ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އިންޑިއާއިން ދިވެހި ސިފައިންނަށް ހަދިޔާކުރި 24 ވެހިކަލްގެ ހަނދާނީ ލިޔުމާ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ހަވާލުވެވަޑައިގަންނަވަނީ: އެ ވެހިކަލްތައް ހަވާލުކޮށްދެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން -- ފޮޓޯ: އެމްއެންޑީއެފް
03 އޮކްޓޯބަރ 2022 - 17:38
އިންޑިއާ ސަރުކާރުން އެމްއެންޑީއެފް އަށް 24 ވެހިކަލް މިއަދު ހަދިޔާކޮށްފި އެވެ.
އެ ވެހިކަލްތައް ހަވާލުކުރީ މިއަދު އެކަމަށްޓަކައި ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އިންޑިއާގެ ފަރާތުން އެ ވެހިކަލްތައް ރާއްޖެއާ ރަމްޒީގޮތުން ހަވާލުކޮށްދެއްވީ، ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެ ގައުމުގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން އެވެ. އެމްއެންޑީއެފުގެ ފަރާތުން ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ.
އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އިންޑިއާ ސަރުކާރުން ވަނީ މީގެ ކުރިން ވެސް އެމްއެންޑީއެފަށް ބައެއް ވެހިކަލްތައް ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި ކަނޑާއި ވައިގެ މަގުން ދުއްވާ އުޅަނދުތައް ވެސް ހިމެނެ އެވެ.
މިފަހަރު ހަދިޔާކުރެއްވި ވެހިކަލްތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.
އިންޑިއާގެ ޕްރޮޖެކްޓުތައް އަވަސްކުރަން ދޫކުރާ 100 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކޮށްފި https://t.co/caN5Hfkc8n
— Mihaaru (@Mihaarunews) October 2, 2022
ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ވަނީ މުހިންމު އެއްބަސްވުމެއްގައި ވެސް ސޮއިކުރައްވައިފަ އެވެ. އެއީ އެ ގައުމުން ރާއްޖޭގައި މިހާރު ހިންގަމުން އަންނަ މަޝްރޫއުތައް އަވަސްކުރުމުގެ ގޮތުން އިންޑިއާގެ އެގްޒިމް ބޭންކުން ދޭން ނިންމި އިތުރު 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުމެވެ.
މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އަދިވެސް ސަރުކާރުގެ އެހެން ބައެއް އިސްވެރިންނާ ވެސް އޭނާ ބައްދަލުކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމަނާ
04 October 2022
"މުންޖިތޭ" ހިންދޫދީން ފަތުރަންކުރާ މަސައްކަތަށް ހުރަސްއެޅުމަކީ ދިވެހި ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެއް، އެކަން މަނާކުރުމަށް އަޑުއުފުލި މީހުންގެތެރެއިން ބަޔަކުމީހުން ކޮންޓްރޯލުން ނައްޓުވައި ހަމަނުޖެހުން ހިންގުމުގެ ޒިންމާ ހިންދޫއިންގެ އަޅުކަން އިންތިޒާމުކުރި މީހުން އުފުލަންޖެހޭނެ، މިއަދު ތިޔަލިބުނު 24 އުޅަނދަކީވެސް ޕީޖީކުރި އަޞްލެއްނެތް ދަޢުވާތަކުގެ އިނާމެއް، ދިވެހިރައްޔިތުން އިނާމުދޭދުވަސް ވަރަށް ކައިރިއެބަވޭ، އެދުވަހަކަށް އިންތިޒާރުކުރޭ!
މުންޖިޗޭ
04 October 2022
ހިންދޫދީން ފަތުރަންކުރާ މަސައްކަތަށް ހުރަސްއެޅުމަކީ ދިވެހި ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެއް، އެކަން މަނާކުރުމަށް ފާޅުގައި އަޑުއުފުލި މީހުންގެތެރެއިން ބަޔަކުމީހުން ކޮންޓްރޯލުން ނައްޓުވައި ހަމަނުޖެހުން ހިންގުމުގެ ޒިންމާ ހިންދޫއިންގެ އަޅުކަން އިންތިޒާމުކުރި މީހުން އުފުލަންޖެހޭނެ، މިއަދު ތިޔަލިބުނު 24 އުޅަނދަކީވެސް ޕީޖީކުރި އަޞްލެއްނެތް ދަޢުވާތަކުގެ އިނާމެއް، ދިވެހިރައްޔިތުން އިނާމުދޭދުވަސް ވަރަށް ކައިރިއެބަވޭ، އެދުވަހަކަށް އިންތިޒާރުކުރޭ!
ޝޮކްތެރަޕީ
04 October 2022
އެމްމެ ފަހުން ވެހިކަލްތަ ނުދީ ބަަަދަލު ދޭން ޖެހޭނީ.
ފޮނިފޮނިޓައްޕު ކުމާރު
03 October 2022
ގައުމުގެ ރައްޔިތުން ބަނޑަށްބަހައްޓާފާ ބީރައްޓެހި ބަޔަކަށް މިލިޔަނުންމިލިޔަނުން ހަރަދުކުރަނީ. ވިސްނާބަޔަކަށް މީގާ އިބުރަތެއް ވާނެ.
އއއ1
03 October 2022
ޑްރައިވަރުންނާ މެކޭނިކުންވެސް ތިޔަ އެއްޗެއްސާއިއެކު ބޭނުންވާނެ ނޫންތޯ ރާއްޖެއަށް!!
ޖިލް
03 October 2022
ތިޔަ ދުއްވަން އިނގޭ މީހުން ނުތިބޭނެ ސިފައިން ގެއަކު
ބޮޑުމީހާ
03 October 2022
އިންޑިއާ އައުޓް
ކުޗީ
03 October 2022
މިގޮތަށް ލޯންޗެއް ، ޖިޕެއް ދީފަ ދެން ދަމައިގަންނަނީ ގޮހޮރު.
ހިޔާލީ އަލީ
03 October 2022
މިކަހަލަ އެހީތެރިކަންދޭތީ ޔާމީނުމެން މޭކަރައިގަނެގެން އިންޑިޔާ އައުޓަށް ގޮވަނީ. އައުޓަށް ގޮވާބަލަ އެއްވެސް އެހީއެއްނުވާ ލަންކާއަށް. އޭރުން ތަންކޮޅެއް ރިއަލްވާނެ
ސުމަން މިއާ
03 October 2022
2023 ގެ ކެމްޕެއިންގައި ބޭނުންކުރާ އުޅަނދުތައް.