އަރިއަޅާލައިގެން ސައިކަލުން ވެއްޓި އަނިޔާވި މީހަކަށް ޒުވާނަކާއި ސްކޫލް ދަރިވަރަކު އެހީވަނީ -- ފޮޓޯ: ޝަހުލާ ވަޖީހު
31 އޮކްޓޯބަރ 2022 - 11:18
މާލޭގައި އިއްޔެ މެންދުރު ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކަށް އެހީވި ޒުވާނަކާއި ކުޑަކުއްޖަކަށް ސޯޝަލް މީޑިއާގައި ތައުރީފު އޮއްސާލައިފި އެވެ.
އެ ހާދިސާ ހިނގިގޮތް ފޭސްބުކްގައި ހިއްސާކުރި ޝަހުލާ ވަޖީހު ބުނީ އަނިޔާވީ މެދު އުމުރުގެ ފިރިހެނަކަށް ކަމަށެވެ. އޭނާ ބުނި ގޮތުގައި، އަނިޔާވީ ސައިކަލުގައި ކާނިވަލުން ބޮޑުތަކުރުފާނު މަގަށް ނުކުންނަނިކޮށް، އަރިއަޅާލައިގެން ވެއްޓިގެންނެވެ. ޝަހުލާ ބުނީ ބޯ އަނބުރައިގަނެގެން އެ މީހާ ވެއްޓުނުއިރު، ސައިކަލުގެ ފަހަތުގައި އަންހެނަކު ވެސް އިން ކަމަށެވެ.
ފަހަތުގައި އަންހެނަކު ވެސް އިން ސައިކަލް ބިންމައްޗަށް ވެއްޓެން ދިޔައިރު، ވެއްޓުނަ ނުދީ ހިފެހެއްޓޭތޯ މަސައްކަތްކުރިތަން އެ ވަގުތު ސައިކަލަށް ޕެޓްރޯލް އަޅަން ޝެޑުގައި ހުރި ޝަހުލާ އަށް ފެނުނެވެ.
"އޭރު ގަޑިން ގާތްގަނޑަކަށް 1:15 ވެދާނެ. ވަރަށް ވަރަށް އަވި ވެސް ގަދަ. ކިޔުގައި އިނދެގެން އެކި ދިމާލަށް ބަލަމުންދަނިކޮށް ކާނިވަލުން ބޮޑުތަކުރުފާނު މަގަށް ނުކުންނަން އައި ސައިކަލެއް އަރިއަޅާލާތަން ފެނުނު،" ކައިރީގައި ހުރި ދަރިފުޅު ގޮވައިގެން ގެޔަށް ދިޔަ މަގުމަތީ ފެނުނު މަންޒަރު އޭނާ ކިޔައިދިނެވެ.
"އެ މީހުންނަށް އެހީވުމަށްޓަކައި ޕެޓްރޯލް ކިޔު އަށް ސައިކަލު ދޫކޮށްލުމަށް ފަހު ދަރިފުޅު އަތުގައި ހިފައިގެން އެ ދިމާލަށް ދުއްވައިގަތިން."
ހަމަ އެ ވަގުތު، އެ މަގުން ސައިކަލެއްގައި ދިޔަ ޒުވާނަކާއި އަރަބިއްޔާ ސްކޫލްގެ ޔުނީފޯމުގައި ހުރި ދަރިވަރަކާއި އެ ދަރިވަރުގެ ބައްޕަ ވެސް، އަނިޔާވި މީހާ އަށް އެހީވުމަށް ދިޔަ އެވެ.
ވެއްޓިފައި އޮތް މީހާގެ ހާލަތަށް ބަލައި ވަގުތުން ރިކަވަރީ ޕޮޒިޝަނަށް ލައި، އޭނާ އަށް ފަސްޓް އެއިޑް ދިނުމުގެ މަސައްކަތް އެ ޒުވާނާ ފެށި އެވެ. އަރަބިއްޔާގެ ދަރިވަރު އޭނާގެ ފޮތްދަބަސް ކޮނޑުން ނަގައި، ވެއްޓިފައި އޮތް މީހާގެ ބޯ ދަށަށް ލެއްވި އެވެ.
ޝަހުލާ ބުނީ ވެއްޓިފައި އޮތް މީހާގެ އެއްފައި ސައިކަލު ދަށުވެފައި އޮތުމުން އޭނާ އާއި އިތުރު މީހަކު ވެގެން އަވަހަށް ސައިކަލު ނެގި ކަމަށެވެ. އެމްބިއުލާންސަށް ވެސް އެ ވަގުތު ގުޅި ނަމަވެސް އެމްބިއުލާންސް އައުން ލަސްވެދާނެތީ، އެމަގުން ދިޔަ ކާރަކަށް އަނިޔާވި މީހާ ލައިގެން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކަމަށް އޭނާ ބުންޏެވެ.
