މަޖީދީ މަގު ހެދުމުގެ މަސައްކަތް ކުރަނީ: ހައުސިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ގިނަ މައްސަލަތައް ވަނީ ފެންމަތިކޮށްފައި. --ފޮޓޯ: މިހާރު
10 ޖެނުއަރީ 2017 - 12:21
އޮޑިޓް އޮފީހުން ތައްޔާރު ކުރި ހައުސިން މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކޮރަޕްޝަންގެ ބައެއް މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތްތަކެއް ކޮރަޕްޝަން ހިމެނޭ ގޮތަށް ހަވާލުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވާތީ އެ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ހައުސިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ބައެއް މަޝްރޫއުތައް ހަވާލުކޮށް، ފައިސާ ހޭދަކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށެވެ. އަދި ދައުލަތުގެ ބަޖެޓުން މިނިސްޓްރީ އަށް ކަނޑައެޅި ފައިސާ ހޭދަ ކުރުމުގައި މާލިއްޔަތު ގާނޫނާއި ގަވާއިދަށް ބެލުމެއް ނެތެވެ. ދަރުބާރުގެ ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ ފައިސާތައް ވަނީ ނުލިބި އެވެ. ތިޖޫރީގެ ހިސާބު ވެސް ބަލަހައްޓާފައެއް ނުވެ އެވެ.
އެ މައްސަލަތަކާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
- ހަތް ރަށެއްގެ މަގު ހަދަން ގަވާއިދާ ހިލާފަށް 120 މިލިއަން ރުފިޔާ ބަޔަކަށް ދިނުމާއި ބަޖެޓުގައި ހިމަނާފައި ނުވާ ޕްރޮޖެކްޓަކަށް 12 މިލިއަން ރުފިޔާ ހަރަދުކޮށްފައިވުން. - ދަރުބާރުގެ ކުއްޔަށް ދީގެން 2014 ގެ ނިޔަލަށް ދައުލަތަށް ލިބެން ޖެހޭ 1.5 މިލިއަން ރުފިޔާ ހޯދާފައި ނުވުން. - މިނިސްޓްރީގެ ތިޖޫރީގައި ހުންނަން ޖެހޭ ފައިސާގެ ސައްހަ އަދަދު ކަށަވަރު ނުކުރެވުން. - އެއްބަސްވުން ތައްޔާރުނުކޮށް، މާލިއްޔަތު ގަވާއިދާ ހިލާފަށް 500،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވުން. - ސިވިލް ސާވިސްގެ ގަވާއިދާ ހިލާފަށް މުވައްޒަފަކު ގެންގުޅެ، މުސާރަ އާއި އެހެނިހެން އެލަވަންސްގެ ގޮތުގައި 52،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވުން. - އެ މިނިސްޓްރީ އަށް ކަނޑައެޅި ބަޖެޓުން ހަރަދުކުރި ގޮތާއި ލިބުނު އާމްދަނީ އާއި ހަރަދުގެ ހިސާބު މާލިއްޔަތު ގާނޫނާ އެއްގޮތަށް އޮޑިޓް އޮފީހަށް ހުށަހަޅާފައި ނުވުން. - މިނިސްޓްރީގެ ހަރު މުދަލާއި ހަރު މުދަލުގެ ރެކޯޑުތައް ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނުވުން.
