15 ޖޫން 2022 - 13:28
އީރާންގެ އަސްކަރީ އަދި ޖައްވީ ދާއިރާގައި މަސައްކަތްކުރާ ދެ ސައެންސްވެރިއަކު، މިދިޔަ މަހުގެ ތެރޭގައި ކުއްލި ގޮތަކަށް މަރުވެފައިވާ އިރު، އީރާނުން ތުހުމަތުކުރާ ގޮތުގައި އެ ދެ ސައެންސްވެރިންގެ މަރުގެ ފަހަތުގައިވަނީ އިޒްރޭލް ކަމަށް، އެމެރިކާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
އެމެރިކާގެ ނިއު ޔޯކް ޓައިމްސް އިން ބުނެފައިވާ ގޮތުގައި، އީރާނުން ތުހުމަތުކުރަނީ އެ ދެ ސައެންސްވެރިން ކޭ ކޮންމެވެސް އެއްޗަކަށް ވިހަ ލައިގެން އެ ދެމީހުން މަރައިލީ ކަމަށެވެ. އޭގެ ތެރެއިން އެކަކީ ޖައްވީ ދިރާސާތަކާ ބެހޭ މަރުކަޒެއްގައި ރޮކެޓާއި މަތިންދާބޯޓުގެ އިންޖިނުތަކާ ބެހޭ ތަޖުރިބާކާރެއްގެ ގޮތުގައި މަސައްކަތް ކުރާ އައްޔޫބު އިންތިޒާރީ އެވެ. އަނެއް މީހަކީ ޖިއޮލޮޖިސްޓެއްގެ ގޮތުގައި ޖައްވީ އިދާރާގައި މަސައްކަތްކުރާ ކަމްރާން އަޣްމަލާއީ އެވެ.
އީރާންގެ މެދުތެރޭ ސަހަރެއް ކަމަށްވާ ޔަޒްދުގެ ރެސްޓޮރެންޓެއްގައި، އެއް ރެއަކު އޮތް ރޭގަނޑުގެ ކެއުމެއްގައި، އައްޔޫބު އިންތިޒާރީ ބައިވެރިވުމަށް ފަހު، ވިހައެއް ނުވަތަ ޒަހަރެއް ކެވުމުން ފެންނަ ފަދަ ނިޝާންތަކެއް އޭނާގެ ހަށިގަނޑުން ފެންނަން ފެށި ކަމަށް، އީރާންގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.
އެރޭގެ ކެއުމަށް ފަހު، އިންތިޒާރީ އަށް ގޮތްތަކެއް ވާން ފެށުމާއެކު، އޭނާ އަށް ކެއުމަށް ދައުވަތު ދިން މީހާ ގެއްލިފައިވާ ކަމަށް، އީރާނުން ބުނެ އެވެ. އީރާން ސަރުކާރުން މިހާރު އަންނަނީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ގޮތް ނޭނގޭ މަރެއްގައި ފުރާނަ ގެއްލުނު ކަމްރާން އަޣްމަލާއީއަކީ، ނަތާންޒްގައި ހުންނަ ނިއުކްލިއާ ދިރާސާތަކާ ބެހޭ އެކުވެނީގައި މަސައްކަތް ކުރާ ސައެންސްވެރިއެކެވެ. އޭނާގެ ގާތް ރައްޓެހިން ބުނާ ގޮތުގައި އީރާންގެ ތަބްރޭޒްގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު، އެނބުރި ތެހެރާނަށް އައުމާ އެކު، އޭނާގެ ހަށިގަނޑުން ވެސް، ވިހައެއް ނުވަތަ ޒަހަރެއް ކެވުމުން ފެންނަ ފަދަ ނިޝާންތަކެއް ފެންނަން ފެށި އެވެ.
ތެހެރާންގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށް ފަރުވާ ދޭން ފެށުމުން ވެސް، ހާލަތަށް އެއްވެސް ބަދަލެއް ނައިސް މަރުވީ އެވެ. އީރާންގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި އެ ދެ މީހުންނަކީ، ޒުވާން އުމުރުގެ ދެ މީހުންނެވެ. އަދި ސިއްހީ އެއްވެސް މައްސަލައެއް އެމީހުންގެ ކިބައިގައި ނެތް އިރު، ކުއްލި ގޮތަކަށް މަރުވުމުގެ ފަހަތުގައި ވަނީ އިޒްރޭލު ކަމަށް ތުހުމަތުކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
16 June 2022
ހަމަ މީހަކު އެއްޗެއް ދިއްކޮށްލާއިރަށް ކައިގަންނަޏާ ތިގޮތަށް ކިތަށް ވިހަދޭނެ. އީރާނު ސަރުކާރުގައި ވިސްނުން ހުންނަ މީހަކު އެބަހުރިބާ؟ އެމެރިކާ ތަންތަނުގައި ލާހިކައެއްނުން އެމީހުންގެ މުހިންމު ދިރާސާތަކުގައި އުޅޭ މީހުންނަށް ބޭރުތެރޭގައި މީސްމީހުން ދޭ އެއްޗެހި ކައިދާކަށް.