"އެ ޒުވާނާ އަދި ހާއްސަކޮށް އަރަބިއްޔާ ސްކޫލްގެ ދަރިވަރު މި ހާދިސާގައި އަމަލު ކުރިގޮތް ވަރަށް ގާތުން ފެނުނު މީހެއްގެ ހައިސިއްޔަތުން މި ދެކުދިންނާ މެދު ވަރަށް ފަހުރުވެރިވޭ. ގައުމަށް ބޭނުންވަނީ ހަމަ ތިކަހަލަ ކުދިން،" ޝަހުލާ ބުންޏެވެ.
ޝަހުލާ އެ ވާހަކަ ފޭސްބުކްގައި ހިއްސާކުރުމުން ހާހަކަށް ވުރެ ގިނަ މީހުން އެ ޕޯސްޓް ޝެއާކޮށް، ގިނަ ބަޔަކު "އެއީ ހަގީގީ ހީރޯސް" ކަމަށް ބުނެ އެ ޒުވާނާ އާއި ދަރިވަރަށް ތައުރީފުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންމަ
01 November 2022
އެކުއްޖާގެ ބައްޕައެއް އެތަނުގައެއް ނުހުންނާނެ. ލިޔުމުގެ ކުށެއް އެއޢީ،
ނޭނގ
31 October 2022
މިކަމުން ވެސް މި އަންގައިދެނީ އަރަބި އިސްލާމީ ތައުލީމު ދޭ ސްކޫލުގެ ރަނގަޅުކަން. އަރަބިއްޔާ ސުކޫލުން އަރަބި ކިޔަވާދޭތީ މިސުކޫލާ ދިމާއަށް އެއްޗެހި ކިޔާ މީހުންނަށް އެއްޗެއް ވިސްނިއްޖެކަމަށް އުއްމީދު ކުރަން.
ށައިން
31 October 2022
ތިޔަކަހަލަ އަބަދު ނަފުރަތުއުފައްދައިގެން އުޅޭ ސޮހޮލުން ގިނަވެގެންގައުމު ހަލާކުވަނީ.ޢަހަނަކާ ދިމާނުވޭ ދިވެސަކު އަރަބިއިސްލާމްކިޔަވާދޭތީ ނުރިހިގެންއުޅޭތަނެއް
ދަންބި
31 October 2022
އެކަކުވެސް ޝަހުލާ ގެ ވާހަކައެއް ނުދައްކާ. އެއީ ހިރޮއިން އެކޭ މިހާދިސާގަ އޭނަ އަމިއްލަ އަށް އެކަން ފާހަގަ ނުކޮށްދިނަކަސް
ކޮރަލް
31 October 2022
ގިނަ ދިވެހީންނަކީ މިފަދަ ބައެކެވެ. އެކަމު މޯބައިލް ފޯން ތައް އަތަށް އެރި ފަހުން ކައިރީގަ މީހަކު ހުއްޓަސް ވާނުވާ ނޭނގެ އެވެ. ހުންނަނީ ފޯން ތެރެއަށް ވަދެ ގެއްލި ފައެވެ.
1206
31 October 2022
ހިއުމޭނިޓީ ލިވްސް ޓު ސީ ވަން މޯ ޝައިނިންގ ޑޭ، އިން އޯލް ބަޓް ދި ޑޫމް އެންޑް ގްލޫމް. ޔޫ ދި ޓޫ ކައިންޑް ޔަންގް މެން، ދި އޮނަރަބަލް ލޭޑީ، ހޫ ސޯ ކައިންޑް ލީ ރިލޭޓެޑް ދި އެލައިވް މޭންސް ޓޭލް، ހޭވް މޭޑް މައި ޑޭ. ސޯ ހާޓްވަރމިންގ ތޭންކްސް ޓު ޔޫ އޯލް.
ޒިޔަތު
31 October 2022
ގަބޫލު ކުރިއަސް ނުކުރިއަސް ދީނީ ތައުލީމުދޭ ސްކޫލަކުން ކިޔަވާކުދިންގެ އަހުލާގާ ވެލިއުސް އާއްމުގޮތެއްގައި ތަފާތުވެފަ ރަގަޅުވާނެ
ބޯގޯސްކޮމެންޓް
31 October 2022
ލޮލް…
މައީދު
31 October 2022
ސްކައުޓެއް ވީމަ. ކޮންމެހެން ޢަރަބިއްޔާ ވެގެންނެއް ނޫން.
ޖޯކް
01 November 2022
އެހީވާން ހުރިމީހާޔަކީވެސް އަރަބިއްޔާއިން ކިޔަވައިގެން ހުރި މީހެއް. މިގައުމުގަ ރަނގަޅަށް ކަމެއްކުރިއްޔާ އެއީ އަރަބިއްޔާއިން ކިޔެވީމަ. ދީން ނުވައްދާ ނުވާނެ ދޯ އެއްކަމެއްވެސް.
ޖަމީލުބެ
31 October 2022
الحمد لله
ވޯލް
31 October 2022
ސްކޫލްތަކުގެ ހުރިހާ ކުދިންނަށް ފަސްޓްއެއިޑް ދަސްކޮށްދިނުންވެސް ވަރަށް މުހިންމު.
ޓީޗަރުބޭ
31 October 2022
ޓީޗަރުންނަށް ވެސް ދަސްކޮށްދިނުން ވަރަށް މުހިއްމު