12 ސެޕްޓެމްބަރ 2022 - 13:45
އިޒްރޭލުގެ މުހިންމު ސަހަރުތަކަށް ހަމަލާ ދިނުމަށް ޚާއްސަކޮށްގެން އީރާނުން ޑްރޯން މަތިންދާބޯޓެއް އުފައްދައިފި އެވެ.
އީރާން ސަރުކާރަށް ތާއީދުކުރާ އެ ގައުމުގެ ނޫސް އޭޖެންސީއެއް ކަމަށްވާ މަހްރު އިން ބުނި ގޮތުގައި އީރާނުން އަލަށް އުފެއްދި ޑްރޯން މަތިންދާބޯޓު ބޭނުންކޮށްގެން އިޒްރޭލުގެ ވެރިރަށް ތެލް އަބީބަށާއި އިޒްރޭލުގެ ބަނދަރުމަތީ ރަށެއް ކަމަށްވާ ހައިފާ އަށް ހަމަލާ ދެވޭނެ އެވެ. "ޢަރްޝް 2"ގެ ނަން ދީފައިވާ މި ޑްރޯންއަކީ، އީރާނުން ކުރިން އުފެއްދި "ޢަރްޝް 1" މަރުކާގެ ޑްރޯން އަށް އިތުރު ބަދަލުތަކެއް ގެނެސްގެން ތަރައްގީކޮށްފައިވާ އުޅަނދެކެވެ.
އީރާންގެ އެއްގަމު ލަޝްކަރުގެ ކޮމާންޑަރު ކިޔޯމާސް ހައިދަރީ ވިދާޅުވި ގޮތުގައި އީރާނުން އަލަށް ތަރައްގީކުރި ޑްރޯންއަކީ، ކަނޑައެޅިފައިވާ ވަކި އަމާޒަކަށް މިސައިލެއް ނުވަތަ ރޮކެޓެއް ފޮނުވައިލުމަށް އުފައްދާފައިވާ އުޅަނދެއް ނޫނެވެ. އޭގެ ބަދަލުގައި އެ ޑްރޯންއަކީ އޭގެ ޒާތުގައި ވެސް ނުރައްކާތެރި ހަތިޔާރެކެވެ.
ޢަރްޝް 2 އުފައްދާފައިވަނީ ނުރައްކާތެރި ގޮވާ ތަކެތި އޭގައި ހަރުކޮށްގެންނެވެ. ޕައިލެޓަކާ ނުލައި ދަތުރުކުރާ އެ އުޅަނދު ދުރު ރާސްތާ އަށް ދަތުރުކޮށްފައި ގޮސް، އެއަށް ކަނޑައެޅިފައިވާ އަމާޒަށް ވެއްޓިގަންނާނީ އެވެ. ކަނޑައަޅާފައިވާ އަމާޒަށް ޑްރޯން ގޮސް ޖެހިގަތުމާއެކު، އޭގައިވާ ގޮވާ ތަކެތި ގޮވާނެ އެވެ.
