މީގެ ދެ ދުވަސްކުރިން އައިޖީއެމްޗުގައި މަހްމޫދު (ވ) އޮތްއިރު، އޭނާއާ އެކު އޭނާގެ ބައްޕަ.
22 މެއި 2022 - 12:28
ފުވައްމުލަކުގައި ޑައިވިން އަށް ގޮސް އުޅެނިކޮށް، ހާލު ދެރަވި ޒުވާނާ އިންޑިއާގެ ކޮޗީގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް އިއްޔެ ގެންގޮސް އޭނާގެ ފަރުވާ މިއަދު ފަށައިފި އެވެ.
މި މަހުގެ ދެވަނަ ދުވަހު ޑައިވިން އަށް ގޮސް އުޅެނިކޮށް އުމުރުން 18 އަހަރުގެ މަހްމޫދު ހާލު ގޯސްވެ، އޭނާ އަށް އެންމެ ފަހުން ފަރުވާދެމުން އައީ ޅ. ކުރެއްދޫ ރިސޯޓުގައި ހުންނަ ޑިކޯ ޗެމްބަރުގަ އެވެ. އޭނާ އަށް ފުރަތަމަ ފަރުވާދިނީ ދ. ކަނޑިންމަ ރިސޯޓުގައި ހުންނަ ޑިކޯ ޗެމްބަރުގަ އެވެ. އެކަމަކު ހާލު ރަނގަޅުނުވާތީ ނިއޮރޮލޮޖިސްޓަކަށް ދެއްކުމަށް މަހުމޫދު މާލެ ގެނެސް އޭޑީކޭ އަށް ވެސް ދެއްކި އެވެ.
މަހްމޫދުގެ އާއިލާގެ މީހަކު "މިހާރު" އަށް މިއަދު ބުނީ ރާއްޖޭގައި ހޯދި ފަރުވާ އާއި ޓެސްޓުތަކަށް ބެލުމަށް ފަހު، އަމްރިތާގައި އޭނާގެ ފަރުވާ ފަށައިއި މިއަދު ނާރުގެ ޓެސްޓުތަކެއް ވެސް ހަދަމުން އަންނަ ކަމަށެވެ.
އޭނާގެ ހާލު މަޑުމަޑުން ކުރިއަށް ވުރެ ރަނގަޅުވަމުން އަންނަ ކަމަށް ބުންޏެވެ.
މަހްމޫދުގެ ހާލު ގޯސްވެގެން އޭނާ އަށް ފަރުވާދެމުން އަންނައިރު، އޭނާއާ އެކު ފުވައްމުލަކުގެ "ޓައިގާ ޝާކް" ޑައިވިން ޕޮއިންޓަށް ޑައިވިން އަށް ފޭބި ފުވައްމުލަކު ނީމޯ، މުހައްމަދު ސައީދު 44، ގެއްލިގެން ހަފުތާއެއް ވަންދެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރުމަށް ފަހު، އޭނާ ނުފެނުމުން އެ މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ.
ތިން ކުދިންގެ ބައްޕައެއް ކަމަށްވާ ސައީދު ހޯދަން ބޮޑު ސަރަހައްދެއް ބެލި އެވެ. އޭނާ މަސް ހިފަން ގެންގުޅު އާލާތެއް ވެސް 59 މީޓަރު އަޑިން ފެނުނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
10 ވަނަ ފުލޯ
23 May 2022
ޢިންޑިޔާއިން ގޮވަން ވީ މޯލްޑިވްސް އައުޓް
އިޝްރާޤު
23 May 2022
އަދިވެސް ގެއްލުނު މީހާ ގެއްލުނީ ކީއްވެ ކަމެއް ނޭނގޭ. މަހުމޫދަށް މިހާރު ކިޔާދެވޭނެއެއްނުން ކަންވީ ގޮތް. މިހާރު އެންމެންވެސް އެނގެން ބޭނުންވާނީ ގެއްލުނު މީހާ ގެއްލެން ދިމާވި ސަބަބާ އެކުގައި ޑައިވްކުރި މަހުމޫދަށް ދިމާވި ހާދިސާ.
ޣއއި ފާތުމަ
22 May 2022
ޢިންޑިޔާ އައުޓް ކަރުން ނާރު ބުރިވަން ދެން ގޮވާ
ޙިނި
22 May 2022
މިފަދަ ބޮޑެތި ހާދިސާތައް ހިގާއިރު. ކީއްވެގެން ދިމާވި ކަމެއްތޯ ބަލާލާ ތަހުގީގެއްވެސް ނުކުރޭތަ އެ ކެޕޭސިޓީ ނެތީތަ. ބޭނުންކުރި އިކްއިޕްމަންޓު ތައްވެސް ޓެސްޓެއް ނުކުރޭތަ. ޢަދި ބަޔަކު ކުރިކަމެއްތޯވެސް ނުބަލަނީތަ؟
ހަސަންކޮޅު
23 May 2022
ހާދިސާ؟ ތަހުގީގު ކުރަންއޮތީ ކޮންކަމެއް
އިންޑިއާ އިންޑިއާ
22 May 2022
މިފަދަ ބޮޑެތި ކަންކަމުގައި ދިވެހިން އިންޑިއާ އަށް އަބަދުއަބަދު ދާންޖެހޭއިރު، ވެރިކަމުގެ ދަހިވެތި ކަމުގައި ރައީސް ޔާމީން ވިދާޅުވިޔަކަސް "އިންޑިއާ އައުޓް" ގޮވޭކަށް ނެތެވެ.
ސައީދަށް ވީގޮތެއް އެނގެން ބޭނުބްވާ މީހެއް
22 May 2022
މަހަމޫދަށް ވާހަކަ ނުދެއްކެނީބާ ނޫނީ އަތްފައި ހަރަކާތް ނުކުރެވެނީބާ ނޫނީ ހުރިހާ ކަމެއް ހަނދާނުން ފިލީބާ ސަޢީދަށްވީ ގޮތް ބުނެ ނުދެވެނީ. އޭނާ އަށް ވެގެން އުޅޭގޮތެއް އެނގޭ މީހަކު ބުނެލަ ދިނުން އެދެން .
އަހުމަދުބޭ
22 May 2022
މަހުމޫދު ތިކަން ހިނގައިދިޔަގޮތް ކިޔައިދޭނެ ދުވަހެއްގެ އިންތިޒާރުގައި މިތިބީ، މަހުމޫދަށް އަވަސް ސިފާއަކަށް އެދެން
ގަހޭ
22 May 2022
މަހުމޫދުގެ ފަރާތުން އޭނަގެ ރައްޓެހި ސަޢީދަށް ވީގޮތް ސާފުވާނެކަމަށް އުއްމީދުކުރަން. އަވަސް ޝިފާޔަކަށް އެދެން.
ހެޔޮއެދޭ
22 May 2022
މަހުމޫދުއަށް ﷲ ފުރިހަމަ ޝިފާއެއް ދެއްވާށި. އާމީން އަދި ސައީދު ގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.