މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް
26 ޖޫން 2022 - 21:39
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ފުލުހަށް ހާޒިރުކުރާ ނަމަ އެކަން އަންގައިދިނުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެދިވަޑައިގެންފި އެވެ.
މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވީ އެއްވެސް މައްސަލައެއްގައި މަޖިލީހުގެ އެއްވެސް މެމްބަރަކު ފުލުހަށް ހާޒިރުކުރާ ނަމަ މަޖިލީހުގެ ރައީސަށް އަންގައިދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.
މެމްބަރެއްގެ މައްސަލައެއް ބެލި ނަމަވެސް، އާއްމު އުސޫލެއްގެ ގޮތުން އެކަން އެ އިދާރާއަށް އަންގާކަށް ނުޖެހެ އެވެ. ނަމަވެސް ހައްޔަރުކޮށްފި ނަމަ އެކަން އަންގަންޖެހޭނެ އެވެ.
މެމްބަރުން ފުލުހަށް ހާޒިރުކުރާއިރު އެކަން އަންގައިދިނުމަށް އެދިފައި މި ވަނީ މަޖިލީހުގެ ބައެއް މެމްބަރުންގެ މައްސަލަތަކެއް ބަލަމުން އަންނަނިކޮށެވެ. އޭގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއްގެ މައްސަލައިގެ ތަހުގީގު ވަނީ ފަށައިފަ އެވެ.
މި މައްސަލަތައް ބަލަމުން އަންނަ އިރު ނަޝީދު ވަނީ އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި، މެންބަރުންގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.
ސޯޝަލް މީޑިއާގައި މިދިޔަ ހުކުރު ދުވަހު އާންމުވި ފޮޓޯގައި ފެންނަނީ އަނދުން ހުސެއިން ކަމަށް ބެލެވޭ މީހަކާއި އަންހެނަކާއި އިތުރު ފިރިހެނަކު ބަރަހަނާ ހާލުގައި އެނދެއްގެ މަތީގައި ތިއްބަ އެވެ.
އެ ކަންކަމާ ގުޅިގެން ފުލުހުން ބުނީ ވީޑިއޯތަކެއް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލް ކުރާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯލިޝަންތެރެއިން
27 June 2022
މަޖިލީހުގެ ރައީސްއަށް އަނގައިގެން މެމްބަރަކު ފުލުހަށް ޙާޞިރުނުކުރެވުމަކީ މަޖިލިސްގެ ރައީސް ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން. ދެން ފުލުހުންނަށްޖެހޭނީ މަޖިލިސްގެ ރައީސްގެ މައްޗަށް މިކަމުގެ ތަޙްޤީޤެއް ހިންގަން. މިކަން މަޖިލީހުން ހުއްޓުވައިފިނަމަ އޭގެ މާނައަކީ މަޖިލިސްގެ އައީސް ކޮށްގެ ދިފާޢުގައި ނުފޫޒުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްފިކަން ސާބިތުވާނެ. ދެން ނެގޭ ސަރުކާރަކުން އެކަންކަން ބަލާނެ. ނަޝީދު ޖެހޭނީ މިޤައުމުން ބޭރުގައި ހުންނަން. ކިހާދެރަ
ވަހުތާން
27 June 2022
މަޖުލިސް މެމްބަރުންނަކީ ޤާނޫނަށްވުރެ ދޮށީ ނުވަތަ އިސް ނުވަތަ ޤާނޫނު އެމީހުންގެ މައްޗަށް ނުހިނގާ ބަޔަކީތަ؟ އެހެންވެއްޖިއްޔާ ވަގުތުން ވަގުތަށް މަޖުލިސް އުވާލުމަށް ގޮވާލަން! މަޖުލިސް މެމްބަރެކޭ ޢާއްމު މީހެކޭ ޤާނޫނު ކުރިމަތީ ވާނީ އެއްވަރު< މަޖުލިސްގެ ރައީސް މިހާރުވެސް އެދަނީ ދެމުސާރަ ނަގަމުން.
