މަރައިލުމަށް ފަހު ރަބަރޭގެ ހަށިގަނޑު ލަންކާގެ ތަނަކަށް އެއްލާލާފައި: އޭނާ މަރާ ގުޅިގެން ދެ ދައުވާއެއް ދައުލަތުން ކުރޭ --ފޮޓޯ/ޑެއިލީ މިރާ
10 ޖެނުއަރީ 2017 - 19:06
މަރައިލުމަށް ފަހު، ސްރީ ލަންކާގެ ސަރަހައްދަކަށް އެއްލާލާފައި އޮއްވައި ފެނުނު ހުސެއިން ރަޒީން (ރަބަރޭ) ގެ މަރުގެ މައްސަލާގައި މީހެއްގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ނޮވެމްބަރު، 2015 ގައި ރަބަރޭ މަރާލާފައި އޮއްވައި ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރަނީ ރ. ކަނދޮޅުދޫ ފީރޯޒުގޭ، އިބްރާހިމް އަބްދުއްރަހުމާންގެ މައްޗަށެވެ.
މާދަމާ ޝަރީއަތް ފަށަން ހަމަޖައްސާފައިވާ މި މައްސަލާގައި އިބްރާހިމްގެ މައްޗަށް ކުރަނީ އެނގި ހުރެ މަރެއް ފޮރުވުމުގެ ދައުވާ އާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
މިއީ ފަހުގެ ތާރީޚެއްގައި ރާއްޖެ އިން ބޭރުގައި ހިނގި މިފަދަ ހާދިސާއަކާ ގުޅިގެން ރާއްޖޭގައި މީހެއްގެ މައްޗަށް ޝަރީއަތް ހިންގާ ފުރަތަމަ ފަހަރެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ރާއްޖޭގެ ފުލުހުންގެ ޓީމެއް ވެސް ލަންކާގައި ހަރަކާތްތެރިވެފައިވެ އެވެ.
މި މައްސަލަ ތަހުގީގުކުރި ލަންކާގެ ފުލުހުންގެ ޓީމުން އޭރު ބުނެފައިވާ ގޮތުގައި، ރަބަރޭ މަރައިލީ ދިވެހި ވިޔަފާރިވެރިޔަކު ޚަރަދުކޮށްގެންނެވެ. އަދި އެކަން އޭނާ ކުރީ އޭނާގެ ކޮއްކޮގެ މަރުގެ ބަދަލު ހިފަން ކަމަށް ވެސް ލަންކާގެ ފުލުހުން ބުނެފައިވެ އެވެ. މީގެ އިތުރުން ރަބަރޭ މަރައިލި މީހުންނަށް 140 މިލިއަން ލަންކާ ރުޕީސް އެ މީހާ ދިން ކަމަށް ލަންކާގެ ފުލުހުން އޭރު ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނދޮޅުދޫ އީސާ އަލީ
11 January 2017
ތި ބުނާ އިބރާހިމް އަބްދުއް ރްހަމާނަކީ ވިޔަފާރި ވެރިއެއް ނޫން..އެއީ ރަބަރޭއާށް ލޭގެ ގޮތުން އެއްވެސް ގުޅުމެއް އޮތް މީހެއްވެސް ނޫން.. ދެން ކޮބާތޯ ތިޔ ބުނާ ވިޔަފާރި ވެރިއަކީ.. އެ ވެސް މަސްލަހަތަށްޓަކއި ފޮރުވީތޯ.
ކޯސާ
11 January 2017
މިހާރު ތިހިންގާ ޖަރީމާތައް 2018 ގެ ފަހުން ބަލާ ފިޔަވަޅުއެޅޭނެ. މިހާރު އެކިއެކި ތަންތަނުގަ އިސްކޮށް ތިބި ގަމީހުންނާ ދޭތެރޭ ފިޔަވަޅުއަޅާ މުދާވެސް ނެގޭނެ.
ޢަބްދުﷲނާފިޒު
10 January 2017
ޑައިލޮގް ތައްޔާރުވީ ދެއްތޮ.........ވަރަށް ސަލާމް.
ތަކުރު
10 January 2017
ދެން ކޮބާތަ މިމައްސަލާގަ ލަންކާގަ ހައްޔަރުކުރި ދިވެހި 2މީހުން
މެންޓަލިސްޓް
10 January 2017
ދެން ކޮބައިބާ ތިޔަވިޔަފާރިވެރިޔަކީ ؟؟ ދިވެހިވިޔަފާރިވެރިޔަކަށް އެމީހަކު ނޭންގުނުދޯ ؟ ނޫނީ އެމީހާ ގައުމީސަލާމަތަށޭ ކިޔާފައި ހިމާޔަތްކުރީތޯ ؟؟ ނޫނީ ތިޔަތަހިގީގްވެސަ އަފްރާޝީމްގެ ތަހުގިގް އަށްވީހެން އަތައްގޮވީތޯ ؟؟ ޥަރަށްވެދުން
GAN Island
10 January 2017
5 އަހަރުދުވަހުގެ ތެރޭގައި ''ހިންގި'' ހުރިހާ ކަމެއްގެ މަތިޖަހަން ހަދައިގެން އިތުރު ކަންތައްތަކެއް ބޭޒާރު ވުމަކީ ވަރަށް އެކަށީގެންވާ ކަމެއް. . . . . ރާއްޖެއާއި ރާއްޖެއިން ބޭރުގައި އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާފައިވާ ކަންކަމާއި ރާއްޖެ ހިމެނޭގޮތަށް ހިންގާފައިވާ ''ކަޅުފައިސާގެ ކަންތައްގަނޑު'' 2018 ގެ ފަހުން ތަހުޤީގު ކުރެވޭނެ. . . . . މިހާރުކޮށްފައިވާ ގިނަ ހުކުމްތަކާއި ވަރަށް ގިނަ ތަޙްޤީގު ''އެކޮޅުކޮލުން'' ޖަހާލެވޭފަދަ ގިނަކަންތައްތަކެއް ކުރިޔަށް އޮތް ތަނުގައި ހާމަވުމަކީ ކައިރިކަމެއް.