އެއްހާސް ރުފިޔާގެ ނޫޓުތަކެއް. ފައިސާ ޗާޕު ކުރުން އަންނަ އަހަރުގެ ނިޔަލަށް ކުރިއަށްދާނެ
11 ނޮވެމްބަރ 2022 - 17:23
އަންނަ އަހަރު ވެސް ދައުލަތުގެ ބަޖެޓުގެ ހަރަދުތައް ހަމަޖެއްސުމަށް 4.4 ބިލިއަން ރުފިޔާ ޗާޕު ކުރުމުގެ ފުރުސަތު އޮތުމުން އޭގެ ސަބަބުން ރާއްޖޭގެ އެކްސްޗޭންޖު ރޭޓަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.
އަންނަ އަހަރަށް ލަފާކުރަ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން އެމްއެމްއޭ އިން ދިން ލަފާގައިވާ ގޮތުން ފައިސާ އިތުރަށް ޗާޕުކޮށްގެން ދައުލަތުގެ ހަރަދުތައް ހަމަޖައްސާ ނަމަ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެ، ބޭރު ފައިސާއަށް އޮންނަ ޑިމާންޑު ދަށްވެ، ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރު ކުރާނެ އެވެ.
އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް އޯޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ފެށުމަށް އިސްކަން ދޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އޯއެމްއޯގެ ސަބަބުން ސަރުކާރުގެ ޓީބިލްތަކަށް ވިޔަފާރި ބޭންކްތަކުން އިންވެސްޓް ކުރާ ވަރު ކުޑަ ކަމަށް ވޭތުވެދިޔަ އަހަރުތަކުގައި ވެސް ފާހަގަކުރެވޭ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.
މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ސަރުކާރަށް 4.4 ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ ޗާޕު ކުރެވޭނެ ގޮތް އަންނަ އަހަރުގެ ނިޔަަލަށް ދިގު ދަންމާލައިފަ އެވެ.
އެ އިދާރާއިން ބުނީ، އެކަމާ ގުޅިގެން ސަރުކާރުން ޑޮމެސްޓިކް މާކެޓުން ފައިސޭންސިން ހޯދަން ޖެހޭނީ ބޮޑު އިންޓްރެސްޓް ރޭޓެއްގައި ކަމަށެވެ. އެހެންވެ، އިތުރަށް ފައިސާ ޗާޕު ކުރުމުން ޑޮމެސްޓިކް މާކެޓުން ސަރުކަރުން ހޯދަން ބޭނުންވާ ފައިސާ އެއްކުރުމަށް އުނދަގޫވާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.
އެ އިދާރާ އިން ބުނިގޮތުގައި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ސަރުކާރުން މިހާތަނަށް ޕަބްލިކް ބޭންކް އެކައުންޓުން ނެގި ފައިސާ ދައްކާނެ ގޮތުގެ ތަފްސީލު ހިމަނާފައެއް ނުވެ އެވެ.
ބަޖެޓުގައި ވަނީ ޑެފިސިޓް ހަމަޖެއްސުމަށް ބޭރުގެ މާކެޓުން 6.4 ބިލިއަން ރުފިޔާ އަދި ޑޮމެސްޓިކް މާކެޓުން 4.7 ބިލިއަން ރުފިޔާ ހޯދުމަށް އަންދާޒާ ކޮށްފަ އެވެ. އެ ފައިސާ ނުހޯދިއްޖެ ނަމަ ބަޖެޓުގެ ހަރަދުތައް ހަމަޖެއްސުމަށް އަނެއްކާވެސް ދަތިތަކާ ކުރިމަތިވާނެ އެވެ.