އޮޑިޓް އޮފީހުގެ މެނޭޖަ ޓެކްނިކަލް މުހައްމަދު ނަސީމް "މިހާރު" އަށް އިއްޔެ ވިދާޅުވެފައި ވަނީ ހައުސިން މިނިސްޓްރީގެ އޮޑިޓުން ފާހަގަވެފައި ވަނީ ވަރަށް ސީރިއަސް މައްސަލަތަކެއް ކަމަށެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި ފިނޭންސް މިނިސްޓްރީގެ ތެރެއިން، އެ އޮންނަ އުސޫލާ އެއްގޮތަށް ހައުސިން މިނިސްޓްރީން ޖަވާބުދާރީވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާފުޅި
15 January 2017
ތި ވާނީ ހަމަ ސައިބޯނި ބޮތްކަކަށް ތިކަން ބަލަން އުޅުމުގެ އެއްވެސް ބޭނުމެއް ނެތް ނަތީޖާ ނުނުެރެވޭ ނަގޫފިތިފަތިބި ބަޔަކު ރެހެންދީ ފްލެޓަށް ހެލިފަ
ވަޒަންބެ
15 January 2017
ކޮބާ ބޭނުމަކީ؟
އާބުރުޒު
11 January 2017
ތީ ޕެރަލައިޒް ވެފަ އޮތްތަނެއް. ފުރަތަމަ ފަރުވާދީ ރަގަޅުކުރަންވީ
ލަދް
11 January 2017
ފޯ ވަޓް؟؟
އިބުރު
10 January 2017
ކިހާ ބޮޑު ކަމެއް، ބަލަނީ ކޮން ބައެއް، ޔަޤީނެއްނު ނިމޭނީ އެއްވެސް މައްސަލަ އެއް ނެތް ކަމަށް ކަން
ޒުބައިރު
10 January 2017
ކޮރަޕްޝަންގެ މާނާގައި ނުފޫޒު މަޤާމުގެ ނުފޫޒު ނުވަތަ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުން ހިމެނޭ ކަމުގައި ވާނަމަ ކަދުރުގެ މައްސަލަވެސް ނިމެން ވާނީ އޭގައި ކޮރަޕް ޝަން ހިމެނޭނެ ކަމަށް ކަމުގައި ދެކެން. ދެން އަދި ތިޔަވަރުގެ އާންމުންނަށް ތިލަވެފައި ނުވާކަމެއްގެ ރިޕޯޓް ހަމަ ލާހިކެއްނޫން މިސަރުކާރު ބަދުނާމު ވާގޮތަށް ނެރޭކަށް. ތިޔަ އުޅުނީ މިދަރުކާރު އޮއްވައި އެފަދަ ހުރިހާ ކަމެއް ފަހުން ބަޔަކު ނުބެލޭނެ ގޮތް ހަދާ ސިއްކަ ޖަހަން.
މެންޓަލިސްޓް
10 January 2017
އޭސީސީއަށް އެއުޅެނީ އަދިވެސް އެމް.އެމް.ޕާއާރސީގެ މައްސަލަ ނުބެލިގެން ،،، ދެން ކޮންކަމެށް ބެލޭނީ ،، މިސަރުކާރުގެ އެއްވެސް ކޮރަޕްޝަންގެ ކަމެށްނުބެލޭނެ ،،، ސަބަބަކީ މަޖިލިސްގެ މެޖޯރިޓީއޮތީ ސަރުކާރުގެ އަތްމަތީގައި ،، އޭސީސީއިން މާފާޑުފާޑުކުރަނީނަމަ ވަގުތުން ނޯކޮންފިޑެންސް ވޯޓްނެގޭނެ ،،،، އޭރުން ލުތުފީމެން އެންމެން މަގުމަތިވީ ،،، ވަރަށްވެދުން
ގފ
10 January 2017
އޭސީސީ ކަލޭމެން މީހުން ރުޅިނާރުވަ ދެއަތް އުރާލައިގެން ބޮޑުމުސާރަ ނަގައިގެން ތިބެބަލަ. ކަލޭމެން ނިންމާނެގޮތް އެނގޭ އެންމެންނަށްވެސް. ރުޅިގަދަވޭ ހުވާ!!!
ހާސަރު
10 January 2017
ތަހުގީގު ނިންމާފަ ބުނޭ އެއްވެސް މައްސަލައެއްނެތޭ! ބޯހަލާކު
ފީފަންހާ
10 January 2017
ހޫމް.. ތިކޮމިޝަނުން މައްސަލަ ބަލާނެކަމެއްނެތް.. ޤާނޫނަކުން ކޮރަޕްޝަން ހުއްދަކޮއްފަ ތިކޮމިޝަންވެސް އުވާލަންފެނޭ...