ޚަބަރު / ޕީޕީއެމް

ރައީސަށް ކުރާ ތުހުމަތުގެ ހަގީގަތް ހޯދަން ތަހުގީގެއް ކުރަން އިދިކޮޅުން ގޮވާލައިފި

އިދިކޮޅުގެ އިސް ބައެއް ބޭފުޅުން-- ފައިލް ފޮޓޯ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުގެ ހަގީގަތް ހޯދަން ތަހުގީގެއް ފަށަން އިދިކޮޅު ފަރާތްތަކުން ގޮވާލައިފި އެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އާއިލީ ގާތްބޭފުޅެއްގެ އަންހެން ކުއްޖަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖިންސީ ގުޅުން ހިންގި ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ނަމަވެސް އެ ތުހުމަތު ރައީސް ދޮގު ކުރައްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ނަޝީދުގެ އަތްޕުޅުގައި އެ ތުހުމަތު ކުރާ ފަދަ ފޮޓޯތަކެއް ހުރި ކަމަށް ވިދާޅުވާ ވިދާޅުވުމުގެ ހަގީގަތް ހޯދައި ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށެވެ.

އެ މައްސަލާގައި އެއްވެސް ނުފޫޒެއް ނެތި ވަގުތީ ގޮތުން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ޅިޔަނު އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް މަގާމުން އެކަހެރި ކުރުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލި އެވެ.

"...މިވަރުގެ ބޮޑު ތުހުމަތެއް ދައުލަތުގެ އެންމެ މަތީ ވެރިންގެ ތެރެއިން ވެރިއަކު ކުރެއްވުމަކީ ތަރުޖަމާނު މެދުވެރިކޮށް ބަރީއަވާންވީ ވަގުތެއް ނޫން." އެ ބަޔާނުގައި ބުނެފައި ވެ އެވެ.

ނަޝީދު ކުރެއްވި ތުހުމަތާއެކު އެމްޑީޕީ މެމްބަރުންގެ މެދުގައި ވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ރައީސަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން ގެންދަވަނީ ނަޝީދަށް ފާޑު ކިޔުން އަމާޒުކޮށް ފޮޓޯއެއް ހުރި ނަމަ އަޕްލޯޑު ކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް މިހާތަނަށް އެމަނިކުފާނަށް ލިބިވަޑައިގެން ކަމަށް ބުނާ އެއްވެސް ފޮޓޯއެއް އާންމެއް ނުކުރެ އެވެ.

މި މައްސަލާގައި ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

64 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 37%
icon sad icon sad 0%
icon angry icon angry 48%
icon wow icon wow 4%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީބެ

31 July 2022

ރައީސުލްޖުމްހޫރިއްޔާވިޔަސް މިވަރުގެ ތުރުމަތެއް ކުރިމަތިވީމަ އިސްތިއުފާ ދޭންވާނެ. ހަމަގައިމުވެސް ކާފަރު އިނގިރޭސި ވިލާތްނަމަ އެކަން އެގޮތަށް ހިނގީސް. އެމެރިކާގަ ބިލްކްލިންޓަންވެސް މަޢާފަށް އެދުނު .

The name is already taken The name is available. Register?

ރާޖޭޝް ކަންނާ

31 July 2022

ކުރުމުގައި ރައީސް ނަޝީދުގެ ދައުރުވެސް ވަކި ކުޑައެެއްނޫން. ދީނީ އިލްމުވެރިންކަމަށް ދައުވާކުރާމީހުން (ދީނީރޮގުން ފަސްޓްޑިގްރީ ނުވަތަ މާސްޓާސް އޮންނަ ކޮންމެ މީހަކީ އިލްމުވެރިއެއްނޫން) ގެ އަނގަ ބަންދުކުރުމަށްޓަކާ އެމީހުން ކައިރިއަށް އަންހެންކުދިން ފޮނުވާ ވީޑިއޯކުރުމަކީ ދައުލަތުން ރާވައި އިންތިޒާމުކޮށްގެން ހިންގި ކަންތައްތައް. ޕޮލިޓިކްސްއަކީ ހަޑިހުތުރު އެއްޗެއްކަމަށް ދައުވާކޮށް ކޮންމެ ކަމެއްވެސް ޕޮލިޓިކްސްގައި ހުއްދަކަމަށް ބުނާބުނުމާމެދު އަލުން ވިސްނާ

The name is already taken The name is available. Register?

ޢިލްމުވެރިއެއް

31 July 2022

މިކަމުގާ ރައިސްގެއަބުރު ދިފާޢުކުރުމަކީރައީސްކުރަންޖެހޭކަމެކެވެ.ރައީސްމިމައްސަލަތަހުގީގީއިދާރާތަކައްހުށަހަޅަހަންޖެހޭނެ,އެއައްފަހު އަންނިޖެހޭނީއެކަންސަރީއަތައްސާބިތުކޮއްދޭން,އަންނިއައްސާބިތުކޮށްނުދެވިއްޖެނަމައަންނިއެބުނާއިބާރާތަކީގަޒުފުކުރަންޖެހޭ ޢިބާރާތެއްކަމައްޢިލްމުވެރިންބުނޭ.ވީމާމީސިޔާސީކަމެއްނޫންމިކަމާ,މަބުޜޫކަކައްވާހަކައެއްނުދެއްކޭނެ,މިކަންސާބިތުކޮއްދޭންޖެހޭނީއަންނިއައް,މިމައްސަލަބެލުމަކީރަޢީސްގެކަމެއް އަދިރައްޔިތުންގެހިތުންމިލައްގަޑުފިލުވާލަދިނުމަކީރައީސައްވާޖިބުކަމެއް!