ނޫމޫ
17 June 2022
އެއްޗެއްދޭއިރަށް ކަނީކީއެއްނޫން ތިދެސައިންސްވެރިންގެ ރައްޓެހިން ކެއުމަކަށް ދައުވަތު ދީގެން އެތަނުން ކެއުމަށްފަހު ތިހެންވީ..
ރޯނުއެދުރޭ
15 June 2022
ޓިއުނީޝިޔާގެ އޭރޯފިޒިސްޓް މުހައްމަދު ޒަވާރީ ޑިސެމްބަރ 2016 ގައި މަރާލީވެސް އިސްރޭލު ޔަހޫދީ ބައިގަނޑު ރުމޭނިޔާ ގޭންގެއް ލައްވާ ސައުންޑްޕްރޫފް ފިސްތޯލައަކުން. ހަޖަމެއް ނުވެޔޭ އެހެންބަޔަކު މޮޅުވެދާނެތީ
ކުރޫސް
15 June 2022
އީރާނުން އަސްކަރީ ރައްދެއްދީގެންނޫނީ ތި ޔަހޫދީބައިގަނޑު މައިތިރިނުކުރެވޭނެ. މޫސާގެފާނަުގެ ފަރާތުން އެހާބޮޑެތި މުއިޖިޒާތްދެއްކިއިރުވެސް އެހާ ހަރާންކޯރުންބޮޑު ބައެއް
ހެހެހެހެ
15 June 2022
މެލޭސިޔާގަ ފަލަސްތީނު ޕުރޮފެސަރެއް މަގުމަތިން ހިނގާފަ ދަނިކޮށް ސައިކަލެއްގަ އައި ދެމީހަކު ބަޑިޖަހާ އޭނަ މަރާލި. ފުލުހުން ބެލި ބެލުމައް ފެނުނީ އެދެމީހުން ހަމަ އެދުވަހު ފުރައިގެން ދިޔަކަން. މި ޔަހޫދީން ނޮހޮރުއްޕާން ނުފޯރުވާ ފަސް ކޮޅެއް ނެތް.
ބާރު ގަދަ ކަމަށް ދައުވާކުރާ ފަރާތްތަކުގެ އަނދިރި ފަރާތް
15 June 2022
މިހުންނަނީ އިޒުރޭލާއި އެމެރިކާގެ ބައިވެރިން ނޫން އެހެން ބަޔަކު ހަތިޔާރުގެ ގޮތުން ވިޔަސް އަދި އެނޫން ގޮތަކުން ވިޔަސް ކުރިޔަށް ހިނގައި ދާނެތީ ހުރަސް އަޅާވަރު..ކޮންމެ ގޮތަކުންވެސް އެމީހެއްގެ ދުވަސް ދުއްވާލާނެ..ދެން މިތާ ކޮމެންޓުކުރާ ބައެއް މީހުން ބުނާނެ މުސްލިމުން އެއްވެސް ކަމެއްގަ ކުރިނާރާ ވާހަކަ..ހޯދުމެއް ވިއްޔާ، މިހޯދަނީ ހުޅަނގުންނޭ..ހޯދުމެއް ހޯދައިގެން ކުރިޔަށް ދާން މަސައްކަތްކުރާ އެމީހުންގެ ޕަޕެޓު މުސްލިމަކަށް ނުވަންޏާ މިޖެހެނީ މިދަތުރު..
ބީރުބޮލު ވަޒީރު.
15 June 2022
ޖަމްރާއަށް ހިލައުކާފަ އައި ހައްޖުގެވެރިން ފިތިބާރުވެގެން އެތައްބައެއްގެ ފުރާނަ ގެއްލިގެންދިއަ ހާދިސާއެއް މީގެ ހަތަރު ފަސް އަހަރު ކުރިން އަޑުއިވުން. އެއީ އެއްފަހަރާ އީރާނުގެ އެހާގިނަ ސައިންސްވެރިން ހައްޖަށް ފޮނުވި އަހަރު. ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު އެ ހާދިސާގައި ހައްޖުގެ އަޅުކަމުގައި ބައިވެރި ވަރަށްމަދު މީހަކު މެނުވީ އެންމެންވެސް މަރުވި. އޭގެ ފަހުން ހައްޖަށް ފޮނުވަނީ ވަރަށްމަދު ސައިންސްވެރިން. އެމީހުންގެ ކުށަކީ ޔަހޫދީންނަށް ބޯ ނުލެނބުން.
އާޒޯ
15 June 2022
މަވެސް ތިހަބަރު އަޑުއެހިން އީރާނުގެ އެހާގިނަ ސައިންސްވެރިން އަވަހާރަވީ ފިތިބާރުވެގެންތޯ ނޫނީ އަޑީގައިއޮވެގެން ރާވައިގެން ފިއްތާލީތޯ މޮޅަށް ދެނެވަޑިގެންވަނީ ﷲ އެކަމަކު ލައުނަތް ލައްވާފައިވާ ޔަހޫދީންނާއި ސައޫދީއަކީ އެކަތިގަނޑަކަށްވެފައި ތިކަހަލަ ކަމެއް ގަސްދުގައި ރޭވުމަކީ އެކަޝީވެގެންވާކަމެއް
އަހުމަދު މުހައްމަދު
15 June 2022
ހައްހައްހައް.ހީ ހީ ހަލާކު.ބީރު ބޯ ސްޓައިލް