އީރާންގެ ހަތިޔާރު އެޅި ލަޝްކަރުތަކުގެ ވެރިޔާ މުހައްމަދު ބާގިރީ މިދިޔަ މެއި މަހުގެ ތެރޭގައިވަނީ، ޢަރްޝް 2 އުފައްދާ އަސްކަރީ ކާރުޚާނާ އަށް ޒިޔާރަތް ކުރައްވައި މަސައްކަތްތައް ބައްލަވާލައްވައިފަ އެވެ. އެ ކާރުޚާނާ ހުންނަނީ އީރާންގެ ހުޅަނގުގައި ހުންނަ ޒަޣަރޯސް ފަރުބަދަތަކުގެ އެތައް ސަތޭކަ މީޓަރު އަޑީގަ އެވެ. އެ ކާރުޚާނާގައި މިހާރު ވެސް ޢަރްޝް 2 މަރުކާގެ 100 އަށް ވުރެ ގިނަ ޑްރޯން އުފައްދައި ބޭނުންކުރަން ތައްޔާރުކޮށްފައި އެބަހުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އީރާނުން މިހާރު ތަރައްގީކޮށްފައިވާ ޑްރޯންތަކުގެ ތެރޭގައި ހަމަލާ ދިނުމަށް ބޭނުންކުރާ ޒާތުގެ ޑްރޯންގެ އިތުރުން، މައުލޫމާތު އެއްކުރުމަށާއި ފާރަލުމަށް ބޭނުންކުރެވޭ ޒާތުގެ ޑްރޯންތައް ހިމެނެ އެވެ. އީރާންގެ އަސްކަރިއްޔާގެ ކޮމާންޑަރެއް ކަމަށްވާ އަބްދުއްރަހީމް އަލް މޫސަވީ ވިދާޅުވި ގޮތުގައި، ޑްރޯން އުފެއްދުމުގައި މެދުއިރުމަތީގައި މިހާރު އޮތް ވަރުގަދަ ގައުމަކީ އީރާނެވެ.
އީރާންގެ ޑްރޯން މަތިންދާބޯޓުތަކެއް ގަތުމަށް، ރަޝިޔާ އިން ވެސް ދާދި ފަހުން ވަނީ އީރާނާ އެކުގައި މަޝްވަރާތަކެއް ކޮށްފަ އެވެ. މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި، ރަޝިޔާ ސިފައިންނަށް ލިބެމުންދާ ގެއްލުންތައް ދުވަހުން ދުވަހަށް ބޮޑުވަމުން ދާތީ، ރަޝިޔާ މިހާރު ބޭނުންވަނީ ޑްރޯން ބޭނުންކޮށްގެން ޔޫކްރޭންގެ އަމާޒުތަކަށް ހަމަލާ ދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަމާރުއްދީން
14 September 2022
ތެލް ބަބީބެއްނޫން، އަސްލު ކިޔަނީ ތެޅި ހަބީބު.
ޖޯޖް 100
14 September 2022
އިދުރީސް ދުނިޔޭގެ އެންމެ އެޑްވާންސް ސްޕައި މޮންސްޓަރ ޑްރޯން އާރުކިއު4 ގްލޯބަލް ހޯކު 60,000ފ މަތިން ވައްޓާލަން ފޮނުވި އީރާނުގެ އެޔަރ މިސައިލް 30 ސިކުންތުނުވެ 60,000 ފޫޓައް ވާސިލްވެ 225 މިލިޔަނައްވުރެ އަގުބޮޑު ޑްރޯން ގޮއްވާލި ގޮތާމެދު އަޖައިބެއްނުވޭތަ؟ ކޮންފަދަ މޮޅު ޓެކްނޮލޮޖީ މިސައިލްތަކެއްބާ އީރާނުން އުފައްދާފައެހިރީ ރެޑާރަކަށް ޑިޓެކްޓްކޮށް ނުލެވޭނެޔޯބުނި އެމަރިކާ ފަޞީހަތް ވެއްޖެ .އީރާން ގަދަބަސް ބުނަނީ ފެންވަރު ހުރެގެންކަން ފެނިގެންދޭ
