ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތައް: ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުން އަންނަ ހޮނިހިރު ދުވަހަށް ހަމަވާނެ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
12 އޮކްޓޯބަރ 2022 - 12:10
ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ޖޮއިންޓް އެޕްލިކޭޝަން ފޯމު ހުށަހަޅާއިރު، ކޯ-އެޕްލިކަންޓުންގެ ގޮތުގައި ބައިވެރިވާ ބައެއް މީހުން އިގުރާރު އެޕްރޫވްނުކޮށް އޮންނަ މައްސަލަ ބޮޑު ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ އިއުލާނެއްގައި ބުނީ ޖޮއިންޓް އެޕްލިކޭޝަން (އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާފައިވާ އެޕްލިކޭޝަން)ގައި، ކޯ-އެޕްލިކަންޓުންގެ ގޮތުގައި ބައިވެރިވާ ބައެއް މީހުން ޕޯޓަލް މެދުވެރިކޮށް އިގުރާރު އެޕްރޫވްނުކޮށް އޮތުމުގެ ސަބަބުން ފޯމު ސަބްމިޓް ނުވެ ހުންނަކަން ވަރަށް ގިނައިން މިހާރު ފާހަގަކުރެވޭ ކަމަށެވެ.
އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަން ސަބްމިޓް ވާނީ، އެ އެޕްލިކޭޝަނުގައި ބައިވެރިވާ ހުރިހާ މީހުން، އެ މީހެއްގެ އީފާސް މެދުވެރިކޮށް ގެދޮރުވެރިން ޕޯޓަލް އަށް ވަދެ، އެ ފޯމުގެ ބައިވެރިއެއްގެ ގޮތުގައި ހިމެނުމާ މެދު އެ މީހެއްގެ ރުހުން ދިނުމުން ކަމަށް މިނިސްޓްރީން ބުންޏެވެ.
"ވުމާ އެކު، ގެދޮރުވެރިން ޕޯޓަލް އަށް ވަދެ "'ބައިވެރިވާ ފަރާތްތަކުގެ އިގުރާރު'ގައިވާ 'އާއެކޭ' ނުވަތަ 'ނޫނެކޭ'ގެ ތެރެއިން ބޭނުންފުޅުވާ ގޮތެއް ހިޔާރުކުރެއްވުމަށް ދަންނަވަމެވެ،" އެ އިއުލާނުގައިވެ އެވެ.
ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފި https://t.co/3Abj7Y3QBZ
— Mihaaru (@Mihaarunews) September 20, 2022
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅީފަޅުން ދޫކުރާ 3،000 ގޯތި އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރާ 4،000 ފްލެޓަށް އެދުމުގެ މުއްދަތު ހަމަވަނީ އަންނަ ހޮނިހިރު ދުވަހަށެވެ.
އެހެންވެ، އެ ތާރީހުގެ ކުރިން ފޯމު ހުށަހަޅުއްވާފައިވާ ހުރިހާ މީހުން ވެސް ހުށަހަޅާފައިވާ ފޯމުގެ ސްޓޭޓަސްގައި އިނީ “ސަބްމިޓެޑް” ތޯ ޔަގީން ކުރުމަށް މިނިސްޓްރީން އެދިފައިވެ އެވެ.
ޕްލޭނިން މިނިސްޓްރީގެ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ގޯއްޗާއި ފްލެޓަށް އެދި މިދިޔަ މަހުގެ ނިޔަލަށް 10،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބބބބވ
13 October 2022
ވިނަރެސް އަށް ފޯމުލި މީހުންގެ އަޕްޑެޓެއްނެތްތަ؟ ކިތައްމީހުންލިތަ؟ ފްލެޓްލިބެނީ ކޮންބަޔަކަށް. 2023 ގެ ރިޔާސީ އިންތިހާބަށް މުޑިޖަހަން ނެރޭ ލިސްޓެއްބާ އަނެއްކާ
ރޭނިސް
12 October 2022
ކޮބާތަ ވިނަރެސްގެތައް ލިބޭ ނުވަތަ ޝަރުތު ހަމަވި އެޕްލިކަންޓުންގެ ލިސްޓު؟ އެންމެ 70 މީހުންނޯ ބާކީ ކުރަން ޖެހެނީ. ނަމަނަމަ ހުވަފެނުންވެސް އެމްޑީޕީއަށް ތާއިދު ކުރި މީހަކު ބާކީ ނުކުރައްޗޭ. ޔާންޓުމެންވެސް ހެދީ އެހެން.
ވަރަށްފޫހިވޭ
12 October 2022
އެންމެ 4000 ފުލެޓުތަ ކަލޭމެންނަށް އެޅެނީ.. އެއޮތީ ބޮޑުސިންގާ ބިމެއް ހިއްކައިދީފައި، މަގުތައްހަދާދީފައި، .. ކަމެއްނުވާބަޔެއް ސަހާދެއް. މާލޭގެ ކުލީގެ ކަންކަން ހައްލުކުރަން ބިރުގަންނަހެން ހީވަނީ.. މާލޭ ކުއްޔައްދޭމީހުންނަށް ގެއްލުންވާތީ މިމީހުން ހާދަ ބިރުގަނެޔޭދޯ... ސްޓްރެޓެޖިކްޕްލޭނެއްނެތި ފުލެޓްނާޅާން ބުނާ ބަހަނާއަކީ ތޮއްޖެހެނީއޭ.. ކަލޭމެންގެ އިހްލާސްތެރިކަމެއްނެތްކަން އެންގެނީ..