އެމްއެމްއޭ އިން ބުނީ ބޭރުން ހޯދާ ފައިނޭންސްގެ ސަބަބުން ރާއްޖޭގެ ރިޒާވް އިތުރު ކުރުމަށް ވެސް ފުރުސަތު ލިބޭ ކަމަށެވެ. އެގޮތުން 2019 އިން 2021 ވަނަ އަހަރަށް ބޭރުގެ ފައިނޭންސިންގެ ގޮތުގައި ބަޖެޓުގައި އަންދާޒާކުރި ވަރުގެ ތެރެއިން ލިބިފައި ވަނީ ގާތްގަނޑަކަށް 50 ޕަސެންޓެވެ. އެހެންވެ، ވޭތުވެދިޔަ އަހަރުތަކުގައި ރަސްމީ ރިޒާމު އެކަށީގެންވާ ވަރެއްގައި ހިފެހެއްޓުމަށް ދަތިވި އެވެ.
ރާއްޖޭގެ ރިޒާވް، އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުތެރޭ އެއް ބިލިއަން ޑޮލަރަށް އެރުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. ނަމަވެސް އަންނަ އަހަރު ނިމޭ އިރު ރާއްޖޭގެ ރިޒާވް ހުންނާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވަނީ 600 މިލިއަން ޑޮލަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮކާ
11 November 2022
އަމީރު އަކީ މިފަހިގެ ތަަރިހެއްގައި ރާއްޖެ ދުށް އެންމެ ނާގާބިލު މާލީ ވަޒީރު
މުރަނގަ ގަސްދޮށު ގޮރުނުދޯރު
11 November 2022
ދިވެހި ފައިސާ ދައުރުވާމިންވަރު އިތުރުވެގެން ބޭރު ފައިސާގެ ޑިމާންޑް ދަށްވާނެ ގޮތެއް ކިޔައިދީބަލަ ބޭބެއަށް!
އހމދ
11 November 2022
ދިވެހި ރުފިޔާ އުވާލަން ފެންނަނީ. ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ވިކޭ އެއްޗެއް ނޫން. ކީއްކުރާ އެއްޗެއް؟ ހުރިހާ މުއާމަލާތެއްވެސް، މުސާރަތައްވެސް ދޭނީ ޑޮލަރުން. އޭރަކުން ޗާޕެއް ނުކުރެވޭނެ. ޚަރަދުވެސް ކުރެވޭނީ އަތުގަ ހުރި އެއްޗެއް އެކަނި. ޑޮލަރުގެ ކަޅު ބާޒާރުވެސް އުވޭނެ. މައްސަލަ ހައްލުވީނު؟
މޫސަމަނިކު
12 November 2022
ލޮލް! ގަމާރުވިޔަސް ތީ ބޮޑުވަރު! ގަމާރުކަންވެސް ތިބާއަށް ނޭގޭ!
ގަޓުބެ
11 November 2022
ސާބަހޭ ސަރުކާރު ހިންގަން ތިބި ބޭކަލުންނޭ، ޓެކުސް ބޮޑުކޮއްފާ އަދި ފައިސާޗާޕު ކުރީމާ ރައްޔިތުން ގެ ގޭފޮށީގާ އޮންނަ ބައިރުފިޔާ ފޮތިވެސް ދަމައިގަނޭވޭނީ. ރައްޔިތުން ހަނާވަނީ މިޔޮއް، މީކޮންތާކުން ނިކުމެ އުޅޭ ފުރެންޑުލީ ޓެކުސް ކަލެކްޓަރުން ކޮޅެއް. އަދިވެސް މަށައް ވާނޭކިޔާފަ ހަމަ ވެރިކަމައް ކުރިމަތި ލާނަން ދޯ . ކޮބާ ލަދު.
ހުވޭ
11 November 2022
ކުރީސަރުގައި ތިޖޫރީ ހުރިތާ ވަޅުގަނޑެކޯ ގޮވި. މިހާރުހުރި ތިޖޫރީ ފޫގޮއްސަ ހަތަރުބިތާ މަތިވެސްނެތްތާ ބަލާއިރު ވަޅުގަނޑުވެސް ނުހުންނާނެ.
