މަޖިލީހުގެ ކޮމެޓީއެއްގައި މެމްބަރު މުހައްމަދު އިސްމާއިލް: ޔޯގާ ހަމަނުޖެހުމާ ގުޅިގެން އޭނާ ހައްޔަރުކުރި -- ފައިލް ފޮޓޯ: މިހާރު
06 އޯގަސްޓް 2022 - 13:59
ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް މިއަދު ބަންދުން ދޫކޮށްލައިފި އެވެ.
މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން ދިވެހި ސަރުކާރު ވެސް ބައިވެރިވެގެން މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި ހަރަކާތް ކުރިއަށް ގެންދަނިކޮށް، އެ ތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން ކޯޓުން ވަނީ އިތުރުކޮށްފަ އެވެ. އެންމެ ފަހުން އޭނާގެ ބަންދަށް އިތުރުކުރީ 30 ދުވަހެވެ.
އިދިކޮޅު ޕީޕީއެމުން ހިންގާ އެކި ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލް ދޫކޮށްލިކަން އެ ޕާޓީން ކަށަވަރުކޮށްދިނެވެ. އެކަމަކު އިތުރު ތަފުސީލެއް ނުދެ އެވެ. ފުލުހުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.
މުހައްމަދު އިސްމާއިލް ބަންދުކުރި މައްސަލަ އިސްތިއުފާނުކުރަން އޭނާ ހައި ކޯޓަށް ވެސް ހުށަހެޅުއްވި އެވެ. އެކަމަކު އެ މައްސަލަ އެ ކޯޓުން ބަލައެއް ނުގަތެވެ. ނަމަވެސް އެގޮތަށް ނިންމި ސަބަބެއް ނޭނގެ އެވެ.
ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކުރި އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މީހުން ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ޝައިހް ފަޒްލޫން މުހައްމަދު ވެސް ހިމެނެ އެވެ. އެކަމަކު އެ މައްސަލާގައި ހައްޔަރުކުރި ޝައިހް އާދަމް ނިޝާން އަދިވެސް ހުރީ ބަންދުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންކަބިލި
06 August 2022
އަލަންގިރިމެންވެސް ދޫކޮށްލާދެން.
ލިބީ
06 August 2022
ހާދަ ފަސޭހައިން މިމީސްމީހުން ދޫކޮށްލައޭ...
ކޮބާ
06 August 2022
ފައިސާ ގޯނި ދޫކޮށްލީތަ؟ ހާދަ ފައިސާއެކޭދޯ ބހީ
ސަންޕަ ހަސަންފުޅު
06 August 2022
ޔޯގާ މައްސަލައިގާ މީނާ ދޫކޮށްލަން ރަނގަޅު. އެކަމަކު ގޯނިމައްސަލައިގާ މިނާއާ ސުއާލެއްހާހިސާބުވެސް ކޮށްލިބާ؟
ހައްޕު
06 August 2022
ގޯނިމައްސަލާގައި ސުވާލުކުރެވޭނީ ކިހިނެތް؟ އެތަކެއްބޮޑުންނާއި ތިސުވާލުކުރަންއޮތް މުވައްސަސާގެ އެތަކެއްބޮޑުންނެެއްތިބީ ތުންތެންމައި، ނަގޫތާށިކޮށްފަ. އެހެންނޫންނަމަ ތިކަންބަލައި ކަންކުރިމީހުން ހޯދައި އަދަބުދެވިއްޖައީސް. އެކަން ބެލޭނެގޮތެއްނެތް. ރައްޔިތުން ހޭރިހޭރި، ކުދިކިޔާލަކިޔާލައި ތިބުންނޫންކަމެއް މިވެރިކަމަކުވެސް އަދި ދެންއަންނަވެރިކަމަކުވެސް ނުވާނެ.
އެމްސް
06 August 2022
ގޯނި މައްސަލަ ކޯޓަކަށް އަދި ނުލާ!
މޯޑޭ
06 August 2022
މުހަންމަދު އިސްމާއިލު ޖަލުގަ ހުރި ދުވަސް ކޮޅު ފީފީއެމް ހަރަކާތް ތައް ފެނުނީ ވަރަށް ވަދުކޮށް. އިންޑިޔާ އައުޓް މުޒާހަރާތައް ވެސް އެއްކޮށް ހުއްޓިފަ. މުހަންމަދު އެބުރި އައުން ވަރުގަދަވާނެ .
އެޗް އެމް.