ސަލީމު އިދުރީސް
14 September 2022
ހިތައްރާ ދިވެހިން ދުނީއެ ލުއިފަސޭހަ ޒަމާނީ ތަނަކައް ހެދުމުގަ އެއްވެސް ދައުރެއް ނެއްއިރު ހަގީގަތް ގަބޫލު ކުރާހާ ހިއްވަރުވެސް ނެތޭ! އުދުހޭއަސް ދުއްވިބައްރާ ހުޅަނގާ އެމެރިކާޔާ އިލުމާ އުފެއްދުންތެރިކަމާ މިނޫނަސް ހުރިހާ ރޮނގަކުން ހުދާކަޅާހާ ތަފާތު ބޮޑުކަން ގަބޫލު ނުކުރވިގެން ތިއުޅެނީ ސިކުންޑިއަށް ސަހަރާގެ ހިރަފުސް ބުރާފަ ވާތިކަން ޔަގީން! އަޅެބުނެބަލަ އެބައްރަށް ކަޅުފޮށި ފިއާވާ މީހުން ހޭބަލިވެގެން އޭގެބޭނުން ޖެހިގެން އުޅޭވަރު ފުރޮޑޮޓެއް އުފެއްދުނުތޯ؟
ޒަމޫ
14 September 2022
އިދުރީސް އެބަޖެހޭ ބީރުބޮލުވަޒީރު ކައިރީން ދުނިޔޭގެ މަސްރަހުދަސްކުރަން އުސާމާބިންލާދިން އާ ސަލްމާން ރުޝްދީގެ ވާހަކަ ދައްކާއިރު ބިއްލާދީން އަތުލަން މުޅިދުނިޔެ އެމަރިކާއަށް ވާގިވެރިވި ސަލްމާން ރުޝްދީއަށް އެމަރިކާއާއި މުޅި ޔޫރަޕުން ހިމާޔަތްދިން އީރާނައް ބިރުން ރުޝްދީ ފިލައިގެން ޔޫކޭއަށް ދިޔައީ ވެސް.
ވާދަފަރި
13 September 2022
އެންމެ މޮޅު ހަތިޔާރާ ޓެކްނޮލޮޖީގެ ހުރިހާ މޮޅެއް ލިބި ތިބެގެން ހޮހަޅައިގަ ފިލާ އުޅުނު މީހަކު ނުހޯދިގެން 10 ވަރަކަށް އަހަރު ދުނިޔޭގެ އެންމެ ބޮޑުބާރު ހޭދަކުރި.
ސަލީމު އިދުރީސް
13 September 2022
ބަލަ އެމެރިކާ ހޯދަން ބޭނުންވިމީހަ އޮތްތާކުން ދަމާނެރެ ބޭނުންގޮތް ހެދިކަމެއް ނޭގޭތޯ! ތިބުނާ އީރާނުން ސަލުމާނު ރުސްދީ ކިއާމީހަކު ބޯކަނޑަން އިއުލާނު ކުރިފަހުން މިއޮއް 40 އަހަރުވަނީ! ތިހެންވެ މަގޭ ބުނަނީ އެމެރިކާޔާ ހުޅަނގުގެ އިލުމާ ގާބިކަމާމެދު އިހައްދުވަހާ ޖެހޭދެން ގޮނޑުދޮށައް ބޮކަމުދިޔަ ދިވެހިން ސުވާލު ހުފައްދަނީ ހުންނަ ލަދުހަޔާއް ކުޑަކަމުންނޭ!
ވިސްނާލަބަލަ
14 September 2022
އިދުރީސް ކަލޭ ދައްކާ ވާހަކަ ހަމަނުޖެހޭ އުސާމާބިންލާދިން އަތުލަންއުޅުނީ މުޅި ދުނިޔެ އެއްބާރުލުން ދީގެން އަދި ބިއްލާދީން އަތުލައިގަތީ އެމަރިކާގެ ކޮމާންޑޯސް މޮޅުކަމަކުންނޫން އުސާމާ ގެ ޖާސޫސުން އޭނާ ދެއްކީ އަދި ސައްދާމް ހުސައިން ވެސް އަތުލެވުނީ ހަމަ ސައްދާމްގެ ޖާސޫސުން ރިޝްވަތު ހިފައިގެން އެމަރިކާއަށް ދެއްކިކަމުން އެމަރިކާ މޮޅުކަމަކުންނެއްނޫން؟ ސަލްމާން ރުޝްދީ މެރޭނީ ކިހިނެށް؟އިނގިރޭސިވިލާތުން އޭނަޔަށް ހިމާޔަތްދީ ސެކިއުރެޓީއާއެކު ބެލެހެއްޓީ
