ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ: ދެ ބޭފުޅުން މަގާމުން ވަކިކުރަން ގޮވާލައި ޕެޓިޝަނެއްގައި އަންނަނީ ސޮއިކުރަމުން. ފޮޓޯ | މިހާރު
31 ޖުލައި 2022 - 12:47
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކި ކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު މަޖިލިސް ރައީސްކަމުން ވަކި ކުރުމަށް ޕެޓިޝަނެއްގައި ސޮއި ކުރަން ފަށާފައި ވަނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރު ކުރި އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުގެ ދިފާއުގައި ނުކުންނަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވެމުންނެވެ.
މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ ނަޝީދަށް ފާޑުވިދާޅުވަމުންނެވެ. އެމަނިކުފާނު މަގާމުން ވަކިކޮށްދޭން އެދެމުން އަންނަ ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
ނަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ފަށާފައި ވަނިކޮށް، "ޗޭންޖް އޯގް" ވެބްސައިޓުގައި މިއަދު ފަށާފައިވާ އޮންލައިން ޕެޓިޝަންގައި ބުނެފައި ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިސްލާމީ އުސޫލުތަކަށް ނަޝީދު ފުރައްސާރަ ކުރަައްވަމުން ގެންދަވާ ކަމަށެވެ. އަދި މިހާރު ބޭއަދަބީ ކަންކަން ވެސް ދިފާއު ކުރައްވަމުން ގެންދަވާތީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކި ކުރަން ޖެހޭ ކަމަށް އެ ޕެޓިޝަންގައި ބުނެފައި ވެ އެވެ.
އީމެއިލް އެޑްރެސްއެއް ބޭނުން ކޮށްގެން ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ އެ ޕެޓިޝަން ފެށިތާ ދެ ގަޑިއެއްހާ އިރު ތެރޭގައި 45 މީހަކު ސޮއިކޮށްފައިވެ އެވެ. ނަމަވެސް އެ ޕެޓިޝަން ފަށާފައި ވަނީ ކޮން ފަރާތަކުން ކަމެއް ސާފެއް ނުވެ އެވެ.
ޓުވިޓާގައި ވަނީ "އިމްޕީޗް ނަޝީދު" ހޭޝްޓެގެއް ވެސް ފަށައިފަ އެވެ.
ކޮއްކޯފުޅު ނާޒިމް ދިފާއު ކުރުމުގެ އިތުރު ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅަންވީތޯ ވެސް ނަޝީދު ސުވާލު ކުރެއްވި އެވެ.
ނަމަވެސް ނަޝީދުގެ އެ ތުހުމަތު ރައީސް ދޮގު ކުރައްވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހިރު
01 August 2022
ރާއްޖޭގެ ވެރިކަމުގައި ހުންނެވި ޚުދުމުހުތާރު ވެރިއެއްގެ ކިބައިން ރައްޔިތުން ސަލާމަތް ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވީތީ ރައްޔިތުން އެބޭފުޅުން ބަލައިގަތެވެ. ނަމަވެސް އެބޭފުޅުންނަކީ އިސްލާމީ މުޖުތަމައެއްގެ މަތީ މަޤާމެއްގައި ބައިތިއްބަން ހެޔޮވާވަރުގެ ބައެއްނޫންކަން އެބޭފުޅުންގެ ބަހާއި ޢަމަލުންވެސް އަބަދުމެ ހާމަވަމުންދާއިރު އެބައިމީހުން ވަކިކުރަން މިހާރު މާލަސްވެސް ވެއްޖެއެވެ.
އައިމިނާ
01 August 2022
މި އީ ޢާއިލީ ވެރިކަމާއި ދުރުވާން އައި މީހުންނަށް ވީ ވަރު. ރައީސަކަށް އަޅުގަނޑު ނާއިބަކަށް ކޮށްކޮއެއް ދެން ޖެހުނު މަގާމަށް ދައްތަ ދެން ބޭބެ ދެންވެސް އާއިލީ .......
