ރަންބީރު ކަޕޫރާއި އާލިއާ ބަޓް.
29 ޖޫން 2022 - 06:49
މިދިޔަ އޭޕްރީލް މަހު ކައިވެނިކުރި ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ، ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެންޏަށް އަލަތު ދަރިފުޅު ލިބޭ ޚަބަރު އިއުލާންކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
ފިލްމުފެއާ އިން ރިޕޯޓްކުރި ގޮތުގައި، ރަންބީރް ވަނީ އެހާ އަވަހަށް ދަރިފުޅަށް ބޭނުންވާ އެއްޗެހި ގަންނަން ފަށައިފަ އެވެ.
ލަވް ރަންޖަންގެ ފިލްމަށް ސްޕެއިންގައި ޝްރައްދާ ކަޕޫރާ އެކު ޝޫޓިންތަކުގައި އުޅެމުން ވެސް ރަންބީރް ކުޑަކުދިންގެ އެއްޗެހި ވިއްކާ ފިހާރަތަކަށް ގޮސް ވިޔަފާރިކުރަން ފަށާފައިވާ ކަމަށްވެ އެވެ.
އާލިއާ ހުރީ އޭނާގެ ހޮލީވުޑްގެ ފިލްމުގެ މަސައްކަތްކުރުމަށް އެމެރިކާގަ އެވެ. އެ ފިލްމުގެ ޝޫޓިންތައް ޖުލައި މަހުގެ މެދު ތެރޭގައި ނިމޭނެ އެވެ.
އޭރުން އާލިއާ ބަލައި އެމެރިކާ އަށް ރަންބީރު ދާނެ ކަމަށްވެ އެވެ. އަދި ވިހެއުމާ ހަމަ އަށް އާލިއާ ހުންނާނީ ރެސްޓުގައި ކަމަށްވެ އެވެ.
މީގެ ތިން އަހަރު ރައްޓެހިވެގެން އުޅުމަށް ފަހު ރަންބީރާއި އާލިއާ ކައިވެނިކުރިއިރު އެމީހުން ކައިވެނީގެ ކުރީކޮޅު ދަރިއަކު ހޯދީ ބޭނުންވެގެން ކަމަށް އާލިއާ ބުންޏެވެ.
އާލިއާ ބަނޑުބޮޑު ހަބަރު އިއުލާންކުރީ އަލްޓްރާ ސައުންޑް ހެދުމަށް ހޮސްޕިޓަލަށް ގޮސް އޭނާ އެނދުމަތީގައި އޮތް ފޮޓޯއަކާ އެކު އިންސްޓަގްރާމްގަ އެވެ. އޭނާ ކައިރީގައި ރަންބީރް އިށީންދެގެން އިންއިރު، އެ ފޮޓޯ ނަގާފައި ވަނީ ރަންބީރުގެ ފަހަތުންނެވެ.
އެއާ އެކު ސަޕޯޓަރުންނާއި އެމީހުންގެ އާއިލާ މީހުންނާއި ބޮލީވުޑްގެ ތަރިން ވަނީ ދެމަފިރިންނަށް މަރުހަބާގެ މެސެޖުތައް ފޮނުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަވަށްޓެރި
29 June 2022
މަގޭ އަަވަށްޓެރިޔަކުވެސް ބަނޑު ބޮޑުވެގެން ދަރިޔަށް އެއްޗިސް އެބަ ގަނޭ، ކީއްވެ ހަބަރުގަ ނުލިޔުނީ. ދައުވާ ކުރާނަން.
ޏަބސވސ
29 June 2022
ޔޫކޭ އަކީި އެމެރިކާަ ތަ ?