މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީން އަންހެނުންތަކެއް: ރޯވި ގޭގެ ކުރިމަތީ ހުރި ގޭގައި ބިދޭސީ 12 އަންހެނުން ދިރިއުޅޭ -- ފޮޓޯ: މިހާރު
10 ނޮވެމްބަރ 2022 - 10:17
ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ ތެރޭގައި ހުރި ސަމީނާ (އަސްލު ނަމެއް ނޫން) ބޭރު ބަލައިލީ ކުއްލިއަކަށް އިވުނު ބާރު އަޑަކަށެވެ. ވީގޮތެއް ނޭނގެ އެވެ. ފެނުނީ ބޮޑު ހުޅުގަނޑެކެވެ.
ހާދިސާ ހިނގި ތަނުގެ ކުރިމަތީ ހުންނަ ގެއެއްގައި އުޅުނު ސަމީނާ ބުނީ ރޯވިކަން އެނގުނު ހިސާބުން ދެން ވީގޮތެއް ނޭނގޭ ކަމަށާއި ކޮންމެވެސް މީހަކު އޭނާ ދަމާފައި ގެއިން ނެރުނުކަން ހަނދާން އެބަހުރި ކަމަށެވެ.
ގޭގެ އަށް ގޮސް، ކައްކައި ތަންތަން ސާފުކޮށްދިނުން ފަދަ މަސައްކަތްކުރާ ސަމީނާ ބުނިގޮތުގައި އޭނާ އެކު 12 އަންހެނުން ދިރިއުޅެ އެވެ. އެއީ ބަގުލަދޭޝްގެ ދެ މީހަކާއި އިންޑިއާ މީހުންނެވެ. އެ އެންމެނަކީ ވެސް ހައުސްމެއިޑުންނެވެ.
"އަހަރެމެން ގިނަ މީހުން ތިބީ ނިދާފައި. ތިއްބާ އިވުނީ ބާރު އަޑުފައްގަނޑެއް. ހީވީ އެއްޗެއް ގޮވިހެން،" އިންޑިއާގެ އުއްތުރަ ޕްރަދޭޝް އަށް ނިސްބަތްވާ ސަމީނާ ކިޔައިދިނެވެ.
"ރީނދޫ ކުލައިގެ ބޮޑު އަލިގަނޑެއް ފެނުނީ، ދެން ވީގޮތެއް ނޭނގޭ. ދެން އަހަރެންގެ މޫނުމަތި ފުސްވެއްޖެ. އެހެން މީހަކު އަހަރެން ދަމާފައި ބޭރަށް ނެރުނު ހަނދާން ވަނީ،" އޭނާ ބުންޏެވެ.
މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންގެ ރައްޓެހިން އެމީހުންނަށް އެހީތެރިވުމަށް އެ ސަރަހައްދުގައި -- ފޮޓޯ: މިހާރު
އޭނާއާ އެ ވާހަކަތައް ކިޔައިދެމުން ދަނިކޮށް، އެ ވަގުތު އެ ސަރަހައްދުގައި ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުން އެކަން ހުއްޓުވުމުން ދެން އިތުރަށް ސުވާލެއް ނުކުރެވުނެވެ.
އެ މީހުން މިހާރު ތިބީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއޭއެމްއޭ) އިން މާފަންނު ސްޓޭޑިއަމްގައި ހަމަޖައްސައިދީފައިވާ ވަގުތީ ހިޔާވައްސެއްގަ އެވެ.
މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުން މާފަންނު ސްޓޭޑިއަމްގައި ހަދާފައިވާ ވަގުތީ ހިޔާވަހީގައި -- ފޮޓޯ: މިހާރު
އެންޑީއެމްއޭ އިން ކުރިން ބުނިގޮތުގައި، ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 30 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ.
ރޭ ދަންވަރު އިސްކަންދަރު މަގުގައި ހުންނަ ގަރާޖެއްގައި ރޯވެ، ހިނގި އެ އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ. މަރުވި މީހުންގެ އަދަދު އެއަށް ވުރެ ގިނަވުން ވެސް އެކަށީގެންވެ އެވެ. ފުލުހުންނާއި ސިފައިން ގުޅިގެން އެތަނުން މީހުން ނެރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންގެ ބައެއް ރައްޓެހިން އެ މީހުންނަށް އެހީވުމަށް މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި -- ފޮޓޯ: މިހާރު
އެ ގަރާޖުގައި ދިރިއުޅޭ މީހުން ކައްކަން ބޭނުންކުރާ ވަރަށް ގިނަ އަދަދެއްގެ ގޭސްފުޅިތައް އެ ތަނުގައި ހުއްޓެވެ. ވަރަށް ކުދިކުދިކޮށް ހަދާފައިވާ 28 ކޮޓަރި ހުންނައިރު އެ އިން ކޮންމެ ތަނެއްގައި ގޭސްފުޅިއެއް ހުރެ އެވެ. އެ ހުރިހާ ގޭސްފުޅިތައް ވަނީ ގޮވައިފަ އެވެ.