ވާދަފަރި
15 September 2022
ސަލީމޫ.. އެމެރިކާދެކެ ސަލީމު މާބޮޑަށް އިމްޕރެސްވެގެން ތިއުޅެނީ. އެމީހުންގެ ތެރޭ ތިބި ވަރަށްރީތި ފާޚާނާތަކުގެ ބޭނުންކުރާ ވަރަށް އިލްމީމީހުން އެބައުޅޭ އެމީހުންގެ ސައިލޯތަކުގަ ހުރި މިސައިލް ޓްރިގަރކުރަނީ ކޮން ބާރަކުންކަން ނޭނގިގެން. އަދި އެމީހުންގެ ނިއުކްލިއަރ އާލާތްތައް އެމީހުންނަށް ނޭނގި އެކްޓިވޭޓްކުރަނީ ކޮން އެއްޗަކުންކަން ނޭނގިގެން. ދުނިޔޭގަ ރެކޯޑްނުވާ ސްޕީޑްގަ ދަތުރުކުރާ އެއްޗެހިތަކެއް ނޭނގިގެން. އެމީހުންނަށްވެސް އަދި ނޭނގޭ ކަންކަން އެބަހުރި
ޖެރީނާ
13 September 2022
ކިރު ސައި ގަމާރު ވެގެން ނޫޅޭ ބަޔަކު މިދައްކަނީ ފާރިސީންނަކީ އީރާންކަން ހަނގުރާމަތަކުގައި ސިންގާގެ ނުރައްކާތެރިކަން ހުންނަ ވަރުގެ ލަޝްކަރެއްއެއީ..އީރާނަކީ ތީ ކިހާފެންވަރެއްގެ ބައެއްކަން ނޭގެނީ ހާހަކަށްވުރެގިނަ އެމަރިކާގެ ސިފައިންގެ ޓުރޫޕް އިރާގުއެތެރެއަށް މަރާފައިވަނީ އީރާނުގެ މިލިޓެންޓުން ހިޒްބުﷲ ލައްވައި ތިއެމަރިކާ ސިފައިން ތުރުތުރުއަޅާހާލު ނިދަނީ ބިރުވެރި ހުވަފެންތައް ފެނި ކިތައް ސިފައިން އަމިއްލައަށްމަރުވެ ނަފްސާނީ ބަލިޖެހިފަތިބީ
ސަލީމު އިދުރީސް
13 September 2022
ބީރުބޮލު ވަޒީރު ދެން އަޅުގަނޑު އަރަބީންނޭ ބުނި ބަހަކީ މުސްމުންގެ ވާހަކަ! ތިބޫނާ ގޫގުލްއަކީ މުސްލިމުންގެ އުފެދުމެއްތޯ؟ އަޅުގަނޑުމީ ތިބުނާއެތި އެހާބޮޑައް އެނގޭ އަދި އޭގެން މައުލޫމާތު ހޯދޭފެންވަރު މީހެންނޫން އެކަމަކު ވަރައް އަވަހައް ދަސްކުމުގެ ހިޔާލުއެބޮތް! އެކަމަކު ތީގެން އަޅުގަނޑުގެ ބުއްދިއަށް ވިސްނޭގޮތުގަ މައްސަލަ ތަކެއް އެބަހުރި އެމަކު އެމައްސަލަތައް ގުޅުންހުރީ ތިބޭފުޅުންނާ!
ބެލްއބ
13 September 2022
ތިހެން ކިޔާފަ ތި ވިއްކާނީ ރަސިޔާއަށް.
ކޮބާބާ
13 September 2022
ދެން ތިކަން އިޝްތިހާރުކުރުމުގެ ބޭނުމެއް ނުފެނޭ. ހަމަލާދީފަ ދެން ސަޅި ކެނޑިނަމަ މާ ފައްކާވީސް.
ނަންން
13 September 2022
ޚަބަރަށް ވުރެ ކޮމެންޓު ސެކްޝަން މާ ފުރިހަމަ