ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް: ނަޝީދަށް ކުރާ އިތުބާރު މާ ކުރިން ގެއްލިފައިވާ ކަމަށް ވިދާޅުވި. --ފައިލް ފޮޓޯ: މިހާރު
31 ޖުލައި 2022 - 14:00
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިދިކޮޅުން ކުރާ އިތުބާރު މާ ކުރިން ގެއްލިފައިވާ ކަމަށާއި އެމްޑީޕީގެ އިތުބާރު ވެސް އެމަނިކުފާނަށް ގެއްލި މަގާމުން ދުރުކުރަން އުޅޭ ކަމަށް ދައްކާ މަންޒަރާ އެއްގޮތަށް އެ ޕާޓީން އަމަލު ނުކުރާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރު ކުރުމުން އޭނާގެ ދިފާއުގައި ނަޝީދު ވަނީ ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. ހެއްކެއް ނެތި ކުރެއްވި ތުހުމަތަކީ އެމަނިކުފާނު މަގާމުން ދުރުކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ބައެއް މެމްބަރުން ޝަކުވާ ހުށަހަޅުއްވާފައިވާ ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕާލަމެންޓްރީ ގްރޫޕުގައި ކުރިއަށް ގެންދާނީ ރަސްމީކޮށް ހުށަހެޅުމުންނެވެ.
މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ރައީސް މަޖިލީހުގެ ރިޔާސަތުން ދުރުކުރުމާ ގުޅޭ ގޮތުން ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ ނާޒިމް ހިމެނޭ ގޮތަށް އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި ޕެޓިޝަން އެޖެންޑާ ނުކުރަން ނަޝީދު ނިންމެވި ހިސާބުން އެމަނިކުފާނަށް ޕީޕީއެމާއި ޕީއެންސީގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
"ލިވާތުގެ މައްސަލަ އެޖެންޑާ ނުކުރެއްވީ ކީއްވެތޯ އަޅުގަނޑު އެހުމުން ނަޝީދު ވިދާޅުވީ [އިކޮޅުން] ހުށަހަޅާ ކަންކަން ނުޖެހޭ އެޖެންޑާ ކުރާކަށް. އެ ދުވަހު ދެންނެވިން ތި މަގާމަށް މަނިކުފާނު ކުފޫ ހަމަ ނުވާ ވާހަކަ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ނަޝީދު މަގާމުން ދުރުކުރަން އޭނާ ތާއީދުކުރައްވާނެ އެވެ. އެކަމަކު އެކަމުގައި އިދިކޮޅު ކޯލިޝަނުގެ ރަސްމީ ސްޓޭންޑެއް ނެތް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ ތެރޭގައި ކިތަންމެ މައްސަލަ ބޮޑުވެފައި އޮތަސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާނެ ކަމަކަށް ގަބޫލެއް ނުކުރެއްވެ އެވެ.
"ކުރިން ވެސް މި ޒާތުގެ ކަންކަމުގައި އެމްޑީޕީ ތެރޭ ނުތަނަވަސްކަން އެބަހުރި އުފެދިފައި. އެކަމަކު ވަތްކެއް ނުކުރާނެ. އެމްޑީޕީ އަށް އަދި ރައީސް ސޯލިހަށް ވެސް ނަޝީދު ބޭނުންވޭ،" ޝިޔާމް ވިދާޅުވި އެވެ.
ނާޒިމް ހައްޔަރު ކުރި މައްސަލާގައި އެމްޑީޕީ ތެރޭގައި ވަރަށް ބޮޑަށް މައްސަލަ ޖެހިފައިވާ އިރު ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް އަންނަނީ އޭނާ ދިފާއު ކުރައްވަމުންނެވެ.
އެ މައްސަލާގައި ދެ ބޭފުޅުން ވެސް މަގާމުން ދުރު ކުރުމަށް އޮންލައިން ޕެޓިޝަނެއްގައި އަންނަނީ ސޮއިކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލްވެޑިޔަރު
02 August 2022
ކިހާ ވަރަކުން ދާނެ ބާ؟
މަންމޯހަން
02 August 2022
އެއްވެސް ކުއްޖަކު ރުލިގަދަނުވާތި؛ތެލުނީމާދާނީ ހުޅުނބު ރައީސް ނަޝީދު މަޖިލިސް ރައީސް ކަމުން ވައްކަތް ނުކުރެވޭނެ'
އާނދޮގޭ!!