އަލިފާނުގެ އެންމެ ހިތާމަވެރި ހާދިސާ: މިހާތަނަށް 11 މަރު https://t.co/r7NRlBVFYb
— Mihaaru (@Mihaarunews) November 10, 2022
ގަރާޖުގެ ވެރިފަރާތުން ބުނި ގޮތުގައި އެ ތަނުގައި މުޅިން ވެސް މަސައްކަތް ކުރަނީ އިންޑިއާ އާއި ބަންގްލަދޭޝްގެ މީހުންނެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި މަރުވި ގިނަ މީހުންގެ ތެރޭގައި ގިނައީ އިންޑިއާގެ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައިސަލް އިބްރާހީމް
10 November 2022
ކޮބާ؟ ނަރީޝް ކީއްވެ ދާއިރާ ރައްޔިތުންގެ ޝަކުވާ ނުބެލީ؟
ލިޔާލާ
10 November 2022
ރަށްދެބައި މަގު، އަނޯނާ ގޯޅީގަ ހުރޭ ތިކަހަލަ 2 ތަން... ކެމިކަލް ހުރޭ އެއް ގަރާޖު ގަ، އަނެއް ތަން އެހިންގަނީ ވެލްޑިން ކުރާ ވޯކް ޝޮޕެއް އެއްގެ ގޮތުގަ، ވެލްޑިން ކުރާ ވޯކް ޝޮޕުން، ގަރާޖު ގަ ވެސް ގަވާއިދާ ޚިލާފަށް މަސެއްކަތް ކުރާ.. ދެތާގަ އުޅޭ މީހުން ރަޙުމަތްތެރިކަމުގަ... ވަރަށް ނުރައްކާތެރި... ހަނިހަނި މަގެއް ގަ ގަދަޔަށް ވެލްޑިން ކުރަނީ، ކެމިކަލް އެއްޗެހި ގެންގުޅޭ... މި ކަމާ އަޅާލާނެ މީހަކު ނެތް...
ވަލް
10 November 2022
ސަރުކާރުން ޒިންމާދާރުނުވުމަކީ ބޮޑުއަގެއް ދައްކަންޖެހޭ ކަމެއްކަން ސަރުކާރަށަށް އެނގޭނަމަކަ މިހާ ގިނަ އަދަދެއްގެ ފުރާނަ ނުދިޔައީސް.
މުރާލިބެ
10 November 2022
މިހާ ބަހާ އަމަލާ ދިމާނުވާ ދޯހަޅި ސިޔާސަތެއް ގެންގުޅޭ ނާގާބިލް ސަރުކާރެއް މަގޭ ހަޔާތުގައިވެސް އަދި ނުދެކެން. މިއީ އިހު މީހުން ކިޔާހެން "ބަހުން މެޓާ އަނގައިން ޗޯ" ސަރުކާރެއް.
ކޮބައިތަ އިމިތެއްލީ ކޮބައިތަ ކޮބައިތަ!!!!
10 November 2022
ބިދޭސީން ގައުމު އަޑިއަށް ދުއްވާލާކަށް ނެތް މާގިނި ދުވަހެއް , އެއްވެސް ތާކުން އެއވެސް ބިދޭސީއެއް ނުގެންނަންވީ, މިނިމަންވޭޖު ބޮޑުކޮށް ދިވެހިންނަށް ފުރުސަތު ހުޅުވާލަންވީ , ހައެއްކަ މަހުޖަނުން ސަރުކާރަށް ވުރެން ބާރުގަދަ އެމީހުން ބޭނުންވާ ގޮތަކަށް ނޫން ގައުމުގެ ރައްޔަތުން ހޮވާފަ ތިބި ވެރިން ކަންތައް ކުރަން ޖެހޭނީ , އަބަދުވެސް ރައްޔަތުމީހާގެ ލާބަޔަށް މަސައްކަތް ކުރަންޖެހޭނީ.
ކިރު ސައި
10 November 2022
ކޮބާ ގޭގެ ވެރިފަރާތް؟ އިންސާފްގެ ކުރިމައްޗައް ގެނެސްދީ.
މައިލޯ
10 November 2022
ކޮބާ ދާއިރާގެ ކައުންސިލަރު ނަރީޝް؟ އެނަވެސް އިންސާފުގެ ކުރިމައްޗައް ގެނެސްދީ
ޕރިން
10 November 2022
އިންޑިއާ އައުޓް ބައިގަނޑު ރާވައިގެން ހިންގި ހޭޓް ކްރައިމް އެއްތޯ ބަލަން ޖެހޭ
ާއުނިމާ
10 November 2022
މާލޭގައި އިންސާނުން ދިރިއުޅެން ހެޔޮނުވާވަރުގެ ކަބީނާކޮށް ހަދާފަހުރި ތަންތަން ނިސްބަތުން މަދެއްނުވާނެ! ކުލީވިޔާފާރި ކުރުމަށްޓަކައި ހުދޫދެއް އިމެއްނެތް މިންވަރަށް ހުއްދަ ދިނީމާ ހިގާނީ މިފަދަ ހާދިސާތައް! ގަރާޖު ހުއްޓަސް ނެތަސް މާލޭގެ އަލިފާނުގެ ހާދިސާއެއް ހިގައިފިއްޔާ އޮންނަނީ ސަލާމަތް ނުވެވޭވަރު ވެފާ! މިކަންކަން ހިނގަނީ ސަރުކާރުތަކުގެ ދޯހަޅި ސިޔާސަތުތަކުން! އަދިވެސް ސަރުކާރާއި މަޖުލިހުން ހޭއަރާ ރަނގަޅު ހަރުދަނާ ސިޔާސަތުތައް ބައްޓަން ނުވޭބާ؟
މައިޝާ
10 November 2022
މިގޭގެ މައްސަލަ މިދާއިރާގެ ކައުންސިލަރު ޑެޕިއުޓީ މޭޔަރު ނަރީޝްއަށް ދަންނަވާތަނާ ވަރަށް ދުވަސް ވެއްޖެ
އަފްލާހު ކިޔަވާގެ
10 November 2022
ނަރީޝް ޒިންމާއިން ބަރިއްޔަވީ ތޯ؟ ދާއިރާ ރައްޔިތުން ދާއިރާގެ ކައުންސިލަރުގެ ހައިސިއްޔަތުން ނަރީޝްގެ ސަމާލުކަމަށް މިގޭގެ މައްސަލަ ނުގެންދޭތަ؟ އިސްތިއުފާ އިސްތިއުފާ