ބުރުވާލިބާގިރުގެ ސިޔާސީ ކާސިމު
31 July 2022
ރައްޔިތުންގެ އިޙްސާސްތައް އުދާސްތަކަށް ބަދަލުވީމާވެސް މިމީހުންނަކަށް ނޭންގޭ އިސްތިއުފާދޭކަށް. އެކަމަކު ރައްޔިތުންގެ އިޙްސާސްތައް މާބޮޑަށް އެނގޭބައެކޯ. އަދިވެސް އެބަލަނީ މަރުފަލިޖަހައިގެން މަގާމުގާ ހުރެވޭތޯ. އެކަމަކުވެސް ޑިމޮކުރަސީގެ އައްޕަޔޯ.
ބުރޯަ
01 August 2022
ގައުމެއް ނަގާބެ ! ސަޅި
ޝެލަރީ
31 July 2022
ތީ މިހާރުން މިހާރަށްވެސް ކުރަން ލަސްވެއްޖެކަމެއް
އެމްސް
01 August 2022
އެމްއެމްޕީއާރުސީގެ އެންމެން ނުހޯދަނިސް ނިއްމާ!
ބޮބީ
31 July 2022
ރައްޔިތުންގެ މަޖުލީހުގެ ރައިސާއި ނާއިބު ރައީސް ދެމީހުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެއްޖިންސުނުން ގުޅުން ހިންގި ތިމާގެމީހެއް ހިމާޔަތްކުރަން އުޅުނީތީ ވެސް މަގާމުން ވަކިކުރުން މާ ލަސްވެއްޖެ!
އެމްސް
01 August 2022
އިބޫގެ ކޮއްކޮގެ ފިރި ރޭޕެއްގެ ތުހުމަތު، ސީދާ ވިކްޓިމް ހެކިދިނީމަ މައްސަލަލީ އޮއްބާ! އިސްލާމްދީނުގެ ޙައްޤުގަވެސް އިސްތިޢުފާދޭން ވެއްޖެނުން!
ޓަނޭ
31 July 2022
ގައުމުގެ ވެރިކަން ލިޔެދީފަ އޮންނަނީ ކެނެރެެގެޔަކަހ ނޫން
އެމްސް
01 August 2022
ސިއްކަ ޢާއިލާއަށް؟
ބޮޑުމީހާ
31 July 2022
ވަކިކުރޭ! ވަކިކުރޭ! މިގައުމު ހަލާކުކޮށްފި. ކެނެރީގޭ މަގުން މީހަކަށް ހިނގޭ ވަރެއް ނުވޭ. އެކަނިމާއެކަނި އުޅެން ބޮޑު ގަނޑުވަރެއް ހޯދައިފި. މުގާބޭއަށްވުރެ ޚުދުމުކްތާރު. ލަދުން ބޯހަލާކު
އެމްސް
01 August 2022
ބުރޯއެއް އައިމަ އެހެންމީހަކަށް އެތާކު ނޫޅެވޭނެ!
ޓރެސް
31 July 2022
އެމްޑީޕީ 23ގަ ވޯޓް ރައްޔަތުނގެ ތާއިދު ބޭނުންނަމަ ނަސީދު އީވާ ބޭރުކުރަން ޖެހޭ.
އެމްސް
01 August 2022
ޔާމީންގެ ސަޕޯޓަރެއް ދޯ؟
ފޮނިފޮނިޓައްޕު ކުމާރު
31 July 2022
ކެރަފާތަކުން މިގައުމު ސަލާމަތްވެގެންނޫނީ މިގައުމަށް ސަލާމަތެއްނެތް.
ކަންނެލި
31 July 2022
ބެލްޓު އަޅުއްވާ..... މިއޮޑިއެއް ނުފެތޭނޭ ކިޔާފަ ގޮސް އެރި ގިރި ދަށުވެ އޮޑި ގަރަގު ވެއްޖެ.