ނާޒިމް ސައްތާރު: އޭނާގެ މައްޗަށް ކަނޑައެޅި އަދަބުގެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓަށް ހުށަހަޅާފައި ---ފޮޓޯ/މިހާރު
09 އޮކްޓޯބަރ 2022 - 17:26
އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގައި ވަކީލް ނާޒިމް ސައްތާރުގެ މައްޗަށް ކަނޑައެޅި އަދަބުގެ ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ބަންގްލަދޭޝްގެ އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ ތިން މަހާއި 26 ދުވަހުގެ ގޭ ބަންދުގެ އަދަބެކެވެ. އެ ކުށަށް އޭނާ އެއްބަސްވެެފައިވެ އެވެ.
އެ މައްސަލާގައި ނާޒިމްގެ މައްޗަށް ކަނޑައެޅި އަދަބުގެ ބައި އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅީ މިއަދެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ނާޒިމްގެ އިތުރުން އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެ އަދަބު މާ ބޮޑު ކަމަށް ބުނެ އެ މައްސަލަ ވެސް ދައުލަތުން އޮތީ އިސްތިއުނާފް ކުރަން ނިންމައިފަ އެވެ.
ގާނޫނުލް އުގޫބާތު އޮންނަ ގޮތުން އަދަބުގެ މިންވަރާ މެދު ހިތްހަމަނުޖެހޭނަމަ، ވަކިން އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮވެ އެވެ. މީގެކުރިން ވެސް އަދަބާ މެދު ހިތްހަމަނުޖެހިގެން ހައިކޯޓަށް ހުށަހަޅާފައިވެ އެވެ.
އެ މައްސަލާގައި އަލަމްގީރްގެ މައްޗަށް ކޯޓުން އިއްވީ ހަތް މަހުގެ ޖަލު ހުކުމެކެވެ. އަދި އެއް ޖިންސުން ގުޅުން ހިންގި މަންޒަރު ވީޑިއޯކުރި މައްސަލާގައި އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއެއް ސާބިތުވެ، ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް ވެސް އޭނާގެ މައްޗަށް އޮތީ އިއްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނާނާ
13 October 2022
ކަލާޔަށް މިކަން އެނގުނީ ކިހިނަކުންތޯއެވެ? ލޮލުން ފެނި އަތުން ބީހިގެން ތޯއެވެ? ނޫނީ ތުންތުނ މަތިން ދެކެވެމުން އައި ވާހަކަތަކުންތޯއެވެ?
ބަޑިތަކުރު
10 October 2022
އެއްކަމެއް ދެމީހަކު ކުރީމާ ދެމީހުންނަށް އެހާތަފާތު ބޮޑު 2 ހުކުމެއް އަންނަނީ ކިހިނެއްބާވައެވެ. އަދިވެސް ހަމަ ބޮޑުންނަށް މޮޅުގޮތް ވެގެން ދަނީކީ ނޫންބާވައެވެ.