06 August 2022
ޔޯގާ އަކީ ދުނިޔޭގަ އެންމެ ހަލުއިކޮށް ކުރިއަރަމުން މަގުބޫލު ވަމުންދާ ކަސްރަތު. ގާތްގަޑަކަށް 300 މިލިއަން މީހުން ޔޯގާ ކަސްރަތުކުރޭ. ސިއްހީ އެތަކެއް ފައިދާތަކެއްވާކަމަށް ހޯދުންތަކުން ދައްކާ. ޔޯގާ، ކަރާޓޭ، ޑައެޓް، މިއުޒިކު، ލަވަ، މިއީ ހައްތާވެސް އޭޝިއާގެ ދީންތަކުންގެ ތެރެއިން އުފަންވެ ތަރައްގީވަމުން އައިސް ދުނިޔޭގަ އެންމެން މިހާރު ބޭނުން ކުރާ ކަންކަން. އެހެންވީމަ މިއުޅެނީ ހުސް ޝިރުކުކުރާމީހުންތާ؟
ލޮބީ
06 August 2022
އެއްޖިންސުން ކައިވެނިކުރުންވެސް އަންނަނީ ހަލުވިކަމާއެކު ބާރަށް ކުރިޔަށް.
ރަދީފްއޮފިޝަލް
06 August 2022
ބްރޯ.ޗެކް ރިޕަބްލިކް އެއީ އާބާދީގެ ނިސްބަތުން އެންމެ ގިނައިން ބިޔަރު ބޯ މީހުން ތިބި ގައުމު.ކަލޭ މިވެސް ކޮޕީކުރަން ވީއެއްނު.ލަދު ކޮބާ؟؟ ވ.ވެދުން
ޢަރުތަ
07 August 2022
"ޔޯގާ" ކިޔާފަ ކަސްރަތު ކުރާތީ މައްސަލައަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގަ އެކިގަޑިގަޑީގަ ހިންގާ ކަސްރަތުކުލާސްތައް ގޮތަށް ކޮންމެވެސް ރީތި އެހެން ނަމެއް ކިޔާފަ ކުރީމަ ހަމަ ވަރަށް ރަނގަޅުވާނެ، ފައިސާ ޚަރަދުކޮށްގެން ބައިވެރިވެސް ވާނެ.
ޖުލައި
07 August 2022
ގަމާރުންވެސް އުޅެޔޭ ދޯ
އަސްރަފް
06 August 2022
ދެން މިސަރުކާރު ވެއްޓޭކަށް މާގިނަ ދުވަހެއް ނެތް ، އިރާދަކުރެއްވިއްޔާ
ޢަރުތަ
07 August 2022
2023ގަ މިކަން ނިންމާނަން، އެކަމަކު ކުރިން ވެރިކަން ކޮށް ކަމުނުގޮސްގެން ރައްޔިތުން ވެރިކަމުން ދުރުކޮށްފަ ހުރި މީހަކަށް ފުރުސަތެއް ނުދޭނަން، އިންޝާﷲ.
ހުޅުޅޭ ބޮޑުމީހާ
06 August 2022
ޕްރޮފެޝަރ ނާޒިމް ސައްތާރުގެ މުއްދަތު ޖަހާލަބަލަ ވާނުވާ އެއީ އަސްލު މި ޤައުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ
މާރިޔާ
06 August 2022
ޢަސްލު ވެސް
އުދުހޭ
06 August 2022
އިންޓެލް ރިޕޯޓް ލިޔެލައިގެން ބޭނުންމީހަކު ހައްޔަރުކުރެވޭ ޓެރެރިޒަމްގެ ގާނޫނު މިހާރު ވެރިކަމުގައިތިބި މީހުންނާވެސް ބައްދަލުކުރާނެ. އިންޝާﷲ
ސަސި.
06 August 2022
ސަރުކާރަށް އަރާނެ ގޮޅި ހުސްވީމަ ދެން ޖެހޭނީ ދޫކޮށްލަންތާ
އަސް
06 August 2022
ގޮޅި ހުސްނުވާނެ އެއްވެސް ސަރުކާރަކަށް. އެއުޅެނީ މާރާމާރީ ހިންގައިގެން އެދުވަހު. ޔޯގާ ރަގަޅެއް ނޫން އެކަމު އެތަނަށް ވެދެ ތަޅާ ފޮޅުން ހިންގައިގެން ނުވާނެ، އެއީ ދީނަށް ނަސްރު ދިނުމެއް ނޫން.
ޢަރުތަ
07 August 2022
މާރާމާރީ ހިންގަން ރާވާ ހިއްވަރުދިންކަމުގެ ކުށުގަ ހުކުމްކޮށް ގޮޅިއަކަށް ލީމަ ހުންނާނީ ގޮޅި ހުސްވެފަ ދެއްތޮ. ގެރިބޮލަސް އަދި އެހެން މީހަކަސް އަމިއްލަ އަމިއްލަ އަށް ކަންކަމާ މެދު ހުކުމް ކުރަންވީމަ ކަމަކު ނުދާނެ، އެމީހަކަށް ޖެހޭނީ ޤާނޫނީ ގޮތުން ދެވެން އޮތް އަދަބެއްދޭން.