އައިޖީއެމްއެޗް ސަރަހައްދު-- ފޮޓޯ: އަަހުމަދު އަވްޝަން/ މިހާރު
16 ޖޫން 2022 - 16:16
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވި ދެ ވަނަ މީހާ ވެސް މަރުވެއްޖެ އެވެ.
ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނަރަކުން މާބްލް ޝީޓުތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި މިދިޔަ އާދިއްތަ ދުވަހު ހިނގި ހާދިސާގައި ބިދޭސީ ފިރިހެނެއް ވަނީ މަރުވެފަ އެވެ. އޭނާއާއެކު، އެ މަސައްކަތުގައި އުޅެނިކޮށް ސީރިއަސް ޒަހަމްތައް ލިބުނު އިތުރު މީހަކަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެކަމަކު، އިތުރު ފަރުވާއަށް ފަހުން އައިޖީއެމްއެޗަށް ބަދަލުކުރީ އެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް 38 އަހަރުގެ ބިދޭސީއެއް މިދިޔަ އަންގާރަ ދުވަހު މަރުވެފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބުނު ޒަހްމަތަކެއް ނޭނގެ އެވެ.
ބިދޭސީން ތާށިވީ ރިސޯޓަކަށް ގެންދަން އުޅުނު މާބްލްތަކެއްގެ ތެރޭގައި ކަަމަށް ވެ އެވެ. ދެ ފަރާތުގައި ބަހައްޓާފައިވާ ޝީޓްތަކުގެ ދެމެދަށް ވަދެވި ތާށިވީ ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ. ދެ މީހުން އެތަނުން ނެރުނީ އެކްސްކަވޭޓަރު ބޭނުންކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްމި
17 June 2022
މާރބްލް ޝީޓްތަގުގަ ތާއްޓެއް ނުވާނެ! އެކަމަކު ތަތް ވެދާނެ! ދޮގު ޚަބަރު ފެތުރުމަކީ ދޮގުހެދުން! ދޮގުހެދުމަކީ ޙަރާމްކަމެއް!
އަހަންމަދު3
17 June 2022
ތިބަޔަކު ލައްވާ މަސައްކަތް ކުރުވި މީހަކު/ތިމަރުތަކުގެ ޒިންމާ އުފުލަންޖެހޭ!
ޢަހަންމަދު
17 June 2022
ދޮގު ޚަބަރެއްކަމަށް ބެލެވެނީ! މާރބްލްޝީޓަކީ ވަރަށް އޮމާން އެއްޗެއް! ވީމާ ދެ މާރބްލްޝީޓް ދޭތެރެއަށް ވަދެ މީހަކު ތާށި ވެދާނެ ކަމަކަށް ނުބެލެވޭ!އެދޭތެރެއަށް ވަތްގޮތަކަށް ހަމަ ނިކުމެވޭނެ!
ވިކިލީކްސް
16 June 2022
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ މިފަދަ ހިތާމަވެރި ހާދިސާތައް ދިމާވަނީ އެމްޕީއެލްއާ ކަސްޓަމްސްގެވެސް އިހުމާލުން ނޫންބާ؟ ކޮންޓެއިނަރުން މުދާ ބޭލޭނީ ކަމާބެހޭ ފަރާތުން އެކޮންޓޭނަރެއް ޗެކު ކުރުމަށްފަހު. ކޮންޓޭނަރު ޗެކުކުރަން ހުޅުވާނީވެސް ލެވެލް ކުރުމަށްފަހު ކަމުގައި ދެކެން. ޗެކުކުރަން ވަންނަ އޮފިސަރުންވެސް ޖެހޭނެ ކޮންޓޭނަރުގެ ހާލަތު ދެނެގަންނަން. ވީމާ މިއީ ކަމާބެހޭ ފަރާތްތަކުން ވިސްނަންވެއްޖެ ކަމެއް ކަމުގަ ދެކެން.
ވިކިލީކްސްއަށް
16 June 2022
ވާނުވާގަ ހުރެގެގެން ހަބަރުގެ ދެބައިކޮށްފަ އެއްބައި ކިޔާގެން އަނގަ ތެޅިޔަކަސް ނުވާނެ. މީ އެމްޕީއެލް ކަސްޓަމްސް އާއި ބެހޭވެސް ކަމެއްނޫން.