ޙިނި
27 June 2022
ޢެމްޑީޕީ އަކުން ނުޖެނޭ ލިވާތު ފިލްމުކުޅޭ މީހުންގެ ދިފާއުގައިނިކުން ނާކައް، ތިޔަ ލިވާތަކާއިގެން ދެން އޮތްތާއީދު ވެސް ގެއްލޭނީ... ތިމީހުނައް އަދަބުނުދީ އެބުނާ ލިވާތު 30 މީހުން ފޮރުވައިގެން ތިޔައުޅެނީ މެންބަރުންނާ އޮއްކޮއިން އެކަމުގައި ބައިވެރިވާތީތަ؟
ހަވަރު
27 June 2022
އެންމެ ފަހުންވެސް ބޮނޑި ބޮއެފަ އޮތީ ހުރިހާތާކަށް އަތްލަން ހަދާގެން
އެމްސް
27 June 2022
ބޮޑެތި ޢަދަދުން މީހުން އަތުން ފައިސާ ނަގައިގެން، އެންމެހާ ފާއިޝް ޢަމަލުތަކުން އަބުރުގެއްލިފަ ތިބޭ ބަޔަކު ޤާނޫނުހަދާ މަޖިލިހުގަ ތިބުމީ ޤާނޫނަށްވެސް ކުރެވޭ މަލާމާތެއް!
ޖޯޖް
27 June 2022
ނަޝީދު ކޮން އިރަކު ހަމަ ބިމަށް ތިރިވާނި
ކިޔަވައިގެންތިބި ކުދިން ކޮބާ
27 June 2022
މުޅި ސިސްޓަމް ހަލާކުކޮށްލާ! އިސްލާމީ ވެރިކަން! ﷲ ގެ ވާގިފުޅުން މަގޭ ގައުމު އަނބުރާ ނަގާނަން!
މޭންޑޭޓް
27 June 2022
ތިޔައުޅެނީ މޭންޑޭޓް އޮޅިގެން. ފުލުހުން ނުޖެހޭނޭ މިހާކާ ސުވާލުކުމުގެ ކުރިން ތިޔަ އިދާރާއަކަށް ކުޑަސިޓީ ފޮނުވާކަށް. އެކަން ނުވެސް ކުރާނެ. ކުރަން ނުވެސް ޖެހޭނެ!
އެމްސް
27 June 2022
ފުލުސްމީހާވެސް ހުންނަންވާނީ ޤާނޫނުގެ ދަށުގަ، އެކަމަކު ޓްރެފިކް ފުލުހުންނަކީ އެންމެ ނުޤަވާޢިދުން މަގުމަތީގަ އެއްޗެތި ދުއްވާ އެއްބަޔަކު!
ށަވިޔަނި
27 June 2022
ހުރިހާ ކަމެއް ކުރަންވާނީ ގާނޫނީ އިމުގެތެރޭގައެވެ.
ހުއްދަ ޔޯލަ ލޮލް
27 June 2022
ހާތްތެރި. ގައިމު ތިބުނާ މެންބަރުން އެވިޔާނުދާ ހުތުރު އަމަލު ހިންގިއިރު މަޖްލިހަކަށްވެސް ރައްޔިތުންނަކަށްވެސް ނާންގަ އޭ. ހުއްދައެއްވެސް ނުހޯދާ. ދެނޯ؟؟؟
އެމްސް
27 June 2022
އެއީ ރާއްޖޭގެ ހަމައެއް ނޫންތޯ! ފެބްރުއަރީ 7 ގަ، އަދި ލައިވް ޓީވީގަ، ވެރިކަން ވައްޓާލަން، ހހ އެކޮށްލި ބަޣާވާތަކީވެސް ރަޢިއްޔަތުންނަށް ދޮންކަޅުވެސް އަންގާނުލާ ނިއްމާލި ކަމެއް ނޫންތޯ!