މުނިފޫހިފިލުވުން / މަރުގެ އިންޒާރު

ސަލްމާނާއި އޭނާގެ ބައްޕަ އަށް މަރުގެ އިންޒާރުދީފި

ސަލްމާން ހާނާއި އޭނާގެ ބައްޕަ އަދި ކޮއްކޮމެން.

07 ޖޫން 2022 - 07:06

3 comments

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާނާއި އޭނާގެ ބައްޕަ ސާލިމް ޚާން، މަރާލާނެ ކަމުގެ އިންޒާރުދިން މައްސަލައެއް ބަލަން ފަށައިފި އެވެ. އިންޑިއާގެ ޕަންޖާބުގެ މަޝްހޫރު ރެޕާ، ސީދޫ މޫސް ވާލާ ގަޔަށް ބަޑިޖަހައި، މަރާލި މައްސަލައާ އެކު ސަލްމާންގެ ސެކިއުރިޓީ ވެސް ވަރުގަދަކުރި އެވެ. ސިންދޫ މަރާލުމުގެ ޒިންމާ ނަގާފައި ވަނީ 2018 ވަނަ އަހަރު ސަލްމާން މަރާލާނެ ކަމުގެ އިންޒާރު ދިން ގޭންގަކުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާންގެ ބައްޕަ އަށް ކާކުކަން ނޭނގޭ މީހަކު ފޮނުވި ސިޓީއެއް ލިބުނީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު ހިނގަން ނުކުމެ އުޅެނިކޮށެވެ.

އެ ސިޓީއާ ގުޅިގެން އިންޑިއާގެ ފުލުހުން ބުނެފައި ވަނީ ސަލްމާނާއި އޭނާގެ ބައްޕަ އަށް ދީފައި ވަނީ މަރުގެ އިންޒާރު ކަމަށެވެ. އޭގައި ވަނީ ސީދޫ އަށް ކޮށްލިވަރު އެ މީހުންނަށް ވެސް ކޮށްލާނެ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ސިޓީ ފެނުނީ ބެންޗެއްގެ މަތީގައި އޮއްވާ ސާލިމްގެ ސެކިއުރިޓީ އޮފިސަރަކަށެވެ. ސާލިމަކީ އަބަދުވެސް ކޮންމެ ދުވަަހަކު ހެނދުނު ހިނގާލަން ނުކުންނަ މީހެއް ކަމަށާއި އާންމުކޮށް އޭނާ ކޮންމެ ދުވަހަކު ވެސް ވަކި ސަރަހައްދެއްގައި ބްރޭކެއް ނެގުމަށް ހުއްޓޭ ކަމަށް ފުލުހުން ބުނެ އެވެ. އިންޒާރުގެ ނޯޓު ބާއްވާފައި އޮތީ އެތަނުގައި ކަމަށްވެ އެވެ.

އެ މައްސަލައާ ގުޅިގެން އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖް ބަލައި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން ސަލްމާންގެ ސެކިއުރިޓީ ވަރުގަދަކޮށް އެގޭގެ ދޮށުގައި ފުލުހުން ދަނީ ފޯރިމަރަމުންނެވެ.

3 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށަވިޔަނި

07 June 2022

ސާލިމް އެއް ނޫން. ސަލީމު. ސަލީމް ޖާވިދް ގުޅިގެން ވަރަށް ކާމިޔާބު ފިލްމު ތަކުގެ ސްޓޯރީ ލިއެފައިވޭ.

The name is already taken The name is available. Register?

الرديف الرسمية

07 June 2022

އެއްވެސް މީހަކަށް މަރުގެ އިންޒާރުދީގެން ނުވާނެ.މަރު އެއީ ވަކި ފަރާތަކުން ގެންދަވާ އެއްޗެއް.ވ.ވެދުން

The name is already taken The name is available. Register?

ޣފގހފ

07 June 2022

އަރަބިން ނަން ލިޔުނަސް ހިތްހަމަ ނުޖެހޭ ކޮމެންޓެއް ނަމަ ލިޔާނަން. ޔޫވޭ މިހާރު ތިޔަ ބުނީ ރަނގަޅު ވާހަކައެއް. ވެދުން ވ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454