01 August 2022
ރައްޔިތުންގެ އިތުބާރެއް ކެނެރީގޭ ނަޝީދަކަށްމަޖިލީހަކުނެތް. އޭނަ ޖެހެނީ ބޭރުވާން. އެއީ މަޖުލީހުގެ ރައީސަށް ކުފޫ ހަމަވާ އިންސާނެއް ނޫން. ޕޕމ ގެ މެމްބަރުން ބޭނުންވަނީ އޭނާ ބޭރުކޮށްލަން މަޖިލީހުންވެސް. ޕޕމ ގެ ޕާލަމެންޓްރީ ގްރޫޕުން އަންނި ހިމާޔަތް ކޮށްފިއްޔާ އަހަރުމެން ރަށުގެ ޕޕމ ގެ ވޯޓު ޗޮކުންދާނީ ހަދާންކުރާތި.
ހެޑްލައިން
01 August 2022
ބުނަން އުޅޭ އެއްޗަކީ އިންޑިޔާގެ ނުފޫޒްގައި ނަސީދު ބަހައްޓަނީ އެޕޯސްޓްގައި
އާނއެ
01 August 2022
ނަޝީދު ހަމައެކަނި އެ ދައްކާލަނީ އިބޫއަށް ބިރެއް. ނަޝީދަކީ އެއްވެސް ކަމެއް ހަގީގަތުގަ ރަގަޅު ކުރަން އުޅޭ މީހެއް ނޫން. އަމިއްލައަށް ޖަލަށް ގޮއްސާނަމޭ ކިޔައިގެންވެސް އެ ހަދަނީ ދޮގު. އެހެން ބަޔަކު ބާރުން ދުރުކުރަންވިއަސް އެމީހުންނާއެކު އަމިއްލައަށް ޖަލަށް ވަންނާނެ ހިތްވަރެއް ހުރި މީހެއް ނޫން މިހާރު އެއީކީ. އޭނަގެ ސިޔާސީ މަގްސަދު ހާސިލްވީމަ އެ ފޮޓޯތައްވެސް ގެއްލޭނެ. އަދި މައްސަލަ ހަމައަކަށް އެޅުނީމަ ނަޝީދު ގައިގަ އަތްލާނެ މީހެއްވެސް ނުވާނެ.
އިމަނާ
01 August 2022
މިހާވަރުންވެސް ނަޝީދުއަށް އިތުބާރުކުރަންޏާ، މިބައިމީހުން އަލަންގިރިއަށްވެސް އިތުބާރުކޮށް ރައީސަކަށް ބަހައްޓާފާނެ. އިތުބާރަކީވެސް ކުރަންޖެހޭއެއްޗެއް. އަދި ދޫކޮށްލަންޖެހެންޏާ ދޫވެސްކޮށްލަންޖެހޭ އެއްޗެއް. އެކަމަކު މީނަދުރުކުރުމުން ޕާޓީއޮޔާދަންޏާވެސް ވާކަށްނޯންނާނެތާދޯ؟ ޕާޓީނުހިންގިދާނެކަމުގެ ބިރުއޮތަސް ދުރުކުރެވޭކަށްނޯންނާނެދޯ؟ އެހެންޏާ، ދީނާ ޤައުމުވެސް ފުނޑުކޮށްލަންޖެހޭނެކަންނޭގެ.މިމީހުންނަށްކިޔާ އެއްޗިއްސާ ޢަމަލާބަސްވެސް ދިމާވޭދޯ މިހާރުބޮޑުތަނުން.
