ޖިންސީ ގޯނާއާ ދެކޮޅު ފޮޓޯއެއް: ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު 17 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައި
25 ޖޫން 2022 - 19:44
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު 17 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ބަންގްލަދޭޝްގެ މީހެއް ކަމަށްވާ ޝުވޯ ޗަންދުރާ ޝިލް ޖަލަށްލާން ހުކުމްކުރި މައްސަލާގެ ތަފްސީލެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ. އެ ހާދިސާގެ ހިނގީ 2020 ވަނަ އަހަރު އެވެ.
ޖިންސީ ގޯނާގެ މައްސަލަތަކުގައި ކުޑަކުދިންގެ އައިޑެންޓިޓީ ހާމަކުރުން ގާނޫނު މަނާކުރާތީ އާންމު އުސޫލުން އެފަދަ މައްސަލަތަކުގައި ގިނަ މައުލޫމާތުތައް ސިއްރުކުރެ އެވެ.
މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގައި އަތްލުމުގެ ކުށުގައި 14 އަހަރަށް އަދި ޖިންސީ ގުނަވަން ކުޑަކުއްޖަކަށް ދެއްކުމުގެ ކުށުގައި އޭނާ ތިން އަހަރަށް ޖަލަށް ލުމަށެވެ.
އެހެން ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ޖަލުގައި 13 އަހަރާއި 11 މަސް ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯޔަރު
26 June 2022
މަބުނީ ބަގުލާދޭސް ސޮރެއްގެ ގަޔައް އެރި ދިވެހި ފިރިހެން މީހާ ކޮބައިހޭ.
އެމްސް
26 June 2022
މާގިރި ހޮޓަލްގެ ޙުރުމަތް ކަނޑައި އެތައް އަންހެން ކުއްޖަކަށް ގޯނާ ކުރި މިނިސްޓަރ މިނިވަންކަންމަތީ އަބަދަށް!
މަރީނާތު
26 June 2022
ގިނަ ފަހަރަށް ވާގޮތަކީ ބެހެނީއެއް ނޫން. 18 ނުވަނީސް ކޮންމެސް ބިދޭސީއަކާ ރައްޓެހިވަނީ ފައިސާ އާ އެއްޗެހި ހޯދަން. ދެން ބެލެނިވެރިޔާއަށް އެނގިގެން މައްސަލަ ޖެއްސީމަ ވަނީ ކުޑަކުއްޖަކާ ބެހުނީ ކަމަށް. އަހަރެން ދަންނަ މީހަކަށްވެސް އެހެން ދިމާވި. ފިރިހެން ކުއްޖާއަށް 19 އަހަރަު އަންހެން ކުއްޖާއަށް 17 އަހަރު. އެކަމު ވެސް ކުޑަކުއްޖަކާ ބެހުނު ކަމަށް ޙުކުމް އައީ. ރުހުމުގަ ރައްޓެހި ވެގެން އުޅެފަ ވީގޮތް މީ.
މުނިމާމަ
25 June 2022
މިކަހަލަ މީހުން ޖަލުގައި ބަންދުކޮށްގެން ދައުލަތުން އެތަށް ހަރަދެއް ކުރަން ޖެހޭއިރު މީމީހުންލައްވާ ބުރަ މަސައްކަތްކޮށްގެން ފައިސާ ހޯދޭނެ ރަނގަޅު ނިޒާމެއް އެބަޖެހޭ ގާއިމްކުރަން
ޙަބީބ
25 June 2022
ޖަލުގެ މުއްދަތު ހަމަވުމުން ޑީޕޯޓުކުރޭ
އެމްސް
26 June 2022
ބިދޭސީން ގެންގުޅޭ ތަނެއްގަ ބިދޭސީން ކުށްވެސް ކުރާނެ - ކުރީގެ މިނިސްޓަރެއް
ކުޗީ
25 June 2022
ދެން 17 އަހަރު މިމީހާ ދިވެހިންގެ ޓެކްސް ފައިސާއިން ކާންދީ ބޯންދީ ނިންދަވަން ބާއްވަންވީ ... މިމީސްމީހުން ލައްވާ 17 އަހަރު ވަންދެން ބުރަމަސަތްކަތް ކުރުވަންވީ ...
އެމްސް
26 June 2022
ފަޅުރަށެއްގަ ދަނޑުގޮވާން ކުރުވަންވީ!
ގެދާނޯމޮސް
25 June 2022
ކުޑަކޮށް ބެހިގެން ކަމުގަ ވާނަމަ ބިދޭސީ މީހާގެ މުއްދަތު މާދިގެވެ.! ދިވެއްސަކުނަމަ ބަންދުގެ މުއްދަތު ރަނގަޅު 20 ސަކަށް އަހަރު ޖަހާލަން: