާ މިލިއަނުން ފައިސާގެ އެހީ ހޯދުމުގެ ކަންކަން ހަވާލުކުރީމަ އުފާ ކުރެވެން އެބައޮތްބާ.
އުފާ
21 May 2022
މިގައުމުގެ ސިޔާސީ މަސްރަހުން ކުޑަ ޗުއްޓީއެއް ނަގާލައިގެން އެހެން ގައުމެއްގެ ކަމަކާ މާ ބިޒީވެގެން އުޅުމަކީ އިބޫ ސޯލިހަށް މިވަގުތަށް ވަރަށް ބޮލަށް ފަސޭހަވާނެ ކަމެއް. އެކަމު ބޮޑަށް ބެލެވެނީ މިއީ އިންޑިއާއިން ކޮންމެވެސް އިޝާރާތެއް ލިބިގެން ކުރަން އުޅޭ ކަމަކާ. އިންޑިއާގެ އޭޖެންޓަކަށް މިސަރަހައްދުގަ އައްޔަންކޮށްފަ ގާތްގަޑަކަށް ހުންނަނީ. މިހާރުވެސް ލަންކާ މައްސަލައިގެ ތެރެއަށް އިންޑިއާ އެބަ ވަދޭ. ފުރުސަތުގެ ބޭނުން އެންމެ ރަގަޅު ގޮތުގައި ހިފަން އުޅެނީ.
ރަހާބެ
21 May 2022
3 ރިސޯޓާއި ލެޕްޓޮޕަކުން ދިވެހި ރާއްޖޭ ހީންގޭނެ ކަމަށް ބުނެ ، ވެރިކަން ލިބުނީމަ ދިވެރާއްޖެ ސޭލްއަޅުވާލީ.
ތިއީ ދަންނަ މީހެއް
20 May 2022
ޥެރިކަމަށް އަރާދުވަހު ގައުމުގެ ޚަޒާނާއަށް 300 މިލިޔަން ޑޮލަރު ވައްދާނަމޭ ބުނި މީހާ ތިއީ. ވެެރިކަމުގެ ހުވާކޮށްފައި ލަންކާގައި ތިބޭ އެމެރިކާއާއި ޔޫރަޕް ސަފީރުންނާ ގުޅާފައި ފައިސާ ފޮނުވަން އެދުނީ. ސަފީރުން ބުނީ ފައިސާޔަކީ އެހެންް ދެވޭ އެއްޗެއް ނޫނޭ. 3 އަހަރުވީއިރު ގައުމުގެ ހަރުމުދާ ނުއަގުގައި ވިއްކައިގެން ލިބުނު އެއްޗެއް ނޫން އެހެން އެއްޗެއް ނުލިބުނު. ނަތީޖާއަކަށްވީ ޕްރެޝަރާހުރެ ވެރިކަން ދޫކޮށްލުން. މިއީ އޭނަގެ ފެންވަރަކީ.
ދިއްދޫމީހާ
20 May 2022
ފުރަތަމަވެސް ކުރާނެކަމަކީ ލަންކާގެ އެއާޕޯޓް ވިއްކާލާގެން ހިލޭ އެހީ ހޯދުން، އިންޑިޔާއިންވެސް ހިލޭ އެހީގެ ގޮތުގާ އަނބުރާ ދައްކަން 15ޕަސެންޓުގާ ލާރި ދޭނުން..
ހަސަނު
20 May 2022
ދިވެހި ސަރުކާރުން އަދި ދިވެހި ރައްޔިތުން ވެސް މި ދަނޑިވަޅު ބޮޑު އެހީއެއް ނުވަތަ ލންކާ ސަރުކަރުގެ ބޮންޑެއްގާ ބޮޑު ކޮށް އިންވެސްޓު ކުރަން ފެނޭ..
ކަނބިލި
20 May 2022
މިހާރު ރާއްޖެއިން ގޮތަކަށް ފައްސާލެވިފައި ހުރިމާ ސަމާލުކަން ހޯދަން ކޮއްލަން ރަނގަޅުކަމެއް ޗޮކަކުންދާނީ. އަނެއްކާވެސް ލަންކާއަށް އެހީހޯދާށޭ ކިޔާފައި ދައުލަތުގެ ބަޖެޓުން ޚަރަދުތައް ކޮއްގެން ޔޫރަޕަށް ދާން ތިޔް އުޅެނީ.
ނިޒާރު ދިއްދޫ
20 May 2022
އަވައްޓެރި އެކުވެރި ގައުމެއްގެ ގޮތުން ލަންކާއަށް އެހީވުމީ ކުރަންޖެހޭ ކަމެއް. އެކަމު އަމިއްލަޔަށް ބުނެކިޔައިގެން ދުނިޔޭގެ މަސްރަހުން ގެއްލެމުންދާ ތާއިދާއި މަސުހޫރުކަން ހޯދަން ޖައްސާ މޮޅު ސުޓަޓެން ގޮތުގައެއްނޫން މިކަން ކުރަންޖެހޭނީއްޔަކީ. މީނަކުރާކޮންމެއް ކަމެއްގައިވެސް ފޮރުވައިފަ އޮތްނަ ކޮންމެވެސް އަމިއްލަ ކަންތައްގަޑެއް އޮތްނާނެ.
މުގާބޭ2
20 May 2022
ގައުމުގެ ރައީސްކަން ނުވި މީހަކަށް ބޭރުގެ ޑިޕްލޮމެސީއަކަށް ކޮށްދެވޭނެ ކަމެއްނޯންނާނެ ، ނޯބަލް ޕްރައިސް ހޯދަން މާޒީ ރަނގަޅުކުރަންޖެހޭ