އޮޅުވާލުމުގެ ނޫސްވެރިން
01 August 2022
އިންގިރޭސި ކިޔަން އެގޭތަ. "ސެލެކްޓިވް" ކޮބާ ކަލޭމެން ކޮށްފައި އޮތް ތަރްޖަމާގައި. ސެލެކްޓިވް ގެ މާނައަކީ އިންސާފްގެ ބޭރުން ވަކި މީހަކަށް ވަކި ގޮތެއް. އެމަނިކުފާނު ވިދާޅުވީ "ސެލެކްޓިވް އުސޫލުން". އެމަނިކުފާނު ވިދާޅުވީ ވެސް އިންސާފުން ކަންތައް ނުކުރާ ވާހަކަ. އިންސާފްގެ ބޭރުން ކުރާކަށް ނޫން. އޮޅުވާލުމުގެ ނޫސްވެރިން
ޑިގިން ހިސް އޯން ގްރޭވް!
01 August 2022
ތިބޭފުޅުންނައް ރަގަޅުވާނީ ނަޝީދު ވީހާވެސް ގިނަ ދުވަހު އެތާގަ ހުރިއްޔާ! އެބޭފުޅާ އަމިއްލަ އައް ކޮއްނަ ވަޅުގަޑު ދާނީ ދުވަހުން ދުވަހައް ބޮޑުވަމުން!
ޕުޝްކިން
31 July 2022
ނަޝީދު ބާކީ ކޮއްލާ ހިސާބުން އެމްޑީޕީ ވައިވާނެ އެމްޑީޕީ އެކޭ އެމްޑީއޭ އެކޭ ޑީއާރުޕީ ތަފާތެއް ނުހުންނާނެ އެއީ ރާއްޖޭގެ ޑިމޮކުރަސީއަށް ލިބޭ ގެއްލުމެއް ނަޝީދު މަޖިލީހުގައި އެ އިންނަނީ ރައްޔިތުން އިންތިހާބު ކުރީމަ ކަން ހަނދާން ބަހައްޓާ
ރަތްޔަތު
01 August 2022
އެވަގުތާ ހާލަތަށް ބަލައި އަހަރުމެން އޭނާއަށް ވޯޓު ދިނީ. ނަމަވެސް މިހާރު ދައުރު ހަމަވަންދެން ބަހައްޓަންވެސް ކުފޫ ހަމައެއް ނުވެއެވެ.
އޮމީތަރބް
01 August 2022
ބްރޯ، މަށަކަށް ނޭނގެ ބުރޯ ކޮން ގަލެއްގެ ދަށުގައިކަމެއް މިއޮށްހުރިހާ ދުވަހު އޮތީ. ނަޝީދު މަޖިލީހުގަ އެއިންނަނީ އޭނާގެ ދާއިރާގެ މީހުން އެކަނި އިންތިޚާބު ކުރީމަ. މަޖިލިސްރައީސްކަމަށް އެއިނީ 60 ހަކަށް މީހުންގެ ވޯޓުން. ބާކީ ތިބި 4 ލައްކައެއްހާ ދިވެހިން ތިކަމުގައި އެއްވެސް ބައިވެރިވުމެއް ނެތްކަން ހަނދާން ބަހައްޓަބަލަ.
އެޖެންޑާ ނަވާރަ
01 August 2022
ޕާލިމަންޓްގައި ވެރިކަމަށް އަންނަ ގޮތަށް އޭނައައީ. އެޖެންޑާ 19 ހިފައިގެން ކެންޕޭންކޮށް 65 ގޮނޑި ހޯދީ މުޅިގައުމުގެ ވޯޓްލައިގެން.
ޢަލްއުސްތާޒް
31 July 2022
ކަލޯ ޝިޔާމޫ. ކަލޯމެން ޗަ ހީކުރަނީ ކަލޯމެންގެ ވެރިކަމުގޜ މަސީހު ރައީސް ކަމުގައި ބަހެއްޓޭގެން ކުރިހޭ ކަމެއްކޮށްފޭ އެއޮތީ ކުފޫ ހަމަވާތީތޯ. ޗަޔާމިންވެރިކަމުގޭ ހިނގި ލާދީނީ ކަންތައްތައް ކޮބޭހޭ. ކޮރަޕުޝަނާއި މީހުން ފުރޭމެކޮށްގެން ގަތްހޭ ގަނޑު ކޮބޭހޭ. މިގަމުގައިނެތް ރަނގަޅު އެއް ކއޅއ . ޢަނގަމަޑުންލޭގެން ހުރެބަލޭ.