ގދ. ނަޑެއްލާގެ ބަނދަރު: ޕާކިސްތާނު ބަޔަކު ދަތުރުކުރި ބޯޓެއް ވަނީ އެރަށް ކައިރިން ފަރަށް އަރާފައި
08 އޮކްޓޯބަރ 2022 - 16:03
ޕާކިސްތާނު ބަޔަކު ދަތުރުކުރި ގދ. ނަޑެއްލާ ކައިރިއަށް ފަރަށް އަރައިފި އެވެ.
ފުލުހުން ބުނީ ނަޑެއްލާ ކައިރިން އިއްޔެ ބޯޓެއް ފަރަށް އަރައިގެން އުޅޭ ކަމަށް މައުލޫމާތު ލިބިގެން ބެލިއިރު، އެ ބޯޓުގައި ތިބީ ޕާކިސްތާނުގެ 10 މީހެއް ކަމަށެވެ. އެ މީހުން މިހާރު ތިބީ ނަޑެއްލާގައި ކަމަށާއި އެ މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
ބޯޓު ފަރަށް އެރި ސަރަހައްދުގައި އެމްއެންޑީއެފާއި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެ ބޯޓަކީ ރާއްޖޭގެ ބޯޓެއް ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނޫނެވެ.
ރާއްޖެއިން ބޭރުގެ ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހާލުގައި ޖެހިފައި ތިއްބާ މީގެކުރިން ވެސް އަތުލައިގެންފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސައްނިފު
10 October 2022
މިހާރު އިނގޭނެ އިންޑިޔާ އައުޓު ގޮވަނީ ކޮންމެހެން ރާޑަރުތައް ހުންނާތީ ބިރުން ނޫންކަން. ރާޑަރުތައް ހުއްޓަސް އެއަށް ފެންނަ އެއްޗެއް ނެތް. މިއީ ހަގީގަތަކީ ..
ކަޅޭ
09 October 2022
ހާލުގައި ޖެހުނީމާ އަތުލައި ގަންނަންޖެހޭ ސަބަބެއް ނޭގުނު.
ދިވެހިރާއްޖެ ޕާކިސްތާނަށް އެހީވަނީ އެކަމަކު.....
08 October 2022
ދިވެހި ރައްޔިތުން ޕާކިސްތާނަށް އެހީވުމުގައި ފައިސާ އެއްކުރަން ހޭބޯނާރާ އުޅޭއިރު، ޕާކިސްތާން މީހުން އުޅެނީ ދިވެހިރާއްޖެއަށް ޑްރަގް އެތެރެ ކުރުމުގައި އަވަދިނެތި އެވެ.
ހޯހޯ ނުވާނެ
08 October 2022
މާލޭ ފަޅުގަ އަޅާލާފަ ހުރި އެއްވެސް މަސައްކަތެއް ނުކޮއް މުއްސަނދިކޮއް އުޅޭ ދިވެހި ޒުވާނުންގެ ލޯންޗް ތައް ދެކިލަބަކަ….މީހަކު ކޮސްވާނެ….އެމީހުންގެ މައިން ބަފައިންނާ އާއިލާއިންވެސް ތިބެނީ ހާދަ ފަހުރުވެރިވެލާފައޭ….
އަލީހަމީދު
08 October 2022
އަޅާނުލާ، އެމީހުން ގެނައި ޑްރަގްކޮޅު މިހާރު ހުންނާނީ އެތެރެކޮއްލާފަ.
ސަލާމަތީ
08 October 2022
ބޯޓުގައި ހުރި ޑްރަގަށް ހެދި ގޮތް ނުބުނަނީސް ދޫކޮށް ނުލާތި.
ހުސޭނުބެގެ
08 October 2022
ތިޔަ މީހުންނާއި އިހަށްދުވަހު ބަންޑުންޖަހާލި ލޯންޗާ ގުޅުމެއްވޭތޯ ބެލުން ވަރަށް މުހިއްމު
ވާން
08 October 2022
ދީންވެރި ޑްރަގް ވިޔަފާރި
ޙަސަން ކުރުސީ
08 October 2022
ކޮބާތޯ ރާޑަރުތައް؟ ރަށެއްގެ ފަރަށް ބޯޓު އުރޭއިރު އަގުބޮށު ރާޑަރު ސިސްޓަމްތަކަށް ނުފެނޭ!
މޮޖޮނި
08 October 2022
ބޮޑު ޑުރަގު ސިޕްމަންޓެއް އެތެރެ ކޮށްފަ ފިލަން ތިއުޅެނި . ކޮންމެސް ރަށެއްގަ ވަޅުލާފަ ނޫނީ ފަޅެއްގަ ފޮރުވާފަ ހުންނާނެ ނިކަން ބަލަ