ގޮމާ
10 October 2022
ސަރުކާރުން ދެމީހުންނަށް ކުރީ ދެ ދައުވާއެއް. އެކަކަށް ވީޑިއޯ ކުރި ކަމުގެ ދައުވާ. އަނެކަކަށް ވީޑިއޯ ގެންގުޅުމުގެ ދައުވާ. ސަރުކާރަކުން ބޭނުމެއް ނުވޭ އަސްލު ކުށަށް ދައުވާ ކުރާކަށް. އެހެންވީމަ ގާޒީއަށް ދައުވާ ނުކުރާ ކުށަކަށް އަދަބެއްވެސް ނުދެވޭނެއްނުން. މި ވެގެން އުޅޭގޮތަކީ
ކަކުނިބޯ
10 October 2022
ލޯޔަރަކަށް ވީމާ ލުއިވީ އެހެން ޤައުމުތަކުގައި ފުލުހުންނަށް ލޯޔަރުންނަށް ވަނީ ބޮޑު
އެމްސް
10 October 2022
ކޮބައިތޯ ތިކަމުގެ އެހެން ތަރިންނާއި، އަސްލު ބޮސް؟ ފައިސާ ޚަރަދު ކުރި މީހުނާއި، ކަން ރާވާ ހިންގި މީހުން ކޮބާ؟ އަލަމްގީރުގެ ބޮލަށް ހުރިހާ އެއްޗެއް ކަނޑާލީމަ ކަމަކު ނުދާނެ! އޭނާ ހުރީ ކާކުގެ ސްޕޮންސަރގެ ނުވަތަ ވިސާގެބާ؟
ޖަމްޝީދާ
10 October 2022
އެެއްޖިންސު ގުޅުމަކީ ދިވެހީން ފަރުގާ ފުރަގަހުގައި ވަރަށް އާންމުކޮށް ކުރާ ކަމެއް. ކޮންމެ މީހަކުވެސް މާ ދީނީ މީހުންނަށް ވެގެން އުޅެނީ ބަސްޓު ވުމުގެ ކުރިން. ނާޒިމް ސައްތާރުވެސް އެގޮތަށް އުޅުނީ.
ޢިހްސާސް
09 October 2022
ޢެކްތާ ކަޕޫރު ހަދާކަހަލަ ޑުރާމާދޯ ތިކުޅެނީ.
އަބްޑޫޅް
10 October 2022
ކަލޭމެންނަށް މިސާލު ޖެހެނީވެސް ހިންދުސްތާނު ފިލްމުން ދޯ؟ އެމެރިކާގެ މޮޅު، ހޯލީ ވޫޑު ގަ ދައްކާ ވާހަކަ ނޭގެނީތަ؟
ކަކުނިބޯ
10 October 2022
ޙިންދީ ފިލްމެއް ހޮލީވުޑް،ފިލްމަކަށްނުވާނެދޯ ހަހަހަ
ތުނޑުހަސަނު
09 October 2022
ޙުކުމް ތަންފީޒުކޮށް ނިމެންދެން މަޑުކޮށްލާ. އަހަރެމެންގެ އަނގަގޮއްވަން ކުރާކަންކަން ތިހުންނަނީ. އެހެންޏާފަހެ ދީނުގައި ބޮޑު އަދަބެއް ދޭންއޮތް ބޮޑުފާފައެއް ކުރިކަން އަމިއްލައަށް އިޢުތިރާފުވީމަ ވެސް ގޭގައި ހުރެވޭ ކަހަލަ ޙުކުމެއް ކުރެވޭގޮތަށް ދަޢުުވާ ވެސް މިކުރީ. ބޮޑުވަޒީރުގެ ނުފޫޒުން.
ހިތަދޫ 2
09 October 2022
ދީބާޖާ ވާހަކަ އޮއްބާލަން ގިރި ތަކުގެ ވާހަކަ ފެށީދޯ!
ދހސތވސ
09 October 2022
މިވަރުވާއިރު ވެސް ހޭލާކަށް ނުވޭތަ.
ދޭތިން އެކަތި
09 October 2022
އަނެއްކާ އަނެއް އަނގަ ގޮއްވުން.
ދިއްދޫމީހާ
09 October 2022
ތިޔަ ބޭނުން ވެގެން އުޅޭ އަދަބް ނިކަން ދީބަލަ އެއީ ދުއްރާއިން 100އެތިފަހަރު ޖެހުން ނޫނީ ބުރިން ހަންނެގުން(ބުރިން ހަންނެގުން އެއީ ކުރީގައި ދިވެހިރާއްޖޭގައި ދިން އަދަބެއް އެއީ މުޖުތަމައު ފަސާދަކޮއް އުޅޭމީހުންނަ ދީ އުޅުނު އަދަބެއް އަހުން ރަށު ބަސްނާހާ އިބްރާހިމްގެ ބުރިންވެސް ހަންނެގި މުހައްމަދު އަމީން ވެރިކަމުގައި)