އަނގަގަދަމިތުރު
11 November 2022
އެމްއެމްއޭ ހާދަ އަނގަގަދަ ވެގެން ތިއުޅެނީ؟ ދުވާލަކު 5 ދޮޅަސް ޚަބަރު އެކި ނޫސްތަކަށް ދެމުން ތިދަނީ އެއްވެސް އޮއްޓަރެއް ނެތް ލަަޓޯފަޓޯ ވާހަކަތަކުން. އަންނި ބުނެގެން ތިކަަހަލަ ހެޑިންތައް ޖެހުމަކުން ތިބޭފުޅާއަށް ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ
ޖުޖު
11 November 2022
ދިވެހިން ކޮވިޑްތެރޭ ގޭގަ އޮތީ ހަމަ ކެތްތެރި ވެގެންނެވެ. ތިލަމާލެ ބްރިޖް އަވަހަށް ނިންމަންށޭ ކިޔާ އިތުރަށް ހަރަދުކޮށް މުޅި ދައުލަތް އިގުތިސާދީ އަނދަވަޅަކަށް ވައްޓާލަން މިއުޅެނީ ހަމަ ދިވެހި ގައުމަށް އިހުލާސްތެރިވެގެންބާއޭ ހިތައް އަރާ. ތިލަމާލެ ބްރިޖަށް ހަމަ ދިވެހިން މިހާ ކެތްމަދީތޯ
ބޮޑުމީހާ
11 November 2022
ޑޮލަރަ ރޭޓް އުވާލައި އިންޑިއާތަންތާ އޮންނަ އުސޫލުން އެތެރޭގެ ކުރެވޭ ހުރިހާ ވިޔަފާރިތަކަކީ ދިވެހި ރުފިޔާއިން ކުރެވޭ ވިޔަފާރިތަކަށް ހަދައި ރިސޯޓްތަކުންވެސް މިގޮތަށް އަމަލުކުރަން މަޖްބޫރުކުރަންވީ. އޭރުން ތި ޑޮލަރގެ ޑިމާންޑް ގެއްލޭނެ، އިސާހިތަކު ޑޮލަރުގެ އަގު ވެއްޓޭނެ
ބޮޑުމީހާ
11 November 2022
އެގުމާއި ނޭގުމުގެ ތަފާތު މިފެންނަނީ. ވޯޓް ގަނެގެން މަޖްލިސްގެ 5 ދައުރު އަދާކުރެވުނަސް ގައުމެއް ހިންގުމަކީ އެކަމުގެ އިލްމާއި ހިލްމު އެގިގެންކުރެވޭނެ ކަމެއް. އިގްތިސާދަކީ ކޯއްޗެއްކަން، އިންވެސްޓްމަންޓަކީ ކޯއްޗެއްކަން މިވެެރިންނަކަށް ނޭގޭ. ކުރުގޮތަށް އެމްއެމްއޭއިން ވެސް އެ ބުނަނީ މިސަރުކާރުގެ އިގްތިސާދީ ޕޮލިސީ ފެއިލްވެފައޭ އޮތީ، މިނޫން އެހެން ގޮތެއް ހޯދާށޭ
ސިޔާސީ ގަވަރުނަރު
11 November 2022
އެމްއެމްއޭގެ ގަވަރުނަރަކީ ސިޔާސީ ކޮމެންޓުކުރާ މީހެއް. އެމްއެމްއޭއިން މިހާތަނަށް ދެއްކި އެއްވެސް ވާަހަަކައެއް ދެކޮޅެއް ކީއްކުރަން އެއްވެސް ކޮޅެއްގަ ނުޖެހޭ. ބޮޑުމީހާވެސް ތަންކޮޅެއް ހަމަޖެހޭ ވާހަކަ ދައްކަބަލަ.
ސަންޓޯ
11 November 2022
ފައިސާ ޗާޕުކޮށްގެންވެސް ތިމަރަފުށީ މަގުގައި ތާރު އަޅާދީ