The name is already taken The name is available. Register?

އނސފ

30 July 2022

އިންސާފު ޙޯދުމަށް އެދެންވާނީ އިންސާފަށް އެދޭބަޔަކު. ބޭއިންސާފުން ކަންކޮށްފައި އެކަންހިންދާލައިގެންތިބެ އެހެންބަޔަކުކުރާ ބޭއިންސާފަށް އިންސާފަށްއެދި ގޮވައިގެނެއްނުވާނެ. ތިމީހުންގެ ވެރިކަމުގައި ބަޔަކު ރަށްތަކެއް ނަހަމަގޮތަށްވިއްކަމުން ގެންދާވާހަކަ ދައުލަތުގެ އޯޑިޓަރ ޖެނެރަލް ވެރިމީހާގެ ސަމާލުކަމަށް އެކަންގެނައުމުން ކަންވީގޮތަކީ ރައްޔިތުންނަށްފެނިފައިވާތަނެއް. އެއޯޑިޓަރ ޖެނެރަލާއިމެދު ކަންކުރީ އިންސާފަކުންނޫން. އެހެންވީމަ އެކަމަށް އިންސާފުހޯދަދީބަލަ

The name is already taken The name is available. Register?

ކުޑޭ

30 July 2022

ހެހެ، ޕީޕީއެމް އިން ވެރިކަން ކުރިއިރު އޭރުގެ ރައީސްއަށް ކުރެވުނު ވަރަށް ސީރިއަސް ތުހުމަތުތަކެއް އެކަމު އޭނޭ އިސްތިއުފާ ނުދޭ، އޭގެތެރޭގައި ހިމެނޭ، ވައްކަން، މަނީ ލޯންޑަރ

The name is already taken The name is available. Register?

Happy 1234

30 July 2022

ޢަންނި އާއި އިބޫ ރާވައިގެން ކުޜާކަމެއް?

The name is already taken The name is available. Register?

ދަގަތްފާނު

30 July 2022

ވެރިކަމުގެ ދަހިވެތި ކަމުގައި އަނެއް ކަނޑުކޮސް ކޮސް ގޮވަންފެށީ!

The name is already taken The name is available. Register?

ޙަސަން ކުރުސީ

30 July 2022

ކީއްވެބާ ޔާމީނު ރައީސްކަމުގައި ހުންނެވިއިރު ހުރިހާ އިލްޒާމް ތަކާއި ހެކިތަކާއި ދެއްކިއިރު، މިނިވަން ތަޙްޤީގެއް ކުރުމަށް މަޤާމުން އެކަހެރިވެ ނުލެއްވީ؟ ތިމާމެންގެ ވެރިކަމުގަ ރިވެތި މިސާލެއް ދައްކާފަ ތިބިބައެއްނަމަ ރަގަޅު އަނގަ ތަޅަން!

The name is already taken The name is available. Register?

އިބްރ

30 July 2022

އިލްޒާމްތަކާއި ހެކިތަކާއި ދެއްކި މިހާރުގަ ވެރިކަމުގައި ތިއްބެވި ފަރާތްތަކުން ކީއްވެތޯ އެތަކެތި ފޮރުވައިގެން އެ ތިއްބަވަނީ؟ އޮތްތަނަކުން ނެރި ޝަރީޢަތް ހިންގަވަންވީނޫންތޯ؟

The name is already taken The name is available. Register?

ޕީޕީއެމް ބޮނޑިބޯން ތައްޔާރުވަނީ

30 July 2022

ނަޝީދު ފާޅުގައި ލިވާތު ކުރި މީހެއްގެ ދިފާއުގައި ތެދުވެހުރެ ދައްކާ ވަހަކަ ތަކަށް އިތުރު ހިތްވަރު ދިނުމަށް ޕީޕީއެމް އަދި ޕީއެންސީ ގެ އެހީގައި އަސްލު މައްސަލަ އަނބުރާލުމަށް ތިފަދަ ގޮތަކަށް ގައުމުގެ އެންމެ އިސް ވެރިޔާ ބޮލުގައި ތުހުމަތު ތަކެއް އެޅުވުމުގެ މާނައަކީ އިދިކޮޅު ލީޑަރުން އެފަދަ ހަރާމް ކަންތައްތައް ބަލައިގަންނަ ކަމެވެ. ކިތަންމެ ސިޔާސީ ވިޔަސް ބޮޑެތި ނަޖިސް ހަރާމް ކަންތައް ޕްރޮމޯޓް ކުރުން ބަލައެއް ނުގަނެވޭނެ. ރައްޔިތުން ރުޅި ނާރުވާ.

The name is already taken The name is available. Register?

ދޮންމަންޖެ

30 July 2022

ހަމައިން ނެެއްޓި މީހާ ކޮސްވީ... މީހާގެ ދުވަސްދަނީ.. ރައީސް ނަޝީދޫ.. ސިޔާސީ ޕާރޓީތައް ކަފުންކޮށް ވަޅުލަންވީ ޑިމޮކްރަސީއާއިއެކު.. ޑިމޮކްރެސީ ބާލީޢު ނުވަނީސް ވަޅޯވީ... ދިވެހިންގެ އުފާވެރި އެކުވެރި ދިރިއުޅުން ދިވެހިންނަށް ލިބޭނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454